އިލެކްޝަންސް ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ ފަސް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުން ފާއިތުވި ފަސް ދުވަސް ތެރޭގައި އެކި ފަހަރު މަތިން ރާއްޖެ ދޫކުރައްވާ ބޭރަށް ފުރައިވަޑައިގެންފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ ތެރެއިން މިހާރު ރާއްޖޭގައި ހުންނެވީ ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް އެކަންޏެވެ.
ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާ އާއި ކޮމިޝަންގެ މެންބަރުން ކަމަށްވާ، އިސްމާއިލް ހަބީލް އަބްދުލްރަހުމާނާއި، ކޮމިޝަންގެ މެންބަރު އަހްމަދު އަކްރަމާއި، ކޮމިޝަންގެ މެންބަރު އަލީ ނަޝާތު ވަނީ ރާއްޖެ އިން ބޭރުގައި ކަމަށް މައުލޫމާތު ލިބެއެވެ.
އެކި ބޭފުޅުން އެކި ދުވަސް މަތިން ރާއްޖެ ދޫކުރައްވާ ވަޑައިގެންނެވި އިރު އެންމެ ފަހުން މިއަދު ފުރައި ވަޑައިގެންނެވީ ކޮމިޝަންގެ މެންބަރު ހަބީބް އެވެ. ކޮމިޝަންގެ މެންބަރު އަހްމަދު އަކްރަމް ފުރީ މިދިޔަ ހަފްތާގެ މެދު ތެރޭގައެވެ. އަނެއް ދެމެންބަރުން ފުރި ދުވަހެއް ސާފެއް ނުވެއެވެ.
ހަބީބް މިއަދު ވަޑައިގެންނެވީ ލަންކާ އަށް ކަމަށް ވެއެވެ. އަކްރަމް ވެސް ފުރަތަމަ ވަޑައިގެންނެވީ ލަންކާ އަށް ކަމަށާއި ނަމަވެސް އޭގެ ފަހުން އޭނާ ސިންގަޕޫރަށް ވަޑައިގެންނެވި ކަމަށް "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުންޏެވެ. ނަމަވެސް އަކްރަމް މިރޭ "ވަގުތު" އަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އޭނާ މިހުންނެވީ ލަންކާގައި ކަމަށާއި ސިންގަޕޫރަށް ވެސް އަދި އެހެން ގައުމަކަށް ވެސް ވަޑައިނުގަންނަވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ހަތަރު މެންބަރުން ރާއްޖެ ދޫކުރައްވާ ވަޑައިގެންނެވި އިރު އެކޮމިޝަނުން އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ބުނެ ޕީޕީއެމް އިން ގެންދަނީ ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ. އެތުހުމަތުތަކަށް ޖަވާބު ދާރީވުމަށް ޕީޕީއެމް އިން އިލެކްޝަންސް ކޮމިޝަނަށް ގޮވާލަމުން ދިޔަ ނަމަވެސް ކޮމިޝަނުން ތުހުމަތުތަކާއި ގުޅޭ ގޮތުން ވާހަކައެއް ނުދައްކައެވެ.
ޥަގުތުން އިންތިހާބު ބާތިލްކުރަންވީ އާލައްގަޑު ލާރިކޮލު މަޅާލާފަ ރައްކާވީޔޭ!!
ކޮބާ އަވަހެއްނުން ތެޅިފޮޅިގައްގޮއް !!
ވޯޓުން ވައްކަންކޮށްފި ޔަގީން ކަށަވަރު
ނިޒާމުން ގެއްލުވާލި ކަމަށް ތިޔަވާނީ .
ޑިމޮކްރަސީގަ ޖެހެނީ ގިނަގިނައިން މީހުންރޮލާކާންދޯ.
ޕީޕީއެމްގެ ގޮވާލުންތަކަށް އިލެކްޝަންސް ކޮމިޝަނުން ޖަވާބުދާރީ ވުމަށް ގޮވާލަމެވެ
ހާތްތެރީ! ވަގުންނަށް ލިބުނު ލާރިގަނޑާ ހަވާލުވާންވެގެން ދަނީދޯ!
މިހާރު ދެން ޔަގީންވެއްޖެ ރިޝްވަތު ނެގީކަމަށް
ޥަގުކަަލޭގެ ފިލީދޯ. ޥޯޓުވަގު ....
ވަގުންތައް ފިލަން ދުވަނީ އޮތަ؟
ނުކެރޭނެ ޖަވާބުދާރީވާކަށް އެހެރީ ޑޮލަރަށް ބޫތުކައިފަ ވޯޓުވަގު ތިމަރަވަގު ބޮޑުވަގު
ފަސްމާމުލު ފަސް ވަގުން އެތިބަގެން ސައްލާ ކުރަނީ.
ފުރާނެތާ އެވަރައް އެކައުންޓު ބަރުވެއްޖެ. ދެންތިމީހުގެ މައްސަލަ ބަލާ ކޯޓުން ހުކުމެއް އައިސްސިޔާ އެވާނީ "އަނިޔާ އައް"
އެބޭފުޅުން ވަޑައިގެންނެވީ އެބޭފުޅުންގެ އެލަވަންސްކޮޅުނަންގަވަން
އެންމެން ލަންކާއައް ބޮޑުގުންޑާ ކެރަފާ ނަސީމްކައިރިޔައް މިދަނީ ހެދިވަގުގެ އަގާ ހަވާލުވާންތަ
އަނިޔާވެރިނުވެ އިންސާފް ވެރިވާނަމޭބުނެ
ވޯޓުދޭށޭ ހަރުއަޑުން ގޮވިމީހުން ހޮވުނީމަ އެތިބީ ޑޖ ބާއްވައިގެން މަޖާނަގަން. ރައްޔިތުންގެ މިވަރުގެ ބޮޑު ކަމަކައް ބަޔަކު ވަގުހެދީމަ ޢޭގެން ތިމާމެންނައް ލިބުންމޮޅައިގެން ބަޔަކު އެއްޗެކޭކިޔާހެން ވެސްހީނުވެ. އަސްލު އަނިޔާވެރިން މިފާޅުވަނީ. މިފަދަ އަނިޔާވެރި ވެރިންގެ ނިމުން އަވަސް ކޮއްދެއްވާނދޭވެ
ކުރިން ހީކުރީ ޔާމީން ނުބައި ނުލަފާ ކަމުން ވެރިކަން ދޫނުކުރަން އުޅެނީ ކަމަށް. މިހާރުދެން ޔަޤީން ވެއްޖެ އީސީ މެމްބަރުންތައް ރިޝްވަތު ހިފައިގެން ވޯޓުން ވައްކަންކޮށްދީގެން އިބޫއަށް އިންތިޚާބުކާމިޔާބުކޮށްދިނީކަން ހެޔޮ ނުވާނެ އިންތިޚާބެއް ބާއްވާ
ފަސްމާމުލުފަސްވަގުން ކޮންމެވަގަކަށް 1 މިލިއަން ޑޮލަރ.
ލިބުނު ޑޮލަރު ފުނި ލަންކާގަ ހުންނަ ބޭންކެއްގާ އެކައުންޓެއް ހުޅުވާފާ ވަގުޑޮލަރުފުނި ޖަމާކުރަން ގޮސްއެތިބީ....
ދެން ދުވަސްކޮޅަކުން ދާނީ ކޮމިޝަނުގެ ވެރިމީހާ. 2008ގާ ކުޅުނުކަހަލަ ޑްރާމާ މިފަހަރު ކުޅުނަދީގެންނުވާނެ. ޕީޕީއެމުން މިފަހަރު ތިބެންވާނީ ހޭއަރާއިގެން.
މިހާރު އެނގި ކަށަވަރުވެއްޖެ. ވޯޓުން ވައްކަންކޮށްފިކަން...
އެމެރިކާ އިން ރާއްޖެ އަށް އެހީތެރި ކަމެއް ފޯރު ނުކޮށްދޭނެއޭ މިހާތަނަށް ރާއްޖޭގެ ތާރީޚް ގައި ވެސް އެމެރިކާ އަށް ނެތޭ ބިނާ ކުރަނިވި އުސޫލުން ރާއްޖެ އަށް އެހީތެރިކަން ފޯރު ކޮށް ދެވިފައި ރާއްޖެ އަށް މީންސް ހުރި ގޮތެއް ގައި އެހީތެރިވެދީފައި ވަނީ ޖަޕާން އަދި ޗައިނާ ކުރީގައި ޖަޕާން ކުރީގައި އުޅެނީ މިހާރު ޖަޕާން ސާރޕާސް ކޮށް ޗައިނާ އޭގެ މައްޗަށް ކުރި ހޯދައިފި ޗައިނާގެ އިންވެސްޓަރުން ވެސް ފްލަޑް ކޮށްފި އެމެރިކާ ޖެހޭނީ މަހަށް ދާން ދޯ އެމެރިކާ މަހަށްދޭބަލަ
އީސީގެ ރައީސް ޝަރީފް ފިޔަވައި ހުރިހާ މެމްބަރުން ރާއްޖޭން ބޭރުގައި ތިބެއްޖެނަމަ ޝައްކު ކުރެވޭ ވަރަށް ގިނަ ކަންކަން އީސީން މިފަހަރު ރިޔާސީ އިންތިޚާބާއި ދިމާކޮށް ކޮށްފައި އެބަހުއްޓޭ އެގޮތުން މަމެންނަށް ލަފާ ކުރެވޭ ގޮތުގައި ވޯޓް ކަރުދާސް ތަކުގައި ނަމްބަރު އެކަކާއި ދިމާލުގައި ފާހަގަ ޖަހާ ކަރުދާސް ކޮޮޅު ފަށް ޖަހާ ތާ 5 މިނިޓް ތެރޭގައި ނަމްބަރު އެކަކާއި ދިމާލުގައި ލީ ފާހަގަ ފުހެވޭ ދެން އޮޓޮމެޓިކް އިން އިންނަނީ ނަމްބަރު 2 ގައި ފާހަގަ ޖެހިފައި މީ ވޯޓްގައި އެމެން ކުރި ވައްކަމަކީ އީސީގެ ރަައީސް އަކީ ވޯޓް ވަގޭ ވަގާ ވަގާ ވަގާ ހަމަ މިހާރު އިސްތިއުފާ ދޭންވީއޭ ކަލޭ..
ޕްލޭން އާ އެއްގޮތަށް ހުރިހާކަމެއް ތި ދަނީ. މުޅި އުމުރު ރާއްޖެ ނޭރިއަސް އެމީހުންނަށް އުޅެވޭ ވަރުގެ ފައިސާ ނަގާފައި ވާކަމަށް ތުހުމަތު ކުރެވޭ
އެ 4 މީހުން ލަންކައަށް ދިޔައީ އެމީހުންގެ މައިން ބަފައިންނާ ބައްދަލުކުރުމަށް. އެހެންގައުމުތައްވެސް ގަމުން އެބަހުރި. އެހެންގައުމުތަކަކަށް ނުދޭނު.