އިލެކްޝަންސް ކޮމިޝަންގެ މަޢުލުމާތު މީޑިއާތަކާއި ޙިއްސާ ކުރުމަށް ހަދާފައިވާ ރަސްމީ ވައިބާ ގުރޫޕުގެ ތެރޭގައި، އެ ކޮމިޝަންގެ މެމްބަރު އިސްމާއިލް ހަބީބު އަންހެން ނޫސްވެރިޔަކަށް ފުރައްސާރަކުރި މައްސަލަ ހޫނުވެފައި ވަނިކޮށް، އެ ގްރޫޕު އުވާލައިފިއެވެ.

މި ވައިބާ ގްރޫޕު އުވާލާފައި ވަނީ، މިރޭ ކޮލަމްބޯއަށް ވަޑައިގެން އީސީގެ މެމްބަރު އަންހެން ނޫސްވެރިޔަކަށް ފުރައްސާރަކުރި މައްސަލަ ހޫނުވެ އެ ކޮމިޝަނާއި ދެކޮޅަށް ގްރޫޕުގައި އަޑު އުފުލަން ފެށުމުންނެވެ.

ހަބީބުގެ ވާހަކަތަކަށް ފަހު އީސީއަށް ވައިބާ ގުރޫޕުގެ ކޮންޓްރޯލް ގެއްލި، ގއެކި ޕާޓީތަކުގެ އެކްޓިވިސްޓުން ވަނީ ގުރޫޕުގައި ޝުޢޫރު ފާޅުކޮށްފައެވެ. މިކަމުގެ ތެރެއިން އެ ގުރޫޕުގެ ނަން "ޕޮލިޓިކްސް" އަށްވެސް ބަދަލުކޮށްފައި ވެއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ވައިބާ ގްރޫޕުގައި އެއްވެސް ވާހަކަފުޅެއް ނުދައްކަވައި، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ނުދެއްވުމާއި އެކު މައުލޫމާތު ސާފު ކުރުމަށް ނޫސްވެރިން ގުޅުމުން ފޯނަށް ޖަވާބު ނުދެއްވައި ހުންނެވުމަށްފަހު ކޮލަމްބޯއަށް މިއަދު ވަޑައިގެން ވައިބާ ގްރޫޕުގައި ވާހަކަދައްކަވަމުން އަންހެން ނޫސްވެރިޔާއަށް ފުރައްސާރަކުރަން ފެށުމުން ހަބީބަށް ވަނީ ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެފައެވެ.

މިރޭ އީސީ ވައިބާ ގުރޫޕު އުވާލުމާއި ގުޅިގެން އާ ގުރޫޕެއް އެ ކޮމިޝަނުން މީޑިއާއަސް ޚާއްސަކޮށްގެން ހަދާފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ. ސަބަބުތަކަށްޓަކައި އެ ގުރޫޕަށް ވައްދާނީ ކޮންމެ މީޑިއާއަކުން ވެސް ދެ ނޫސްވެރިޔެއް ކަމަށް ވެއެވެ. އަދި އެ ގުރޫޕަށް ވަންނަ އެދޭ ނޫސްވެރިން އީސީގެ މީޑިއާ އޮފިސަރަށް ނަން ފޮނުވަން ޖެހެއެވެ.

-އިތުރު ތަފްސީލު އަންނަނީ-

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގޮނާސަކްދޯ

    ރިޔާސީ އާ ދައުރުގައި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އިބޫ ބުނި ނަމަވެސް އެމެރިކާއިން ކޮންޓިނުއަސް ޕްރޮސެސް އެއްގެ ގޮތުގައި ޕާކިސްތާނަށް ދިން އަހަރަކު 1 ބިލިއަން ޑޮލަރު ގްރާންޓް އެސިސްޓެންޓެއް ގެ ގޮތުގައި 10 އަހަރު ވަން ދެން ޕާކިސްތާނަށް އައި ކުރިއެރުމެއް ޔޫއެސް އެއިޑް ގައި އެފައިސާ ޑިސްޕާރސް ކުރަން ތިބޭ މީހުން މަހުޖަނުންނަށް ވެފައި ހުރީ ރާއްޖޭގައި ސުނާމީގައި ޔޫއެސްއެއިޑްގެ ދަށުން ގުރައިދޫގައި އެޅި ސިވަރޭޖް ސިސްޓަމް ފެއިލްވީ އިޓްސް މޭކިންގް ދިސް ކަންޓްރީ ވޯސް އިޓްސް ގޮނާ ސަކް ދޯ.

  2. ދަވޭ

    އެމެރިކާ އެކޮޅު ކޮޅުން ޖެހުނަސް މާލޭގައި ޖަޕާނުގެ ހިލޭއެހީގެ ދަށުން އަޅާފައިވާ ޕޯސްޓަލް ބިލްޑިންގް އަދި މާލޭގެ ބިމު އަޑީގައި އަޅާފައި އޮތް ޑިޖިޓަލް ނެޓްވާރކް ނޭޅޭނެއޭ އަޅަން ނުވެސް އިނގޭނެއޭ ކޮރަޕްޓް ކަމުން ދެން ޗައިނާގެ ހިލޭ އެހީ އާއި ލޯން އެހީގެ ދަށުން އިމާރާތް ކޮށްފައިވާ ބްރިޖް ފެންވަރުގެ ބްރިޖް އެއް އެމެރިކާ އުމުރު ހޭދަ ކުރިއަސް ނޭޅޭނެއޭ ޗައިނާ އެއީ މަމެންގެ ގައުމަށް އެންމެ ބޮޑަށް ބޭނުންވާ އެކުވެރި އަކީ ވެސް އަދި އެހީތެރިއަކީ ވެސް...

  3. މުހައްމަދު

    ހަބީބަކީ ބޮޑު ވަގެއް