ހުވަނދު އަތޮޅާއި އައްޑޫ އަތޮޅުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މީގެ ކުޑަ އިރުކޮޅެއް ކުރިން މެޓް އޮފީހުން ނެރުނު އެލާޓްގައި ވަނީ، މިއަދު 13:30 އިން 17:30 އަށް އެ ހިސާބުތަކަށް ވަރަށް ގަދަަޔަށް ވައި ޖެހޭނެ ކަަމަށެވެ. އަދި އެ ސަރަހައްދުގެ ކަނޑުތައްވެސް ވަރަށް ގަަދަވާނެކަމަށް އެ އެލާޓްގައި ބުނެފައި ވެއެވެ.

އަދި ގަޑިއަކު 50 މޭލު ބާރު މިނުގައި ވައި ޖެހޭނެކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

ވައިޓް އެލާޓް: މި އެލާޓްގައި މޫސުމަށް ސަމާލުވާންޖެހެއެވެ. ކޮންމެވެސް ވަރަކަށް ވައިގަދަވެ، ވާރޭ ވެހި، އާންމު ގޮތެއްގައި ކަނޑުތައް ގަދަ ވާނެއެވެ. ވައިޖެހޭނީ 20 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. ވައިޓް އެލާޓް ނެރެފައިވާނަމަ، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން މުހިއްމެވެ.