ނިމިދިޔަ ރިޔާސީ އިންތިޚާބު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް ކާމިޔާބު ކުރެއްވުމާއި ގުޅިގެން ވެރިކަން ބަދަލުވުމުގެ މަރުޚަލާގެ ކަންކަން ފެށިފައިވާއިރު، އެ ކަންކަން ކުރިއަށްދަނީ ވަރަށް ވަރަށް އޮމާންކަމާއެކު ކަމަށް ޓްރާންސިޝަންގައި އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަފީރެއްގެ ގޮތުން މަސައްކަތް ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، ހެންވޭރު އުތުރު ދާއިރާގެ މެމްބަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އަހުމަދު ލަތީފްއާއެކު މީޑިއާއާއި ބައްދަލުކުރައްވައި ދާދި ދެންމެ ޝާހިދު ވިދާޅުވީ، ކުރައްވަމުން ގެންދަވާ މަސައްކަތަކީ މެދުކެނަޑުމެއްނެތި ރައްޔިތުންނަށް ސަރުކާރުން ދެމުން ގެންދާ ޚިދުމަތްތައް އައު ސަރުކާރުގެ ފުރަތަމަ ދުވަހުވެސް ލިބޭނެ ގޮތަށް ކަންތައްތައް އިންތިޒާމް ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރު ވެގެންދާނީ ރައްޔިތުންނަށް ފަސޭހަކަމާއެކު، އަވަސް ޚިދުމަތްތަކެއް ލިބެމުންދާ ސަރުކާރެއް ކަމުގައިވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، ވެރިކަން ބަދަލުވާ މަރުޚަލާގެ ކަންކަން ސަރުކާރުގެ މުއައްސަސާތަކާއި ގުޅިގެން ވަރަށް އޮމާންކަމާއެކު ކުރިއަށްދާ ކަމަށާއި، މަޢުލޫމާތު ބަދަލުކުރުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށެވެ.

"ކުދިކުދި ކަންތައްތައް ދިމާވެފައި ހުއްޓަސް އާއްމުކޮށް މި މަސައްކަތަކީ ވަރަށް އޮމާންކަމާ އެކީގައި ދެފަރާތް ގުޅިގެން ހިންގަމުންދާ މަސައްކަތެއް ކަމުގައި އަޅުގަނޑުމެން ދެކެން. އެއްވެސް ކަހަލަ ދަތިކަމެއް ނެތި މަޢުލޫމާތުތައް ލިބުމުގައި ފަންނީ މުވައްޒަފުން އެހީތެރިވެވަޑައިގެންދެއްވާ." ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، މިނިސްޓްރީތަކަށް ޒިޔާތް ކުރައްވަމުން ގެންދަވާ ކަމަށާއި، އޭގެ ތެރެއިން މިނިސްޓަރަށް ކުރައްވަމުން ގެންދަވަނީ އިހުތިރާމްގެ ޒިޔާރަތެއް ކަމަށެވެ.

"މިނިސްޓަރަށް ކުރަނީ އިޙްތިރާމްގެ ޒިޔާރަތެއް، އެއަށްފަހު ހަޤީޤީ މަސައްކަތްތައް ދާނީ ސިވިލްސަރވަންޓުންނާ އެކީގައި ކުރެވެމުން." ޝާހިދު ވިދާޅުވިއެވެ.

މިހާތަނަށް އައިއިރުގައި ސަރުކާރުގެ 9 މިނިސްޓްރީއަކާއި، 8 ކުންފުންޏަކާ ބައްދަލުކުރައްވައި މަސައްކަތް ކުރެވިފައިވާ ކަމަށާއި، އެ ފަރާތްތަކުން ފުރިހަމަ އެއްބާރުލުން ދެއްވާފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ.

"ސަރުކާރުގައި ހިމެނޭ 15 މިނިސްޓްރީގެ ތެރެއިން 9 މިނިސްޓްރީއަކަށް އަޅުގަނޑުމެންގެ ޓީމުތައް ޒިޔާރަތްކޮށް މިނިސްޓަރުންނާ ބައްދަލުކޮށް އެއަށްފަހު ފަންނީ ފެންވަރެއްގައި މިހާރު މަސައްކަތް ކުރެވެމުންދޭ. ކުންފުނިތަކުގެ ތެރެއިން 8 ކުންފުންޏަކަށް މިހާތަނަށް ޒިޔާރަތް ކުރެވިފައިވޭ. އެ މަސައްކަތްތައްވެސް ވަރަށް ރަނގަޅަށް އެބަ ހިނގާ. މިހާތަނަށް ޒިޔާރަތް ކުރެވުނު ކުންފުނިތަކާއި، މިނިސްޓްރީތަކުން އަޅުގަނޑުމެންގެ މަސައްކަތަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން." ޝާހިދު ވިދާޅުވިއެވެ.

ވެރިކަން ބަދަލުކުރުމުގެ ކަންކަން ކުރިއަށްދަނީ އޮމާންކަމާއެކުގައި ކަމަށް ޝާހިދު ވިދާޅުވެފައި މިވަނީ ސަރުކާރުގެ ބައެއް މިނިސްޓްރީތަކުން އެ މަސައްކަތަށް އެއްބާރުލުން ނުދެއްވާކަމަށް އިދިކޮޅު ފަރާތްތަކުން މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އަޑުތައް ފަތުރާފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ނުބައި ނުަލަފާ ވެރިއަކު މިގައުމައް އައިކަން އެނގިއްޖެ. 23 ސެޕްޓެމަބަރުން ފެށިގެން މިގައުމައް ކުރިމަތި ވެފައިވާ ވިއްސާރައިގެ ތޫފާން މިވަނީ މީހަކު ކަނޑު ހުރަސް ކުރަން ނުކެރޭ ވަރުވެފަ.

  2. ނިންމާދީ

    ވެރިކަން ބަދަލުކުރުމުގެ ކަންކަން ކުރިއަށްދަނީ އޮމާންކަމާއެކު ކަމަށް ތަމެން ބުނި ނަމަވެސް މަމެން ބޭނުމެއް ނޫނޭ ތަމެންނަށް އެއްބާރު ލުން ދޭން ވޯޓް ގައި އޮޅުވާލާ މަކަރާއި ހީލަތް ހަދައިގެން ވޯޓް އިން ވައްކަން ކޮށްގެން ވޯޓް ވަގު ރައީސް ހޮވާފައިވާތީވެ. ތަމެން އެއްބަސްވޭ ވޯޓް އަލުން ގުނަން މީގައި އޮވެގެން ނުވާނެ އިތުރު އެއްވެސް ޗޮއިސް އެއްވެސް އަދި އިތުރު އެކްސްކިއުޒެއް ވެސް މިމަގުން މިކަން ހިނގަން ޖެހޭނެއޭ އެނިމުނީއޭ.

  3. ވަގުވޯޓާ

    ގާނޫނީ ހުއްދަ ލިބިގެންތޯ ނޫންތޯ އެކަން ކަނޑައަޅާނީ ރާއްޖޭގެ ކޯޓް ތަކުން ތަމެންނެއް ނޫން ޓްރާންސިޝަނަލް ޓީމަށް އެއްގޮތަކަށް ވެސް ސަރުކާރުން ނުޖެހޭނެ އެއްބާރު ލުން ދޭން ސަބަބަކީ ތިޔާއީ ވަގަށް ވޯޓް ލައިގެން ވަގު ވޯޓް ރައީސް އެއް ގެނެސް ގެން ރާއްޖެ އިންޑިއާ އަށް ވިއްކާލާ ރާއްޖޭގެ މިނިވަން ކަން އިންޑިއާ އަށް ވިއްކާލަން އުޅޭ ބަޔެއް ކަން އެއީ މަމެން ދަންނަ ހަގީގަތެކޭ މިހާރު އިރާގުގައި އޮތީ ކޮން މިނިވަން ކަމެއްތޭ ނެތް ދޯ އެއްވެސް މިނިވަން ކަމެއް ސަބަބަކީ އިގްތިސާދީ މިނިވަން ކަމެއް މީގައި ނެތީމައޭ ހަމަ އެހެންނޭ ތަމެންގެ ވެރިކަމެއް ގައި ވެސް ވާނީ ތިޔާއީ ވަގު ވޯޓް ރައީސް ވަގުވޯޓް ރައީސް ވަގު ވޯޓް ރައީސް ދޯ.

  4. ޑާރކްޑީލަރ

    ތަމެން ދައްކަގަ ގާނޫނެއް މަމެންނަށް ދައުލަތުގެ މުދާ ނުވިއްކޭނެ ކަމަށް ތަމެން ބުނެދެގަ ދައުލަތުގެ އެެސެޓްސް ތައް ވިއްކީ ކޮން ބަޔެއްތޭ އެމްޑީޕީގެ ފުރަތަމަ ދަ ނަހަލާލު ވޯޓް ވެރިކަމުގައި ނޫންތޭ އިންޑިއާގެ ޖީއެމްއާރަށް އެއާރޕޯރޓް ވިއްކާލާ ކަޓް ކާލާ އެކޭ ކަޓް އިން ބަޔެއް ތަމެންނަށް ވެސް ދިނީ އެވާހަކަ ތަމެން ނުދައްކަނީ ކީއްވެތޭ އިބޫ އަށް ވެރިކަން ލިބެންވީމާ ތަމެން ކޮރަޕްޓް ފިލީތޭ އައި ޑޯންނޯ ވަޓް ޓު ސޭ ދޯ ތަމެން ނަކީ ތިޔާއީ ޑާރކް ޑީލް ހަދާމީހުންދޯ..