މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބަކީ ބާތިލު އިންތިޚާބެއް ކަމަށް ކަނޑައެޅިގެންދާނެ ޕީޕީއެމް އިން ވިދާޅުވެއްޖެއެވެ.

ޕީޕިއެމް އިން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސިއްދީގު ވިދާޅުވީ، އިލެކްޝަންސް ކޮމިޝަންގެ މައްސަލަތައް ބެލިގެން ދާނެ ކަމަށާއި، މި އިންތިހާބަކީ ބާތިލް އިންތިހާބެއްގެ ގޮތުގައި ވެސް ކަނޑައެޅިގެންދާނެ ކަމަަށެވެ.

"މި އިންތިހާބުން ވަގަށް ނެގި ވޯޓުތައް އަނބުރާ ލިބި އެ މީހުންނަށް ރަނގަޅު އިންތިހާބަކާއި، ހަމައަށް ގޮސްގެން ރަނގަޅު ގޮތުގައި ހެޔޮ ގޮތުގައި، މި ގައުމުގައި ވެރިކަން ކުރެވޭނެ ވެރިއަކު މި ގައުމުގައި އިންތިހާބު ކުރެވިގެންދާނެ". ސިއްދީގު ވިދާޅުވިއެވެ.

ސިއްދީގު ވިދާޅުވީ މި އިންތިހާބަކީ ދިވެހި ރާއްޖޭ ވަގަށް ނެގުން ކަހަލަ ކަމެއް ކަމަށެވެ. އަދި ބޮޑު ވައްކަމެއްކޮށްގެން ދިވެހި ރާއްޖެ ވަގަށް ނަގާފައިވާކަމަށާއި، ވައްކަން ކޮށްގެން ކަމެއް ކާމިޔާބެއް ނުވާނެ ކަމަށް ސިއްދީގު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނަށް ވަރަށް ގިނަ ތުހުމަތުތަކެއް ކުރެވެމުން އަންނަ ކަމަށާއި، ދިވެހި ރައްޔިތުންގެ ހައްގުތައް ނިގުޅާގެންފައިވާ ކަމަށްވެސް ސިއްދީގު ވިދާޅުވިއެވެ. އަދި 96000 މީހުންގެ ހައްގު ނަގާލުމުން އެ ވާހަކަދައްކާނެ ކަމަށް ވެސް ސިއްދީގު ވިދާޅުވިއެވެ.

މީގެއިތުރުން ސިއްދީގު ވަނީ ކޮމްޕެއިންޓްސް ބިއުރޯއިން މައްސަލަތަކެއް ހުށަހަޅާފައިވާކަމަށާއި، އެ މައްސަލަތައް ވީހާވެސް އަވަހަަށް ބަލައި ތަހުގީގު ކުރުމަށް ވެސް ގޮވާލާފައެވެ. އަދި އެބޭފުޅުން އެކަން ނުކުރާނަމަ ދިވެހި ރާއްޖޭގެ ކަމާއި ބެހޭ ފަރާތްތަކުން އޭގެ ތެރެއަށް ވަނުމަށް އޭނާ އެދިވަޑައިގަތެވެ. ސިއްދީގު ވަނީ، މިކަމުގެ ތެރެއަށް އޭސީސީ އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ވެސް ވަނުމަށް ގޮވާލައްވާފައެވެ.

"މިކަންތައް ބަލާ ތަހުގީގު ނުކުރެވޭ ކަމަށްވަންޏާ ދެން އޮންނާނީ ސަރުކާރުގެ ތަހުގީގު ކުރުމުގެ އިދާރާތަކުން މީގެ ތެރެއަށް ވަނުން". ސިއްދީގު ވިދާޅުވިއެވެ.

ސިއްދީގު ވިދާޅުވީ، އިންތިހާބާއި ގުޅޭގޮތުން ތުހުމަތު ކުރެވެނީ އާދައިގެ މައްސަލަތަކެއް ނޫން ކަމަށެވެ. ދައްކަމުން މި ދަނީ ޖިނާއީ ބޮޑެތި ކުށްތަކެއްގެ ވާހަކަ ކަމަށާއި އިލެކްޝަން ކޮމިޝަނާއި މެދު ކުރެވޭ ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމަށް، ފުލުހުންގެ އަރިހުގައި ދެންނެވުމަށް ޕީޖީއަށްވެސް ސިއްދީގު ވަނީ ގޮވާލައްވާފައެވެ.

އައްޑޫ ސިޓީ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވީ، ސެޕްޓެމްބަރު 23 ގައި ބޭއްވި އިންތިހާބާއި ގުޅޭގޮތުން ދާއިރާތަކުގެ ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް އެބަަ ހުރި ކަމަށެވެ. އެއީ ވޯޓުން މަކަރު ހަދާ، ވޯޓުން ވައްކަން ކޮށްފައިވާކަމަށް ރައްޔިތުންނަށް ޝައްކު ކުރެވޭތީ ކަމަށްވެސް އައިބީ ވިދާޅުވިއެވެ.

އެގޮތުން ކޮމްޕްލެއިންޓް ބިއުރޯ ތެރޭގައި ޖެހިފައިވާ މައްސަލަތަކާއި، މިހާރު ދިމާވަމުންދާ ކަންތައްތަކުގެ ސަބަބުން، އިންތިހާބާއި މެދު ޝައްކާއި ވަހުމް އުފެދިގެންގޮސްފައިވާ ކަަމަށް އައިބީ ވިދާޅުވިއެވެ. އަދި މި އިންތިހާބަކީ ރާއްޖޭގެ ތާރީރުގައިވެސް ބޭއްވި، އެންމެ ވައްކަމާއި، މަކަރާއި އޮޅުވާލުން ބޮޑު އިންތިހާބު ކަމަށާއި މި އިންތިހާބުގައި ކޮރަޕްޝަންވެސް އެކުލެވިގެންވާ ކަމަށް އައިބީ ވިދާޅުވިއެވެ.

އައިބީ ވިދާޅުވީ، 2013 ވަނަ އަހަރު ފުރަތަމަ ބޭއްވި ރިޔާސީ އިންތިހާބު ބާތިލް ކުރެވުނީ ކުޑަކުޑަ ތުހުމަތުތަކެއް ކުރެވިގެން ކަމަށާއި، މިހާރު މިހިރީ ވަރަށް ބޮޑެތި މައްސަލަތަކެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

 1. ޖަޒީރާ މީހާ

  މޮޔަފުޅު ވަނީތޯ.. ތިކަމެއް ނުވާނެ

 2. އާޓިކަލް

  ދެނެއް މަށެއް ވޯޓެއް ނުދޭނަން

 3. މުހައްމަދު

  ސްޕްރީމް ކޯޓަށް މައްސަލަ ވައްދަން ގޮވާލަން.ރައްޔިތުން މިތިބީ 23 ސެޕްޓެމްބަރުގަ ނެގި ވޯޓްގެ ނަތީޖާ އާއިމެދު ޝައްކު އުފެދިފައި.

 4. ޢަހްމަދު/ މާމިގިލި

  2013 ވަނަ އަހަރު ފުރަތަމަ ބޭއްވި ރިޔާސީ އިންތިހާބު ބާތިލް ކުރެވުނީ ކުޑަކުޑަ ތުހުމަތުތަކެއް ކުރެވިގެން ކަމަށާއި، މިހާރު މިހިރީ ވަރަށް ބޮޑެތި މައްސަލަތަކެއް ވީމާ މިހާޜު ހުރިމައްސަލަތައް ބެލުމަށް ކަމާބެހޭ ހުރިހާ މުއައްސަސާރަކަށް ގޮވާލަން

 5. ނަމަނަމަ

  ވ ވ ވ ގިނަ ދިމަދިމާލުން ބާތިލް ވުން އެކަށީގެންވޭ.

 6. ޜައްޔިތު މީހާ

  ޢިލެކްޝަން ކޮމިޝަނުގެ މެމްބަރުންގެ މައްޗަށް ތަހްޤީގެއް ހިންގުމަށްފަހު ކޮމިޝަންގެ މެންބަރުން މަގާމުން ވަކޮކުރުމަށްފަހު އެމީހުންގެ މައްޗަށް ޖިނާެީ ދައުވާކޮށްދިނުމަށް ޕީޖީއަށް ގޮވާލަން.

 7. ގަދީމީ

  އިންތިހާބްގެ މިނިވަންކަމާ ސައްޚަކަމާމެދު މިއަދުމިވަނީ ހަމަވަރަށްބޮޑައް ސުވާލުއުފެދިފަ. މީގެކުރިންވެސް ވަނީ އިންތިޚާބެއް ބާތިލްކޮށްފަ. ވީމަމިއިންތިޚާބްވެސް ބާތިލް ކުރާވަރު މައްސަލަތަކެއް އޮތްނަމަ ބާތިލްކުރެވެންވާނެ.މިއަކީ މާއާދައިގެ ކަމެއްކަމުގަ ހަދާ އެތައްހާސްރައްޔިތުންނެއްގެ ހައްގައްއަރާގަނެވިފައޮވެގެންނުވާނެ. އެއްވެސް ރައްޔިތެއްގެ ހައްގަކަށް އުނިކަންލިބޭ ނަމަ ގާނޫންތަކާގަވާއިދުތަކުގެ ބޭނުމެއްނުއޮންނާނެ.

 8. ޫވަގު

  ބަލާ ވެެރިކަމެއްތަ މީ...

 9. ސޯޕް ލައިޓް ބްރަދަރ

  ތިޔަކަންކުރަން މިހާރު މާބޮޑަށް އަވަސްކުރަންވެއްޖެ.

 10. ނާޑުވާ

  އަޅެ މަކަރު ހެދިއްޔޭ އޮޅުވާލިއްޔޭ ނުކިޔަ ހެދި މަކަރަކާ އޮޅުވާލި އޮޅުވާލުމެއް ބުނެދޭން ވެއްޖެނުން.

 11. އަންނި

  އެބައިމީހުން ބޭނުންވަނީ މިނިވަން މުވައްސަސާތަށް ބިރުގަންނަވަން. މިނިވަން ކަންމަތީ އެމުވައްސަސާތަށް ހިނގަން ފަށައިފިއްޔާ ވަގުން އަދި ޤައްދާރުންގެ އަރުގަ ހިތިރަހަ ލާނެ

 12. އެބަހުއްޓޭ

  މިއަހަރު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބަކީ ފުރަތަމަ ވެސް މަމެން ބުނިން ވޯޓް ގުނަން ފެށި ތަނުން އިންތިޚާބުގެ ނަތީޖާ ވަނީ އޮޅުވާލާފައި ކަމަށް ފޭކް ވޯޓް ކަރުދާސް ތައް އަޅައިގެން އެގޮތަށް އެކަން ކުރީ ވެސް އަދި ކޮށްފައި ވަނީ ވެސް މަމެންނަށް ޔަގީނޭ މާލެ ސަރަހައްދުން 2 ހާސް ވޯޓް ވެސް އިބޫ އަށް ނުލިބޭނެ ކަން ކަން މިހެން ހުރުމުން އަލުން ވޯޓް ގުނަން ފަށަންވީ ޔޫވީ ލައިޓް އަޅުވައިގެން އެއަށް ފަހު ވޯޓް ލިމީހުން މާރކް ކޮށްފައި ހުރި ޝީޓްސް ތައް ބަލަންވީ ރާއްޖޭގައި ނެތް މީހުން ރާއްޖޭގައި ތިބި ކަމަށް ހަދާ އެމެންގެ ނަމުގައި ވޯޓް ލާފައި އެބަހުއްޓޭ މިމެން..

 13. ސސސސ

  އެހެންތަ.ކުރިންވީވަރުވެސް ނުވާނެ ދެން.96000 ތާ 50000 ހައް ވެސްނާރާނެ.

  • އައިސް

   މިނޫ ދުވަހެއްވެސް އެބަ އޮތޭ ކުދިންނޭ... ދޮގުތައް ނުހައްދަވާ

 14. ޝަހީދު

  ވޯޓު އޮޅުވާނުލާނަމަ ކީއްވެތޯ އަލުން އިންތިޚާބެއް ބޭއްވުމަށް އިދިކޮޅު ކޯލިޝަނުން އެހާބޮޑަށް ބިރުގަންނަނީ! ސުވާލު އުފެދޭ ކިތަންމެ ކަމެއް ހިނގައިދިޔާމަ، ތަޙްޤީގުވެސް ކުރަންޖެހޭނެތާއެވެ.

  • އަދުރާން

   ދެއިރު ދެދަޅައަށް އިންތިހާބެއް ނުބޭއްވޭނެ އިނގޭތޯ. ހުރި މައްސަލަތައް 38000 އަށް ވުރެ ގިނަތޯ؟

 15. މަންދީމަންދީ

  ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ މަންދީ މަންދީ މަންދީ ވެލް ރިޔާސީ އިންތިޚާބުގައި ވަގަށް ވޯޓް ތަމެން ލާފައި ހުރި ކަން ފަޅާއެ އެރީއޭ މަންދީ މަންދީ މަންދީ އޯއް މަންދީ މަންދީ ބުމްބާސްޓިކް ބުމްބާސްޓިކް އަވަހަށް އިންތިޚާބުގެ ނަތީޖާ ބާތިލް ކުރާށޭ ކުރާށޭ ލައިކް ކުރިން ވެސް ކުރި ކުރި ކުރި ކުރި ގޮތަށް އޫމް އޫމް އޫމް މަންދީ މަންދީ މަންދީ ބުމްބާސްޓިކް..

  • މަންދީ2

   ހޯހޯހޯ.ތިކަމެއްނުވާނެ. ތެޅުނީމަ ހުޅުބު ދާނީ

 16. ހިޔަޅު

  ރަނގަޅުވާހަކައެއް ތިއީ ﷲ އިރާދަކުރެއްވިއްޔާ ލަހެއް ނުވެ މުށުތެރެއަށް ލީހާބާރުތަށް ބާތިލުވާނެ އަދި ޔާމީނުވެސް ބާތިލުވާނެ. އަދި ދޮގުހަދާސިއްދީގުއާއި.މޮޔަޚަލީލުއާއި ކޮސްބޯ ދީދީ ވެސް ބާތިލް ވާނެ ކެއްކޮށްލާ ގޮޅިތަށް ތަށްޔާރު

  • ނޫންތަ؟

   ގޮޅިތަކުން ބިރު ދައްކަން ނޫޅޭ ކަލޯ. ލާރި ހުރިއްޔާ ގޮޅިތަކުން ދޫވާނެކަމުގެ ހެކި މިހާރު އެހެރަ ދަނީ ފަތު އަޑު ކިޔާފަ ފެންނަމުން. ކަލޭ ބުރާންތީ އެކަނިހެނެއްވެސް މަށަކަށް ހިއެއް ނުވޭ. ކަނު ބީތާވެސްމެ.

 17. ދަތްދޫނި

  އިންތިޙާބު ބާތިލް ކުރުމަކީ ރައްޔިތުންގެ ޙައްޤަށް އަރައިގަތުން. މިކަން މިގޮތައް ވެއްޖެ ނަމަ ދެން ނުކުމެދާނެ ނަތީޖާ އާއި މެދު ވިސްނަން ޖެހޭ. ކޮން ފަރާތެއްގަތޯ ރައްޔިތުން ގިނައީ.

 18. ﷲ ތިީދެންފުކެއްބޮޑުވަރު2018ވޯޓު

  ދެންވޯޓުލައިފިނަމަ ލަދުގަންނަވަރު ވަާނެ އަނިޔަާވެރި ވެރިކަމެއް ބެޭނުން ނުވަާތިީ

 19. ލެއްގިބަބުރު

  ތީ މިހާރު 2 ފައި ކަނޑާލާފައި ތިބިބައެއް. ވަރަށް އަވަހަށް 2 އަތްވެސް ކަނޑާފައި މަގުމައްޗަށް ނެރޭނަން. ލެއްގިބަބުރުވެސް ކަނޑަށް ވައްޓާލި ހިސާބަށް ގެންގޮސް އަނެއްކާވެސް ކަނޑަށް ދޫކޮށްލާނަން އޭރުން އަނެއްކާ އެހެންގައުމަކަށް ގޮސް ލައްގަފާނެ.

 20. ާަަާަ

  ދެންޖެހޭނީ ތެޅި ތެޅި ތިބޭން. ތެޅުނު ވަރަކައް ދާނީ ޙުޅުބު.

 21. ވޯޓު ފޮށި

  ރައީސް ޔާމީޏު ހިފާ ހައްޔަރު ކުރަންވީ އޭރުން މައްސަލަ ހައްލުވީ އޭރުވެސް ބުނިން ވައްކަމާ އޮޅުވާލުމޭ މިސަރުކާގަ އޮތީ އަދިވެސް އެކަން ކުރަން ތިއުޅެނީ ނުވާނެ......

 22. Anonymous

  އަޙްމަދު ސިއްދީގަށް ވަރަށް އާދޭހާއެކު ދަންނަވާލަން!! ސިއްދީގު ގެ ގާތްމީހެއްގެ ހައިސިއްޔަތުން ތިޔަފަދަ ހަރުކަށި ގަދަބަސް ވިދާޅުނުވުމަށް ދަންނަވަން!! ތިޔަބޭފުޅާއަށް ތި މަގާމަށް އާދެވުނު ގޮތް ވަރަށް ސާފުކޮށް އަޅުގަނޑަށް އެނގޭ!! އެހެންކަމުން މިއަދު ގަދަބަސް ބުނެފައި މާދަމާ ވާނެ އަދި ވެދާނެ ދެރަ ގޮތަކާ ދޭތެރޭ ވިސްނާވަޑައިގަތުމަށް ދަންނަވަން!!!

 23. އަހޫމަދު

  ދެން ވޯޓެއް ލައިފިނަމަ ޕީޕީއެމް އަށް ލިބޭނީ %30 ވޯޓު. ލަދެއްގަ ބެދެން ބޭނުންނަމަ ނެގި ވޯޓު ބާތިލް ކޮށް އަލުން ވޯޓުލާން ގެނޭ. ސައިޒު އެނގޭނެ.

 24. ޢަބްދުﷲ ސަޢީދު ދަނބުފަށުވިގެ ގދ.ގައްދޫ

  އިންތިޚާބު ބާއްވާފައިވަނީ، މޮނިޓަރުންނާއި އޮބްޒާވަރުން ހެކިކޮށް އެމީހުންގެ ޙާޟިރުގައި ކަމަށްވާއިރު، އަދި ވޯޓުނެގުމާއި ވޯޓުގުނުމާއި ވޯޓުގެނަތީޖާ އިޢުލާނު ކޮށްފައިވަނީވެސް އެޙާޟިރުގައި އެވަގުތު ތިއްބެވި އެންމެން އެކަމުގެ މައްޗަށް އިއްތިފާޤުވެ، އެއްވެސް ޝަކުވާއެއް މައްސަލައެއް އެއްވެސް ތަނެއްގައި (ވޯޓްފޮއްޓެއްގައި) ނެތްކަން ޔަޤީންކަށަވަރު ކުރުމަށްފަހުގައި ކަމަށްވާއިރު، އިބޫއާއި ޔާމީނުއާއި މިދެބޭފުޅުންވެސް މިއިންތިޚާބުގެ ނަތީޖާ ޤަބޫލުކޮށް ބަލައިގެންފައިވާއިރު، މިބާވަތުގެ މަދަނީ ކަންކަމުގައި އެކިފަހަރު އެކިގޮތަށް ބުނެ، އިންކާރު ކުރެވޭނެ އެއްވެސް ޝަރުޢީ އަދި ޤާނޫނީ ހަމައެއްވެސް ނެތްއިރު، މިރާއްޖޭގެ ގިނަބަޔަކު މިހާރުވެސް އެގެންދަވަނީ، އިންތިޚާބީ ރައީސާއި ނާއިބު ރައީސާއެކު ބައްދަލުވުންތައް ބާއްވައި އުފާފާޅުކުރައްވަމުންނެވެ. އެހެންކަމުން މިހާ ފާޅުކަންބޮޑު ގޮތެއްގައި ހިނގައި ނިމިފައިވާ ކަންކަމުގެ މައްޗަށް ނޫނެކޭ ނުބުނެވޭނެއެވެ.

 25. ވޯޓެކް

  މައްސަލަ ނެތްކަމަށް ދައްކަން ކޮމްޕްލެއިން ބިއުރޯއިން މައްސަލަނެތްކަމުގެ ސިޓީ އެއް ލިއުމެއް ހޯއްދަވަން ތެޅިގަތީ އިލެކްޝަނުން .(1) މައްސަލަ ހުރިކަމައް ކޮމްޕްލެއިން ބިއުރޯ އެބަބުނޭ. (2) ކޮމްޕްލޭން ބިއުރޯގެ ވަޒީފާގަތިމުއައްޒަފުން ކުއްލިގޮތަކައް ވަޒީފާއިން ވަކިކުރަންފެށުން(3) އިލެކްޝަންގެރައީސް ޝަރީފްގެ، ބަލައިގަންނަންދަތި އުނދަގޫ ވާހަކަތަކެއް ހިމެނޭ އޯޑިއޯ ލީކްވެފައިވުން(4) ރައްޔިތުންގެ ހިތްތަކުގަ ވޯޓްކަރުދާހުގެ ސައްޚަ ކަމާމެދު ސުވާލުއުފެދިފައިވުން(5). އިންތިޚާބްގައިވާދަކުރައްވާ ފަރާތްތަކާއި އަދިއެޏުންވެސް ބައެއްފަރާތްތަކުގެ ބޭންކް އެކައުންޓްތަކައް މިލިއަނުންފައިސާ ޖަމާވިކައްދޭހަވާ ވާހަކަތަކެއް އަޑު އިވެމުންދިއުން(6) ރާއްޖެއާއި ރާއްޖެއިންބޭރުގެ ފަރާތް ތަކުން އިންތިޚާބައް ނުފޫޒުފޯރުވާފައި ވާކަމުގެ ވާހަކަތަކެއަޑުއިވެމުންދިއުން.(7) މިއީވޯޓްލުމުގެ ހައްގުލިބިފައިވާ އެންމެރައްޔިތަކުގެ ހިތުގަ އުފެދިފަ ހުރިސުވާލް . މިފަދަކިތަންމެރައްޔިތަކު ތިބޭނެ. މިފަދަ މައްސަލަތައްބެލޭނީ ވަކިއަދަދަކަށް ވުރެމަދުން ނުވަތަ ގިނަވުމުންކަމައް ކަނޑައަޅާފަ ނުވާނަމަ މިހިރަ މައްސަލަތައް ބަލާ ހައްލު ކޮށްދިނުމުގަ އިލެކްޝަނުން ފަސްޖެހެމުންދާނަމަ ކަމާބެހޭ މުއައްސަސާ ތަކަން ކަމުގެހަގީގަތް ރައްޔިތުންނައް ސާފުކޮށްދީ އޮޅުންފިލުވައިދިނުމައް ގޮވާލަން
  .

 26. ވަންހަނާ

  ފާޅުވެގެންވާ ކަންތައްތަކުގައި ހިފުން އޮވެއެވެ. ވަންހަނާ ވެގެންވާ ކަންތައްތައް ދޫކޮށްލުން އޮވެއެވެ. އިންސާނާގެ ބަޑުގައި ހުންނަނީ ލެޔާއި ނަޖިހެވެ. ބޭރުފުށުގައި ހުންނަނީ، އޮމާންހަމެވެ.