ދަރިވަރުންނަށް ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމަށް ފެންވަރު ރަނގަޅު ޓީޗަރުން މުހިންމު ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

މުދައްރިސުންގެ ދުވަހާއި ގުޅުވައިގެން މިނިސްޓަރު ޝިހާމް ނެރުއްވި ހާއްސަ މެސެޖުގައި ވިދާޅުވީ، ފެންވަރު ރަނގަޅު ޓީޗަރުން މުހިންމުކަމަކަށްވާއިރު، ފެންވަރު ރަނގަޅު ޓީޗަރަކަށްވުމަށްޓަކައި ތަމްރީނުތަކާއި، އޯގާތެރި އަދި ދަރިވަރުންނަށް ތަރުބަވީ ތައުލީމެއް ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ ހުނަރު ޓީޗަރުންނަށް ދަސްކޮށްދިނުމަށް މަސައްކަތްކޮށްދީފައިވާނެ ކަމަށެވެ. އަދި އެ މަސައްކަތްތަކުގެ ފައިދާ ދަރިވަރުންނަށް ކުރަމުން އަންނަކަންވެސް އެ މެސެޖުގައި ފާހަގަކޮށްފައިވެއެވެ.

އެ މެސެޖުގައި މިނިސްޓަރު ޝިހާމް އިތުރަށް ވިދާޅުވެފައި ވަނީ، ފެންވަރު ރަނގަޅު ތައުލީމެެއް ފޯރުކޮށްދިނުމަށް ސްކޫލްތަކުން ކުރައްވާ މަސައްކަތްތަކުގައި އެންމެ އިސްދައުރެއް އަދާ ކުރަނީ ޓީޗަރުން ކަމަށެވެ.

އަދި ދަރިވަރުން ކުރިއެރުވުމަށް ހިންގާ އެކި ޕްރޮގްރާމްތައް ހިންގުމުގައި ސްކޫލްތަކުގެ އިސްވެރިންނާއި، މުވައްޒަފުން ކުރައްވާ މަސައްކަތް ވަނީ ފާހަގަކޮށްފައެވެ. އަދި ދަރިވަރުންގެ ކުރިއެރުމާއި ތަރައްގީއަށް ބެލެނެވެރިން ކުރަމުންދާ މަސައްކަތްވެސް ވަނީ ފާހަގަކޮށްފައެވެ.

މިނިސްޓަރު ޝިހާމްގެ މެސެޖް ނިންމަވާލައްވަމުން ވަނީ ޓީޗަރުންގެ ދުވަހުގެ ތަހުނިޔާ ހުރިހާ ޓީޗަރުންނަށް ވެސް ފޮނުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޯދޮގެއްތަ؟

    ތިކަހަލަ ޓީޗަރުންނެއް މިހާރަކު މި ގައުމަކު ނެއް. އިސްލާމް އަދި ގުރުއާން ޓީޗަރުންގެ ތެރޭގައިވެސް، ދަރިވަރުންގެ ސުލޫކު ހަލާކު ކުރަން މަސައްކަތް ކުރާ މީހުން އެބަތިބި. މީ އަމިއްލައަށް ކުރެވިފައިވާ ތަޖްރިބާއިން ރަނގަޅަށް އެނގި ހުރެ ބުނާ ވާހަކައެއް.

  2. ޙަގީގަތް

    ޚުލާހަކައް 40 ކުދިން ވީމަ ވަރަށް ރަނގަޅައް ކިޔަވަދެވޭނެ ޓީޗަރުންނައް. މިހާރުވެސް ބައެއް ސުކޫލުތަކުގަ ކުލާހެއްގަ 36 ކުދިން އެބަތިބި. ޭ