ވެރިކަން ކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭން އޮފީސް ހަދާފައިވަނީ، "ކޮފީ ބޯން ހަދާފައިވާ" ކުރީގެ މަޝްހޫރު ރެސްޓޯރެންޓު، "ވެސްޓު ޕާކު"ގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސީ އެޑްވައިޒަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ރޭ ސަންގު ޓީވީގެ "ޚަބަރަށްފަހު" ޕްރޮގުރާމުގައި ބައިވެރިވެ ވަޑައިގެން ރާއްޖޭގެ ސިޔާސީ މަޝްރަހާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، ވެސްޓު ޕާކުގައި ޖަގަހައެއް ހުޅުވައިގެން ކެމްޕޭންކުރައްވަން ނޫޅުއްވުމަށް ރައީސް ޔާމީނަށް ދެންނެވި ކަމަށާއި، އެއީ ފޭރިގަނެފައިވާ، މީހެއްގެ ހައްޤެތްކަމަށް ކުރިންވެސް ވިދާޅުވަމުން ގެންދެވިކަމަށެވެ. އެހެންކަމުން ސަރުކާރުން ނުހައްޤުން އަތުލައިގެންފައިވާ އެފަދަ ތަންތަން އަނބުރާ ލިބެން ޖެހޭނެކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.

ޖާބިރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިބްރާހީމް މުޙައްމަދު ސޯލިހު އިންތިޚާބުވެވަޑައިގެންފައިވާއިރު، ދައުލަތުން މީހަކަށް ގެއްލުމެއް ދީފައިވާނަމަ އޭގެ ބަދަލު އެމަނިކުފާނުގެ ވެރިކަމެއްގައި ދެއްވާނެ ކަމަށެވެ. އަދި ދައުލަތުގެ އިހުމާލުން ގެއްލުން ލިބިފައިވާކަމުގަ ވާނަމަ، އޭގެ ބަދަލު ލިބޭނެކަމަށް ޖާބިރު ވިދާޅުވިއެވެ.

"ސަރުކާރުން ނުހައްޤުން އަތުލާފައި ހުރި ކޮންޓެއިނަރުތަކާއި ހުއްޓުވާފައި ހުރި ރިސޯޓުތަކާއި، ޕްރޮޖެކްޓުތަކާއި މިހުރިހާ އެއްޗެއް، ވެސްޓުޕާކު އިންކްލޫޑިންގ ލިބޭނެ ނޫންތޯ އަޅުގަނޑުމެންނަށް. މިހާރު ވެސްޓު ޕާކުގައި ޖަގަހަ ހަދައިގެން ކިހިނެތްތޯ ޔާމީން ހޮވޭނީ. އެއީ ކޮފީބޯން ހެދި ތަނެކޭ އަޅުގަނޑު. އެތަނަކުން ނުހޮވޭނެ ރައީސުލްޖުމްހޫރިއްޔާ. އަޅުގަނޑު ދެންނެވިން ވެސްޓު ޕާކުގައި ތިކަން ނުކުރައްވައްޗޭ. މީހެއްގެ ހައްޤެކޭ ތިފޭރިގަތީ" ޖާބިރު ވިދާޅުވިއެވެ.

ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުކޮށް ޖާބިރު ވިދާޅުވީ، އިދިކޮޅު އިއްތިހާދުގެ ވެރިކަމަކީ އިންސާފުވެރި ވެރިކަމަކަށް ވާނެ ކަމަށާއި، ނުހައްޤުން އަދަބު ލިބިފައިވާ ފަރާތްތަކަށްވެސް އިދިކޮޅު ވެރިކަމެއްގައި އިންސާފު ލިބިގެންދާނެ ކަމަށެވެ. އަދި ނުހައްޤުން ޙުކުމެއް ކުރެވިފައިވާނަމަ ކޯޓުން އެކަން ރަނގަޅު ކުރެވޭނެ ކަމަށާއި، ރާއްޖޭގެ އެކި ކޯޓުތަކުން ކަންކަން ކުރަން ޖެހެނީ އެކި ގޮތްގޮތަށް ނޫން ކަމަށް ޖާބިރު ވިދާޅުވިއެވެ.

"ޝަރީޢަތުގެ އިޖުރާޢަތްތަކާއި ޚިލާފަށް ކަންކަން ކޮށްފައި އޮތްކަމަށްވާނަމަ، އެ ރިވިއުކޮށްފައި އެޔަށް ގޮތްގޮތް ހެދޭނެ ކޯޓުން. ކޯޓުން ގޯހެއް ހެދިއްޖެ ކަމަށް ފެންނަންޔާ އެކަމެއް ރަނގަޅު ކުރުމުގެ ބާރުވެސް ކޯޓަށް އޮންނާނެ،" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ބޮޑުތަނުން އިދިކޮޅު ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ސޯލުހު ހޮއްވަވައި ރައީސް ޔާމީނަށް ނުނެކޭ ބުނެފައިވާކަން ފެންނާން އޮތްކަމަށެވެ. ސަރުކާރު "ސްމޫތު"ކޮށް ޓްރާންފަރ ކުރުމަށް ގޮވާލައްވަމުން ޖާބިރު ވިދާޅުވީ، ރާއްޖޭގެ ސިފައިންނާއި ފުލުހުންނާއި އަދި ރާއްޖޭގެ އަމަން އަމަންކަން ބަލަހައްޓާ ހުރިހާ ފަރާތްތަކުންވެސް ޢަމަލުކުރައްްވަން ވާނީ ރައްޔިތުންގެ ނިންމުމާއި އެއްގޮތަށް ކަމަށެވެ.

"އަޅުގަނޑުމެން ނެތިން އެއްވެސް ބަޔަކާއެކު އަނިޔާވެރިވެގަންނާކަށް. އަޅުގަނޑުމެން ބޭނުންވަނީ ހުރިހާ ބޭފުޅުން ނެގޯޝިއޭޓުކޮށްގެން، ނެގޯޝިއޭޓެޑް ސެޓްލްމަންޓަކަށް އަންނަން. އަބަދުވެސް ވަރަށް އުނދަގޫ ވާނެ ނެގޯޝިއޭޓު ނުކޮށް، ވާހަކަނުދައްކާ ސުލްހަވެރިގޮތެއް ހޯދަން،" ޖާބިރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ސަލީމް

    ޑުލުގަ ހިފާ ދަމަން ނުހަދާށެވެ. އެތާގައި ވަކިން ބައެއް ހަދައިގެން ބުއީ ކޮފީއެއް ނޫނެވެ. ޢެކުވެރިން ގެނެސް ޕާޓީ ކުރީއެވެ. މިކަން ދަންނާނެ ތަންގަނޑު އެންމެން.

  2. ސަލީމް

    ދުލުގަ ހިފާ ދަމަން ނުހަދާށެވެ. އެތާގައި ވަކިން ބައެއް ހަދައިގެން ބުއީ ކޮފީއެއް ނޫނެވެ. ޢެކުވެރިން ގެނެސް ޕާޓީ ކުރީއެވެ. މިކަން ދަންނާނެ ތަންގަނޑު އެންމެން.

  3. ޖާބިރާ

    ކަލޯ އެކަނި ކޯފީ ބޯން

  4. ދިވެހިގައުމިއްޔަތް

    ޖާބިރާ ގާސިމްއާ ސަން ޝިޔާމް މައުމޫނާ ޔާމީން ދިވެހި ސިޔާސީ މަސްރަހުން ފޮހެލަން އެބަޖެހޭ. މިމީހުންނަކީ މިޒަމާނާ ނުގުޅޭ ހަރުކަށި ގޮތް ދޫނުކުރާ އަމިއްލައަށް މާ ވަރުގަދަ ބައެއްކަމަށް ގަބޯލު ކުރާ ބައެއް. މިމީހުންނަކީ ފައިސާއަކީ މާވަރުގަދަ އެއްޗަކަށް ވިސްނައިގެން ދިވެހިންނަކީ ފއިސާގެ އަޅުންކަމަށް ގަބޫލު ކޮށްގެން ތިމާމެން މީ ފައިސާގެ މާސްޓަރުންކަމަށް ހެދިގެން ދިވެހިން ނިކަމެތި ކުރަން އުޅޭ ބައެއް. މިތަނުން މައުމޫނު ގަބޫލު ކުރަމުން އައީ އޭނާއަކީ އިލްމީގޮތުން އަރާހުރި މަތިވެރި މީހެއްކމަށް. ޔާމީން އުޅެނީ މައުމޫނާ ވާދަކޮށް ވަރުގަދަ ޝަޚްސިއްޔަތެއްކަން ދައްކަން. ކޮންމެ ދިވެއްސަކު ގަބޫލުކުރަން ޖެހެނީ ދިވެހިރާއްޖޭގެ ގޮނޑު ދޮށާ މޫދު ވިއްކައިގެން ހޯދާ މުއްސަދި ކަމަކީ ހުރިހާ ދިވެހިން ގެ ހައްގްކަން. އެކަމާ ވަކިބަޔަކު ބޮޑާވެ މަތިވެރިގެން އުޅުމުގެ ހައްގެ ނެތް. ދެން އޮތީ އިލްމީ ގޮތުން މަތީ މީހަކަށް ގަދަރު ކުރަން ޖެހެނީ އެމީހާގެ ސަބަބުން ގައުމުގެ އުފެއްދުން ތެރިކަމާ އިންސާނީ ވަސީލަތް ތަރައްގީ ކުރެވޭ ނިސްބަތަކުން. ތަނެއްގާ މީހަކު ތިމަންނާ މީ ކިޔަވަިގެން ފާސްތަ އޮތް މީހެކޭ ބުނީމާ އެމީހަކަށް ގަދަރު ކުރަން ނުޖެހޭ.

  5. ޓައްޕޭ

    މިސޮރުގެ އުމުރު ދުވަހަކުވެސް 45 އަހަރަށްވުރެ މައްޗަކަށްނުދޭ.

  6. ފާތުމަ

    މީނާ އަށް މުދާގަނޑެއްލިބޭތޯ ވ ފޯރިއެބައަރުވާދޯ.

  7. ބޮލި މުލައް

    ހަހަހާ. ކަލޯގެޔާ ރާއްޖެއަށް އައިސްފަވާ ބަދަލުފެނުނީ ދޯ.

  8. ސައިބޯނި

    ދެންއެވީ އެތަންދޭން. ބަހަންވީ އަވަހަށް. އެމީހަކު އަތުޖެހުނު އެއްޗެއް އެމީހަކަށް.

  9. ބައްސާމު

    ވެސްޓް ޕާކަކީ ތިޅާގެ ތަރިކައެއްތަ/މިހާއަވަހަށް ރައްޔިތުންގެ މުދަލަށް އަތްގަދަ ކުރަން ފެށީތަ! މިހިރ ޓެކުސްޗޯރު

  10. ޙަނަފާ

    ރައީސް ޔާމީން މި ސުރު ދޫނުކުރިނަމަ އަދިވެސް އޮންނާނީ ޖަލުގަ