އައްޑޫ ސިޓީ ހިތަދޫ ގައި މީހުން ވަޅުލުމަށް ބޭނުން ކުރާ ސަހަރާ ފުރިގެން، އެސަހަރާއަށް ވަންނަ ދޮރާއި ވަރަށް ކައިރީގައި މީހުން ވަޅުލާން ފަށައިފިއެވެ.

ސަހަރާގައި މީހުން ވަޅުލަމުން އައިސް މިހާރު ދޮރާއި ވަރަށް ކައިރިއަށް މަހާނަތައް އައިސްފައި ވާއިރު ދޮރު ކައިރީގައި މިހާރު އޮތް ކުޑަ ޖާގައިގައި ވެސް ވަޅުލެވޭނީ ހަތަރު ވަރަކަށް މީހުން ކަމަށް ބެލެވެއެވެ.

މިދިޔަ ހަފްތާއެއްހާ ދުވަސް ތެރޭގައި ވެސް ހިތަދޫ ގައި ތިން މީހަކު ނިޔާވެގެން، ހިތަދޫ ސަހަރާގައި އެމީހުން ވަޅުލާފައި ވެއެވެ. އެހެންކަމުން ބެލެވޭ ގޮތުގައި ދެން ދެހަފްތާ ނުވަނީސް މިހާރު ހިތަދޫ ސަހަރާގައި އޮތް ކުޑަ ޖާގަަކޮޅު ވެސް ފުރޭނެއެވެ.

ހިތަދޫ ގައި ވަރަށް ބޮޑު އާސަހަރާއެއް ހެދުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ. ސަހަރާ ހަދާ ސަރަހައްދު ސާފުކޮށް އެސަރަހައްދަށް ވެލި އަޅާ ފަސްގަނޑު ވެސް ވަނީ އެއްވަރު ކޮށްފައެވެ. ނަމަވެސް އެސަހަރާގައި ވަށާފާރު ރާނާފައި ނުވާތީ އެސަހަރާގައި މީހުން ވަަޅުލާން އެއްވެސް އާއިލާ އަކުން ބޭނުމެއް ނުވެއެވެ.

ހިތަދޫގައި އަލަށް ހަދާ ސަހަރާގެ މަސައްކަތް ނިމޭނެ ދުވަހެއް އަދި ނޭނގެއެވެ.

އެހެންކަމުން ކުރިއަށް އޮތް ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި މީހުން ވަޅުލުމަށް ހިތަދޫގައި މައްސަލަތަކެއް ދިމާވާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ޤަމާރު

  ?????????????????

 2. ގަމާރު

  ކިހާ ދެރަ ކަމެއް މީ

 3. ގޯސް

  ސަރުކާރުންކޮށްދިން އެއްކަމެއްވެސް ނެތެއްނުން ؟
  ނޮވެމްބަރު 11ގެ ކުރިން މިވެރިކަން ގާނޫނީ ހަމަތަކުގެ ތެރެއިން މަޖިލިހުން ނިންމާލަން ޖެހޭ.

  • ސާބަސް

   ކައުންސިލު އޮންނަނީ ނަމެއްގަތަ؟

   • ފިޔާޒް

    ކައުންސިލްގެ ހުރިހާ ކަމެއް އޮތީ ހައުސިންގ މިނިސްޓްރީއަށް ނަގާފަ

 4. އަހުމަދު

  ޢައްޑޫގަ ހުސްބިމެއް ނެތީދޯދެން.

 5. ޠަސްމީން

  ޢެއްވިއަސް މައްސަލާއް ދެން ދިމަނިވެޭހެއް، ކައުންސިލުން ތެކަން ފުރިހަމަކެރާށިއެ. ޙާސް ކަނޑަލަ

  • ހަސީން

   ތަސްމީން ކައުންސިލައް އެބޯތީ؟ ހަމަ އަހަލީ.

 6. ސެ

  މިސްކިތް ބެލެހެއްޓުން ފެނަކަޔަށް.
  މަގުމަތީ ތިބި ހުރިހާ ޕާޓޭމެން ފެނަކަޔަށް
  ދެން ކިހިނެއް ކަން ކަން ރަނގާޅުކުރާނީ.
  ކޯޓްތަކުން ހަދާ އެއްޗެހިން މިވެރިކަން މިހިސާބަށްވެސް އައީ

 7. މ

  ޔާﷲ

 8. ބާބަ

  މަރުވާއެންމެން އަވަހައް ކަލޭމެންގެ ބައިވެރިޔާ އިންޑިޔާ އައް ފޮނުވަން ފަށާ

 9. ސަރުކާރު

  ކޮބަ ފަރުދީ ޒިންމާ، ރައްޔިތުންގެ ޒިންމާ ހުރިހާ އޮޑިއެއްގަ ހޭކެންޖެހެނީ ސަރުކާރުންތަ؟
  ރައްޔިތުން ގުޅިގެން ކަންކަން ބަހަލައިގެ ކުރީމަ ހަރަދުކުޑަ ވެފަ ރަށުގެ ގުޅުން ވެސް ބަދަހިވާނެ. ހުރިހާ ކަމެއް ސަރުކާރުން ކޮއްދެން ދެން ތިބުން އެއީ ރަނގަޅު ގޮތެއްނޫ

 10. ޏަމުން ނިޝާ

  ހިތަދޫ ގައި ސަހަރާ އެއް އަޅަން ބިޑް ކޮށް އެމަސަކަތް ބަޔަކާ ހަވާލު ކުރެވި. މަސައްކަތް ނުކުރެވި ވަނީ ރަށުގެ ބައެއް މީހުން މަސަކަތް ކުރާ ފަރާތް ތަކާ ބިރު ދައްކާ ޖެއްސުން ކުރާތީވެ. މިފަދަ ކަން ކަން ސިޔާސީ ކުރީމަ މިހެން ވަނީ. ރައްޔިތުން ނަށް އެތަނުގެ ބޭނުން މިހާރު ކުރެވޭނެ އެއްބާާރު ލުން ދޭނަމަ