މިއުޒިކާއި ދެޖިންސް އެކުވެގެން ނެށުމަކީ ޙަރާމް ކަމެއް ކަމަށާއި ނަމަވެސް އެއަށް ވުރެ ބޮޑު ނުބައި ކަމަކީ އަނިޔާވެރިކަން ކަމަށް ދީނީ އިލްވެރިޔާ އައްޝައިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

އަލީ ޒައިދު މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.

މިއުޒިކާއި ދެޖިންސް އެކުވެގެން ނެށުމަކީ ޙަރާމް ކަމެއް ކަމަށާއި ނަމަވެސް އެއަށް ވުރެ ބޮޑު ނުބައި ކަމަކީ އަނިޔާވެރިކަން ކަމަށް އަލީ ޒައިދު މިވިދާޅުވީ ބެލެވޭ ގޮތުގައި އިދިކޮޅު ކޯލިޝަނުން ރޭ ޑީޖޭ އާއި އެކު ކުރިއަށް ގެންދިޔަ ހަރަކާތްތަކަކީ މުންކަރާތެއް ކަމަށް އޭނާ ވިދާޅުވުމުން ކޯލިޝަން ސަޕޯޓަރުން ރުޅިގަދަވެފައި ވަނިކޮށް މަސްރަހު ފިނިކުރުމުގެ ބޭނުމުގައެވެ. ރޭ ކޯލިޝަނުން ހިންގީ މުންކަރާތެއް ކަމަށް އަލީ ޒައިދު ވިދާޅުވުމުން އިދިކޮޅު ސަޕޯޓަރުން ގެންދަނީ އޭނާ އަށް ފާޑުކިޔަމުންނެވެ. އެހެންކަމުން މިރޭ އަލީ ޒައިދު ގެންދަވަނީ އިދިކޮޅު ސަޕޯޓަރުންގެ ރުޅި މަޑުކުރަން ޓްވީޓް ކުރައްވަމުންނެވެ.

އަލީ ޒައިދު މިރޭ ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ ރައީސް ކަމަށް އިންތިޚާބު ވެފައިވާ އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ) އަކީ ވަރަށް ހިތްތިރި ބޮޑާކަމެއް ނެތް ބޭފުޅެއް ކަމަށެވެ. ބައެއް ކަންކަން ހުއްޓަސް އެއީ މީހުންނަށް އަނިޔާވެރިވާނެ ބޭފުޅެއް ކަމަށް ނުބެލެވޭ ކަމަށް އަލީ ޒައިދު ވިދާޅުވިއެވެ.

އަލީ ޒައިދު ވިދާޅުވީ އިބޫ ފެންނަނީ ވަރަށް ސާދާކޮށް ކަމަށާއި ކޮންމެ މީހެއްގެ ވެސް އުނިކަންކަން ހުންނާނެ ކަމަށެވެ. ނަމަވެސް އުއްމީދަކީ އެކަންކަން ވެސް ރަނގަޅު ވުން ކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ ޒައިދު ވަނީ އޭނާ ސިޔާސީ މަގާމެއް ހޯދަން މަސައްކަތް ނުކުރާ ކަމަށާއި ސިޔާސީ މަގާމެއް ބޭނުން ވެސް ނުވާ ކަމަށެވެ.

އިދިކޮޅު ކޯލިޝަނުން ރޭ ދަރުބާރުގޭގައި ބޭއްވި އުފާފާޅުކުރުމުގެ ހަރަކާތްތަކަށް ފާޑުކިޔުން އަމާޒުވެފައި ވީނަމަވެސް މިރޭ ވެސް ވިލިމާލޭގައި މިއުޒިކާއި އެކު އުފާފާޅުކުރުމުގެ ހަރަކާތްތައް ކުރިއަށް އެބަދެއެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ހުސޭނުބޭ

    ސާބަހޭ ބޭފުޅާ! ދެން ބަޔަކު ޒިނޭކުރިޔަސް އެކަން ފޮރުވުމަށް ބުނުއްވާތި ޒިނޭކުރުމަށްވުރެވެސް ނުބައި ކަމަކީ އަނިޔާވެރިކަމޭ!.........

  2. ޢައްޑޫ ސީދިބިޑާ

    ސިޔާސީ އިލްމުވެރިން ދެން ތިބޭ އެމީހުން ރުއްސަން ޓުވީޓު ކޮލަކޮލާ

    ދައްޖާލު ނޮވެންބަ 1ގަ ރާްއްޖެއަރާނެ ފަހުން ނުކިޔާޠި އމޔޭ!!

  3. ހ.ނ

    އިބޫއަށްވުރެ އަަލީ ޒައިދު ފެންނަނީ މާބޮޑަށްވެސް ތާޒާކޮށް. އިހަކަށްދުވަހު އަދިކިރިޔާ ތިޔަ ފޮޅުނީ. ވެރިކަން ހިނގައިގަތުމާއެކު މިލާމޯޅިވާނެ.

  4. ގަރުނު

    ސައިޚު އިލިޔާސް އަށް ވަރަށް ކަމުދާނެ

  5. ހ.ނ

    އިބޫއަށްވުރެ އަަލީ ޒައިދު ފެންނަނީ މާބޮޑަށްވެސް ތާޒާކޮށް. އިހަކަށްދުވަހު އަދިކިރިޔާ ތިޔަ ފޮޅުނީ. ވެރިކަން ހިނގައިގަތުމާއެކު މިލާމޯޅިވާނެ. ކުދި ފާފަތަކާއި ބޮޑެތިފާފަތައް ކިޔަކިޔާހުުންނާތި.

  6. ކާސިމް

    ސައިޚު އިލިޔާސް އަށް ވަރަށް ކަމުދާނެ

  7. ދޮންބެ

    އަނިޔާވެރިކަމަށް ވުރެ ނުބައިކަމަކީ ދީނީ އިލްމުވެރިން ވަކި ބަޔަކު ރުއްސަން ތިމާމެންގެ ރާގު ބަދަލުކުރުން. ނުޖެހޭ ތި ވަރަށް ވިކޭކަށް. ތިޔަށްވުރެ ހަރުދަނާވާންޖެހޭ.

  8. ޡިޔަޒސނ

    ާި މުނަފިގެެ

  9. ޢަފްލާ

    ޝެއިޚު ޒައިދު އަށް ދަންނަވަން އޮތީ ކޮށްކޯއޭ މުންކަރާތްތަށް ނަހީ ކުރުމުގައި ބައްޕަ މަންމަ ދައްތަ ބޭބެ ކޮށްކޮ ކަމުގަެިވިޔަސް އަދި އެންމެ ގާތް އެކުވރިޔާ ކަމުގަވިޔަސް ތިމާ ރުހޭ ވެރިއެއް ކަމުގައިވިޔަސް މިއިން އެއްވެސަ މީހަކު އިސްތިސްނާ ނުވެއެވެ އެހެން ވީމަ މިފަހަު މަނިކު ފާނު ހައްގުބަސް ބުނެފި ކަމަށް އަޅުގަނޑު ގަބޫލު ކުރަމެވެ.މަނިކުފާނުގެ މަސައްކަތުގަ މާތް ﷲ ބަރަކާތް ލައްވާށި އާމީން

  10. އަޖާބެއްނު

    މީ ކޯއްޗެއް ކިޔަވާގެން އުޅޭ މީހެއް؟...އަނިޔާވެރިންނަކީވެސް އެމްޑީޕީ އަދި ދެޖިންސު އެއްވެގެން ނަށަނީވެސް އެމްޑީޕީ މީހުން...

  11. ާއަފްލާ

    ކޮއްކޮ އެއްފަދަ ޝޭޚް ޒައިދުއެވެ. ޢިސްލާމްދީނަށް ފުރައްސާރަކޮށް އެކަލާނގެއށް ޝިރުކު ކުރިމީހަކަށްވުރެން ވަކިން އަނިޔާވެރިއަކީ ކޮބައިތޯ؟ހެޔޮނުވާނެ ﷲ އަށްޓަކައި ޔިބާއަާަށް ލިބިފަވާ އިލްމުގެ ބޭނުން ވަކި ފަރާތަކަށަ ނުޖެހި ޙައްގިބަސް ބުނެބަލާށެވެ ﷲ ވޮޑިގެންވާކަން ކަށަވަރީ ތެދުވެރިންނާއެކުގައެވެ.

  12. އަހައަހަ ލޮލް

    ސެޓްފިކެޓް އަތުލަފާނެތީ ހައްޤުބަސް އޮޅުވާލަނީ . ބިރުވެސް ގަންނަ ސޮރެއް

  13. ހެހެހެ

    ހެހެހެހެ ރިސޯޓަކުން ވަޒީފާދީ އޯކޭ ވާނެ. އޭރުން ބުނާނެ ކަންނޭގެ މަސްވެގެން އުޅުމަށްރެވެސް. ދޯ ޒައިދު.

  14. މުނާފިޤު

    އެއަށްވުރެ ބޮޑު ނުބައިކަމެއް ބުނަންތަ؟

    ފައިސާޔަށް ވިކޭ އިލްމުވެރިން.

    ތިކަހަލަ މުނާފިޤު އިލްމުވެރިން ގިނަވުން.

    ފޭކު ތާކިހާ އަޅައިގެން އުޅޭ ފުޅަކާ ދަންނަބޭކަލުން.

  15. ކަސް

    ދީން ބޭނުންވާ ގޮތަކަށް މާނަކުރުން. ހެޔޮނުވާނެ

  16. ޢަލީ ޒައިދު

    ކަލޯގަޔާ މަ މުޅިން ހަލާކުއަރުވާލައިފި. މަ ހިޔެއްނުކުރަން މިކޯޅިސަނަކީ މިހާވަރުގެ ބައެއްކަމަކަށް. ދެން އެބައިގަނޑު މުރުތައްދުވިޔަސް މަށަކަށްނުކެރޭނެ އެޢީ ގޯހެކޭ ބުނާކަށް. އާނ. އެހެންނުވާނީ. މިފަހަރުވެސް މަށަށްމިޖެހުނީ ﷲ އާ ރަސޫލާ ނަހީކުރައްވާފައިވާ ކަމަކަށް ވުރެވެސް އަނިޔާވެރިކަން ނުބައިކުރަންވިއްޔަ. މަށަށް ހީވަނީ މަށަޤވެސް މިވަނީ އެސިހުރު ޖެހިފަހެން.

  17. ހުސެން

    ކާކައްތަ އަނިޔާވެރިވީ، ރައްޔިތުން ހޮވާފަ ހުރިވެރިއަކު ވައްޓާލަން ބަގާވަތް ކުރީމަ އެމީހުންނާ ދެކޮޅައް ފިޔަވަޅު އެޅުމަކީ އަނިޔާތަ؟ ބޮންގޮއްވީމަ އެމީހުން ހިފާ ޖަލައްލީމަ އެޢީ އަނިޔާތަ؟ ސިޔާސީ ހައެޢްކަމީ ހުންބޭނުން ވާކަންތައް ނުވީމަ ގާޒީންނައް ލާރިދީގެން އަމުރުނެރުނީމަ އެގާޒީން ހައްޔަރު ކުރުމަކީ އަނިޔާތަ؟ ސަރުކާރައް ޓެކްސްނުދައްކަން އެމީހުންގެ އަތްމައްޗައް ގާނޫނުހަދާ މެންބަރުން ގަނެގެންގެންގޮސް ރައީސް މީހާ ކުޑަކަކޫޖެއްސީމަ އެމީހުންނާމެދު ވިޔަވަޅު އެޅުމަކީ އަނިޔާތަ.

  18. ޒައިދު

    މީވާވަރެއްގެ ބަޔަކު އުޅޭ ގައުމެއް. މިމީހުން މަގޭ ފިކުރާވެސް ބެހެނީދޯ؟ މަށަށްއެބުނެވުނު އެއްޗަކުން މަމުޅިން އޮރިޔާންކޮށްފި. މިހާރު މަބުނާނީ ﷲ އަށް ޝިރުކު ކުރުމަށްވުރެވެސް ނުބައީ އަނިޔާވެރިކަން ކަމުގަ. ސަބަބަކީ މަށަށްވެސް ރީލޯޑު ބޭނުންވޭ.

  19. ސަހުދާ

    މީވާވަރެއްގެ ބަޔަކު އުޅޭ ގައުމެއް. މިމީހުން މަގޭ ފިކުރާވެސް ބެހެނީދޯ؟ މަށަށްއެބުނެވުނު އެއްޗަކުން މަމުޅިން އޮރިޔާންކޮށްފި. މިހާރު މަބުނާނީ ﷲ އަށް ޝިރުކު ކުރުމަށްވުރެވެސް ނުބައީ އަނިޔާވެރިކަން ކަމުގަ. ސަބަބަކީ މަށަށްވެސް ރީލޯޑު ބޭނުންވޭ.

  20. ރހހ

    ސޭހައް ބަޔަކު ބިރުދެއްކީދޯ އަވަހައް ރާގުބަދަލުވީ، އެނުވާނެ އަނިޔާ އަކައް. އަނިޔާ އަކީ ވަކިބަޔަކު ކުރާއެއްޗެއް.

  21. ރައްޔިތުމީހާ

    ސާބަހޭ ޒައިދޫ! މުނާފިގުންނަށް ނުފެންނާނެ ދީން ނެތިގެން ދާއިރުވެސް! ރީތިގޮަކަށް ހަންޖަރު ހެރޭނެ މީހެއް ތީ!

  22. ވަހީދު

    މިހާރު އިންތިޚާބު ނިމިއްޖެ. ވައްކަމާއި އަނިޔާ އަކީ އެމްޑީޕީން ކުރި އެންޓި ކެމްޕޭނުގެ ބައެއް. އެވާހަކަ ދެން ދެއްކުމުގެ ބޭނުމެއްނެތް. ދަންނަ ބޭކަލުންގެ ތާކިހާ އެޅި ބައެއްގެ އަމިއްލަ އެދުން ވެސް ފެނިއްޖެ.

  23. އަހްމަދު

    މިއީ ދީނީޢިލްމުވެރިއެއްކަމަށް އެއްވެސްމީހަކު ގަބޫލުކުރާކަށްނުވާނެ މިކަހަލަޖާހިލުމީހުންނާހެދި މިގައުމުގެެދުވަސްދާނީ މީނައިންޑިޔާއައް ފޮނުވާލަންވީނު

  24. ބޮޑުފުރުސަތު

    އަލީ ޒައިދުގެ ބަސް ހުރިހާ އެންމެން އަހާށެވެ. ރާއްޖޭގައި އަނިޔާވެރިކަން އޮތުމާއެކު ދެން އޮތް ހުރިހާ ނުބައިކަމެއް ހުއްދަވީއެވެ. މަސްހުނިވެ، ޒިނޭކޮށް އެހެންވެސް ނުބައިކަންތައް ކުރަންވީ އެވެ. ސަބަބަކީ އަނިޔާވެރިކަން މައި ނުބައިވާނެ އެވެ. ޒައިދު ދިން މިފުރުސަތުގެ ބޭނުން ހިފާށެވެ. އަދި އަނިޔާވެރިކަން ނެތިގެންދިޔަ ނުދޭށެވެ. އޭރުން ރާބޮައި ނުބައިކަންތައްކޮށް އުޅެވޭނެ އެވެ. ސަބަބަކީ އެންމެ ނުބައި ކަމަކީ އަނިޔާވެރިކަމަށް ވާތީއެވެ.

  25. Kamaal

    ރީލޯޑު ކޮށްލީމަ ތިމީހުން ކޮންމެ ފަދަ ވާހަކަ އެއްވެސް ދައްކަފާނެ.

  26. މުދިމު

    ބަޔަކު ރުޅިއަންނަ އިރަށް ފިލަންދުވާ ޢިލްމުވެރިން ނުތިބޭނެ! ފިނިކުރާށޭ ކިޔައިފައި ތިޔަގޮތައް މިސާލެއްނުޖެހޭނެ ހަދީހެއްގެ މާނަ / ނުވަތަ އާޔަތެއްގެ މާނަ އެގުމަކީ މީހާ ޢިލްމުވެރިވެ ފަތުވާ ދެވޭނެ ސަބަބެއްނޫން އަރަބިބަސް ދަންނަމީހުންގެ ތެރޭގައި މާތްﷲގެ އެއްކައުވަންތަކަން ގަބޫލު ނުކުރާމީހުން އިބަތިބި