ވެރިކަން ބަދަލުވުމުގެ މަރުހަލާގެ މަސައްކަތްތައް މިހާރު ކުރިއަށްދާތީ އެއްވެސް އާ މަޝްރޫއެއް މި ވަގުތު ކުރިއަށް ނުގެންދަން އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެދިވަޑައިގެންފިއެވެ.
އިބޫ މިގޮތަށް އެދިވަޑައިގަތީ ފިނޭންސް މިނިސްޓަރ އަބްދުﷲ މުނައްވަރުއަށް އިބޫގެ ފަރާތްޕުޅުން ޑައިރެކްޓާ ޖެނެރަލް އޮފް ޓްރާންޒިޝަން އަހުމަދު ލަތީފް ފޮނުއްވެވި ސިޓީއެއްގައެވެ.
އެ ސިޓީގައި ވިދާޅުވެފައި ވަނީ، ވެރިކަން ބަދަލުވުމުގެ މަރުހަލާގެ މަސައްކަތް ފެށިގެން ކުރިއަށް ދާ ކަމަށެވެ. އެހެންކަމުން އާ މަޝްރޫއުތައް ޓެންޑަރަށް ހުޅުވައި ނުލުމަށާއި، ދައުލަތުގެ ނަމުގައި ލޯނު ނުނެގުމަށް ވަނީ އެދިވަޑައިގެންފައެވެ.
އަދި ދައުލަތުން މާލީ ޒިންމާއެއް އުފުލަން ޖެހިދާނެ ފަދަ އެއްވެސް މުއާމަލާތެއް، މި މަރުހަލާގައި ނުހިންގުމަށް ވެސް އިބޫ އެދިވަޑައިގަންނަވާ ކަމަށް ސިޓީގައި ވެއެވެ.
ވެރިކަން ބަދަލުވުމުގެ މަރުހަލާގެ މަސައްކަތްތައް ފަށާފައިވާއިރު، އިބޫގެ ފަރާތުން ދަނީ މިހާރުގެ ސަރުކާރުގެ ވެރިންނާއި ބައްދަލު ކުރައްވާ މަޝްވަރާތައް ކުރަމުންނެވެ.
ދެންއޮތް 5އަހަރު މިރާއްޖެ އިތުރު އެއްވެސް ޕްރޮޖެއަޓެއް ނުހިނގާނެ.
ތިކަމާމެދު ޝައްކެއް ކުރާ ހަމަ އެކަކުވެސް ނެތް. އެކަމަކު ބޭނުން ވަނީ ހިއްލަތު ރަޝީދުމެން ކުރި ޒާތު މުޒާހިރާ ކުރެވުމާއި އެ މުޒާހިރާގަ އެދި ގޮވި ކަންކަން ފަހިވުން.
މިހާއަވަހައް ހޯހޯ ގޮވަންފެށީ ތިވަރުގެ މީހަކު ކިހިނެއް މިގައުމު ހިންގާނީ
އެއްވެސް މަޝްރޫއެއް ފަށާކަށް ނޫޅޭ. ގާބިހެއް އެޅުނަސް ދެން ބޮޑުވަރު.
މަޝްރޫޢެއް ހުއްޓޭއިރު، އެމަޝްރޫއެއްގެ މަސައްކަތަށް ޖަމާކޮށްފައިވާ ތަކެއްޗަށް ލިބޭ ގެއްލުމަކީ، އިޢަދަކުރެވޭނެ ގެއްލުމަކަށް ނުވާއިރު، ހިނގަމުންދާ އެއްވެސް މަޝްރޫއެއް ހުއްޓާނުލައި ކުރިއަށް ގެންދެވޭނެ ގޮތް ރޭވިފައި އޮތުމަކީ، ރަނގަޅު ކަމަކަށްވާއިރު، މަޝްރޫޢެއް ފަށާވަގުތަކީ، އެއްބަސްވުމުގައި ސޮއިކުރާ ވަގުތުތޯ ނުވަތަ ބިންސާފުކޮށް ތަކެތި ޖަމާކުރާ ވަގުތުތޯ ސުވާލުއުފެދޭއިރު، ސޮއިކޮށްނިމި، ތަކެތި ޖަމާކޮށްފައިވާ މަޝްރޫޢުތަކާއި އަދި ސޮއިކޮށް ނިމިފައިވީނަމަވެސް ތަކެތި ޖަމާކޮށްފައިނުވާ މަޝަރޫޢުތައް އެއްވަރު ނުކުރެވޭނެއެވެ. ޔަޢުނީ، ހުއްޓުވައި ނުލެވޭނެއެވެ.
އަލަކަސް ބަލަކަސް ރަޢިއްޔަތުންގެ ފައިދާ އަށް ޓަކައި ރަޢިއްޔަތުންނަށްޓަކައި ހުންގާ މަޝްރޫޢުތަށް ކުރިއަށް ގެންދަން ޖެހޭނެ ނުހުއްޓާ ބާރަށް ކުރިއަށް