އ.ދ ގެ ރެޒިޑެންޓް ކޯޑިނޭޓަރު ޝޮކޯ ނޯޑާ، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމާ ގުޅޭ އިތުރު މައުލޫމާތެއް އެއްވެސް ފަރާތަކުން ހާމަކޮށްފައިނުވާއިރު، ނޯޑާ އަކީ އ.ދ ގެ ރެޒިޑެންޓް ކޯޑިނޭޓަރުގެ އިތުރުން ޔޫއެންޑީޕީ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވެސް މެއެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން އިބޫ ގެންދަވަނީ ރާއްޖޭގައި ތިއްބެވި ބޭރު ގައުމުތަކުގެ ސަފީރުންނާއި އަދި ދައުލަތުގެ އެކި މުއައްސަސާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވަމުންނެވެ.

އަދި ދުނިޔޭގެ އެކި ގައުމުތަކުގެ ލީޑަރުން ވެސް ގެންދަވަނީ އިންތިހާބުން އިބޫ ހޯއްދެވި ކާމިޔާބީއާ ގުޅިގެން މަރުހަބާ ދަންނަވަމުންނެވެ. އެގޮތުން ޗައިނާ އާއި އެމެރިކާ އަދި ސައުދީ އަރަބިއްޔާ އިން ވަނީ އިބޫ އަށް މަރުހަބާ ދަންނަވާފައެވެ. އަދި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވެސް އިބޫ އަށް މަރުހަބާ ދަންނަވާފައިވާއިރު އިބޫގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް މޯދީ އާއި ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އަށް ވަނީ ދައުވަތު އަރުވާފައެވެ.

ރިޔާސީ އިންތިހާބު އިބޫ ކާމިޔާބުކުރެއްވީ ވޯޓުލީ މީހުންގެ 58.4 އިންސައްތަ ހޯދައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުދިމްބެ

    މިތާގަ ބޭނުން ދީނަކައް އުޅުމުގެ މިނިވަންކަން ދޭން އެއްބަސް ތިވަނީ...
    ޝުކުރިއްޔާ އިބޫ

  2. ހަބޭސް

    އިބޫ ތިއީ ކޮންމަންޖެއެއް ވާންއުޅޭ ބިޓުތަ؟

  3. ރާއްޖެ

    މިބައްދަލުވުމުގަ ތަރުޖަމާ ކުރަން ހުރީ ކާކު؟