އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރައީސް ކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ގަލޮޅު ރަސްމީ ދަނޑުގައި ބާއްވަން ނިންމާފައިވާ ކަމަށް އެމްޑީޕީންއިން ބުނެފި އެވެ.

މިރޭ ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަމަން އިބޫ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ކަންކަން ބަލަހައްޓާ ކޮމެޓީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ގަލޮޅު ދަނޑުގައި އިބޫ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި ގަލޮޅު ރަސްމީ ދަނޑުގައި އެ ރަސްމިއްޔާތު ބާއްވަން ހަމަޖެއްސީ ވީހާ ވެސް ގިނަ ރައްޔިތުންނަށް އެ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ. އަދި ދަނޑުގައި ތަންއޮތް މިންވަރަކުން ރަސްމިއްޔާތަށް އެންމެންނަށް ވަދެވޭނެ ކަމަށްވެސް ލަތީފް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ނިންމާފައި މިވަނީ ހުވާ ކުރުމުގެ ރަސްމިއްޔާތު ގަލޮޅު ބޯޅަ ދަނޑުގައި ބާއްވަން، އެނގިވަޑައިގަންނަވާނެ ގަލޮޅު ބޯޅަ ދަނޑަކީ ވަރަށް ގިނަ ރައްޔިތުންނަށް އެކަމުގައި ބައިވެރިވެވޭނެ ގޮތަށް އިމާރާތް ހުރި ތަނެއް، 9500 ނުވަތަ 10،000 މީހުންގެ ޖާގަ އޮތްތަނެއް އެއީ މިހާރުވެސް،" ހަސަން ވިދާޅުވި އެވެ.

މީގެ އިތުރުން މިރަސްމިއްޔާތުގައި ބޭރުގެ ޤައުމު ތަކުގެ މަތީ ފަރާތްތަކަށްވެސް ދަޢުވަތު އަރުވާނެ ކަމަށްވެސް ލަތީފްވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެން ދައުވަތު އަރުވާނަން ބޭރުގެ އެކިއެކި ފަރާތްތަކަށް، އޭގެ ތެރޭގައި ހިމެނޭނެ އެކިއެކި ދައުލަތްތަކުގެ އެންމެ އިސްވެރިން ވެސް. ހެޑް އޮފް ސްޓޭޓް ވެސް ހިމެނޭ. އަދި ހަމައެއާއެކު ފޮރިން މިނިސްޓަރުންނާއި ބޭރުގެ މިޝަންތަކުގެ އެންމެ އިސްކޮށް ތިއްބަވާ ބޭފުޅުން، އެމްބެސެޑަރުންނާއި ހައި ކޮމިޝަނަރުން، ރާއްޖޭގެ އެކިއެކި މަގާމްތަކުގައި ތިއްބެވި ބޭފުޅުންނާއި ސިޔާސީ ޕާޓީތަކުގެ ބޭފުޅުން ކައުންސިލަރުން،" ލަތީފް ވިދާޅުވިއެވެ.

ލަތީފް މިހެން ވިދާޅުވެފައިވާއިރު، އިބޫ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އެންމެންނަށް ބައިވެރިވެވޭ ގޮތަށް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ހާމަކޮށްފައެވެ. ހުވާ ކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަންނަ ނޮވެންބަރ މަހުގެ ތެރޭގައެވެ.

.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

 1. ާއަލީ

  މަށެއްނުދާނަން

 2. ާއަލީ

  ޙުވާކުރާތާ އެއްމަސްނުވަނީސް ތިބައިގަނޑު ބައިވެގެންދާނެ އިރާދަކުރެއްވިއްޔާ ވަގުވޯޓް ނުކިޔަވާކިނބޫ

 3. ކުނދީނާ

  ވޯޓުން ވައްކަން ކޮއްގެން؟ އިބޫ ގަޓެއް ހުރިއްޔާ އަލުން ކުރިމަތި ލާބަލަ. އެކަމަކު ދެން ނިކުންނާނީ އަހަރެމެންގެ ރައީސް މީހާ އަންނި. ކަލޭ ތީ ކާކު. ވޯޓު ވަގުން

 4. ޏަނި

  ޙުވާކޮއްގެން މުދާ ބަހަން އުޅޭ. ޢިންޝާ ﷲ ތި ބައިގަނޑު އަވަހައް ރޫޅިވެރިކަން ގެއްލޭނެ.

 5. ވަހީދު

  ތިހާވަރުން އުޅޭ އެއްޗެއްނޫން. ކޭކު ފަޅާދުވަހު ވެސް އިސްތިއުފާ ދޭން ޖެހިދާނެ.

 6. މީވާކަމެއް

  މަށެއްނުދާނަން ދާނެތަނެއް ނެތަސް

 7. ޢައްޑޫ ސީދިބިޑާ

  ބުރިޖުގަ ހުވާ ކުރޭ ނުނީ ޖަޒީރާ ކޮންމެ ރަށެއްގަ ގޮސް ހުވާ ކުރޭ

 8. ސަލާމް

  އާ ކުކުޅަކަށް ގާ ބިހެއް އެޅިގެންތަ މިއުޅެނީ!

 9. ނިޔާސާ

  ހުވާ ކުރާ ދުވަހު މުޅި ދަނޑު ފުރޭނެ. އަސަރު ފަށެއް ކޮއްލާނެ.

 10. ލޮލް

  ތިޔަށްވުރެއް މާރަނގަޅެއްނު ކަނޑުމަތީ ރަސްމިއްޔާތު

  ބޭއްވިއްޔާ އޭރުން ގިނަބަޔަކަށް ފެނި މަސްވެރިންނަށްވެސް

  ބައިވެރިވެވުނީނު.ވަގު ވޯޓު ރައީސް

 11. ލޮލް

  ނުހައްގުން ކުރާކަންތައް ތައް ދެމިއޮންނާނީ ކުޑަދުވަސް

  ކޮޅަކަށް އެއެއްޗެއް ހޯދިގޮތަކަށް އެއެއްޗެއް ހިނގައިދާނެ.

 12. ޕިސްޕިސް

  ތިމާމެންނަށް އުފަލެއް ލިބޭހިނދު ތިމާގެ އަޚާ

  ނިކަމެތިކޮށްލުމަކީ ﷲ ނުރުއްސަވާކަމެއް އެއްވެސް

  ބަޔަކަށް އަބަދަކު އުފަލަކު ނޫޅެވޭނެ އެކަން ހަނދާން

  ކުރައްޗޭ އެމްޑީޕީން އެތައްބައެއްގެ ހައްގުތަކެއް ދިރުވާ

  ދިރުވާލައިގެންތިކަންތިކުރަނީ.

 13. އަޙްމަދު

  ކޮންމެތާކު ހުވާކުރިޔަސް ހުވާކުރަނީ ﷲ ގަންދީ. ތަނަކަށް ހާޒިރު ވާމީހުން ގަންދީއެއްނޫން. ﷲ ގަންދީ ހުވާކުރާ މީހުން އެގެ ފަހުދުވަ އެއުޅޭނީ އެމީހުން ބޭނުންގޮތަކަށް. ހިވާނީ ބަޔަކުމީހުންގެ ކުރިމަތީގައި ހުވާކޮށްފިއްޔާ ތީ ހުދު ފޮތިކޮޅުތައްހެންތަ! ނޫނީ ކޮންކަމެއް ސާބިތުކޮށްދޭންތޯ؟ ކިތަންމެ ގިނަބަޔަކު ކުރިމަތީ ހުވާކުރިޔަސް ޖެހިގެން އަންނަދުވަހު އެކަން ހަނދާނެއް ނުހުންނާނެ. ތިކޮންމެ ތާކުއޮތަސް ޓީވީ ތަކުން ދައްކަންޏާ ތިކަން މީހުން ބަލާނެ. އަދިތިކުރާ ހުވާގެ މަތީގައި ތިބެވެނީ ކިތައް ދުވަހުތޯވެސް ބަލާނެ.

 14. ޙަސަން

  ހާދަހާ އަސަރެކޭ ތިޔަ ކުރަނީ ...

 15. ޢަބްދުﷲ ސަޢީދު ދަނބުފަށުވިގެ ގދ.ގައްދޫ

  އެއްބައެއްވަންތަ ސަރުކާރެއް ޤާއިމުކޮށްދެވޭނީ، އެއްބައެއްވަންތަ ކަމަށް ފުރުޞަތު ދީގެންނެވެ. ގިނަބަޔަކަށް ދަޢުވަތު ދެއްވައިގެން ގިނަބަޔަކު ބައިވެރިކޮށްގެން ކުރެވެން ހުންނަ ކަންކަމުގައި ގިނަބަޔަކަށް ދަޢުވަތު ދެއްވައިގެން ގިނަބަޔަކު ބައިވެރި ކޮށްގެންނެވެ. ހުރިހާ އެންމެންނަށްވެސް ކަމޭހިތައި މާތްކޮށް ހިތައިގެންނެވެ. ޢަންމު ރައްޔިތުންނަށް ހެޔޮކޮށްހިތައި ހެޔޮފޯރު ކޮށްދީގެންނެވެ. ޢަދާވާތްތެރިން އުފައްދައި ނެރުމުން ޢަދާވާތްތެރިން އިތުރުވާނެއެވެ. އެކުވެރިން ހޯދަން މަސައްކަތް ކުރުމުން އެކުވެރިން ހޯދޭނެއެވެ. ރުޅިއެރުވުން ލަދުގެންނެވުން އަސަރުކުރުވުން ބޭޢިއްޒަތްކުރުވުން ފަދަ ކަންކަމަކީ، އެއްވެސް ޙާލެއްގައި ކޮށްގެންވާނެ ކަންކަމެއްނޫނެވެ. ވެރިކަން ލިބުމާ ގުޅިގެން ވެރިކަމުގެ ދަރަޖަ ހިފެހެއްޓުމަށްޓަކައި ކުރަންޖެހޭކަމަކީ، ތަފާތުނުކުރުމެވެ. އެހެނީ، ތަފާތުކުރުމުން ބައިބައިވުން އުފެދެއެވެ.

 16. މޮންޓް

  މަސްމާރުކޭތްވެސް ރަގަޅުވާނެ! އިބޫ ސަރުކާރުގެ ވަޒީރުންގެ ޖަލްސާވެސް ބާއްވަންވާނީ ގ. ދަނޑުގައި!

 17. މުދިމު

  އެވަގުތު ވާރޭވެހިދާށި!