ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިންގެ އަނބިކަނބަލުން، ފާތުމަތު އިބްރާހީމް (މެޑަމް ފާތުން) މިއަދު އުމްރާއަށް ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ.

މެޑަމް ފާތުން ސައުދީއަށް ފުރާވަޑައިގަތީ މިއަދުގެ ވަގުތެއްގައި ސައުދީ އެއާލައިންގައެވެ. އެކަމަނާ ސައުދީއަސް ފުރާވަޑައިގަތީ ހަގު ފިރިހެން ދަރިކަލުންނާއި އެކު ކަމަށް މަޢުލޫމާތު ލިބެއެވެ.

މި ދަތުރުފުޅާއި ގުޅިގެން ރަސްމީ ބަހެއް ލިބިފައި ނުވީނަމަވެސް، އިންތިޚާބަށް ފަހު އެކަމަނާ ފިއްލެވީ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތައް ދޮގުކުރައްވާ، ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒު ވިދާޅުވީ ރައީސް ޔާމީން އާއި މެޑަމް ފާތުންވެސް ޤައުމު ދޫކުރައްވާ ނުފިއްލަވާނެ ކަމަށެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ދެވަނަ ދައުރެއް ކާމިޔާބު ކޮށްދެއްވުމަށް އެންމެ ބޮޑަށް މަސައްކަތްކުރެއްވީ މެޑަމް ފާތުންއެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވަޑައިގެން ކެމްޕޭން ހަރަކާތްތައް އެކަމަނާ އިސްވެ ހުންނަވައިގެން ކުރިޔަށްގެންދެވިއެވެ. އެހެން ނަމަވެސް އިންތިޚާބަށް ފަހު އެކަމަނާ ސިޔާސީ ހަރަކާތަކުން އަދި ފެނިގެން ގޮސްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މުޙައްމަދު އަޙުމަދު

    އަޅޭ މީހަކަށް ޢުމްރާއަކަށް ދެވޭނީ ސައޫދީއަކަށް ނޫންތަ؟ ބަޔަކާ ހަސަދަވެރި ވިޔަސް ބޮޑުވަރު.

  2. ޢަބްދޫ

    ޢެ ކަމަނާގެ ސަބަބުން ފެއިލްވީ

  3. މުސިންބި

    ހެޔޮ އަމަލެއް ކުރެވޭނީވެސް އެކަން ކުރަން ބޭނުންވާ މީހަކަށް.. އިންސާނާއަށް އިހްތިޔާރު ކުރަން ޖެހިފައި ވަނީ ދެމަގެއް..

  4. Anonymous

    ފެއިލްވީ ޤައުމުގައި ޚިޔާނާތްތެރިން ގިނަވުމުން. ކުޑަ ފައިސާކޮޅަކަށް ހިނދުކޮޅެއްގެ އުފަލަށްޓަކައި ތިމާގެ ވޯޓް ވިއްކާލުމުން.

  5. ހަމީ

    ހައްގު ވޯޓަކުން ނޫން މޮަޅުވި

  6. ޙަފްޞާ / މާލެ

    ފެއިލްވިޔަސް ރައީސް ޔާމީންގެ ހަރުދަނާ ސިޔާސަތާއި ، ކުޑަ ދުވަސްކޮޅެއްގެތެރޭގައި ހުރިހާރޮގަކުން ދިވެހިރާއްޖެ ހޯދާފައިވާ ކުރިއެރުންތައް ތާރީޚްގައި ލިޔެވިއްޖެ! ބަލައިލި ކޮންމެ ދިމާއަކުން ރައީސް ޔާމީންގެ ޚިދުމތްތައް އެހުރީ ރޯދިމާއަށް ފެންނަން! ކޯޒްވޭއެއް ބުރިކޮށްލުމަކުން ޔާމީންގެ ޚިދުމަތެއް ނުފޮހެވޭނެ!

  7. އަލީ

    ވިއްލެވީއެއް ނޫން ފިލީ. ފާތުމަ ހަމަ ފިލަން އެ ދުވަނީ.