ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސީ އެޑްވައިޒަރު އަބްދުﷲ ޖާބިރު، އިދިކޮޅު އިއްތިހާދުގެ ވެރިކަމެއްގެ ވަޒީރުކަމުގެ މަޤާމަކަށް ޝައުގުވެރިވާކަން ހާމަކުރައްވައިފިއެވެ.

ޓިވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޖާބިރު މިކަން ހާމަކުރައްވާފައިވާއިރު، ޖާބިރު ވަނީ އިދިކޮޅު އިއްތިހާދުގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓްރ ކަމުގެ މަޤާމަށް ކުރިމަތިލެއްވުމުގެ ވިސްނުންފުޅުހުރި ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑު މިފަހަރު ދަންނަވާނީ އަޅުގަނޑު ކެބިނެޓަށް ދާން ބޭނުންވެޔޭ ދިވެހި ރައްޔިތުން ކައިރީ. އަޅުގަނޑު ބޭނުމޭ ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރކަން ކުރަން. އަޅުގަނޑު ބޭނުންވަނީ ނެގޯޝިއޭޓުކޮށްގެން ރާއްޖެއަށް ފަންޑު ގެންނަންށޭ،" ޖާބިރު ވިދާޅުވިއެވެ.

ކުރިން ތަމްސީލު ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ކަމަށްވެސް ކުރިއަށް އޮތް ދައުރުގައި ކުރިމަތިލައްވާނެކަން ކުރިން ހާމަކުރައްވާފައިވާ ޖާބިރު ވިދާޅުވީ، ހަ މަހެއްހައި ދުވަހު ވަޒީރުކަން ކުރުމަށްފަހު ދާއިރާގެ މެމްބަރުކަމަށް ވަޑައިގަތުމުގެ ވިސްނުންފުޅު ގެންގުޅުއްވާ ކަމަށެވެ. އަދި ވަޒީރުކަން ކުރުމަށް ހަމަސް ދުވަހަކީވެސް ދިގު މުއްދަތެއް ކަމުގައި އާއި އެ މުއްދަތުގެ ތެރޭގައިވެސް ކަންކަން ކުރެވިގެންދާނެ ކަމަށެވެ.

"ބިލިއަން ޑޮލަރުން އިންވެސްޓުކޮށްފަ އެތައް ލާރިއެއް ޤައުމަށް ވެއްދި މީހުން، ޓެކްސް ޕޭޔަރުން އަޅުގަނޑުމެންނަކީ. އެހެންވީމަ ކީއްވެގެންތޯ އަޅުގަނޑުމެންގެ ތަޖުރިބާ ތަޖުރިބާ ނުހުންނަންވީ. އަޅުގަނޑު މިހިރީ ރައްޔިތުންނަށް ޚިދުމަތްކުރަން. އިބްރާހީމް މުޙައްމަދު ސޯލިހުގެ އަރިހުގާ މަސައްކަތްކުރާ ހިތުން މިހުރީ،" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ އިބްރާހީމް މުޙައްމަދު ސޯލިހާއި އެކު ކަމަށާއި، އޭނާއަކީ ހަމަ އެކަނި ވިޔަފާރިވެރިއެއް ނޫން ކަމުގައި އާއި ސިޔާސީ ކަންކަމުގައިވެސް އެމަނިކުފާނަށް އެއްބާރުލުން ދެއްވާމު ގެންދަވާނެ ކަމަށެވެ.

ޖާބިރު ވިދާޅުވީ، އޭނާ ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރ ކަމަށް އައުމަށް ބޭނުންފުޅުވަނީ، ނެގޯޝިއޭޓުކޮށްގެން ރާއްޖެއަށް ފަންޑު ގެނެސްދީ ދިވެހިން ތަނަވަސްކޮށްދިނުމަށް ކަމަށެވެ. އެހެންކަމުން އެކަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފުރުސަތު ދެއްވައިފިނަމަ އެ މަސައްކަތުގައި ބައިވެރިވެ ކުރިއަށްވަޑައިގަންނަވާނެ ކަމުގެ ޔަޤީންކަން ޖާބިރު ވަނީ ދެއްވާފައެވެ.

ޖާބިރު ވިދާޅުވީ، ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ބޮޑުތަނުން އިދިކޮޅު ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ސޯލުހު ހޮއްވަވައި ރައީސް ޔާމީނަށް ނުނެކޭ ބުނެފައިވާކަން ފެންނާން އޮތްކަމަށެވެ. އަދި ސަރުކާރު "ސްމޫތު"ކޮށް ޓްރާންފަރ ކުރުމަށް ގޮވާލައްވަމުން ޖާބިރު ވިދާޅުވީ، ރާއްޖޭގެ ސިފައިންނާއި ފުލުހުންނާއި އަދި ރާއްޖޭގެ އަމަން އަމަންކަން ބަލަހައްޓާ ހުރިހާ ފަރާތްތަކުންވެސް ޢަމަލުކުރައްްވަން ވާނީ ރައްޔިތުންގެ ނިންމުމާއި އެއްގޮތަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

48 ކޮމެންޓް

 1. އަލިދޫ ރިސޯޓުން ނަގާ ދަރަނި

  ބުޜޯ އެހަށް ދަރަނިތައް އަދާކޮއްބަލަ

 2. ހ. ހުޅުބަލި

  ކަންތަކާ ޖެހުނީ. އިބޫ އަށް ނެތް ބޭނުންވާ ބަޔަކު ކެބިނެޓަށް ލެވޭކަށްވެސް. ކޭކު ފޮތި އެޅުން ފެށުނީ

 3. ިިަިަހަސަން

  ޥަރަށްތަފާތުވާނެ، ތަޖުރިބާކޮށްލުން ރަގަޅު?

 4. ހަސީން

  މިވާގޮތުން އިބޫ ހާދަގިނަ މިނިސްތްރީއެއް އިތުރަށް އުފައްދަން ޖެހޭނެއޭ.

 5. ާޕަރީ

  ޢަދި ތަންކޮޅެއް ލަސް

 6. ޙަސަނާތު

  ތަޖުރިބާ ބޮޑުކަމުން ތިމާގެ އަމިއްލަ އެތަކެއް ވިޔަފާރިއެއް ބަގުރޫޓްވީ. އައްޑު އަތޮޅުގެ އުއްމީދު ކަމުގައިވި ހެރެތެރޭގެ ދުވަސްވެސް ދުއްވާލީ.

 7. ޖބރ

  ހެޔޮ ނުވާނެ މީނަ ކައިރި ނުކުރާތި.

 8. މޮޅު ޑިމޮކްރަސީ

  ހޮނޑައިދޫގެ އެކޮނޮމިކް މިނިސްޓަރުކަން ދެވިދާނެ

  • ސަޕޯޓުބެ

   ބަރަަބަރު ވަަހަކައެއް

 9. ވާނުވާ

  މިހާރުވެސް އެހެރީ ވާނުވާނޭގިފާ ވަޒީރުކަމެއްނޫން ދޭންވީކީ ރައީސްކަންދޭންވީ

 10. ޖ

  އަހަރެން ހިތައް އަރާ ކިޔަވައިގެންތިބި ޒުވާނުން ކޮބާހޭ

 11. ހަދީޘް

  حَدَّثَنَا عَبْدُ الرَّحْمَنِ، بْنُ سَمُرَةَ قَالَ قَالَ لِي رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ يَا عَبْدَ الرَّحْمَنِ لاَ تَسْأَلِ الإِمَارَةَ فَإِنَّكَ إِنْ أُعْطِيتَهَا عَنْ مَسْأَلَةٍ أُكِلْتَ إِلَيْهَا وَإِنْ أُعْطِيتَهَا عَنْ غَيْرِ مَسْأَلَةٍ أُعِنْتَ عَلَيْهَا ‏"‏ ‏

  Chapter: The prohibition of seeking or desiring a position of authority(3) باب النَّهْىِ عَنْ طَلَبِ الإِمَارَةِ، وَالْحِرْصِ، عَلَيْهَا ‏‏

  It has been reported on the authority of 'Abd al-Rahman b. Samura who said:

  The Messenger of Allah (ﷺ) said to me: 'Abd al-Rahman, do not ask for a position of authority, for if you are granted this position as a result of your asking for it, you will be left alone (without God's help to discharge the responsibilities attendant thereon), and it you are granted it without making any request for it, you will be helped (by God in the discharge of your duties).

  Sahih Muslim 1823

 12. ރާރާގުޑި

  ކާށިދޫ ދާއިރާގެ މެމްބަރުކަންވެސް . ވަޒީރުކަންވެސް ފަނޑިޔާރުކަންވެސް ބޭނުން.

 13. ސަންތި

  ތީމާކަމުދާ މީހެއްނޫން..... ޖާބުރި

 14. ހުސޭނުބޭ

  ކަރަޕްޝަނާއި އަނިޔާވެރިކަމުން ސަލާމަތްވެފައިވާ ސަރުކާރެއްގައި ޖާބިރުބޭމެންފަދަ ފަސްބައި ސާފު، ރައްޔިތުން ހެސްކިޔާފައި ތާޢީދުކުރާ ބޭފުޅުންނަށް ވަޒީރުކަން ލިބެންޖެހޭނެ!!!!!! ކެކެކެކެކެކެކެކެކެ

 15. ޙަސަން

  މިކަލޭގެ ޓެކްސްގެ ވާހަކަ ދައްކަން ލަދެއްވެސް ނުގަނޭބާ؟ ޓެކްސް ނުދައްކަންވެގެން ފިލައިގެން އުޅެއެޅެފައި އެއައީ. ދުވަސްކޮޅަކުން އަނެއްކާ އިބޫ ނުބައިވެގެން މިކަލޭގެއާއި މީނާގެ އަނބިގޮއްޔެ ދުވަން ފަށާނެ.

 16. ނޫނެކޭ

  ކިޔަވައިގެން ތިބި މީހުންލާންޖެހޭނީ. ތިބޭފުޅުން ތިއްބަވަންވާނީ އެޑްވައިޒަރުންގެ ގޮތުގައި. ތިބޭފުޅުންގެ ވިޔަފާރި ފުޅާކޮށް ކުރިޔަށް ވަޑައިގަންނަވާ. ސަރުކާރުގެ ވުޒާރާތައް ހިންގުމުގެ ތަޖްރިބާނެތް މީހުން ދުރުގައި މަޑުކުރެއްވުން ބުއްދިވެރިވާނެ. ވުަޒާރާ އެއްހިންގުމަކީ ހަމައެކަނި ފަންޑު ގެނައުމެއްނޫން. އެއަށްވުރެ މާފުޅާ.

 17. ބުރިޓޯ

  ތަކުރާރުކޮށް އެތައް ބޭފުޅުންނެއް އެކިވާހަކަތަކުގައި ސިފައިންނާއި ފުލުހުންގެ ވާހަކަ މިހާވަރަކަށް ވިދާޅުވަމުން މިގެންދަވާނީ ކީތްވެބާއޭ ވަރަށް ސުވާލުއުފެދޭ.
  ސިފައިންނާއިފުލުހުން ގެ ދައުރުކުޑަކޮށް އަދަދުމަދުކޮށް ބޭރުގެ ފަރާތްތަކާ ގައުމުބެލެހެއްޓުން ހަވާލު ކުރުމައް ވިސްނާބަޔަކު މިއަދު ސަރުކާރާހަވާލު ވުމުގެމަސައްކަތް މިދަނީހަލުވިކަމާއެކު ކުރެވެމުން . ދެންއެއީއެހާމުހިންމުބަޔަކަށް ވެސްނުވާއިރު އެމީހުންގެ ވާހަކަ، ދައްކަވާކޮންމެވާހަކައެއްގެ ފިލިކޯޅިއެއްގެ މެދައްލައްވައިގެމިދައްކަވަނީ ކީތްކުރައްވަންތޯ؟

 18. ހުސޭނުބެ

  ތީ އަނެއްކަންތަކާ ތިޖެހުނީ، ރާއްޖޭގެ އިގްތިސާދު މުޅިން ހަލާކުވެގެން ހިގައިދާނެ ތީނަޔާ ހަވާލު ކޮށްފިއްޔާ.

 19. ސައިނީ

  ދޭނެކަމެއް ނެއް މުޅިން އާމީހުންނަށް ދޭންވީ ޑރ ނެއްމީހަކަށް ދޭނެ ކަމެއް ނެއް

 20. މެސީ

  ކިހިނެއްތޯ ޔާމީން ހޮވޭނީ ، އެއީ އަޅުގަނޑު ކޮފީބޯން ހުޅުވިތަނެއް. ??

 21. އަހްމަދު

  ހަހަހަ ކޯލިސަނައް ވާންއޮއްގޮތް ލޯމަތިން ފެއްނަންފަށައިފި މަށެއް ވާނެތް

 22. ރަށުމީހާ

  މީނައަށް ނަމަނަމަ އެންވަޔަރޮންމެންޓް މިނިސްޓަރުކަން ނުވަތަ ޓޫރިޒަމް ނުދެއްޗޭ! ރަށްރާށުގަ ހުރި ވެލިކޮޅު ދިރުވާލާނެ

 23. ޒަކީ

  ހޮނޑާފުށި ގެ މިނިސްޓަރު

 24. ސަރީފާ

  ޜިސޯރޓްތަކާ ވިޔަފާރިތަކާ އޮންނަ މީހުނަށް ވަޒީރުކަން ދޭނެ ކަމެއް ނެތް އެހެން ނޫނަސް ޖާބިރު ކީއްކޮއްދީގެން ޖާބިރަށް ވަޒީރުކަން ދޭންވީ ކިޔަވައިގެން ތިބި މީހުނަށް ވަޒީރުކަން ދޭންވާނީ މިހާރުވެސް ބައި އަޅާލީމަ ވުޒާރާ ތައް ވާނީ މަދު

  • ކެކެކެކެ

   ދެން އީބޫ ދިވެހީންނަށް ކީއްކޮއްދީގެން މޑޕ ވެރިކަމަށް ތިގެނައީ އެންމެންވެގެން. އަންނި އޭނަ ނެރުނީ ޓްރަސްޓް ކުރެވޭ ފެމީލީ މީހެއްވީމަ ޢައްދާރުނުވާނެކަމަށް. ރައްޔތުން ނުދަންނަ މީހަކު ނެރުނީމަދޯ ބަޔަކު ކިޔާ އެއްޗަކުން ދޭ އެއްޗަކުން ވޯޓް ބަދަލުކޮއްލަން މީހަކު ފަހަކަަށް ނުޖެހޭނެ އެންނުން. ޢެނީވޭ ދެން ތއޮތީ ވޯޓްގަނެގެންވެސް ވެރކަންދީފަ. ކުފޫ ހަމަ ނުވާ މީހުން ހައްތަހާވެސް. ވޯޓް ދިންއިރު އެންމެ ކަމަކަށް ބަލާލީ ނަމަ ވެރިކަން މޑޕ އާ ހަވާލެއް ނުކުރާނެ ދިވެހިން. ދީން ފަސްޓް. ޤައުމު އެންޑް ފެމިލީ ސެކަންޑް އީންޓަރޗޭންންޖެބަލް.

 25. އިބްރާހީމް

  މީނަ ކޯލިޝަން ސަރުކާރުގެ އެއްވެސް ޕޯސްޓަކަށް ލައިގެން ނުވާނެ! އަދި ހަމަ އެހެން އަންނި ސަރުކާރުގައި މިނިސްޓަރަކަށް ކުރި އެއްވެސް މީހަކު އަނބުރާ މިނިސްޓަރު ކަމަށް ނުގެނައުން ބުއްދިވެރި. އެންމެ ރަންގަޅު ގޮތަކީ ކަމަށް ޤާބިލް ޒުވާން އެނާރޖެޓިކް ބޭފުޅުން މިނިސްޓްރީތަކުގެ އިސް މަޤާމް ތަކަށް ލުން.

 26. ޞިއްދީޤު

  ވަރަށް ރަގަޅުވާނެ މީނައަށް އެ މަޤާމު! ހަތަރުގަޑިން ހަތަރުގަޑިން ދެބަންދިހާރަވެފައި އިންނާނީ!!! ދުނިޔޭގެ ނިމުން ގާތްވެއްޖެ! ނާޤާބިލްމީހުން ކޮމާންޑަރުންނަށް ވުން!

 27. ހޮނޑާފުށި

  ރާގުދަނު ބަނޑޭރިކަންދީ

 28. ރަޝީދު

  ލޮލީ މިނިސްޓްރީގެ ނަމުން މިނިސްޓްރީ އެއް އުފައްދަން ޖެހެނީ

 29. އަލީ

  މިނިސްޓްރީ އޮފް އަލްކޮހޯލް ކޮންޓްރޯލް އުފައްދާފަ އެބޭފުޅާއަށް ދީ.

 30. ޙަމީދު

  ތަންތާގަ ތެޅިތެޅިފަ އައިސް ވިޔަފާރިކޮޅައް ޖަހާލަން ތެޅިގަންނަވަރުބަލާ... މިފަހަރު މުޅިވިޔަފާރި ދަރާފާހުޜި ދަރަނިތައް ވާނެ ހަމަޔައްއަޅުވަން....

 31. ފުންނަ

  މިފްކޯ ބޯޓް ތަކުގެ ތިޖޫރީގަ ހުރި ވަގު ރުފިޔާ ތަކުގެ މަސްއަލަ ފެންމަތިވިއިރު އެކުންފުނި ހިންގަނީ ޖާބިރު. އެކަން ތަހުޤީޤް ކުރޭ ސަރުކާރުގެ ވަޡީފާއެއްހަމަޖެއްސުމުގު ކުރިން. އެކަން ހިނގި ގޮތް ރައްޔިތުންނަށް އެގެންޖެހޭ.

 32. ވަކަރުގޭ ޢަލީ

  ހޮނޑާދޫ ރައްވެރިކަން ދީ

 33. ނުކިޔަވާޖާހިލު

  މިނިސްޓަރ އޮފް ލޮލީ.

 34. ހުސްނީ

  އަޅުގަނޑަށް ކިޔަނީ ޢަބްދުﷲ ޖާބިރު. ހެންވޭރު ތިމާވެށި. މޫނު ގެ އިތުރަށް ވެލި

  ހާކަށް އުޅޭނެ ކަމެއް ނެތް! ވަރަށް ސަލާމް.

 35. އަލްޖިބްރާ

  ޖާބިރަކީ ސަރުކާރުގެ އެއްވެސް މިނިސްޓްރީއެއްގެ މިނިސްޓަރުކަމަށް ކުފޫހަމަވާ ވަރުގެ މީހެއްނޫން ! ބުރުމާ ޤާސިމްވެސް ހަލާކުގެ ތެރެއަށް ވެއްޓެން ޖެހުނީ ވެރިކަމާއި ބަގުޑި ބައްދަން ދިމާކުރީމަ ! ކޮންމެ މީހަކުވެސް އެމީހެއްގެ ދާއިރާގެ ތެރޭގައި ހުރެގެން ހަލާލު ގޮތުގައި އާމްދަނީ ހޯދަން އުޅުނީމަ ރަގަޅުވާނެ !

 36. މަރިޔަނބު

  ދެން ކާށިދޫ ދާއިރާއޯ ގަމާރު އެތިފަހަރެއްހުވާ

 37. އަހަންމަދޭ

  ނާ ތެދެއް؟ އަހަރެން އަދި މިހިރީ ކަލެއަށް ދޭން ޖެހޭނީ އުއްތަމަ ފަނޑިޔާރުކަން ކަމަށް ބަލައިގެން.

 38. އަހްމަދު

  ބުރޯ އިބޫބުނީ ޔޫއަށް ޑްރިންކިންމިނިސްޓްރީނަމުގަ މިނިސްޓްރީއެއް ހަދާދޭނަމޯ އޭރުންމާސަޅިވާނެ

 39. ލީމަން

  ހެޔޮނުވާނެ މިކަލޭގެ ކާރިކުރަންވެސް މީވަރަށް ސުންޕާކަންބޮޑު އުދަގޫބޮޑު ބައްޔެއް

 40. ކޮމެންޓްބެ

  މިތާ މިއޮތް ހުރިހާ ކޮމެންޓެއް ކީ އިރުވެސް ޖާބިރާ އެއްކޮޅަށް ކޮށްލާފަ އޮތް ކޮމެންޓް އެއް ނުފެނުން...
  ކިރިޔާވެސް ރަނގަޅު ވާނެ ހެން ހީވާ މީހެއް ނަމަވެސް ކޮންމެވެސް އެކަކު ނަމަވެސް އެއްކޮޅަށް ކޮމެންޓް ކޮށްލީސް....

 41. ޢާސީ

  ޟމީނަ ހަމަތަ މިނިސްޓަރުކަމޭ ރަޅުގެ މިނިސްތަރަކަށް ހަދާފަ ކާރުދީފަ ކާރައް ފުޅި އަޅައިގެ ބީޗައްގޮސް ހާމިދު ގޮވައިގެން ބޮއިގެން ހުޅުބަލި ކޮށްގެން އިރު ަރާ މަންޒަރު ބަލަން އޕވެބަލަ..

 42. ކެޑީ

  އެންމެ ދުރު ހަނދާނަކަށް ހޮނޑައިދޫ ގޮނޑުދޮށުގައި އަކުން ބަކުން ކުޅެ، ވެލިކައިގެން މިއާ މިއާ ބައޯ ކުޅޭ ހަންދާން ވޭ

 43. މާސިންގާ

  އެހެރީ މީހުންކޮށްފައިހުރި ކޮމެންޓް އަވަހަށް މިކަލޭގެއަތުންވަރިވޭ

 44. އަފީ

  ތިރީގައިވާ ސުވާލަށް ޖަވާބް ދިނުން

  އިބޫ ގެ ސަރުކާރުން ޖާބިރުއަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓް ގެ ވަޒީރުކަން ނުލި ބިއްޖެނަމަ

  ހ. ކޯލިސަން އަތަށް ގޮވާނީ
  ށ. ޖާބިރު ފިކުރު ބަދަލް ކުރާނީ
  ނ. ކޮލިސަންތެރޭ މަގަމާ ހެދި ހިފާ ސަހީދު ވާނީ

 45. ހުއްޓާ

  ފުރަތަމަ ޝައުގުވެރިކަން ފާޅުކުރެއްވި ބަސްމަގުވެސް ހުރީ ބާޒާރު ބަހުރުވަޔާ މަސްމާރުކޭޓުގެ ވިސްނުން.

 46. ހެޔޮ އެދޭ ރައްޔިތެއް

  މީ މިނިސްޓަރު ކަން ދޭން ހެޔޮ ވާވަރު މީހެއް ނޫން.. މީނަ ލައިފީޔާ މިސަރުކާރަށް ވުރެ ކޮރަޕްޓް ވާނެ ޖަޒީރާ ސަރުކާރު