އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ނައިބު ރައީސް ފައިސަލް ނަސީމަށް މަރުހަބާ ދެންނެވުމަށް މިރޭ ހުޅުމާލެގައި ހާއްސް ހަރަކާތް ތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

އިބޫއަށާއި ފައިސަލަށް މަރުހަބާ ދެންނެވުމަށް ހަމަޖެހިފައި ވަނީ ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލުގައި މިރޭ 8:30 އިން ފެށިގެންނެވެ. އިބޫ އާއި ފައިސަލް އަށް މަރުހަބާ ދެންނެވުމުގެ ގޮތުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަނީ މިއުޒިކު ޝޯވ އެއްވެސް ބާއްވާފައެވެ. މި ޝޯވ އަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ސެޕްޓެމްބަރު 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހުވާކުރެއްވުމުގެ ރަސްމިއްޔާތު އާއްމުންނަށް ހުޅުވާލައިގެން ބޭއްވުމަށް ނިންމާފައިވާއިރު އިބޫ ހުވާކުރައްވާނީ އަދި ކޮން ދުވަހަކު ކަމެއް ހާމަ ކޮށްފައެއް ނުވެއެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން އެކި ގައުމުތަކުގެ ލީޑަރުން ގެންދަވަނީ އިބޫ އަށް މަރުހަބާ ދަންނަވަމުންނެވެ.

އެގޮތުން ޗައިނާ އާއި އެމެރިކާ, ޕާކިސްތާނު އަދި ސައުދީ އަރަބިއްޔާ އިން ވެސް އިބޫ އަށް ވަނީ މަރުހަބާ ދަންނަވާފައެވެ. އަދި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވެސް އިބޫ އަށް މަރުހަބާ ދަންނަވާފައިވާއިރު އިބޫގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް މޯދީ އާއި ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އަށް ވަނީ ދައުވަތު އަރުވާފައެވެ.

އިލެކްޝަން ކޮމިޝަނުން އިއުލާންކުރި ސެޕްޓެމްބަރު 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ ބުނާގޮތުން، އިދިކޮޅު ކޯލިޝަންގެ ފަރާތުން އެމްޑީޕީގެ ޓިކެޓުގައި ރިޔާސީ ވާދަކުރެއްވި އިބްރާހީން މުޙައްމަދު ޞާލިޙަށް 134،705 ރައްޔިތުން ވޯޓު ދެއްވިއެވެ. އެއީ ވޯޓު ދިން ރައްޔިތުންގެ 58.40 އިންސައްތަ ވޯޓެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ފެނޭދޯ

  ކޮބާ ރަންރީނދޫ ޓްވިޓަރޭ ދަ މުންކަރާތޭ ދަ ވޯޓްވަގޭ ތަމެންނަށް ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް..

 2. ހާމާނު

  ޑީޖޭ ވެސް އޮންނާނެ. ހުރިހާ ކުދިން ދާންވާނެ.

 3. ނަފީލާ ޙަސަން

  ހުޅުމާލޭގައި ބެހެއްޓި ހުރިހާ ވޯޓުފޮށިތަކުން ވަނީ ވޯޓުންވައްކަންކޮށްފަ!

 4. ސަލީމު

  ބުރިޖު މަތިންނުގޮސް 1ނަމްބަރ ފާލަމުން ދާންވާނީ

 5. ބޭބީ

  އެއީ ޑިމޮކްރެޓިކް ގެ އުސޫލޭ މަރްޙަބާ ކިޔުން އޭގެ މާނައަކީ އެޤައުމުތަކުން މާ ލައިކް ވީކީ ނޫނޭ