އިރު ދެކުނު އަރަބި ކަނޑުގައި އުފެދިފައިވާ ބާރުގަދަ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެދާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފިއެވެ.

"ވަގުތު" އަަށް މައުލޫމާތު ދެއްވަމުން މެޓް އޮފީހުން ވިދާޅުވީ އަރަބި ކަނޑުގައި އުފެދިފައިވާ ބާރުގަދަ ކޮޅިގަނޑު ކުރިއަށް އޮތް ދުވަސްތަކުގައިި މިހާރަށް ވުރެ ބާރުގަދަވެ ތޫފާނަކަށް ބަދަލުވެދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެކަމުގެ ސަބަބުން ރާއްޖޭގެ އެއްވެސް ސަރަހައްދަކަށް ސީދާ ގޮތެއްގައި އަސަރު ނުކުރި ނަމަވެސް، ނުސީދާ ގޮތުން ތޫފާނުގެ އަސަރު ކުރާނެކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.

"މި ކޮޅިގަނޑު އަދި ތޫފާނަކަށް އަކަށް ބަދަލެއް ނުވޭ، މި ކޮޅިގަނޑު ދަނީ ރާއްޖެއާއި ދުރަށް ޖެހެމުން ކުރިއަށް އޮތް ދެ ދުވަސްތެރޭގައި ތޫފާނަކަށް ވާނެކަމަށް ބެލެވޭ. ނަމަވެސް މި ކޮޅިގަނޑު ތޫފާނަކަށް ބަދަލުވިޔަސް ރާއްޖެ އަށް ސީދާގޮތުން އަސަރެއް ނުކުރާނެ " މެޓް އޮފީހުން މުސުމާއި ބެހޭ މައުލޫމާތު ދެއްވަމުން ހާމަކުރިއެވެ.

އެ އިދާރާއިން ވިދާޅުވީ މި ކޮޅިގަނޑު އުފެދިފައި ވަނީ ރާއްޖެއާއި މާ ދުރުގައި ކަމަށެވެ. އަދި ތޫފާނަކަށް ބަދަލުވެ އިތުރަށް ދުރަށްޖެހެމުން ގޮސް ތޫފާން އަރާނީ އޮމާންގެ އައްސޭރިފަށަށް ކަމަށް ބެލެވޭ ކަމަށެވެ.

މެޓް އޮފީހުން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަވެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. އަދި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާއްމުގޮތެއްގައި ގަދަވާނެ ކަމަށާއި، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއްކަމަށް މެޓް އޮފީހުން ބުނެއެވެ.

ރާއްޖެ ސަރަހައްދުގައި ވައިޖެހޭނީ ހުޅަނގުދެކުނުން ކަމަށާއި ހުޅަނގުން އެންމެ އުތުރުގެ އަތޮޅުތަކަށް ގަޑިއަކު އަށް މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 17 މޭލާ 27 މޭލާ ދެމެދުގެ ބާރުމިނުގައި، ވިލާގަނޑުގައި ގަޑިއަކު 45 މޭލާ 50 މޭލާ ދެމެދުގެ ބާރު މިނަކަށް ވައިގަދަވާނެކަމަށް އެ އިދާރާއިން ލަފާ ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަހުމަދު

    އަރަބިކަނޑު މާދުރުގަ އޮތީ އައްޑު އަތޮޅާދިމާލަށް އެއިން ކޮޅިގަނޑަކީ މި ވިެއްސާރަ ފެށުނީއްސުރެ އިންނަ އެެްޗެއް. އެޔާ ދިމާލަކަށް ނުބަލަންތަ. ކުރިޔަށް މިއޮތް ހަފްތާއެއްހާ ދުވަސްތެރޭގަ އައްޑުއަށް އޭގެ އަސަރު ފެންނާނެ. މެޓް މީހުން މޫސުން ބަލާގޮތެއް ނިކަން ބުނެލަދީބަލަ

  2. ޚާންބާއި

    މެޓް އޮފީހުގެ ބޭފުޅުން ރައްޔިތުންނައްތިޔަ ފޯރުކޮށްދެއްވާ ޚިދްމަތައް ޓަކާ ފަށްފަށުން ޝުކުރުދަންނަވަން

  3. މެޓް

    A well mark low pressure area has formed over the Southeast Arabian Sea. It is expected to concentrate into a Depression during next 12 hrs.

  4. މ

    އިންޝާﷲ