މާލެ އާއި ހުޅުލެއާއި ދެމެދު އަޅާފައިވާ ސިނަމާލެ ބުރިޖުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި އެކްސިޑެންޓު ހިނގީ ބުރިޖު ނިމޭ ހިސާބުން ދެ ސައިކަލު ޖެހިގެންނެވެ.

މި އެކްސިޑެންޓުގައި ބައެއް މީހުނަށް އަނިޔާ ލިބިފައިވާއިރު، އެކަމާއި ބެހޭ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ. މި ހާދިސާގައި އެކްސިޑެންޓުވި ދެ ސައިކަލަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ބުރިޖު ސަރަޙައްދުގައި ހިނގި އެކްސިޑެންޓު

މި އެކްސިޑެންޓާއި ގުޅޭގޮތުން ފުލުހުންގެ ބަހެއް މިހާތަނަށް ނުލިބެއެވެ. އެކްސިޑެންޓު ހިނގުމާއި އެކު ފުލުހުން ވަނީ އެ ސަރަޙައްދު ބަންދުކޮށް އެ ސަރަޙައްދުގައި ހަރަކާތްތެރިވާން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މަމެން

    ކީކޭދެން ބުނާނީ. އަލަށް ބުރިޖެއް ފެނުނީމައި މި ހީވަނީ ދުނިޔެ ރަންވެގެން އުޅޭހެން. ދުއްވަން ޖެހޭ ގަވާއިދާއި ދުއްވަން ޖެހޭ ސްޕީޑު ނޭނގޭ މީހުން ދެން ވެއްޖެ ނޫންތަ ދަސްކުރަން. މިކަހަލަ ރޯނުފިލާ މީހުންގެ ސަބަބުން މުޅި މި ގައުމު ހަލާކު ވެއްޖެ ހަމަ ހުވާ.

  2. ލޮލީ ޖާބިރު

    މިއުޅޭ ކުދިން ދުއްވާއިރު ނުބަލައޭ އަނެކާއަކަށް.

  3. ޢައްޑޫ ސީދިބިޑާ

    ގައުމު ނާމާން ވެއްޖެ ވަގުން ދޫވެއްޖެ ވިސްނާ ވިސްނާ ބޯހަލާަކު ⛔??

  4. ޑިމޮކްރަޓިސްޓް

    ގައުމު ނާމާންކޮށް މިނުބައި އަނދަވަޅަށް ވައްޓާލީ ހަމަ ނުވިސްނޭ ގިނަ ރައްޔިތުންތަކެއްގެ ވޯޓުން.. ބައެއްގެ އަމިއްލައެދުން.. ކުރިޔަށްއޮތް ފަސްއަހަރަކީ ބިރުވެރި ނާމާން ފަސް އަހަރުކަމާމެދު އަހަރެން ޝައްކެއްނުކުރަން.. ވޯޓުދިން މީހުނަށަ ވަރަށް ސަލާމް..

  5. ފާއިޒް

    ރާބޯ މީހުންތަކާ ޤައުމައް ގައްދާރުވި މީހުން މާލެ އަރާފި ދެން ފެންނާނެ ތިކަހަލަ އެތައްކަމެއް??

  6. ރަށުމީހުން

    ބުރިޖް ފެށޭ ހިސާބުން ފެށިގެން ނިމި އަދި ކޯސްވޭ ގަވެސް ޓްރެފިކް އެވެއާނެސް މާރކިންގްސް ޖަހާފާ ހުރީ ވާނުވާ ނުއެގޭ ގޮތަށް، ބައިނަލް އަގްވާމީ ސްޓޭންޑަރޑް ތަކާ ތަފާުތު ކޮށް. މިސާލަކަށް، ޓާރން ތަކާއި ހުއްޓަންޖެހޭ ލައިޓް ތަށް އަންނަކަން ދުރާލާ ދައްކަންޖެހޭ. މިކަމަށް ހަމަ އެކަނި އެހިސާބަކަށް ހަމަ ވާ ތަނުގައި އެރޯ އެއް ބިނމަތީގަ ޖެހީމަ ނުފުދޭ. ގިނަފަހަރަށް ޢެ މާރކިންގް މަތީގަ އޮންނަނީ ވެހިކަލް އެއް އަރާ. މަގުގެ ދެފަރާތުގަ ރިފްލެކްޓިވް ލައިޓް ހަރު ކޮށް ބޯޑު ތަށް ޖަހާ.

  7. ތ

    ސޭޑް