މޫސުން ގޯސްވެ ވައި ގަދަވުމުގެ ސަބަބުން އއ. ރަސްދޫ މިސްކިތުގެ އެއް މުންނާރު ވެއްޓިއްޖެއެވެ.
"ވަގުތު"އާ ވާހަކަދައްކަވަމުން އެރަށު ކައުންސިލްގެ ރައީސް ޢަބްދުލްޖަލީލް މޫސާ ވިދާޅުވީ، އެރަށު މިސްކިތުގެ މުންނާރު ވެއްޓުނީ، އައި ބާރުގަދަ ކޮޅިގަނޑެއްގައި ކަމަށެވެ. އަދި އެ މުންނާރު ވެއްޓުނީ، ހުކުރުން މީހުން ފައިބައިގެން ދިޔަ ފަހުން ގާތްގަނޑަކަށް 13:45 ހާއިރު ކަމަށްވެސް އަބްދުލްޖަލީލް ވިދާޅުވިއެވެ.
އަބްދުލްޖަލީލް ވިދާޅުވިގޮތުގައި، އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ވެފައެއް ނުވެއެވެ. ނަމަވެސް ކޮންމެވެސް ވަރަކަށް މިސްކިތަށް ގެއްލުންވިކަމަށް މައުލޫމާތު ލިބެއެވެ.
"އެވަގުތަކީ މިސްކިތުގެ ހުކުރު ނިންމާފައި ހުރިހާ އެންމެންވެސް ގޭގައި ތިބި ވަގުތެއް". އޭނާ ވިދާޅުވިއެވެ.
އަބްލްޖަލީލް ވިދާޅުވީ، އެ ކޮޅިގަނޑުގައި މުންނާރު ހިފެހެއްޓުމަށްޓަކައި ޖަހާފައި ހުރި ހުރިހާ ބޯލްޓްތައްވެސް ބިނދިފައިވާކަމަށެވެ.
އެ މިސްކަތަކީ ވަރަށް ފަހުން އަޅާފައިވާ މިސްކިތެކެވެ. 600 އެއްހާ މީހުންގެ ޖާގައިގެ ދެ ބުރީގެ އެ މިސްކިތުގެ މުންނާރު ވެއްޓުނުއިރު، އެކަމުގެ މައުލޫމާތުތައް އެ މިސްކިތް ބަލަހައްޓަމުންދާ ޔުނިވާސަލްއާ ވަނީ ހިއްސާކޮށްފައެވެ.
"އެ މިސްކިތުގެ ހުރިހާ ކަމެއް ބަލަހައްޓަމުން ދަނީ ޔުނިވާސަލްގެ ފަރާތުން. އެ ބޭފުޅުން ވިދާޅުވަނީ ވީހާވެސް އަވަހަކަށް އެ މިސްކިތް އެޅުމަށް ހަވާލުކުރި ކޮންޓްރެކްޓަރ އަމީން ކޮންސްޓްރަކްޝަން އާއި ވާހަކަދައްކައިގެން އިތުރު މުންނާރެއް މިކޮޅަށް ގެނައުމަށް މަސައްކަތް ކޮށްދޭނެކަމަށް". އަބްދުލްޖަލީލް ވިދާޅުވިއެވެ.
ރަސްދޫއަކީ 1300 އެއްހާ މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ.
ﷲ ތައާލާގެ ދީނަށް ފުރައްސާރަކުރާ ބަޔަކަށް ބޮޑުތާއީދު އޮތް ގައުމަކުން ﷲ ތައާލާގެ ރަހުމަތް ނޯންނާނެކަން އެނގިގެން މިދަނީ.
ޓޫ މަޗް ދޯ. ކޮޅި ގަނޑެ ކޭ ޑޫޑް..ކޮންމެ ކަމެއް ސިޔާސީ ކޮށް ދީން ވެސް ތި ބޭނުން ކުރަނީ އެކަމަށް..
އެކަލާނގެ ގެފުޅުތައް އެބިމުން ގެންދަވާނީ އެބިމަކަށް ﷲ ތައާލާ ރުހިވޮޑިނުގަތުމުން. މުސްލިމުންނަށް ވާޖިބުވަނީ މިބިންމަތީ އިސްލާމްދީން ފެތުރުން. މިގައުމުގެ މީހުން އެކަލާނގެއަށް ފުރަގަސްދީ ﷲ ގެ އަދުންވުންގެ މަދަދު ވެރިންނަށް ބާރުދިނުމުން ކަންވާނެގޮތް މިހާރު ދައްކަވަނީ
ހާދަ އެނގެޔޭ
އެގޭކަންކަން އެއީ. ހަދީޘްގައި އިޝާރާތް ކުރައްވާފައިވަނީ އެގޮތަށް.
ހުސް އިންގޭ އާލާތުން
ދާދު . ހަދަ އަވަހަކަށް ތިޔަ ހުކުމް އިއްވީ. އަނެއްކާ މެންދުރުފަހު ނިދިގަޑުގެ ތެެރޭން ލިބުނު އިލްހާމެއްތަ. ދެން ބުނޭ ރަސްދޫ މީޙުންނަސް ރީދޫ ހުން ޖެހިފަ ތިބޭތީ ވީކަމެކޭ. މޮޔަ ވެދާނެ މިތިބަ ބަޔެއްދޯ
ކޮންމެ ކަމެއް ސިޔާސީ ނުކޮށް ބަލަ
ސިޔާސަތާ ދީނަކީ ވަކިނުކުރެވޭނެ ދެކަންތައް. ވަކުނުކުރެވޭނެކަން އެނގެނ. ﷲ އށަ ރަސޫލާ އަށާ ތިޔަބައިމީހުންގެ ތެރެއިން ވެރިންނަށް ކުޔަމަންވުމަށްއަންގވާފައިވަނީ 1 އާޔަތެއްގައި ކަމަށްވުމުން.
ސިޔާސަތަކީ ﷲ ގެ ދީނަށް ނަސްރުދިނުން. އެއީ ވަލިއްޔުލް އަމުރުގެ ދައުރަކީ. ދެން ސިޔާސީ ކިޔާފަ ދީނާ ވެރިކަމާ ވަކިކުރެވޭނެ ގޮތެއް ބުނެބަލަ
ޕާޓީ ފިކުރުގައި ހެދި ރީނދޫ މުންނާރު ވެއްޓުން! ވަރަށް ވެސް ބޮޑު އިބުރަތެކެވެ. މާތް ﷲ ގެ ކުޅަދުން ވަންތަ ކަމާއެވެ.
އަދި ކަލޭގެ މޮޔަކަމާ އެވެ
ﷲ އަކުބަރު
ދީނާ ގައުމަށްޓަކައި ރައްޔިތުން ގުބޯހައްދަން މިސަރުކާރުން ކޮށްފައި ހުންނަ ތާކުން ތާކު ނުޖެހޭ ކަންތައްތައް މިހުރީ. ސަހީމޫ ދީނާގައުމަށްޓަކައި އެއްޗެއް ބުނެބަ؛ލަ
ރީންދޫ މުންނާރު އެއީ. މާރިޔާ ޖަވާބު ދިނުން ބޮޑަށް ރަނގަޅު ވާނީ. ވާނުވާ ނޭންގުނަސް ކޮމެންޓް ކުރަން ވާނެ.
ދޮންކަލޯ އެއީ ނަޝީދުގެ ދައުރުގަ އެބޭފުޅާހުޅުއްވައިދެއްވި މިސްކިތެއް..ޚަރަދު ކޮއްފައިވަނީޔުނިވަރސަލް ކުންފުނިން..
ކޮންމެ ކަމެއްވެސް ވާނީ ހަމަ ރަނގަޅަށް.
" ދާދު " ތިޔަހެން ނުބުނާށެވެ. " والله اعلم " މިފަދައިން ބުނާށެވެ.
މުއިއްޒުވީދޯ..
ފޭކު ޖެއްސީމަވާނީ ތިހެން. ބޯލްޓުޖަހައިގެން އުހަށް އުޅޭ ގެތަށްވެސް ހަދަން މަށަށް ފެންނަނީ.
ސިޔާސީ ވީމައެއް ނޫން. ދާދު އެ ބުނީ އެކަން ވާނެ ގޮތް
ޢަދިވެސް މުންނަަާރުގައި ގަދަ ރީދޫ ކުލަ ހާކާ އޭރުން ރަހަލުވާނީ.
އިބޫ ނައްޓާލައިފި މުންނާރެއް ހިފައިގެން
އޭ ޓޫމަޗް ދޯ...ކޮޅި ގަނޑެ ކޭ އެއި.. ހުރިހާ ކަމެއް ސިޔާސީ ކޮށް ދީން ވެއްދުން ހުއްޓާ ލާނީ ކޮން އިރަކުން ބާ؟
ދީން ނަގާ ތިޖޫރީގަ ބާއްވާފަ ސިޔާސީ ކިޔާފަ ނުކުމެ ދީނަށް ފުރައްސާރ ކުރަންވެގެން ދީނާ ސިޔާސަތާ ވަކިކުރަނީ. ބަލަ މޮޔައިންނޭ ހަށިގަނޑާ ފުރާނަ ވަކި ނުވާ ގޮތަށް ސިޔާސަތާ ދީން ވަކިނުކުރެވޭނެއޭ. އެއީ ގުރުއާނުގަެިވަނީ އެގޮތަށް ކަމަށްވާތީއޭ.
ދީން ނަގާ ތިޖޫރީގަ ބާއްވާފަ ސިޔާސީ ކިޔާފަ ނުކުމެ ދީނަށް ފުރައްސާރ ކުރަންވެގެން ދީނާ ސިޔާސަތާ ވަކިކުރަނީ. ބަލަ މޮޔައިންނޭ ހަށިގަނޑާ ފުރާނަ ވަކި ނުވާ ގޮތަށް ސިޔާސަތާ ދީން ވަކިނުކުރެވޭނެއޭ. އެއީ ގުރުއާނުގަެިވަނީ އެގޮތަށް ކަމަށްވާތީއޭ.
ތި މިސްކިތަށް ކުރި ހަރަދާއި ބޭނުން ކުރި ތަކެތީގެ ފެންވަރު ތިފެނުނީ.. ކަމެއް ދައްކަވަން ހުރީޔާ ކޮންމެވެސް ގޮތަކުން ދައްކަވާނެ... ތި ފެނުނީ ބޮޑު އަގުގައި ހެދި މިސްކިތުގައި ބޭނުންކޮއްފައި ހުރި އެއްޗެހީގެ ފެންވަރު..
މިގައުމުގަ ހުރިހާ ކަމެއް ދެވާނި ސިޔާސި ވައްކަމެއް ކުރިައަސް ކުރާނި ޓިނުު ނަގައިގެން މީހަކުކައިރިއައް މިހަކުވަންނަން ވެސް ނަގާނި ޓިނު މިބުނި ލައްކަވާހަކަ