އައްޑޫސިޓީ ލިންކުރޯޑުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި އެކްސިޑެންޓު ހިނގީ، އައްޑޫސިޓީގެ ގުޅިފައިވާ ފަޅުރަށްތައް ހިމެނޭ ސަރަޙައްދު (ގައުކެނޑި) ސަރަޙައްދުގައި ދާދި ދެންމެއަކުއެވެ.

އައްޑުސިޓީ ގައުކެނޑި ސަރަޙައްދުގައި ދާދި ދެންމެއަކު ހިނގި އެކްސިޑެންޓު - ވަގުތު އިމޭޖަސް

މި އެކްސިޑެންޓު ހިނގީ، ލިންކުރޯޑުން ބާރު ސްޕީޓުގައި ދުއްވާފައިދިޔަ އެ ކާރު ކޮންޓްރޯލް ނުވުމުންނެވެ. އެނގިފައިވާގޮތުގައި ކާރު ކޮންޓްރޯލް ނުވެ މި އެކްސިޑެންޓު ހިނގީ، ދުއްވާފައި ދަނިކޮށް ކުރިމަތިން ޕިކަޕެއް ހުރަސްކުރި ވަގުތުއެވެ. ނަމަވެސް މި ހާދިސާގައި އެކްސިޑެންޓުވި ކާރު ޕިކަޕުގައި ނުޖެހެއެވެ.

މި އެކްސިޑެންޓު ހިނގި ވަގުތު ކާރުގައި ތިބީ ދެ މީހުންނެވެ. ނަމަވެސް އެކްސިޑެންޓުގައި މިއިން އެއްވެސް މީހަކަށް އަނިޔާއެއް ނުލިބި ވަނީ ސަލާމަތްވެފައެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި މި ހާދިސާ ހިނގި ވަގުތު ކާރު ކޮންޓްރޯލް ނުވެ، ފުރޮޅާލައި ކާރު ވަނީ 300 އެއްހައި ފޫޓު ދުރަށް ވިއްސައިގެން ގޮސްފައެވެ.

އައްޑުސިޓީ ގައުކެނޑި ސަރަޙައްދުގައި ދާދި ދެންމެއަކު ހިނގި އެކްސިޑެންޓު - ވަގުތު އިމޭޖަސް

ލިންކު ރޯޑުގައި މިރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގިއިރު، ރޭ ހިތަދޫގައި ދެ ސައިކަލު ޖެހިގެން އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވިއެވެ. މީގެ އިތުރުން ރޭ މަރަދޫ ލިންކުރޯޑުންވެސް އެކްސިޑެންޓެއް ހިނގައި ޒުވާނަކަށް އަނިޔާވެފައި ވެއެވެ.

މިރޭގެ އެކްސިޑެންޓާއި ގުޅިގެން ފުލުހުން މިހާރު ދަނީ ގައުކެނޑި ސަރަޙައްދުގައި ހަރަކާތްތެރި ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޢައިންތު

    މިކަމުގެޒިންމާއުފުލަންވާނީ ޔާމީނު

  2. ނަޒޫ

    ﷲ ގެ ކުޅަދުން ވަންތަކަމުގެ މަތިވެރި ކަމާއެވެ.

  3. ފުރުޤާން

    ދެން ކޮން ތަހުޤީގައް ކެރާކައް! ތޭގެން އެނގެނީ ވަރަށް މަޑުން ކަން ދިއްވީ

  4. ޑިމޮކްރަޓިސްޓް

    ޔާމީނުގެ އަނިޔާވެރިކަން ދޯ މީވެސް..

  5. ޢަބްދުﷲ ސަޢީދު ދަނބުފަށުވިގެ ގދ.ގައްދޫ

    މާތްﷲ އެކަލާނގެ އަޅުންނަށް ސަލާމަތްކަމާއި އަމާންކަމާއި ރައްކާތެރިކަން ދެއްވައެވެ. الشكر لله والله اعلم‬‎