ހުރިހާ ޕާޓީ އަކުން ވެސް ރާއްޖޭގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ އަށް އިޙްތިރާމް ކުރަން ޖެހޭ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ ވިދާޅުވެއްޖެއެވެ.
ޕޮމްޕިއޯ މިހެން ވިދާޅުވީ ރިޔާސީ އިންތިޙާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް މަރުޙަބާ ވިދާޅުވުމަށް މިއަދު ފޯނުން ގުޅުއްވާ ވާހަކަފުޅު ދެއްކެވުމަށް ފަހު ނެރުއްވި ބަޔާނެއްގައެވެ.
"ސެކްރެޓަރީ އޮފް ސްޓޭޓް ވަނީ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް ގިނަ އަދަދެއްގެ ރައްޔިތުން ވޯޓް ލާން ނިކުމެފައި ވާތީ ދިވެހި ރައްޔިތުންނަށް މަރުޙަބާ ވިދާޅުވެފައި." ބަޔާނުގައި ވެއެވެ.
ބަޔާނުގައި އިތުރަށް ވިދާޅުވީ އިބޫގެ ވެރިކަމުގައި ރައްޖެ އާއި އިތުރަށް ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ސެކްރެޓަރީ އޮފް ސްޓޭޓް ޕޮމްޕިއޯ މިއަދު އިބޫ އަރިހު ވިދާޅުވި ކަމަށެވެ.
ހުރިހާ ޕާޓީއަކުން ވޯޓްގެ ނަތީޖާ އަށް އިޙްތިރާމް ކުރަން ޖެހޭ ކަމަށް އެމެރިކާގެ ހާރިޖީ ވަޒީރު ވިދާޅުވި އިރު ވެރިކަން ކުރާ ޕީޕީއެމް އިން ގެންދަނީ ވޯޓްގެ ނަތީޖާ އާއި މެދު ސުވާލު އުފައްދަމުންނެވެ. އިންތިޚާބުގައި އޮޅުވާލުންތަކެއް އެބައޮތް ކަމަށް ޕީޕީއެމް އިން ތަކުރާރުކޮށް ބުނަމުން ގެންދާއިރު އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފްގެ އޯޑިއޯ އެއް ލީކްވެ، ތުހުމަތުތައް ވަނީ އިތުރު ވެފައެވެ.
އެއޯޑިއޯ އަކީ އެޑިޓެއް ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.
ނަމަވެސް ޕީޕީއެމް އިން ގެންދަނީ އޯޑިއޯ އާއި އެހެނިހެން ތުހުމަތުތަކަށް އިތުރަށް ޖަވާބުދާރީ ވުމަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނަށް ގޮވާލަމުންނެވެ.
ބޮޑެތި ތުހުމަތުތަކެއް އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ މައްޗަށް ކުރަމުން ގެންދަނިކޮށް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ފިޔަވައި އެހެން ހުރިހާ ބޭފުޅުން މިހާރު ވަނީ ރާއްޖެ ދޫކުރައްވާ، ރާއްޖެ އިން ބޭރަށް ވަޑައިގެންފައެވެ.
ވައްކަމަށް އިޙްތިރާމެއް ނުކުރެވޭނެ! މީގާ ކަލޭމެންގެ އަޔެއް އޮޔްހެން ހާދަ ހީވެޔޭ ތި ތެޅޭ ގޮތަކުން!
ނުކުރާނަން، ކަލޭމެން ބޭނުންވާ ޕަޕެޓު ސަރުކާރެއް އުފެދޭތީ ކަލޭމެން ހެވިފަތިއްބަސް އަހަރުމެން ލީވޯޓާމެދު ސައްކުއުފެދޭ އެތައްކަމެއް ފެންމަތި ވަމުން އަންނަންފެށީ އިހްތިރާމެއް ނުކުރެވޭނެ. ތީކަލޭމެން ހިއްވަރުދޭ ގްރޫޕް މީހުން މިހާރު ވޯޓު އޮޅުވާލިއޭ ބުނިނަމަ ކަލޭމެން މިހާރު އޮންނާނީ އެއީ ރަގަޅުވާހަކައެއް ކަމައް ހަދާ ރާއްޖެއައް ފިއްތުން ކުރިމަތި ކޮއްފަ.
ޙަޖަމް ޕްލީޒް.
ރައީސް ޔާމީން މި އިންތިޚާބު ވިން ކޮށްފައި ވަނިކޮށް އީސީ ޝަރީފުގެ މި ކަހަލަ އޯޑިޔޯ އެއް ލީކުވިނަމަ މި އެމެރިކާ އާ އިންޑިޔާ އަދި މި އުޅޭ އެމް ޑީ ޕީ ކުދިންކޮޅު ހާދަ ފޯރި އެއް ހުންނާނޭ ދޯ ؟؟ މުޅި ގައުމު އަންދާ އަޅި އަށް ހަދާލާނެ.
މީއަޅެފަހެ ކޮންބައެއްތަ؟ މިމީހުންނަކީ އެހެންމީހުނަށް އިޙްތިރާމް ކުރަންދަންނަވެސް ބައެއްނޫން، އަނގަފުޅާކޮއްފަ އަދިއެބަބުނެއެއްނު އިހްތިރާމް ކުރަންޖެހޭނެއޭ. ބަލަގަކަލޭމެން ތިއޮތް ފަލަސްތީނަށް އިހްތިރާމް ކޮއްބަލަ
އެއްކަލަ އެމެރިކާ ބެހިގަތީ. ތަނެއް އޮތަސް ބޯ ނުކޮއްޕަބަލަ
ވަގުންބުނާނެ، ވައްކަމަށް އިޙުތިރާމް ކުރުމަށް. އެއީ އެއްގޮތަކަށްވެސް މައްސަލަ އެއްނޫން. އެހެރީނު އެމެރިކާގެ ވެރިކަމަށްވެސް ވޯޓު ގަޑުބަޑުކޮށްްގެން އައިމީހަކު ދައުރު ނިމޭ އިރުވެސް މައްސަލަ ކޯޓުތަކުގަ……………… އެއަށް ކިޔަނީ އެމެރިކަން ޑެމޮކްރެސިޕީ އޭ އެވެ.
ކޮބާ ޕޕ ކުދިންނަށް ރާކަނިމަސްކެވިއްޖެތަ؟ 48 ގަޑި އިރުތެރޭ ވޯޓް ބާތިލް ކުރާނެއޭ ގޮވި މީހުންނަށް އެމެރިކާއިން ޖަވާބުދީފި.. ދެންވެސް ހަޖަމްކުރޭ..
ބަލަންތިބޭ މާކަނޑުގެ މެދުން އިރުހުއްޓާ ހައްސަބާނާގެން ރަށަށް ލަފާތަން ފެންނަހެން ތިވޯޓް ބާތިލްވާތަން ﷲއިރާދަކުރެއްވިއްޔާ ފެނިގެންދާނެ
ކަރުގަ ހިތިރަހަ ލާނެ ވޯޓާ ކުޅެފިއްޔާ ! ޢެތެރޭންނާއި ބޭރުން ވ.ވާހަކަ މީ