އުފާފާޅު ކުރުމުގައި އިސްލާމްދީނުގެ ގިއުގަނޑުން ބޭރުވާ ފަދަ ކަމެއް ކޮށްގެން ނުވާނެ ކަމަށް ވިދާޅުވެ ދީނީ އިލްމުވެރިޔާ، އިދިކޮޅު ކޯލިޝަނަށް ތާއިދުކޮށް ވާހަކަދައްކަވާ ޑރ.މުހައްމަދު އިޔާޒް ނަސޭހަތް ދެއްވާފައި ވަނިކޮށް އިދިކޮޅު ކޯލިޝަނުން މިރޭ ޖިންސް އެކުވެގެން ޑީޖޭ އާއި އެކު ނެށުން ކުރިއަށް ގެންގޮސް އިންތިޚާބުގެ ކާމިޔާބީ ފާހަގަ ކޮށްފިއެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ރަނިންމޭޓް ފައިސަލް ނަސީމް ވެސް ބައިވެރިވެ ވަޑައިގެންނެވި އުފާފާޅުކުރުމުގެ ހަރަކާތްތައް މިރޭ އޮތީ ދަރުބާރުގޭގައެވެ.

ދަރުބާރުގޭގައި އޮތް އުފާފާޅުކުރުމުގެ ހަރަކާތްތަކުގައި ދެޖިންސްގެ ޒުވާނުންނާއި މެދު އުމުރުގެ މީހުން ވެސް ލަވަ ކިޔާ، ނަށާ ހަދާފައިވެއެވެ. އެހަރަކާތްތައް ބަލަން އިބޫ އާއި ފައިސަލްގެ އިތުރުން އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި އަދާލަތު ޕާޓީގެ ބޭފުޅުން ވެސް ތިއްބެވިއެވެ.

ދެޖިންސް އެކުވެގެން ނެށުމުގެ ހަރަކާތްތަކެއް އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި އިރު މިއަދު މެންދުރު ފަހު 14:30 ހާއިރު އިޔާޒް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ "އުފާފާޅުރުމުގައި އިސްލާމްދީނުގެ ގިއުގަނޑުން ބޭރުވާ ފަދަ ކަމެއް ކޮށްގެން ނުވާނެ. މިއުފާވެރިކަން މިންވަރު ކޮށްދެއްވި ﷲ އަށް ހަމްދުކޮށް، އެންމެހައި މުންކަރާތްތަކުން ދުރުހެލިވެ ރައްކާތެރި ވާންޖެހޭނެ އެވެ. ނޫންނަމަ އުފާވެރިކަން ދެމިއެއް ނޯންނާނެއެވެ."

ދެޖިންސް އެކުވެގެން މިރޭ ބޭއްވި ނެށުމުގެ ހަރަކާތްތަކަށް ފަހު އިޔާޒް އާއި ޝައިހް އިލްޔާސް އަދި އެއްވެސް އެއްޗެއް ވިދާޅުނުވާތީ އެބޭފުޅުންނަށް ބައެއް ފަރާތްތަކުން ގެންދަނީ ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

51 ކޮމެންޓް

  1. ޑރ އިޔާޒް

    ސާބަސް އެއީ ޑީޖޭއެއް ނޫން! އެތާނގައި އޮތީ ހުކުރުވިލޭރޭ ވީމާ ޞަލަވާތް ފާތިހާ ކިޔެވުމާއި ކަހަފް ސޫރަތް ކިޔެވުން! ޕިސް ޕިސް....?

  2. ޤައުމު

    ވެރިކަން ލިބުނީމަ ދެން ކީއްކުރަން އިޔާޒުގެ ބަސް އަހަންވީ. އެއޮތީ ވެރިކަން ލިބިފަ ދެން ހިތައް އެރި ގިތަކަށް އުޅެފަ ބަހައްޓާ

  3. ޢެއްކަަލަ

    ކަލޭ ދެލޯ ކަނީ.. ކޮބާ މަސްހުނިވެ ނަށާފަ؟؟

    • ނޫންތަ؟

      ނުވެސް ނަށައެއް ނޫންތަ؟ އަޅެ ފަހެ ނަށައިފިތަ؟

    • ދޮންބެ

      ދެލޯ ކަނީ ކާކު ކަމެއް ނޭންގުނު.

  4. ށަދީނާ

    ޢިޔާޒު ވެސް އެތަނުންމީހެއްގެ އުނަގަނޑުގަ ބައްދާލައިގެން ނަށާލިނަމަ އަދިމިވެރިންވެސް ދާނެ ބަލަންތިބެމާ

    • ޢައިޝާ

      ދެންޑީޖޭބާއްވާރެޔަކު އިޔާޒު އަންނާތި އަހަރެން ނާއެކީ ނަށަން މީ25 އަހަރުގެ އަންހެނެއް

    • ޅުޔޫނޯ

      އިހްތިރާމް ކުރަން ދަސް ކުރޭ! ހަޖަމް ކުރަން

      ދަސްކުރޭ!

  5. ބީތާ

    ޢިޔާޒު ދެން ނަށާނަގާ

  6. ބަދަލު

    ޥެރިކަން ލިބުނީމަ ކޮން އިލިޔާސެއް، އިޔާޒެއް އޮންނާނީ. ހިތްހަމަ ނުޖެހޭ ބަޔަކު ދޫރަށްދާންވީ، ބަޔަކު ބޮޑާހާކާފަ ދިޔައަސް ، ގިނަ ރައްޔިތުން ތިބީ އެފަޅީގަކަން އެކުދިންނަށް އެބައިނގެޔޭ. އަދި ޝޭޚުންނެއް އެކަހަލަ ކަންކަމަކާ ނުބެހޭނެކަން އެކުދިންނަށް އެނގޭ.

  7. ޙިދާ

    ޢިޔާޒު ބެހޭނީ ތުބުޅިލާފަތިބޭފިރިހެނުންނާ ބޮޑުބުރުގާއަޅާފަ ތިބޭ އަންހެނުން ކުރާކަންތަކާ އަހަރުމެން ކުރާކަންތަކާ ނުބެހޭ

    • އަޅޭ

      ހެޔޮ އެއްޗެއްނު އެބުނީ. މަނާކަމެއް ނޫން އެ ބަސް ގަބޫލު ކުރާނެމީހުން އުޅެދާނެތާ އެއީ ތުނބުޅި އާއީ މޫނުބުރުގާގެ މީހުން ނޫނަސް

  8. ޓައިގާ

    ކަލޯތީކާކު އަހަރުމެން ކުރާކަންތަކާބެހެން

  9. އަސި

    ފާޅުކަން ބޮޑުކޮށް މުނާފިޤުންގެ ސިފަ ފެނިގެން ފެނިގެން ދިޔަ ދެ މީހުންދީ ތި ފެނުނީ. ޔާ ﷲ މުނާފިޤުންގެ ހަރަކާތްތަކުން އަޅަމުން ސަލާމަތް ކުރައްވާނދޭވެ.

  10. ސިޔާމު

    ޢިޔާޒު ހޭބަލިނުވޭ އަހަރުމެނަކީ މިގޮތައް މަޖާކޮށްއުޅޭބައެއް މިދޭތެރެޔައްވަންނަން ނުހަދާ ކަލޭގެއަގުވެއްޓެންނޫނީ

  11. ޙާލިދު

    އެއީ ޖަޒީރާ ރާއްޖެ ވީމާ މައްސަލައަކަށް ނުވާނެ. ޝައިޚުންތައް ވެސް ތިބީ އުފަލާ މަޖާކުރުމުގައި.

  12. ހާލާ

    ކޮބާ ޒައިދު. ކަލެ އަށް ފެނޭތަ ކަލޭގެ ކުދިން ކޮޅު ދަރުބާރުގޭގަ ސަޖިދަ އަށް ތިރިވެ ތިބިތަން މިވަރުގެ އިލްމު ވެރިން މި އުޅެނީ.

  13. ސޯލިހު

    ޑީޖޭބާއްވާފަ އޮންނާނީ ދެން ލަލަލާ

  14. އައްޔު

    ކުރީގެ އެމްޑީޕީގެ ސިޔާސަތެއް ބިރަކާނުލާ މަޖާކުރުން
    " ތިޔަކުދިން މަޖާކުރަން ތިއްބާ އެސްއޯ ފުލުހުންނަށް އައިސް ނުހުއްޓުވޭނެ "
    މުހައްމަދު ނަޝީދު

  15. އޯކޭތަ؟

    އިޔާޒު މަޑުން ހުރޭ ކަލެއާ ބެހޭ ކަމެއް ނޫން. އަހަރުމެން އުޅޭނީ ދޮންމީހުން އުޅޭގޮތަށް. ބޮޑު ވަގު ބާޣީ ޓެރަރިސްޓް ބުނީ އެހެން އުޅެގެންނޯ ސަލާމަތް ވާނީ. އަހަރުމެން އަހާނީ އޭނާގެ ބަސް. ކަލޭގެ ބަހެއް ނާހާނަން.

  16. ވަހީދު

    ދައްކަވަން ހުރިތަނެއް ދައްކަވާފައި މިވެރިކަން ވެސް ނިމޭނީ. ﷲގެ އިރާދަފުޅުން މުންކަރާތްތަކަށް މާގިނަ ފުރުސަތެއް ނުލިބޭނެ.

  17. ިިަްިަަ123

    އެބަރަގަޅުވޭ

  18. ޢޫބެ

    ޑެން ލަލާ. ޢެއްޗެއް ބުނާކައް ނުކެރޭނެ

  19. ޙާމާން

    ކަލޭމެން އުފާކުރޭ. މަޖާ ކުރޭ. ހަހަހަހާ

  20. Anonymous

    ގައުމުގަ ހިންގާ ކޮންމެ ކަމެއްގަ ނުޖެހޭނެ އިލްޔާސް މެންގެބސް އަހާކަށް

  21. ނަލަ

    ޙުރިހިތާމައެއްގެ ބޮޑުކަމާއޭ ....

  22. Anonymous

    ހޭ. އަހަރެމެންނަށް ވެރިކަން ދިން އިރަކު ނޭނގޭތަ ނައިޓް ކްލަބް ހަދާނެކަމެއް. ދެން މައިތިރިވެ ތިބޭ މިހާރު ބޭކާރުވާހަކަ އަޑުއަހާނެ މީހަކުނެޔް

  23. ބުރިޓޯ

    ޑރ އަށް ވަރަށް ވެދުން. . ކަންނެލި އޮޑިއަށްވެސް. ޢެންމެ ސަޅިމެނިފެސްޓޯ. ޒުވާން ފުރައިގެ ކުދިން ބޭނުންވަނީ ބިރެއްނެތި .ަޖާކޮށްއުޅެލަން . ސޭޓުމެން ބޭނުންވަނީ އެކުދިން އުޅެގޮތްބަލާލަން.

  24. ރައްދު

    އިލްޔާސް އަކަށް ތިތަނެއް ނުފެނޭ ފުނުނުނަމަ
    އޭނާ ދެކޮޅު ހެދީހެވެ އެތާގައިނެއްކަމކު
    ނުފެންންޏާ ކުރާނެކަމެއް ނޮއޮންނާނެތާއެވެ

  25. احمد

    ސަަމޫދު ބާގައި މީހުނަށް ކޯފާ ލެއްވީالله ޢާދު ބާގައި މީހު.ނަށް ކޯފާ ލެއްވީالله ފިރުޢައުނައް ކޯފާ ލެއްވީވެސްالله ހަމަ އެالله ކަލޭމެން އަހަރެމެން ކުރާ ކަންތައް ވަރައް ގާތުން ބައްލަވައި ވޮޑިގެންވޭ ކޯފާ އަންނަންވީމާ އިބޫު އެއް ފައިސަލެއް ޔާމީނެއް ނޮއޮންނާނެ މިސާލަކަށް މިހާރު ބަލާ އިންޑަނޭޝިއާ އެތަނާ އަޅާބަލާއިރު އަހަރެމެންނަކީ ކޮންބައެއް الله ބިރުވެތި ވޭ މުންކަރާތްތައް ހުއްޓާލާ އަދި ހުއްޓުވާ ވެރިންނައްވޭ!

  26. ސޯނާ

    ދެންނަށަމާހިގާ ވެރިކަންލިބުނީނު ދޯ ސަލާމް

  27. احمد

    އިންސާނުންނައް ވަނީ އިޚްތިޔާރު ކުރަން ފުރުސަތު ދެވިފައި އެއީ ނަރަކައިގެ ގަދަ އަލިފާން ގަޑައް ވެއްޓި ގަންނާނީ ތޯ ނޫނީ އެތަނެއްގެ ދަށުން އާރުތައް ދެމިގެންދާ ސުވަރުގެ ތަކައް ދާނީތޯ ޢިލްމުވެރިން ވާޖިބަކީ އިންސާނުންނައް މިތިބަ ކަންތައް ހަދާން ކޮއް ދިނުން ހަނދާކޮއް ނަސޭހައްތެރި ވީމަވެސް މުންކަރާތަށް އަރާގެންފި ނަމަ ދެން ސުވާލު ކުރައްވާފަރާ ތަކީ ގަދަފަދަ ވަންތަ ޖައްބާރު ވަންތަ ﷲ

  28. ބުރޯ

    ތީ ވޯޓުން ވައްކަން ކޮްއްގެ ހޯދި ހަރާން އެއްޗެއް ޥީމަ ހިތިވާނެ ކުރިއަށް އޮތްތަންވެސް

  29. ޢަސްލު

    ޝޭހް އިލްޔާސް ވިދާޅުވީ ޑީޖޭ އަކީ މައްސަލަ އެއް ނޫން ކަމަށް މިހާރު މެލޭޝިޔާ އިން ކިޔަވަމުން ދާދިއުމުން އެނގިއްޖެ ކަމަށް. ކުރިން މަދީނާ އިން ކިޔެވި އެއްޗިހި މިހާރު ޒަމާނާއެކު ބާތިލް ވެއްޖެޔޯ

  30. ދހ

    އެމުޑިޕީ މީހުން ނުބާއްވާނެ ޑީޖޭއެއް މޮޔަނުވޭ

  31. އަޙްމަދު

    ކުރިންވެސް ބުނިތާ މިޖެހެނީ. ވަރިކަން ލިބިއްޖެއެއްނުން. ދެން ބިރަކާ ނުލާ މަޖާކުރާނެ. ދެން ބޮވެންޖެހޭނެ. ދޮންމީހުން އުޅޭގޮތަށް އުޅެވެން ޖެހޭނެ. ދެން ކޮން އިޔާޒެއް އިލްޔާސެއް. މީމީހުންގެ އަސްލު ސޫރަ މިފެންނަނީ.

    ދަންނަވަންތޯ ގިނަރައްޔިތުން ވޯޓް ދިނީ ތިމަންޒަރު ބަލާކަށް ނޫން. ބަޔަކު މީހުން ތިއުޅެނީ އޮޅީގެން. ތިވެރިކަން ދެވިފަރާތުން ތިކަން ތިމީހުންގެ އަތުން ގެއްލުވާލުމަކީ ވެސް އެހާ ފަސޭހަކަމެއް. ވިމާ ބޮޑާ ހޭކުން ދޫކޮށްލާ

  32. އަލީ_

    މިދަޔަ 5 އަހަރު އެއްގޮތަކަށްވެސް ނުކުރާ ކަމެއް ލަފަޖެހުމަކީ ދޯ؟ ހާދަ ދެރައޭ!

  33. ޙުސަަަަަަަައިނު

    ވިން ވީމަ ސުކުރުގެ ސަޖިދަ އެއް ޖަހަން ނޭގުނު ބައެއް ތީ. މި ވަރަށް ވާހަކަ....!

    • ައާމިނާ

      ހުސައިން އަށް ކިހިނެއް އިގެނީ ކުށުގެ ސަޖިދަ ނުޖަހާކަން

  34. އިބުރޭ1122

    އިޔާޒެއް ކަމަކު އަހަރެމެން ކުރާ ކޮންމެކަމަކާ ބެހެންނޫޅޭތި. އިރެއްގަ ކަލޭގެ ބަސް މުހިންމުވިޔަސް މިހާރުތީ ބޭކާރުމީހެއް. ކަލޭ އިލިޔާސްއާ އެކީ ކޮންމެސް އެހެންތާކު ތިހާސަރުދަމާނީދެން. އަހރެމެންނަށްވެސް މިނިވަންކަންއޮންނަންވާނެ. ތީ ބޭކާރުމީހެއް މިހާރު. އެނގިއްޖެދޯ ސައިޒު.

  35. Anonymous

    ތިޔައީ ޑީޖޭއެއް ނެށުމެއްނޫން. ތިޔައީ
    އެރޮބިކް ސެސަނެއް. އަދި ބިރަކާނުލާ
    މަޖާކުރާތަން ކަލޯމެންނަށް ފެންނާނެ

  36. ޢަބްދުﷲ ސަޢީދު ދަނބުފަށުވިގެ ގދ.ގައްދޫ

    ޢިލްމުވެރިންގެ ބަސްފުޅު ދޮގުކުރުމަކީ، ވަރަށްބޮޑު ގޯހެކެވެ.

  37. ގުގުމާލި

    ތިވިދާޅުވާ ދެބޭފުޅުން ވަނީ މިހާރު އެދެބޭފުޅުން އިސްލާމްދީން ދެކެވީލޯބި އަދި އުގެނިފައިވާ އެދީނުގެ ޢިލްމު ފާދިރީންނަށް ވިއްކާލާފަ. ޓްވީޓޭ ކިޔާނެ ކަމެއްނަތް ކޮންމެ އިންތިޚާބަކަށް ތިޢިލްމުވެރީން ތައްޔާރުވާނެ. ތިޔަވިދާޅުވާ ދެބޭފުޅުންނަކީ ޝައިޚުންނެއްނޫން. ހަމަ ފައްކާ މަޖޫސީން.

  38. dhera

    އަދި މިވީހާތާކަށް ރާއްޖޭގެ ވެރިކަމަކަށް ނާދޭ ލަވަޔާއ ނެށުން އަދި މަސްހުނިވުން ނުބާއްވާ އެއްވެސް ބައެއް.. ކީއްކުރާނީ. ޔާމީނު ދައުރުވެސް މިނިމެނީ އަދި ވެސް ހަމަ މިފެންނަނީ އެގޮތަށް. އިބޫ ހުވާ ކުރެއްވީމަ ވެސް ވާނީ އެހެންބާ

    • ޕްލީޒް

      ޙަމަ ހުވާ، ތި ވައްތަރަށް ނުނަށާ އެއްވެސް ބަޔަކު މަ މިރާއްޖެއަކުން ނުދެކެން.ކެބެރޭ ޑާންސްވެސް ކުރިތަން މަދުށީ ޔާމިނުގެ ވެރިކަމުގަ. ހަޖަމް ޕްލީޒް.

  39. ދޭދޭދޭދޭ

    މަމެން ތިޔާ ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރާނަމޭ ސީދާ އިލެކްޝަންސް ކަމިޝަން އިން ވަރަށް ބޮޑެތި އޮޅުވާލުން ތައް ވޯޓް ގައި އޮޅުވާލާފައި އެބަހުއްޓޭ މަމެން ޕިންކީން މިއަންގަނީ ޕީޕީއެމް އަށް 96 ހާސް މީހުންގެ ހައްގު ތަކާއި އަދި 150 ހާސް މީހުންގެ ހައްގު ތައް ނިގުޅުވައިގެންފައޭ އިލެކްޝަންސް ކަމިޝަންގެ މެމްބަރުން އެތިބީ ހަމަ މިހާރު ވޯޓް އަލުން ޔޫވީ ލައިޓް އަޅުވައިގެން ގުނާށޭ މަމެން ޕިންކީންގެ ކުރިމަތީގައި ގުނާށޭ ގުނާށޭ އެވްރީ ބޮޑީ އޮފް ދެމް ހޭޒް ގޯން ބޭޑް އެން މޭޑް އެން ކްރޭޒީ އޮފް ވަގަށް ވޯޓް ލައިގެން ވެރިކަން ފޭރިގަންނަން އޯލް އައި ވޮނާ ސޭ ދެޓް ދޭ ޑޯންޓް ރިއަލީ ކެއަރ އެބައުޓް އަސް ދޭ ޑޯންޓް ރިއަލީ ކެއަރ އެބައުޓް އަސް ވަގު ވޯޓް ރައީސް ވަގު ވޯޓް ރައީސް ވަގު ވޯޓް ރަައީސް...

  40. ދަންޑަހެލު

    އިޔާޒް ދެން ހުރޭ މަޑުން ހަހަރެމެން ބޭނުންގޮތެއް އެއޮތީ ނަސާފަ. މީ ބޭނުންވާގޮތަކީ. ބިރަކާ ނުލާ މަޖާ ކުރަން ބޭނުންވަނީ.

  41. އިސްމާލް

    ކަލޯ ތިބައެއްގެ ވެރިކަމެއް އުފާ ފާޅުކުރާއިރު ލަދު ގަނޭތޯ ބިރު ގަނޭތޯ ރިސްވަރުގެ ވެރިކަން ވެއްޓޭކަށް އިރާދަފުޅުން މާލަހެއް ނުވާނެ.

  42. މުރާދު

    ސެއިޚް އިލިޔާސައްވެސް މިކަން އޯކޭވާނެ އަދި ރީލޯޑު ހުސްނުވަނީ. މިވެސް ސޭހުންދޯ!

  43. ޝައިޚް

    ޑީޖޭ ބޭއްވި މައްސަލަގައި ޝައިހް އިލްޔާސް އާއި ޑރ. ޢިޔާޒް އަދި ޝައިހް ޒައިދު ރައްޔިތުންގެ ކިބައިން މަޢާފަށް އެދެންޖެހޭނެ.

  44. ޢަލޒި

    ސަގާފީ ވިޔަސް . ކޮންމެ އެއްޗެއް ކިޔަސް ޙަރާމް ކަންކަން ވާނީ ޙަރާމް ކަމަކަށް.