ވެރިކަން ބަދަލުވުމުގެ މަރުޚަލާގައި ޓްރާންސިޝަން އޮފީހުން ކުރަމުން ގެންދަނީ "ސިޔާސީ ޑީލްތަކެއް" ހެދުމުގެ މަސައްކަތް ނޫންކަމަށް، މި މަރުޚަލާގައި އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަފީރެއްގެ ގޮތުން މަސައްކަތް ކުރައްވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، ހެންވޭރު އުތުރު ދާއިރާގެ މެމްބަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ވެރިކަން ބަދަލުވުމުގެ މަރުޚަލާގައި ހިންގަމުންދާ ކަންކަމާ ގުޅޭގޮތުން މީޑިއާއަށް މަޢުލޫމާތު ހިއްޞާކުރައްވަމުން މިއަދު ހެނދުނު ޝާހިދު ވިދާޅުވީ، ޓްރާންސިޝަންގެ މަރުޚަލާގައި ސަރުކާރުގެ އިދާރާތަކަށް ޒިޔާރަތްކޮށް، އެ މުއައްސަސާތަކުގެ ސިޔާސީ ވެރިންނާ ބައްދަލުކޮށް ސިޔާސީ ވާހަކަ ދައްކައި، ޑީލް ހެދުމުގެ މަސައްކަތްތަކެއް ކުރިއަށް ނުދާނެ ކަމަށެވެ.

"އަޅުގަނޑުމެން މިވަގުތު ކުރަމުން މިގެންދަނީ އިދާރީ މަސައްކަތްތަކެއް، އެއްވެސް ސަރުކާރު އިދާރާއަކަށް އަޅުގަނޑުމެންގެ ޓީމުތައްގޮސް އެ އިދާރާއެއްގެ މުވައްޒަފުންނަށް ނުވަތަ ސިޔާސީ ބޭފުޅުންނާ ސިޔާސީ ވާހަކަ ދައްކައި، އެމަސައްކަތެއް އަޅުގަނޑުމެންގެ ޓީމުތަކުން ނުކުރާނެ. މިއީކީ ސިޔާސީ ޑީލްތަކެއް ހަދާކަށް ކުރާ މަސައްކަތެއް ނޫން." ޝާހިދު ވިދާޅުވިއެވެ.

ޓްރާންސިޝަންގެ މަސައްކަތްތައް ފެށިގެން ކުރިއަށްދާ ދަނޑިވަޅުގައި އިހުލާސްތެރިކަމެއްނެތި ކުރައްވާ ބައެއް ކަންތައްތަކުގެ މަޢުލޫމާތު މީސްމީޑިއާ އަދި މައި މީޑީއާގައިވެސް ފެތުރެމުންދާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

"އޭގެ ތެރޭގައި ސަރުކާރުގެ އިދާރާތަކުގެ އަދި ކުންފުނިތަކުގެ މުވައްޒަފުންނަށް އުސޫލެއް، ހަމައެއް ނެތި ޕްރޮމޯޝަން ދެއްވުމާއި، މަޤާމުގެ ކުރިއެރުން ދެއްވުމާއި، މުސާރަ ބޮޑުކުރެއްވުމާއި، ޕްރޮޖެކްޓްތަކުގައި އުސޫލެއް، ހަމައެއްނެތި ސޮއި ކުރަމުން ގެންދިއުން އަދި ސަރުކާރުގެ އެސެޓްސް، ގޯތި، ފްލެޓް އަދި އެނޫންވެސް އެއްޗެހި ހަމައެއް، އުސޫލެއްނެތި ވިއްކަމުން ގެންދިއުމުގެ މަޢުލޫމާތު، ޚަބަރުތައް މީސްމީޑީއާގައި އަދި މައި މީޑިއާގައިވެސް ފެތުރެމުންދޭ." ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، އެފަދަ ކަންތައްތައް ސަރުކާރުގެ އިދާރާތަކުން ކުރައްވަމުން ގެންދަވާނަމަ އެކަން ހަމަ މިހާރުން މިހާރަށް ހުއްޓަވާލެއްވުމަށް ގޮވާލައި، ސަރުކާރުގެ ހުރިހާ އިދާރާތަކަށް، އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ފަރާތްޕުޅުން ސިޓީއެއް ފޮނުވާފައި ވާނެ ކަމަށެވެ.

"ޓްރާންސިޝަންގެ މި ދަނޑިވަޅަކީ އެފަދަ ކަންތައްތަކަށް ޖާގަ ލިބިދޭ މުއްދަތެއް ނޫން، މިފަދަ ޓްރާންސިޝަނެއްގެ މުއްދަތުގެ ތެރޭގައި ދައުލަތުގެ އެސެޓްސް ވިއްކާފައިވާނަމަ، އެ ވިއްކަމުން ގެންދަނީ އިހުލާސްތެރިކަމެއް ނެތި. އެކަންކަމުގެ މަޢުލޫމާތު އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ލިބުމުން އެންޓި-ކޮރަޕްޝަން ކޮމިޝަނުންވެސް އެކަން ހުއްޓުމަށް އެފަރާތްތަކަށް އަނގާފައިވޭ." ޝާޙިދު ވިދާޅުވިއެވެ.

އިތުރަށް ޝާހިދު ވިދާޅުވީ، ދައުލަތުގެ މުދާ ނުއަގުގައި ވިއްކުމަކީ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމެއްގައި ޖާގަ ނުލިބޭނެ ކަމެއް ކަމަށެވެ.

ޓްރާންސިޝަންގެ މަރުޚަލާގައި ކުރިއަށްދަނީ ސިޔާސީ "ޑީލްތަކެއް" ހެދުމުގެ މަސައްކަތް ނޫންކަމަށް ޝާހިދު ވިދާޅުވިއިރު، ޓްރާންސިޝަންގެ މަރުޚަލާގައި ކުދި ކުދި މައްސަލަތަކެއް ދިމާވި ނަމަވެސް ކުރިއަށްދަނީ އިދާރާތަކުގެ ފުރިހަމަ އެއްބާރުލުމާއެކު، ވަރަށް ވަރަށް އޮމާންކަމާއެކު ކަމަށްވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ.

23 ސެޕްޓެމްބަރ ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި، އިބްރާހީމް މުޙައްމަދު ޞާލިޚު ވެރިކަމުގެ ހުވާ ކުރެއްވުމަށް ހަމަޖެހިފައިވަނީ އާއްމުކޮށް ރައްޔިތުންނަށް ހުޅުވާލެވިގެން ގަލޮޅު ދަނޑުގައި ބާއްވާ ރަސްމީ އިހްތިފާލުގައި އަންނަ ނނޮވެމްބަރ މަހުގެ 17 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޝާފިޢު

    އެންމެ ދޮޅަހަކަށް ޑީލް ދޯ ހެދީ؟

  2. ލަޠީފް

    ހީވަނީ ހަމަ ރައީސް ޔާމީންހެން ހުވައިކުރައްވާނީ!!

  3. ނުދޭނަމޭ

    ނުޖެހޭނެ ބާރުތައް ބަދަލު ކުރަން އެއްބާރުލުން ދޭންވެސް ސަބަބަކީ ތަމެން ތިޔާ ތިބީ ވޯޓް ގައި އޮޅުވާލާ މަކަރާއި ހީލަތް ހަދާފައި ކަން މަމެންނަށް ރަނގަޅަށް އިނގެއޭ އެކަން ސާފުވުމުން މަމެން އެއްބާރު ލުން ދޭނީ މިހާރު އީސީގެ 4 މެމްބަރުން ފިލައިގެން ލަންކާ އަށް އެދިޔައީ އެއީ ޔަގީނޭ މީގައި ވަރަށް ބޮޑު މަކަރާއި ހީލަތެއް އުޅެނީ ކަމަށް ރިޔާސީ އިންތިޚާބުގެ ނަތީޖާ އާއި މެދު މަމެންނަށް ޔަގީންވެ ކަށަވަރު މިކަން.

  4. ވަގުވޯޓޭ

    ގާނޫނީ ހުއްދަ ލިބިގެންތޯ ނޫންތޯ އެކަން ކަނޑައަޅާނީ ރާއްޖޭގެ ކޯޓް ތަކުން ތަމެންނެއް ނޫން ޓްރާންސިޝަނަލް ޓީމަށް އެއްގޮތަކަށް ވެސް ސަރުކާރުން ނުޖެހޭނެ އެއްބާރު ލުން ދޭން ސަބަބަކީ ތިޔާއީ ވަގަށް ވޯޓް ލައިގެން ވަގު ވޯޓް ރައީސް އެއް ގެނެސް ގެން ރާއްޖެ އިންޑިއާ އަށް ވިއްކާލާ ރާއްޖޭގެ މިނިވަން ކަން އިންޑިއާ އަށް ވިއްކާލަން އުޅޭ ބަޔެއް ކަން އެއީ މަމެން ދަންނަ ހަގީގަތެކޭ މިހާރު އިރާގުގައި އޮތީ ކޮން މިނިވަން ކަމެއްތޭ ނެތް ދޯ އެއްވެސް މިނިވަން ކަމެއް ސަބަބަކީ އިގްތިސާދީ މިނިވަން ކަމެއް މީގައި ނެތީމައޭ ހަމަ އެހެންނޭ ތަމެންގެ ވެރިކަމެއް ގައި ވެސް ވާނީ ތިޔާއީ ވަގު ވޯޓް ރައީސް ވަގުވޯޓް ރައީސް ވަގު ވޯޓް ރައީސް ދޯ.

  5. މަހަށްދޭބަލަ

    މިދުވަސްވަރު ސަރުކާރުން ކުރާ މުއާމަލާތްތަކަށް ހިތްވަރު ނުދޭން ގޮވާލައިފި ނަމަވެސް އެނުވާނެ ލެޖިޓިމޭޓް ގޮވުމަކަށް ސަބަބަކީ މަމެން ޕިންކީންގެ ސަރުކާރަށް ރައްޔިތުންގެ %85 ވޯޓް ދިނީ އެއީ މަމެން ނަށް 5 އަހަރުގެ ދައުރެއްގެ ވެރިކަން ކުރުމަށެވެ. އެކަން މަމެން މިކުރަނީ އޭގެ ތެރެއަށް ތަމެން ބޭނިގަނެގެން އުޅެން ނަހަދާ ގެންނަގަ ކޯޓް ހުކުމެއް ސަރުކާރުން މުއާމަލާތް ކުރަން ޖެހޭނީ ތަމެންގެ ހުއްދަ ނަގައިގެން ކަން.

  6. މަހަށްދޭބަލަ

    ތަމެންނަށް ނުބުނެވޭނެ ސަރުކާރުގެ މުވައްޒަފުން މަމެން ޕިންކީންގެ ވެރިކަމުގައި ކުރާ މުއާމަލާތް ތައް ނުކުރުމަށް އެއްބާރުލުން ދިނުމަށް ކޮޒް އެއީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫނޭ ގާނޫނީ ގޮތުން މަމެންގެ ސަރުކާރު ހޮވާފައިވަނީ 5 އަހަރުގެ ޓާރމް އަކަށް ސޯ 5 އަހަރު ވަން ދެން މަމެންނަށް ކުރެވޭނެ ހުރިހާ ކަމެއް ވެސް ތަމެން އެކަން ހުއްޓުވަން ބޭނުން ނަމަ ސްޕްރީމް ކޯޓުގެ ހުކުމެއް ގެންނަގަ އެއިރުން އެކަން ހުއްޓާނީ އިނގޭތޭ މަހަށް ދޭބަލަ ދެން މަަހަށް މަހަށް ދޭ..

  7. ރައްޔިތުން

    ނުކުޅުންދެރިކަމުގެ ތެރެއިން ޔާމީން ބަދަލުކޮށްފައިވާ ހުވައިކުރުމުގެ ދުވަސް 17 ގައި އިބޫ ހުވައިކުރި ކަމުގައި ވިޔަސް އީބޫ ވާނެ ރާއްޖޭގެ ތާރީޚް އިއާދާ ކޮށްދޭން މި ބުނީ އިބޫގެ ވެރިކަމުގެ 5 އަހަރު 17 ނޮވެމްބަރ އަށް ނުހިފާ އަދި ކިއެއްތަ 11 ނޮވެމްބަރ ވާގޮތަށް ކަންކަން ހަމަޖައްސަަން ގެއްލިގެންދާ 6 ދުވަސް ގުރުބާން ކޮށްލަން - އޯކޭދޯ

  8. މުކޭ

    ނުހާދަނޭ ބުންޏަސް އިތުބާރެއް ނެތް. ދެފުއްކެހެރި

  9. މަމެން

    މަމެންނަށް މިހާރު ހުންނާނީ ރަނގަޅަށް ރާކަނިމަސް ކެވިފައޭ ބުނާކަށް މަނެތީމް

  10. ލީމަން

    މިއީ ފައްކާ ޑީލަރެއް... އަމިއްލަ ފައިދާ އަށް ނޫނީ އެއްކަމެއްވެސް ނުކުރާނެ...

  11. ވަހީދު

    ބެއްޔާގެ ވެރިކަމުގައި ރައީސް އޮފީހުން ނެގި ލޯނު ނިންމާލީ ޑީލަކުން ނޫންކަން ޔަގީން ކޮށްދީބަލަ ސާހިދު.

  12. ހުސެން

    ވޯޓު ވަގު