ވެރިޔަކު ހެޔޮ ކަމެއް ކޮށްދޭނަމަ އެކަމެއް ކޮށްދޭންޖެހޭނީ ދައުލަތުގެ މާލިއްޔާއިން ބޭރުން، އަމިއްލަ ޖީބުން ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ، ވިލާ ކުންފުނީގެ ޗެއަރމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އަހަރަކަށްވުރެ ގިނަ ދުވަހު ޖަރުމަނުވިލާތުގެ ސިޔާސީ ހިމާޔަތުގައި އުޅުއްވުމަށްފަހު ރާއްޖެ ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކޮށް ވާހަކަފުޅު ދައްކަވަމުން ޤާސިމް އިބްރާހީމް ވިދާޅުވީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ހުރިހާ ޚަރަދަކާއި، އަނބިދަރިންގެ ހުރިހާ ޚަރަދެއްވެސް ބަލަހައްޓާނީ ދިވެހި ދައުލަތުން ކަމަށާއި، ވެރިން ކުރާ ކަންކަމަށް މިހާރު ވާހަކަ ދެކެވޭ ބީދައިން "ކްރެޑިޓް" ނުދެވޭނެ ކަމަށެވެ.

"އޭނާގެ ހުރިހާ ޚަރަދު ބަރަދަކާއި، އަނބިދަރިންނަށް ދާންދެން ހުރިހާއެއްޗެއް ބަލަހައްޓާ ހުރިހާ ކަމެއް ކޯށްދީފައޭ އެކަން ކުރަނީ، އެހެންވީމަ ކޮންމެހެން މިވެނި މީހަކު ކޮށްދިނީ މިވެނި ކަމެކޭ، މިވެނި މީހަކު ކޮށްދިނީ އެވެނި ކަމެކޭ، އެވެނި މީހަކު އެވެނިކަމެއް ކޮށްދިނޭ އެހެނެއް ނޫން އެއްގޮތަކަށްވެސް އެ ކްރެޑިޓް ދޭނީ." ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.

ޤާސިމް އިބްރާހީމް ވިދާޅުވީ، ވެރިކަމަށް އައުމުގެ ކުރިން ނުވަތަ ވެރިކަމުގައި އަދި ވެރިކަމުން ފައިބައިވަޑައިގެންނެވުމަށް ފަހުގައިވެސް ހެޔޮ ކަންތައްތައް ކޮށްދެވިދާނެ ކަމަށާއި، ނަމަވެސް އެ ކަންކަން ވާންޖެހޭނީ އަމިއްލަ ޖީބުން ކުރާ ޚަރަދުތަކަކަށް ކަމަށެވެ.

"މީހަކު ރަނގަޅަށް ކަން ކުރާކަމަށްވަންޏާ އެމީހާ ވެރިކަމުގައި، އެމީހަކު ވެރިކަމަށް އައުމުގެ ކުރިން ނުވަތަ ފައިބައިގެން ދިޔަފަހުން ނުވަތަ ވެރިކަމުގައި ހުރެގެންވެސް އޭނާގެ އަމިއްލަ ޖީބުން އޭނާ މަސައްކަތެއް ކޮށްދީފިއްޔާ އެއޮތީ ރަނގަޅު ކަމެއް ކޮށްދީފަ. އަޅުގަނޑު ކޮންމެހެން އެވާހަކަ ކުރިއަށް ގެންދާކަށް ނެތިން." ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.

އިތުރަށް ޤާސިމް ވިދާޅުވީ، ވެރިކަމުގައި ހުންނަ މީހުން ރައްޔިތުންނަށް ކަންތައްތައް ކޮށްދެއްވަނީ ވެރިޔާގެ ހެޔޮފުޅުކަމުން ނޫން ކަމަށާއި، ވެރިޔަކު ހޮވަނީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ކަމަށެވެ.

"ވެރިޔަކަށް ހުންނަ މީހަކު ރައްޔިތުންނަށް ކަންތައް ކޮށްދިނުމަކީ އޭނާގެ ހެޔޮފުޅުކަމުން، އޭނާއަށް ދަރަނިވެރިވާކަމެއް ނޫނޭ ރައްޔިތުން. އެކަންތައްތައް ކުރުމަށްޓަކައޭ ވެރިޔަކު މި ހޮވަނީ، ވެރިޔަކު މި ގެންނަނީ. އިޙްލާސްތެރިކަމާއި، އަމާނާތާއި، ޚިޔާނާތެއް ނެތި އެމީހަކަށް ކުރެވުނު ހުރިހާ މަސައްކަތެއް އެންމެ ފުރިހަމަ ގޮތުގައި ކޮށްދިނުމަށް ރައްޔިތުން ވެރިޔަކު ހޮވަނީ." ޤާސިމް ވިދާޅުވިއެވެ.

ގިނަ ދުވަސްތަކަކަށްފަހު ޤާސިމް އިބްރާހީމް އެނބުރި ރާއްޖެ ވަޑައިގެން ސިޔާސީ މަޝްރަހަށް އެނބުރި އައިސްފައިވާއިރު، އެމަނިކުފާނަކީ މީގެ ކުރިން ވެރިކަމަށް ކުރިމަތިލައި ވަރުގަދަ ކެމްޕޭންތަކެއް ކުރައްވައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި ބޭފުޅެކެވެ. ޤާސިމް އިބްރާހީމް އަދި ޖުމްހޫރީ ޕާޓީން ކެމްޕޭންތަކާ ދިމާކޮށް ރާއްޖޭގެ ރަށްތަކަށް އަގުބޮޑެތި އެތައް މުދަލެއް ހަދިޔާކޮށް ވަރުގަދަ ކެމްޕޭންތަކެއް ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. މފރ

    ވެރިކަމަށް އައުމުގެ ކުރިން ވައުދު ވާ ކަން ކުރުމުގައި ހުރި ތެދުވެރި ކަމަށް ބަލާ ފަ ކުރެޑިޓް ދޭން ޖެހޭ ....

  2. ބޮލި މުލައް

    ތެދެއް ފަނޑިޔާރުންނަށް ރިސްވަތު ދިނީވެސް ގާސިމު ވަތްގަނޑުން ވިއްޔަ ދޯ.

  3. ބޯގޯސް

    ތިޔަ ހެޔޮ އެދޭ ވާހަކަ ދައްކާ މީހާގެ ހާލަތު އަހަރެމެން މިތިބީ ދެކެފަޔޭ.. ވެރިކަމަށް އަރާހިތުން އިންތިޙާބު ކައިރިވާއިރަށް ރަށްތަކުގަ ކިތައް މަސްރޫޢު ފަށާފަ ވޯޓެއް ނުލިބޭ އިރަށް އެކަންތަށް ނުނިންމާ ފައިބައިގެން ގޮސްފަހުރީ؟ ކަލެޔަށް އިބޫގެ ވެރިކަމުންވެސް ލިބެން ރަނގަޅީ ޖަލުން ގޮޅިއެއް.. ކަލޭ 1 އަހަރު ނުވަނީސް އިބޫގެ ވެރިކަން ވައްޓަން އެއުޅޭ ރީލޯޑު މުނާފިގު އިލްޔާސް ލައްވާ ދުޢާ ކުރަމަުން ނިކުންނާނެ.. ތީ މިޤައުމަށް ޖެހިފަވާ ބޮޑު މުސީބާތެއް..

  4. އަން

    މާގިނަދުވަހެއް ނުވަނީސް ކަލަގޮވަން ފަށާނެ. އެއިރު ހުންނާނީ މޮޔަފުޅުވެފައި

  5. އަހަންމާ

    ސޭޓު މޮޔަފުޅުވެގެން ނޫޅޭ މަޖްލިސް 12 މެމްބަރުންނަށް 2މިލިޔަން ރުފިޔާ ސޭޓުޖީބުން ނުދެމޭބުނަން ކެރޭނެތް މިމީހާހުރެގެން މިގައުމު ރަގަޅެއްނުވާނެ

  6. ސައިބޯނި

    ހެޔޮމަކަށްވާނީ އަމިއްލަ ޖީބުން ޚަރަދުކޮށްފަ ކަލަނުގޮވާނަމަ. އަދި އެފައިސާ ހޯދީ ރައްޔިތުންގެ މުދާ ނަހަމަގޮތުގައި ވަގަށް ނަގައިގެނ ްމުއްސަނދި ނުވެހުރިނަމަ. އަނގައޮތިއްޔާ ވާހަކަ ދެއްކިދަނެ.

  7. ހެހެހެ ކޮށްފައިވާ ހުކުމަކުން ސަލާމަތް ވުމަށް ޖަރުމަނުގެ ހިމާޔަތް ހޯދައިގެން ހުރުމަށްފަހު މި ރީތި ދިވެހިރާއްޖެ އަށް އައިސް ފޭބިއިރު މި ލޮބުވެތި ރާއްޖެއަށް ޚިދުމަތް ކޮށް ދޭން ރައްޔަތުން ހޮވާފަހުރި ވެރިމީހާ ކޮށްދީފަ ހުރި ޚިދުމަތް ފެނިފަ ދައްކާނެ ނުދައްކާނެ ވާހަކައެއް ނެތުނީތޯ؟ އަމިއްލަ ޖީބުން ކިހާވަރެއްތޯ ތި ދެއްވީ ހެޔޮ ކަމެއް ކޮށް ދޭން ވެގެން. ދެއްކޭ ނުދެއްކޭ ވާހަކައެއް އެބަ އެގޭތޯ؟ ބަލަ ޤައުމުގެ ވެރިން ރައްޔިތުންނަށް ކޮށްދޭ ހެޔޮކަމަކީ މީހުންގެ ޖީބަށްލާދޭ ލާރިކޮޅެއްނޫނޭ. މުޅި މުޖުތަމައުގެ ލާބަޔާ ފައިދާއަށް ދައުލަތަށް ލިބޭ އާންދަނީ އެންމެ ހެޔޮގޮތުގައި ބޭނުން ކުރުމަކީ ކޮންދެވޭ ހެޔޮކަންތައް. މުވައްޒަފުންނަށް މުސާރަ ނުދެވިގެން މުސާރަ ކުޑަކުރުމަކީ ވެރިމީހާ ކޮށް ދެއްވާ ހެޔޮ ކަންކަމަށް ވާނަމަ ތި ކޯލިސަނަށް ވުރެ ހެޔޮބައެއް ނުތިބޭނެ. ދެން ވަރަށް ސަލާމް.

  8. ޒުހޫ/ މާލެ

    މަނިކުފާނު އެހީގެ ލާރި ބައްސަވަނީ އަމިއްލަ މުސާރައިން ތަ؟....ކެމްޕޭން ދުވަސްވަރު ކިތައް މުއައްޒަފުންނަށް މުސާރަ ނުދީގެން ކިތައް ޢާއިލާ ގަނަތެޅުނީ. މިއަދުނެއްދޯ އެއވެސްކަމެއް ހަނދާނެއް.

  9. ޙަބޭސް

    އެހެންމީހަކުވިއްޔާ ރިސްވަތު ލާރިންދޯ

  10. ފާތިމާ

    ޢޭ ލާރިގިނަ ގާސިމޫ ފުރަތަމަކަމަކައް ކަލޭގެ މުވައްޒަފުންްނަށް މުސާރަދީ ކިހިނެއް ވެގެންތި ބޮޑާވަނީ

  11. ފާތިމާ

    ތެދެއް ފަނޑިޔާރުންނަށް ރިސްވަތު ދިނީވެސް ގާސިމު ވަތްގަނޑުން ވިއްޔަ ދޯ.

  12. ފާއިޒް

    ދެބޯ ބުރާންތި ކަަލަގޮވަން ފެށީ ދޯ. ކޮންމެ މީހަކަށް ޤައުމެއްގެ ރައްޔިތުން އެދޭ ހުރިހާކަމެއް ކިހިނެތް ކޮށްދޭނި މުޅިޤައުމު މޯގޭޖް ކޮށްފަ ލޯނު ނަގައިގެން ހުރި މީހަކު ބަވާނެ ވަރަކަށް ބަވާފަ އެހީއެއް ދިނަސް......

  13. ެރައްުޔިތުމީހާ

    ދިވެހިރާއްޖޭގެ ރައްޔިތުންގެ ނަމުގައި ބޭރުގައުމަކުން މީނައަށް މައުމޫނު ނަގާދެއްވި ލޯން ވާނެތަ ހެޔޮފުޅުކަމުން ޖީބުން ދެއްވި ލޯނަކަށް

  14. އޮޅުވާލިވޯޓް 2018

    ތިޔައިންވެސް އެންގެނީ ކާސިންބެއަކީ ސިޔާސީ ދާއިރާއަށް ކުފޫ ހަމަވާ ބޭފުޅެއްނޫންކަން. ޚޮންމެ ބޭފުޅަކުވެސް ކެމްޕެއިން ކުރައްވާއިރު ،ކްރެޑިޓްހޯއްދެވުމަށްޓަކައި ތިމަންނައަށް ލިބިއްޖެނަމަ އެވެނިކަމެއް ކޮށްދޭނަން، މިވެނިކަމެއް ކޮށްދޭނަން. މިހެން މިހެން އެ ގޮވަނީ ކޮންއެއްޗެއްހޯއްދަވަންތޯ؟
    އަމިއްލަ ޖީބުން ޚަރަދު ކުރައްވަންތޯ؟ ތިޔަބެފުޅާއަށް އަދިވެސް ޙައްޤުވެގެންވަނީ ޖަލުން ގޮޅިއެއް. ރައްޔިތުންގެ ރައްތަކަކީ އަމިއްލަ މިލްކު ކަމަށް ހަދައިގެން ޒަކާތެއްނުދައްކާ، ޖީއެސްޓީ އެއްވެސްނުދައްކާ.

  15. ދަވޭއޭ

    ނުޖެހޭނެ ބާރުތައް ބަދަލު ކުރަން އެއްބާރުލުން ދޭންވެސް ސަބަބަކީ ތަމެން ތިޔާ ތިބީ ވޯޓް ގައި އޮޅުވާލާ މަކަރާއި ހީލަތް ހަދާފައި ކަން މަމެންނަށް ރަނގަޅަށް އިނގެއޭ އެކަން ސާފުވުމުން މަމެން އެއްބާރު ލުން ދޭނީ މިހާރު އީސީގެ 4 މެމްބަރުން ފިލައިގެން ލަންކާ އަށް އެދިޔައީ އެއީ ޔަގީނޭ މީގައި ވަރަށް ބޮޑު މަކަރާއި ހީލަތެއް އުޅެނީ ކަމަށް ރިޔާސީ އިންތިޚާބުގެ ނަތީޖާ އާއި މެދު މަމެންނަށް ޔަގީންވެ ކަށަވަރު މިކަން.

  16. IDP

    We don't care about ުުu

  17. ނުރަބޯ

    ބަލަ މިހިރަ ބޯގަމާރާ. މީގެކުރިން ހަމަ ތިޔަބުނާ ޢިނާޔަތްތައް ދައުލަތުން ދީފަހުރިމީހަކު 3 އަހަރު ދުވަހު މިގައުމުގަ ވެރިކަންކުރި އެކަމަކު ދިވެހި ރައްޔިތުންނަށް ޓަކައި، ގައުމަށްޓަކައި، އިސްލާމް ދީނަށްޓަކައި އެއްވެސް ކަމެއް ކޮށްދީފައެއްނެތް އެކަމަކު ދައުލަތުގެ މާލިއްޔާ އޮތީހުސްވެފައި. އެހެންވީމާ ބަޔަކު ދަވާލާ ހަފުސް އަރުވާލާފައިވާ ތަނެއް އަލުން ބަލުން އިންތިޒާމުކޮށް ހަމަމަގަށް އަޅުވާ، ހައިރާންވާ ވަރުގެ ގިނަގުނަ ހެޔޮބަދަލު ގެނެސް ހަލުވި ތަރައްގީގެ ފިޔަވަޅުތަކެއް އަޅާ އޭގެ ރަގަޅު ނަތީޖާ ފެނިގެން ދިޔައިމާ އެކަންކޮށްދިން މީހާއަށް ތަޢުރީފް ކޮށް އެއީ މާތްﷲގެ ވާގިފުޅާއެކު އޭނާކޮށްދިން ކަންކަން ކަމުގައި ގަބޫލުކޮށް އެކަން ބަލައި ގަންނަން ޖެހެއެވެ.

  18. ރހހ

    ޔާމިން ކޮއްދިން މަސައްކަތް ތިހުރިހާ އަމިއްލައެދުމުގެ ވެރިން އެއްވެގެންވެސް ނުކުރެވޭނެ. މުދަލާ ހިފަންތިބޭ

  19. ފަޅުވެރިން

    ކީކޭ ކިޔާ މީހެއް؟ ބަލަ ވެރިން އެބަތިއްބޭ ވެރިކަމަށް އަރާފައި ރައްޔިތުންނަށް އެއްވެސް ކަމެއް ނުކޮށްދޭ މީހުންވެސް! ވެރިކަމަށް އަރާފައި ނިކަން ހެވިދިލިފައި ދައުރު ހަމަވަންދެން ހަމަ ހުރެވިދާނެއޭ އެއްކަމެއް ނުކޮށްވެސް! އެހެންވީމާ ޚިދްމަތްތެރި ވެރިންނަށް ޝުކުރުވެރި ވާންޖެހެނީ!!

  20. ޒީ

    ހެޔޮ ފުޅުޥާނީ ޖީބުން ހަރަދުކޮށްގެން ނޫން .އަދި ރައީސް ކަމަކަށް އަންނީވެސް އަމިއްލަ ޖީބުން ހަރަދު ކުރާކަށްނޫން.ދައުލަތާ ހަވާލުވަނީ ރައްޔިތުންނަށް ބޭނުންޖެހިފައި ހުންނަނީ ކޮންކަންތަކެއްތޯ ދަނެގަނެ އެކަންކަން ކުޮށްދޫން.އެހެންވި އިރުން ކަންކަން ނުކޮށްދެވުނީމާވެސް ގޮވާކަށް ނުގެޖޭނެ ނުން.

  21. ޙަސީން

    މިވީގޮތުން ގާސިމް އަށް ނޫނީ ރައްޔިތުންނަށް މާބޮޑު ކަމެއް ނުކޮެްދެވޭނެތާ

  22. ޢެބޭ

    ޥަރައްރަގަޅުހިޔާޅެއްސާބަސްގާސިމްތިދެއްވީ