އަމާން ދިނުން ނޫން އެއްވެސް ގޮތެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ހުންނެވީ، އަމާން ދެއްވައި ގެއަށް ވަޑައިގަންނަވާ ގޮތަކަށް ނޫން ކަމަށް ޕީޕީއެމުން ބުނުމާއި ގުޅިގެން ރިޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަމާންދިނުން ނޫން އެއްވެސް ގޮތެއް ރައީސް ޔާމީނަށް ނެތް ކަމަށާއި، އެއީ ރައީސް ޔާމީން އަރިހުގައި ތިއްބެވި މަދު ބަޔަކު ޣާފިލްކަންމަތީ ތިބެ ދައްކާ ވާހަކައެއް ކަމަށެވެ.

"ކޮންމެ ވާހަކައެއް ދެކެވުނު ކަމުގައި ވިޔަސް މާތްﷲގެ އިރާދަފުޅާއެކު ނޮވެންބަރު 17 ވަނަ ދުވަހު އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި، ނައިބް ރައީސް ފައިސަލް ނަސީމު ހުވާ ކުރައްވާނެ" ރިޔާޒު ވިދާޅުވިއެވެ.

ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލް ވިދާޅުވީ މިއުޅެނީ ރައްޔިތުންގެ ހައްގުތަކެއް ގެއްލިގެން ކަމަށާއި މިފަދަ ދަނޑިވަޅުތަކުގައި ރައީސް ޔާމީން ކެރިވަޑައިގެން ނިކުންނަވާކަން ތާރީހުންވެސް ހެކިދޭނެ ކަމުގައެވެ.އަދި މިކަމުގައި ކުރިމަތިވާނެ ގޮންޖެހުންތަކާއި ޕްރެޝަރުތަށް ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާ ކަމަށާއި، ނަމަވެސް ރައީސް ޔާމީން ހުންނެވީ އަމާންދެއްވާގޮތަށް ނޫންކަމަށް ހަލީލް ވިދާޅުވިއެވެ.

އަދި އެ ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޕީޕީއެމުން ކުރަމުން ގެންދާ މަސައްކަތް ކާމިޔާބު ވާނެ ކަމުގައެވެ. އަދި ކާމިޔާބީގެ ވަގުތު ވަރަށް ކައިރިވެއްޖެ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

އިލެކްޝަން ކޮމިޝަނުން އިއުލާންކުރި ސެޕްޓެމްބަރު 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ ބުނާގޮތުން، އިދިކޮޅު ކޯލިޝަންގެ ފަރާތުން އެމްޑީޕީގެ ޓިކެޓުގައި ރިޔާސީ ވާދަކުރެއްވި އިބްރާހީން މުޙައްމަދު ޞާލިޙަށް 134،705 ރައްޔިތުން ވޯޓު ދެއްވިއެވެ. އެއީ ވޯޓު ދިން ރައްޔިތުންގެ 58.40 އިންސައްތަ ވޯޓެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ސިރާޖް އާދަމް

    ބަލަގަ ރިޔާޟޫ! ރައީސް ޔާމީން އެހުންނެވީ އަމާންދެއްވައިގެންނެވެ. ކަލޭމެން މަކަރާ ޙީލަތާ ރިޝްވަތުއަޅައިގެން ރައީސް ޔާމީން ބަލިކުރިކަން އެގޭއިރުވެސް އެހުންނެވީ ބަލި ޤަބޫލުކުރައްވައިގެންނެވެ. އެކަމަކު ފެންމަތިވެފަހުރި ބޮޑަތި ޖަރީމާތައް އެއީ އަޅާނުލަާ ދޫކޮށްލެވޭވަރަށްވުރެ ސީރިޔަސް ޖަރީމާ ތަކެކެވެ. އެކަނިމައެކަނި ރައީސް ޔާމީނަށް ލިބިލެއްވި 123000 ވޯޓުން 19000 ވޯޓު ފޭރިގެންފައިވާއިރު ހަމަ އަޅާނުލާ ތިބެންވީހެއެޔެވެ؟ ވޯޓު ރަގަޅަށް ނިންމިނަމަ ކަލޭމެން ބަލިވީސްކަން ޔަޤީނެވެ.

  2. ރައިފާ

    ބާޣީވާނީ ބާޣީއަށް! ފެންނާނެ އަދި ކުޅިސަމާ ކަލެޔަށްވެސް!

  3. މަހަށްދޭބަލަ

    މިތުރުންގެ ހިތަށް ލިބުނު ދަތި ކަން ފަތިހުގެ އަލިން ފިނި ކަން ގެނެސް ދޭނީ އެއީ މިތުރުން އެމްޕީން ނަށް ހަދަން ވޯޓް ދިން މީހުންނަށް ބަތާހަރާމީ ނުވެ ދަ ހަރާމްކޯރު ނުވެ ތިބި ނަމަތާ އެހެނެއް ނޫން ދޯވީ އެއް ބޮޑު ސޭޓް އަތުން ކަޓް ކާލައިގެން 12 މެމްބަރުން ބޭނުންވީ ރައްޔިތުން ހޮވާފައިވާ ވެރިއަކު ނަގާ އެއްލާލަން މަޖްލީހުގެ ތެރޭން ކަޅުފައިސާ އެމެން ނަގައިގެން އެގޮތަށް އެކަން ނުވީ މަމެންގެ ބިއުޓިފުލް އެންޓި ޑިފެކްޝަން ގާނޫނާއި ހެދި ދެން ތަމެން މަހަށް ދޭބަލަ.

  4. މާލަސް

    މާތްﷲ އިރާދަފުޅާއެކު ޕޮލިސް ލޯންޗް ޕަކަޅާ ރިޔާޒް ޕޮލިސް ތެރެއިން ހިންގި ކޮރަޕްޝަނަށް ޤިޔާމަތް ދުވަހުން ގަދަފަދަ ވޭން ލިބިގެންދާނެ. ވައްކަމާއި ކޮރަޕްޝަނުގެ މުއްލާ. ލަދެއް ހަޔާތެއް ނެތަތީ ހިތާމަކުރަން. ފުލުހުންގެ އާއިލާތަކުގެ ބަދު ދުޢާތައް އަބަދުވެސް ރިޔާޒާއެކު ވާނެ. ފުލުހުންގެ ފުލެޓްތަކުގެ ނޫމަޑި ކޮރަޕްޝަނަށް ދެ ދުނިޔޭގައި ނިކަމެތި ކަން ދެއްވާށި! އާމީން

  5. މައުމޫން

    ކަލެއަށްތަ އެނގެނީ ލޯންޗް ވަގު

  6. ފެނޭދޯ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ދަ މުންކަރާތޭ ދަ ވޯޓްވަގޭ ތަމެންނަށް ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް..

  7. Anonymous

    ކަލޭ ދޭ ގާފުރޮޅަން، އެއްދުވަސްތެރެއިން ޑރ.އަފުރާޝީންގެ
    މަރުގެ ތަހުގީގު ނިންމާ މެރިމީހާއަށް މަރުގެ ޙުކުމްއިއްވާ ނިންމާފަ ތިހިރީ، ކަލެއަށް ނެއެގޭނެ ރައީސު ޔާމީނު ކަންކުރަންވާގޮތް ބުނާކަށް، އެމަނިކުފާނުގެ ސަޕޯޓރުން ބޭނުމެއްނުވޭ ވޯޓަށް ހަދާފައިވާ މަކަރު ތަހުގީގުނުކޮށް ދުކޮށްލާކަށް، އެމަނިކުފާނުގެ ސަޕޯޓަރުން ކަލޭމެން ތިޔަބުނާ އަމާނެއް ދިޔަނުދޭނެ،

  8. ކުމާރު

    އަހަރެމެން ހާހެއްނުވޭ ބާޣީ ރިޔާޒު ތިހެން ކިޔަކަސް. އިބޫ ސަރުކާރު ވައްޓާލަން ސިޓި ހިފައިގެންދާނީ ތިޔަ ބާޣީ ރިޔާޒު. ވޯޓު ވަގުން

  9. Anonymous

    ތީ އެންމެ ބޮޑު ވަގު. ކޮރަޕްޓް ވަގު. މާވަގު މުލިވަގު . މީނާ.ކޮނިޝަނަރަކައް ހުރި ިއރު މުޅި ރަށުގެ އެނެމެންނައް ޕޮލިހުން ވަޒީފާ ދީފައޮތީ. ބޮޑުސޭޓު އަތުން ކައިގެން ބޮއެގެން ރިސްވަތުގެ ކަޅުފައިސާގަ އަންބޮޑި ފުރައިގެން ހުރި ފައްކާ މުލިވަގެއް ތިޔައީ

  10. Anonymous

    އެމްޑީޕީ މުޒާހަރަގެ އިސްމީހުން. ބާޣީ ރިޔާޒު
    މުޒާހަރާގެ އާއްމުން . ހައްޔަރުކުރޭ. ޥަރައް ސަޅި ތަންކޮޅެއް

  11. މުހައްމަދު

    މީބޮޑު މާކުންބެ..

  12. އަހްމަދު

    ރިޔާޒޫ ބާގީންވާނީ ބާގީންނައް ބަޣާވާތްކޮށްފަހުރިމީހެއްތިޔައީ އެކަންއެންމެބޮޑައް އެނގޭމީހުން މިހާރު ތިޔަތިބީ ރިޔާޒާއެންމެކައިރީގަ އެހެނަސް އެންމެދުރުގަ ވިސްނައިފިކުރުކުރޭ

  13. އޮބާމާ

    ރިޔާޒު ހާދަވަރެއް އެބައަރައޭދޯ