ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެމްބަރު އަދި ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާނަށް، އެމްޑީޕީގެ އެކްޓިވިސްޓަރު މަރުގެ އިންޒާރު ދީފިކަަމަށް ޕީޕީއެމް އިން ބުނެފިއެވެ.

ޕީޕީއެމް އިން ކުރި ޓްވީޓެއްގައި ބުނީ ނިހާނަށް މަރުގެ އިންޒާރު ދިނީ، އެމްޑީޕީގެ އިސް އެކްޓިވިސްޓެކެވެ. ނަމަވެސް އެއީ ކާކުކަން އެޕާޓީ އިން ހާމަކޮށްފައެއް ނުވެއެވެ. ނިހާނަށް މަރުގެ އިންޒާރު ދިނީ ކިހިނެއް ކަމެއް ވެސް ޕީޕީއެމް އިން ނުބުނެއެވެ. ނިހާނަށް މަރުގެ އިންޒާރު ދިން މައްސަލަ މިހާރު ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.

ޕީޕީއެމް އިން ވަނީ އެމްޑީޕީގެ އިސް އެކްޓިވިސްޓަކު ނިހާނަށް މަރުގެ އިންޒާރު ދީފައި ވަނީ އެމްޑީޕީގެ ލީޑާޝިޕުން އެކަން ކުށްވެރިކޮށް، މާފަށް އެދުމަށް ގޮވާލައިފަ އެވެ.

ނިހާނަށް މަރުގެ އިންޒާރު ދީފައި ވާއިރު ނިހާން ފާހަގަ ކުރެވެނީ އިންތިޚާބަށް ފަހު ވެސް ޕީޕީއެމްގެ ދިފާޢުގައި މީޑިއާގައި އެންމެ ވަރުގަދަ އަށް ވާހަކަަދައްކަވާ ބޭފުޅާގެ ގޮތުގައެވެ.

ރިޔާސީ އިންތިޚާބަށް ފަހު، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ސެކްރެޓަރީ ޖެނެރަލް އަބްދުއްރަހުމާން ސޮލާހަށް ވެސް ވަނީ މަރުގެ އިންޒާރު ދީފަ އެވެ. އަދި ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީއަށް މަރުގެ އިންޒާރު ދިން މައްސަލަ ވެސް އޭނާ ވަނީ ފުލުހުންނަށް ހުށަހަޅާފަ އެވެ.

އަދި ބައެއް އެކްޓިވިސްޓުންގެ މެދުގައި ބަހުގެ ހަމަލާތައް އިތުރުވެ، ވަޒީފާ އިން ވަކިކުރާނެ ކަމުގެ އިންޒާރު ވެސް އެކްޓިވިސްޓުން ގެންދަނީ ވަރަށް ފާޅުގައި ސަރުކާރު މުވައްޒަފުންނަށް ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ރުޒާނާ ޗޮއްޕަޓު

    ތަޅާ ކުދިން ހޯދަން އުޅޭ، ވަފާތި އަސްލު ވަގުންނަށް ވެރިކަން ލިބުނީމަ ދެން މި ގައުމުގަ އެހެން މީހުން ދިރިއުޅެން ހަދާނެ ކަމެއް ނެތް.

    • ޙަސަން ފަރީދު

      ހަޖަމް ޕްލީޒް ?

  2. މަށަކީވަގެއް

    ހޯތާހޭ ހޯތާހޭ

  3. މުދިމު

    ކޮބާ އެންމެންނަށް ވެރިކަން ކޮށްދޭންބުނާ އިބޫ/ އަވަހަށް ހުށަހަލާ!

  4. ޙުސަަަަަަަައިނު

    އިސްލާހަށް މަސައްކަތްކުރާ ކޮންމެ މީހަކަށް އެމް.ޑީ.ޕީ ކުދިން އިންޒާރު ދޭނެ.

  5. މާޓާ

    ތަޅާނެ ކުދިން ހޯދަން އަދިވެސް ލަންޑަން ގަ

  6. ބުރޯ

    އަފްރާސީމާ ރިޒްވާން އަށް ކުރިަކަމެއް ކުރީވެސް ހަމަ މިމީހުން. ދެން ނިހާންތަ ؟