ރޭ އިދިކޮޅު އިއްތިހާދުން ހިންގި "މުންކަރާތް" ހުއްޓުވަން ޖެހޭނީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ސަރުކާރުން ކަމަށް، ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

ކޯލިޝަނަށް އިންތިޚާބުގައި ކާމިޔާބު ލިބިފައިވާ ކަމަށް ބުނެ އުފާ ފާޅުކުރުމަށް ރޭ ދަރުބާރުގޭގައި ދެ ޖިންސުން މަސްހުނިވެ ބޭއްވި ޑީޖޭއަށް އިޝާރާތްކުރައްވަމުން ޑރ. އިޔާޒް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮންމެ ބަޔަކު ކުރިނަމަވެސް މުންކަރާތެއް ވާނީ މުންކަރާތަކަށް ކަމަށެވެ. އަދި އިދިކޮޅު އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު (އިބޫ) އާއި އިންތިޚާބީ ބައިވެރިޔާ، ފައިސަލް ނަސީމްގެ ސަރުކާރުން ކުރިޔަސް، އެފަދަ ކަމެއްކޮށްފިނަމަ އިންކާރު ކުރައްވާނެ ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.

"ކޮންމެ ބަޔަކު ކުރިނަމަވެސް މުންކަރާތެއް ވިއްޔާ ވާނި މުންކަރާތަކަށް. އިބްރާހީމް މުޙައްމަދު ސޯލިހު އާއި ފައިސަލް ނަސީމުގެ ސަރުކާރުން ކުރިޔަސް އެފަދަ ކަމެއް ކޮށްފިނަމަ އިންކާރު ކުރާނަން، އިންޝާﷲ. ރޭ ދަރުބާރު ގޭގައި އޮތް ޝޯވް ހުއްޓުވުމަކީ މި ސަރުކާރުގެ ފުލުހުން ކުރަން ޖެހޭނެ ކަމެއް،" އިބޫ އާއި ފައިސަލްގެ އިތުރުން ފުލުހުންގެ ޓްވީޓާ ޓެގުކުރައްވައި ޑރ. އިޔާޒު ކުރެއްވި ޓްވީޓުގައި ވެއެވެ.

ރޭ އިދިކޮޅު އިސްވެރިންނާއި އެފަރާތްތަކަށް ތާއީދުކުރާ މީހުން ބައިވެރިވެގެން ހިންގި ހަރަކާތަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެގެން ގޮސްފައިވާއިރު، އެކަމާއި ގުޅިގެން މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އަލީ ޒައިދުވެސް މިއަދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

"ވަގުތު"އަށް ދެއްވި އިންޓަވިއުއެއްގައި ޝައިހް ޒައިދު ވިދާޅުވީ، އުފާފާޅުކުރުމުގެ ހަފްލާއެއްގައި ދެ ޖިންސު މަސްހުނިކޮށް ނެށުމާއި މިޔުޒިކް ކުޅުމަކީ މުންކަރާތެއް ކަމަށާއި އެކަމަކީ ހުށްޓާލަން ޖެހޭ ކަމެއް ކަމަށެވެ. އަދި އުންމީދަކީ އެފަދަ އިސްލާމްދީނާއި ބީރަށްޓެހި ކަންކަން ކުރާ ފަރާތްތަކުން އެފަދަ ކަންކަން ކުރުމާއި ދުރުވެ ހެޔޮ މަގުގައި ފައިތިލަ ސާބިތުވެގެން ދިޔުން ކަމަށްވެސް ޝައިހް ޒައިދު ވިދާޅުވިއެވެ.

ރޭ އިބޫ އާއި ފައިސަލް ވެސް ބައިވެރިވެ ވަޑައިގެންނެވި އެ ހަފްލާގައި ލައިވް މިއުޒިކާއި ދެ ޖިންސު މަސްހުނިކޮށް ނެށުމާއި ދީނާއި ހިލާފު ކަންކަން ކުރިއަށް ގެންގޮސްފައިވެއެވެ. އަދި މިއަދު ހެނދުނު އެ ސަހަރައްދުން (ދަރުބާރުގޭ ސަހަރައްދުން) ބަނގުރާ ހުސްކުރި ފުޅިއެއްވެސް ވަނީ ފެނިފައެވެ. އިދިކޮޅު ފަރާތްތަކުން ބުނެފައިވާގޮތުގައި، ރެޔަކީ އިދިކޮޅު ހަރަކާތެއް ބޭއްވުމަށް، ފަހުގެ ތާރީޚެއްގައިވެސް އެފަރާތްތަކަށް ދަރުބާރުގެ ދޫކުރި ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

57 ކޮމެންޓް

 1. ޖާބިރު

  ކަލޭމެން ތިތިބީ މުޅި އުމުރަށްވެސް ބޮޑު މަޅިއެއްގަ ބެދިފަ. ދެން ތިބޭ އެމިހުން ކުޅޭ ނާޗަރަންގީ ދިފާއު ކޮއްކޮއް. މ ޑ ޕ ސަރުކާރުން ކުރާ ކޮންމެ ދީނާ ހިލާފު ކަމެއް ރައްޔިތުން އަޅުވާނީ ކަލެޔަާ އިލްޔާސް އަދި ޒައިދު ބޮލުގަ. ޢަދި އަޅުގަނޑުމެންްގެ ރައީސް ނަޝީދު އައިމަ އަހަރުމެންގެ ނާޗަރަންގީ 4 ގުނަ މައްޗައް ދާނެ

 2. ޖުހާ

  ހިނގިކަމެއް ހުއްޓުވާނީ ކިހިނެއް؟

 3. ސޯޕް ލައިޓް ބްރަދަރ

  ތިކަންނުވެގެންނު ފެލިައރުވަމުދުވީ ތިޔައޮތީ ތިޔަކަންވެފަ ދެންނުފެލި ހުރެވޭތޯބަލާ!

 4. ހުސޭނުބޭ

  ހެޔޮނުވާނެ! ޖާބިރަށް ޓުއަރިޒަމް މިނިސްޓަރުކަން ދީފައި މިކަލޭގެއަށް އިސްލާމީ މިނިސްޓަރުކަންދީ!

 5. މިޖަހައިދޭތި

  ޢިޔާޒު ދެނޯ

 6. Anonymous

  ޑީޖޭ ބޭއްވީމާ ހުއްޓުވަންޖެހެނީ ޔާމީނު. އިބޫ ހުވާނުކުރަނީސް ސަރުކާރު ބަނޑުދަށައްލައި ފިއްތައިގެން ސަރުކާރުގެ އެއްވެސް މަސައްކަތެއް ކުރިޔަނުދީ ހަތަރެސްފައި ބަނދެގެން މިހާރު ތި ގެންގުޅެނީ

 7. ާނާން

  ކޯލިޝަން ސަރުކާރުން ވިހާކުދިންނާ ހަވާލުވާން ޖެހޭނީވެސް ރައީސްޔާމިން ދޯ؟

 8. އާދަނު

  އެހެންވީމަ ހުވާކުރަންވެސް ޖެހޭނީ ރައީސް ޔާމީނު.

  • ހަނާ

   ސަޅި

 9. ހީހީ...

  ކޮބާ ކޮބާ ކިހިނެއްހީވަނީ؟ އިޔާޒް' ޒައިދު، އިލްޔާސް މެން ބޮލާފޮށާ އެޅިއްޖެއެއްނު. ޙަޔާތްކުޑަކަމުން އަދިވެސް ޓުވީޓް ކުރޭ. ލަދެއްނުގަނެއެއްނު.

  • އުކުނުބޯ

   ހަޔާތް ކެނޑިފަ ތިބޭ އާލާތުން ލަދު ގަނޭތަ؟

 10. ޢާއިޝާ

  ކުއްވެރިން އަންނަން އޮތް ސަރުކާރަށް ދޫ ކޮއްލެވޭކަމައްވަންޏާ ތިކަން ވެސް ހުއްޓުވެއްޖެހޭނެ.

 11. Anonymous

  ހަހަހަހަ. ކަލޯހަޔާ މަހީހީ ހަލާކު. ބަލަ ގަމާރު ކަލޭހެއާ މިގައުމުގެ ރައްޔިތުނަ ހޮވާފަ ހުރި ވެރިމީހާ ހުވާކުރުމުގެ ކުރިންވެސް އެކަހަލަ ލާދީނީ ކަމަކާ ކައިރިވީމަ އޭނަ ކުއްވެރިނުވޭތަ. ކުރިމީހާ އޯކޯ. ނުހުއްޓުވިމީހާ ނުބައިވީ. އިންސާފު ތިއޮއްފައިބަނީ. ހޮވަން ދުވޭ

 12. އަން

  އެތާތިބި އެކަމުގައި މަޝްއޫލުވެގެން ތިބި އިލްމުވެރިން އެވަގުތު ހައްގު ބަސް ބުނަން ނުޖެހޭނެ ބާ! އެތަން ދޫކޮށް ދާން ނުޖެހޭނެބާ! އިޔާޒަށް ދަންނަވާލަން އޮތީ ފުރަތަމަ އެތާތިބި ދީނީ އިލްމުވެރިންގެ ހައްގުގެ ވާހަކަ ދައްކާ ދެން އޭގެ ފަހުން ސަރުކާރުގެ ވާހަކަ

 13. ކަންނެލި

  އަދި މި އުޅެނީ ހުވާނުކޮށް. މިހާރު ސަދޫމް ކުޅި ފެށުނީ.. ކިހާވަރަކުން ދާނެބާ... ވަރަށް ވަރަށް ސަލާމް ޚާއްސަކޮށް ކަންނެލި އޮޑިއަށް.

 14. ހީހީ.....

  މުންކަރާތްތައް ހުއްޓުވަންޖެހެނީ ޔާމީނަށް. ޤައުމު ފަސާދަކުރާ ބޮޑެތި މުނާފިޤުން ހުއްޓުވާނީ ކާކުބާ؟ ކަލޭމެންގެ ލަދުޙަޔާތްކޮބާ؟

 15. މުހައްމަދު

  އެކަންހުއްވަން ޖެހޭނީ ޑރ އިޔާޒު

 16. ވިސްނާ

  ކޮމެންޓުތަށް ކިޔާލާފަ ހިތުން ހަމަރޮވޭ، ދިވެހިންގެ ދިރިއުޅުމާއި އަހްލާގައް އައިސްފައިވާ ބަދަލު ފެނިފައި. މީމުސްލިމުން އެކަންހަދާންނައްތާނުލާ....މާތްﷲގެ ކޯފާއައް ބިރުވެތިވޭ....ވިސްނާ

  • ރުޒާނާ ޗޮއްޕަޓު

   ކޮމެންޓް ކިޔާފަތަ ރޮވެނީ ތިހިރަ ދެޔޯ ޝޭޚާމެދު ހަމަ ނުރޮވެނީ؟؟؟؟ އަޖައިބެއްނު.

 17. ބޭބެ

  އިޔާޒް' އިލްޔާސް' ޒައިދު ކޮބާކިހިނެތް ހީފުޅުވޭތޯ ހުވާކުރުމުގެ ކުރިން ލާދީނީ ކަންތަށް ފެންނަން ފެށީ ނޫންތޯ ދެން ބާރަށް އަތްޖަހާ

 18. ވަހީދު

  ފުލުހުން އެކަން ހުއްޓުވަން ދިޔަ ނަމަ ހީވެސް ނުކުރާ ވަރުގެ މާރާމާރީއެއް ހިނގާނެ. އެއިރުން މިމީހާ ގޮވާނެ އަނިޔާ ކުރަނީއޭ ކިޔާފަ.

  • ބޯ ހަލާކު

   ބޭބޭ... އިންސާނުން ނަށް ރަނގަޅު ނޯންނާނެ ހަމަ އެއްގޮތެއް ވެސް....

 19. ގައުމުދެކެ ލޯބިވާ

  އެމްޑީޕީ މީހުން ނުވަތަ ކޯލިޝަނުން ކަމެއް ކުރީމަ އެކަން ހުއްޓުވަން ރައީސް ޔާމީން އުޅުއްވާތީ ނޫންތޯ ތިބޭފުޅުން މޭކަރައިގެން ތިއުޅުއްވަނީ

 20. ޙސަނުބެ

  ކޮބައިތަ ކަލޭގެ ލަދުހަޔާތް ސޭކު އިޔާޒް ތިކަހަލަ ޖާހިލުންނާ ހުރެ ދީންހަލާކުވަނީ

 21. ހާލާ

  ބަރާބަރު. މީހަކު ނުބައި ކަމެއް ކޮށްފިއްޔާ އެއީ ޔާމީނު ކުރިކަމެއް.

 22. ހަސަނު

  މި އިޔާޒު ކަހަލަ މީހުންގެ ހަޔާތް ކުޑަކަމާއެ.. އިބޫއަށް ކުށްވެރިން ދޫކުރެވޭ، ސަރުކާރުން އެއް ވެސް ކަމެއް ކުރިޔަ ނުދީ ހިފެހެއްޓޭ، އެކަމަކު އިބޫ އިސްވެ ހުރެ ހިންގާ މުންކަރާތްތައް ހުއްޓުވަން ޔާމީނު. ކޮންފަދަ ބަލާވެރިކަމެއް.. މިމީހުންގެ ޑރ. ލަގަބާ މެދު ވެސް ސުވާލު އުފެދޭ..

 23. ވަގު

  ރަނގަޅު ވާހަކަޔެއް ކޮންމެ ބަޔަކު ކުރިޔަސް މުންކަރާތް ވާނީ މުންކަރާތައް

 24. ދުންކަރާސް

  ބޮޑު ދިގު ތުބުޅި ލައިގެން މީހުންގެ މިނިވަންކަމާ ބެހުމަކީ ކިހާވަރުގެ ނުބާކަމެއް. އުފާ ފާޅުކޮށް މަޖާކުރީމާ ރުޅި އަންނަ ކަމަށް ވާނަ ތިޔައީ ބޮޑު މަސްއަލައެއް. ތުބުޅި ދިގު ކޮށްގެން ދިވެހިންގެ ސަގާފަތް ހަލާކު ކުރުމަކީ ކިހާ ބޮޑު މުންކަރާތެއް

 25. ދޮންބެ

  އެންމެން ކިޔެވީ އެއްފޮތަކުންނޭ ފެންނަ ގޮތުން ދިހަބާރަ ފޮތުންނޭ. ދެންވެސް ކިޔަނީ އިސްލާމުންނޭ. ގުރުއާން ތިގެންގުޅުއްވަނީވެސް ދެއްކުންތެރިކަމަށް. ނުޖެހޭ އެ މާތް ފޮތް ހިފައިގެން ތިޔަހެން ޕޯސްޖަހާކަށް. އެނގިވަޑައިނުގަންނަވަނީތޯ ދެއްކުންތެރިކަމުގެ ނަތީޖާ؟

 26. ބުނާތީ އަހަން. ދީން ކިޔަވައިގެން ތިބި މީހުންގެ ތެރޭގައި އަމިއްލަ ފައިދާއަށް ދީން ވިއްކާލާ ނުބައިފަތުވާދީ ހަދާމީހުން ގިނަ ވާން ފެށުމީ ފަހުޒަމާނުގެ އަލާމާތެކޭ. އަދި އެފަދަ މީހުންގެ ނުބައި ކަމުން ސަލާމަތްވުމަށް މަސައްކަތް ކުރާށޭ. މިއީ އަނެއްކާ އެފަދަ މީހެއްބާ؟

 27. Anonymous

  މިޑިމޮކުރަސީގަމިކަހަލަކަންކަންހިގާނެމީއިންސާފަކީ

 28. Kamaal

  އިލްޔާސް ބުނީ އިބޫއަކީ ރަސޫލްބޭކަލަކޯ.

 29. އުކުނުބޯ

  މުންކަރާތެއް ހިންގިތަ އެމީހުން؟ ކަލޭ ބުނަން ޖެހޭނީ އެމީހުން ކުރީ އަޅުކަމޭނު. ކީއްވެ ތިހެން ތިބުނީ؟

 30. ޙަސަން

  ބަލަ ޢިޔާޟަށް ގަންނަ ބީތާޔާ. އިބްރާހީމް މުޙައްމަދު ޞާލިޙާއި ފައިޞަލް ނަސީމް ބައިވެރިވެގެންނޭ އެކަން ކުރީ. އެ ދެ މީހުންގެ ފަހަތުގައި ކަލޭވެސް އަދި ގައުމުގެ ގިނަ ބަޔަކުވެސް އަދި ދައުލަތުގެ ކަމާބެހޭ މުއައްސަސާތައްވެސް މިހާރު ހުރީ. އަޅެ، މިކަލޭގެ މިއީ ހޭބަލިވެފައި ހުރި ބީތާއެއްތަ؟

 31. ދދދދދދ

  ނުކެރުނެއްނު އިންކާރު ކުރާކަށް. ނަމަ ނަމައިގަ ރިހަ ކެއްކީނު ތި. ތިވަރު މީހުން އަނގަ ނުގަޅާ މަޑުން ތިބޭނީ. ދެފައި ދޮންނަން ދޭ. މިލަ ދެ ފައިގަނޑު.

 32. ރައްޔިތުމީހާ

  ޢިޔާޒޫ ފެނޭތަ ފެނޭތޭ އޮތަ ؟ ތިތިބީ ލޮލަށް ހަންޖަރު ހެރިފަ ދެން ނުފެންނާނެ !

 33. އަލިބިޔާއްކަލޯ

  ކަލޭމެން ތިތިބީ މުޅި އުމުރަށްވެސް ބޮޑު މަޅިއެއްގަ ބެދިފަ. ދެން ތިބޭ އެމިހުން ކުޅޭ ނާޗަރަންގީ ދިފާއު ކޮއްކޮއް. މ ޑ ޕ ސަރުކާރުން ކުރާ ކޮންމެ ދީނާ ހިލާފު ކަމެއް ރައްޔިތުން އަޅުވާނީ ކަލެޔަާ އިލްޔާސް އަދި ޒައިދު ބޮލުގަ. ޢަދި އަޅުގަނޑުމެންްގެ ރައީސް ނަޝީދު އައިމަ އަހަރުމެންގެ ނާޗަރަންގީ 4 ގުނަ މައްޗައް ދާނެ

 34. ޙައްޤު ބަސް ބުނާ މީހާ

  ހޫމް.... ދެން އިޔާޒަށް ކިނބިއްސެއް އެޅުނަސް ފޮޑިެއެއް ޖެހުނަސް އެއީ ޔާމީން ގެ މައްސަލަ. އަދި އިޔާޒަށް ތިކަހަލަ އެތައް ޓްވީޓެއް ކުރަން ޖެހޭނެ.
  މިއަންނަން އުޅޭ ސަރުކާރުގަ ތިކަހަލަ އެތައް ކަމެއް ކުރާނެ. އެއީ ހަމަ ލާދީނީ އަދި ސެކިއުލާ ޙައިވާނުންތަކެއް. އެމީހުންނަށް ނޭނގި ނަމަވެސް ތާއީދުކުރާ ދިވެހިން އެކަން ހުއްޓަންޖެހޭ.

  އެހެންވީމަ އެންނުން "ދިވެހު އެތީސްޓް" ފޭސްބުކް ޕޭޖުގައްޔާއި، މުޖޫ ނަޢީމާ، ޝާހިންދާއާ، ވެވެޒިލީއާ، އަދި މިނޫނަސް ހުރިހާ ސެކިއުލާ ލާދީީނީ އެންމެން އިބޫ ހޮވުނީމާ އުފާ ފާޅުކުރަނި. މިމީހުން ރައީސް ޔާމީންދެކެ ވ. ރުޅިއަރާނެ.
  ޙުދު ނާޝީދުވެސް އިސްލާމްދީނަށް ވަރަށް ފާޅުގައި، ބޭރު ޤައުމްތަކުގައްޔާއި، ރާއްޖޭގަ ހުރެގެންވެސް ވަނީ ފުރައްސާރަ ކޮށްފަ. (ބޮވެން ޖެހޭނެ، ދޮން މީހުން އުޅޭ ގޮތައް އުޅުނީމާ ސަލާމަތްވާނީ، ޤުރްއާނާ ސުންނަތާ ނޫން އެހެން އެއްޗެއް ހޯދަން ޖެހޭ.. އަދިވެސް އަދިވެސް)

  މަ ނުބުނަން ޔާމީން ރަނގަޅެކޭ. އޭނާ ވައްކަން ކުރިނަމަ އެއީ ވ. ނުބައިކަމެއް. އެކަމް އަޅެ ބަލާނަމެ އިބުލުގެ ސަރުކާރުގަ އެންމެ ރުފިޔާއެއްވެސް ނުގެއްލޭތޯ.. ޔާމީންވާ ވައްކަން ކުރަމުންވެސް ކިހާ ކަމެއް ކޮށްދީފިތަ ޤައުމަށް.. ދުވަހަކު ނުގެންނަ ވަރު ބަދަލެއް މުޅި ރާއްޖެއަށް ގެނެސްދީފި. އަދި ޔާމީނަކީ މާޝާﷲ މިއުޅޭ ރީނދޫ ބައިގަނޑު ކަހަލަ ލާދީނީ މީހެއްނޫން. އެކަމް އަންނި ސަރުކާރުގަ ދައުލަތުން ގެއްލުނު ވަރު މަދީކީ ނޫނެ. އޭނަ ގައުމަށް ކޮއްދިން ކަމެއްވެސް އޮތީކީނޫން. އަދި އެހާ ލާދީނީ.

  • ދިވެއްސެއް

   ތިއީއޭ މަވެސް މި ބުނާ އެއްޗަކީ...
   މި އިދިކޮޅޭ މެންނަާްށް ދީނީ ޢިލްމު ވެރިންވެސް ބައިވެރިވާ އިރު ކީއްވެހޭ އެމް ޑީ ޕީ އާ އެކީ ނޫޅެ އެމީހުން އަމިއްލަޔަށް އެމް ޑީ ޕީ ބައިވެރިނުކޮށް ތިބުނާ ކޯލިސަން އެއް ނުހަދަންވީ؟؟؟

   ޢެމް ޑީ ޕީ އަކީ އިސްލާމްދީނާ ބީރައްޓެހި ސިޔާސަތެއް ގެންގުޅޭ އިސް ސަފެއް ހިމެނޭ ޕާޓީ އެއް.
   މިކަން ޢިލްމުވެރިންނަށް ވިސްނެން އެބަ ޖެހޭ.

   • ޢާޝް

    އެއީ ނުވިސްނޭތީކީނޫނޭ އެމީހުނަށް.......އެއީ އެމީހުންގަބޫލުކުރާގޮތް....އެމީހުންގެ ފިކުރު... އެހެންވީމަ އެމްޑީޕީ އާއެއްކޮޅަށް އެރީވެސް........ނަމުގަ ދީނީއިލްމުވެރިން.......ކަމުގައި ހިތުތެރޭ ބިރުވެތިކަމެއްވެސް ނެތް....ފާޅުގައި ހުރިހާ ލަދީނީ ކަންކަން ކުރާތަން ދެލޮލަށް ފެންނަން ހުއްޓަ އެމް ޑީ ޕީއާއި ބައިއަތުހިފައިގެން އެއުޅެނީ... އިލްމުވެރިން ޓްވީޓްއެއްކޮށްލީމަ އެއީ ތިޔަ ދީނީ އިލްމުވެރިންގެ ވާޖިބު އަދާވީކީނޫނޭ

  • ނޫންތަ؟

   ފޯނު ބިލުގަނޑުން ވެސް ކުރީ ވައްކަން. އެވަރު ބަޔަކު ނުކުމެ އެހެން މީހުން ވައްކަން ކުރި ކަމަށް ހަދަން ލައްކަ ގަނޑެއް ގަނެފިއެއްނު. އެންމެ ފަހުން ވޯޓުން ވެސް ވައްކަން ކޮށްގެން ވަގުންތައް މިހާރު ފިލަން ތަންތަނަށް ދުވަން ފަށައިފި.

 35. ދޮޅުރޯނާ

  ތިކިޔޭއެއްޗެއްއިޔާޒަށްއެނގޭބާއެވެކޯލިޝަނުންމުންކަރާތްހިންގަންފެށީމައެހުއްޓުވަންސަރުކާރުންބަޔަކުފޮނުވާއިރަށްއަނިޔާއޭކިޔާރޮއިހޭރިގަނޭއެބަދެންމިހާރުތިކިޔަނީކީކޭ

 36. އަލިބިޔާއްކަލޯ

  އަޅުގަނޑުގެ
  ސުވާލަކީ ކޮބާހޭ
  ޟައިޙުލް އުސްތާޒު
  ބޯފޮޅި ހުސަންބެއްޔާގެ
  އިލްޔާސު
  ???????

 37. ޑރ ސޭކް

  އިޔާޒޫ ... ތިބުނާ ކޯލިޝަންގެ ވެރިކަމުގައި ހިންގާ މުންކަރާތްތައް ހުއްޓުވާނީ ކާކު ތޯ.؟؟؟ ޖަވާބެއް ބޭނުންވޭ.

 38. މިވެސް ޖަހާތި

  މާތް ރަސްކަލާންގެ މި ހުރިހާ ނުބަައި ކަމެެއްގެ ކޯފާ އިލިޔާސް ، ޒައިދު ، އިޔާޒު ، އަލީ ޒާހިރު ފަދަ މުނާފިގުން އަދި އެމީހުންގެ ދަރިފަސްކޮޅަށް ލައްވާށި!

 39. މީހެއް

  ހެޔޮނުވާނެ ތި މޮޅެތި ފޮތްތައްބާއްވާފަ ގޭގަ އުޅެބަލަ. ކިހާ ބޮޑު އުދަގުލެއް ކަލެޔާހެދި!

 40. ާރަށުމީހާ

  ތީ އަންހެނުންގެ ޝައިހް.ކަލެއަށް އެނގޭނީއަންހެނުންގެކަންތައް

 41. ކައުންސެލަރު

  މިއުޅެނީ އަދި ނަކަތް ލައިނުގަނެގެން. ނަކަތް ލައިގަތީމާ ކިހާވަރަކުން ދާނެބާ؟ އޭރުން އިލިޔާހާ ކަލެއާ ދެބޯގެރި ދުއްވަންވާނެ

 42. ކަނަމަނަ

  ބަޔަކު ނުބައިކަމެއް ކޮށްފިއްޔާ ޔާމީނު ގެބޮލަށް ޖަހާފަ އަދިވެސް ކަންކުރިމީހުން އެކުރިކަންތައް ރަނގަޅުކަމަށް ހަދަންދޯ ތިއުޅެނީ.

 43. ގަބުކުއްޖާ

  ދީނީޢިލްމުވެރިންގެ ބޮލުގައި ކޮންމެ ކަމެއް އަޅުވާ ކޮންމެ މީހަކު ވާހަކަ ދައްކާއިރު ލަދެއް ނުގަނޭ ސްކޫލްތްކުގައި އަޅުގަނޑުމެންގެ ޅަދަރިން ލައްވާ މިކުރަނީ ކޮންކަމެއް ނޫސްވެރިންެވެސް މިކަންމިހެން ހިނގާ ސަބާއި ބެހޭ ގޮތުނ ލިޔުން ރަނޅު ވީސް

 44. އަލީ

  ކަލޭގެ ނުބައިކަން މޫނުމަތިން ފެނޭ ތިޔައީ ބަލަ މިހިރަ ގުންޑާ މީހާހަގަޑާ ޔާމީނުބުނެގެންތަ އެކަންކުރީ! ނޫނިއްޔާ ކަލޭ ރިޕޯޓް ކުރިންތަ ފުލުހުންނަށް ދީނީހުކުމްތައް ސިޔާސީނުކރެވޭ!

 45. އަލީ

  ފޮޓޯގައި ތިޔަފެންނަން ތިހުރީ އިސްލާމްދީން ނައްތާލުމަށް އަޑިއަޑިން މަސައްކަތް ކުރާ މީހެއް.

 46. އަފީ

  ކޮބާ! ސޭހް ބޯޑް އަޅުވައިގެން އުޅޭ އިލްޔާސް.....ކޮބާ! ސޭހް ބޯޑް އަޅުވައިގެން އުޅޭ އަދާލަތު ޕާޓީ....

 47. ނިސް

  ކަލޭ ތީ އެއްފަރާތައްގޮސް ހުސްވެފަ ހުންނަ މީހެއް...އެކަންވެސް އެއަޅުވާލީ ރަޢީސް ޔާމިން ބޮލުގަ....

 48. ސިޑެކްސް

  ޖަޒުބާތުގައި ޖެހި ސިޔާސީ ގޮތުން ދީނީ ފަތުވާ ނުނެރުއްވާ......

 49. ހަހަ

  ނަސްރު ދެއްވީބާ މި؟

 50. ރަން ރީނދޫ

  މީ މިހާރު ދިވެހިން މި ބޭނުންވާ ބަދަލަކީ.. ބިރަކާނުލާ މަޖާކުރުން ފަދަ މިނިވަންކަން..