ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް އަށް އަމާޒުކޮށް ޓްވިޓަރ މެދުވެރިކޮށް ކުރެއްވި ލޯބީގެ އަސަރުގަދަ ޓްވީޓަށް އެންމެންގެ ސަމާލުކަން ލިބިއްޖެއެވެ.
އަނބިކަނބަލުން ނަސްރީނާ އިބްރާހިމްގެ ފޮޓޯއާއި އެކު ރައީސް މައުމޫން ކުރެއްވި ޓްވީޓުގައި އެމަނިކުފާނު ވަނީ ނަސްރީނާއަށް ތައުރީފްކޮށް ލޯބީގެ ބަސްތަކުން އެކަމަނާއަށް ސަނާ ކިޔައިފައެވެ.
"އޭނާގެ އާދަޔާ ހިލާފު ވަރުގަދަކަން. އޭނާގެ ހިތްވަރަކީ ހަނދާނުން ފޮހެވޭނެ ހިތްވަރެއް ނޫން. ތި ވަފާތެރިކަމުގައި ހައްދެއް ނެތް. ތި ލޯތްބަކީ މި ދުނިޔެ މަތީ ކަމެއް ނޫން. ލޯތްބަކީ އާދަޔާ ހިލާފު އެއްޗެއް." އަނބިކަނބަލުން ނަސްރީނާއަށް އަމާޒުކުރައްވާ މައުމޫން ކުރެއްވި ޖަޒުބާތީ ޓްވީޓްގައިވެއެވެ.
https://twitter.com/maumoonagayoom/status/1048464355358957568
އަދި ނަސްރީނާ ފަދަ އިހްލާސްތެރި އަދި ވަފާތެރި ހަޔާތުގެ ބައިވެރިއެއް ދެއްވި ކަމަށްޓަކައި ކުރީގެ ރައީސް މައުމޫން ވަނީ މާތް ﷲ އަށް ހަމްދުކުރައްވާފައެވެ.
"އަހަރެންގެ ލޯބިވާ އަންހެނުން، އަހަރެންގެ އެންމެ ގާތް އެކުވެރިޔާ. މި ނިއުމަތަށް އަހަންނަށް ދެއްވި ކަމަށްޓަކައި މާތްﷲ އަށް ހަމްދުކުރަން،" ރައީސް މައުމޫން ވިދާޅުވެފައިވެ އެވެ.
ރައީސް މައުމޫން ނަސްރީނާއަށް ތައުރީފް ކުރައްވައި ޓްވީޓެއް ކުރައްވާފައިމިވަނީ އެމަނިކުފާނު ޖަލުގައި އަށް މަސް ދުވަހު ހޭދަ ކުރެއްވުމަށްފަހު އެނބުރި ގެކޮޅަށް ވަޑައިގެންނެވެ. ކަފާލާތުގެ ދަށުން ރައީސް މައުމޫން ދޫކޮށްލާފައިވާއިރު އެމަނިކުފާނު މިނިވަން ކުރުމަށް ގިނަ މަސައްކަތްތަކެއް އަނބިކަނބަލުން ނަސްރީނާ ކުރައްވާފައިވެ އެވެ.
އެގޮތުން އެއްގޮތަކަށް ވެސް މީޑިޔާއާ ވާހަކަ ނުދައްކަވާ ނަސްރީނާ ވަނީ ރައީސް މައުމޫން ހައްޔަރުކުރުމާއެކު އެމަނިކުފާނުގެ ދިފާއުގައި މީޑިއާތަކުގައި ވާހަކަދައްކަން ފައްޓަވާފައެވެ. އަދި އެމަނިކުފާނުގެ ހައްގުގައި ބަޔާންތައް ނެރުއްވާ މުވައްސަސާތަކަށްވެސް ހިންގެވިއެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ކައިވެނި ކުރައްވާފައިވަނީ 1969 ވަނަ އަހަރުގައެވެ. މިހާރު އެ ދެމެފިރިންގެ ކައިވެންޏަށް ވަނީ 49 އަހަރު ފުރިފައެވެ.
އެއްކަލަ ބެއްޔާ. ތިހެން ކިތައްމީހުންނަށް މެސެޖު ކުރަން.
މާތްﷲއަށް ހަމްދު ކުމުގެ ގޮތުން އަނބި ކަނބަ ލުންގެ އައުރަ ނިވާކޮއްގެން އާއްމުންގެ ތެރެއަށް ނެރުމަށް ދަންނަވަން
އަސަރު ކުރިއަސް އަމިއްލަ ނަފްސު މަތީން ހަނދާން ނައްތާނުލާތި ތިބާވެސް ދުނިޔޭގައި ދިރިހުރެއްޖެ ނަމަ ހަމަ ވާނީ ބެއްޔާކަށް،
ކީކޭ؟
މޮޔަފުޅުވީތޯ
ކޮބާތަ މޮޔަފުޅުވެފަ އަޖައިބެއްނު ދެން
ދެން ބުނެބަލަ ބުރުގާއަޅާށޭ.
ސޯ ވަޓް.. ވަގުތު ޖެލެސް؟؟
އޮރިޔާން ނިވާނުކުރާ އަންހެނުންނަށް ގަދަފަދަ އަޒާބު ތައްޔާރުކުރެވިފައި ވާކަމާއި ސުވަރުގޭގެ ވަސްވެސް އެފަދަ އަންހެނުން ނުދެކޭނެ ކަމަށް ވާ އިލާހީ ބަސްފުޅުތަށް އެހުރީ ގިޔާމަތާ ޖެހެންދެން ފެންނަފަށުގައި. އަނބިމީހާގެ އައުރަ ނިވާކުރުމަށް ފިރިމީހާ ކުރަންޖެހޭ ކަންކަންކަމަށް ވަނީ ކަނޑައެޅިފައި، އެބަޔަކު ކުޅަ އަމަލެއްގެ ޖަޒާފުރިހަމަޔަށް ލިބޭނީ މަހުޝަރުގެ މައިދާނުގައިކަން އާހިރަތް ދުވަހަށް އީމާންވާ ބަޔަކަށް އެނގޭނެ. އެދުވަހަކީ ދަރިޔަކުން މުދަލަކުން އަދި އެހެން ވެސް އެއްޗަކުން ނަރަކައިގެ އަޒާބަށް ހުށަހެޅިފައިވާ މީހާ ސަލާމަތް ކުރެވޭނެ ދުވަހެއްނޫން.
އާޙިރަތުގެ ހުރިހާ ހަގީގަތެއް ރަގަޅަށް އެގިހުރެ ތިބެއްޔާ އޭނަގެ ވެރިކަމުގަ މީހުންނަށް އަނިޔާ ކުރީވެސް. ހޫނނނނ އަނިޔާވެރި މައުމޫން
މާތްﷲ ދެނެވޮޑިގަންނަވާނީ އީމާންތެރިކަން ހުރިވަރެއް ދީނީ އިލްމާއި ހާލަތު. ގަސްތުގާ ފާފަކޮށްގެން ނުވާނެ އަޅުގަނޑުމެން އެކަކުވެސް އެކަމުވެސް ތައުބާވެ އިސްލާހުވާން މާތްﷲ ފުރުސަތެއްދެއްވަވައިފިނަމަ ދެންވެސް ތައުބާނުވަންޏާ އަޒާބު ހައްގުވާނެ އެހެންނު އަޅުގަނޑުމެން ކޮންމެ މީހަކަށްވެސް
ތިހާވަރު ވިސްނުނީތީ ، ޝުކުރު ކުރަން،
ޥަރަށްގިނަ އަނބިންނަކީ ތިޔަ ވިދާޅުވިހެން ފިރިމީހާ ދެކި ލޯބިވާ، ފިރިމީހާއަށް ވަފާތެރި ، އަޚްލާޤު ރަނގަޅު މީހުން، އެކަމަކު ފިރިމީހާ ގައިގަ ބާރުހުންނަ ދުވަހު ހިތަށްއެރި ގޮތަކަށް އުޅެމުންދާއިރު އެކަމެއް ނުވިސްނޭ،
ގިނަ ފިރިންނަށް އެކަން ވިސްނެނީ ގައިބާރު ދެރަވެ، އެކަނިހާލަށް ނޫޅެވޭވަރު ވުމުން.
މިއީ ރާއްޖޭގަ 99 ޕަސެންޓް މިކަން އޮތްގޮތް.
ބައެއް ފިރިންނަކީ ގައިގަ އާރާއި ބާރު ހުންނައިރު އަނބިހާ ބަލިވެ އޮތަސް އެންމެ ކުޑަމިނުން ޑޮކްޓަރަށް ދައްކާލަންވެސް އެހީތެރި ނުވާބައެއް. ޚުދު އަޅުގަޑުވެސް މި ތަޖުރިބާ އެބަ ކުރަން. ބަލިވެ ނުތެދުވެވިފަ އޮތަސް ގެއަށް ވަންނައިރު ޮކަންތައްތައް ފުރިހަމަ ނުވެ ހުރުމުން ރުޅިއައިސް ޒުވާބު ކޮށްފަ ނުކުމެގެންދާނީ، ބާރު ކެނޑި އަމިއްލަ ޙާލަށް ނޫޅެވޭ ވަރު ވުމުގެ ކުރިން އެބަޖެހޭ އަނބިމީހާގެ އަގު ވަޒަން ކުރަން، އެހާލަތަށް ދިޔައީމައެއް ނޫން އަނބިހާގެ އަގު ވަޒަން ކުރަން ޖެހޭނީ. ތިމާއަށް ކަމެއް ދިމާވާ ދުވަހު ތިމާއާ އެކު ހުންނާނީ ހަމަ އަނބިމީހާ،
މާތްﷲ ތިބާއަށް ހެޔޮރަހުމަތް ލައްވަވާށި އާމީން
އަހަންނަށް ވަރިހަމަ!
މައުމޫނު ބޭބެއަށް ވެދުން. ތިހިރަ އުޅޭ ޔާމީނުގެ މަތިން ހަނދާން ކޮށްލާފަ ސުނާމީ މޮނިއުމެންޓް އެ އުފަންވި ތަނަށް ގެންގޮސް ދެއްވާފަ، އެހިސާބުގަނޑުގައި ބޮޑު މިސްކިތެކޭ ކިޔާފަ ކުރާ ޢިމާރާތާއި ޖެހިގެން އެއޮތް ހުސް ބިން އެއޮތްގޮތަށް އިހަތް ބާއްވަދެއްވުމަށް ބާރު އަޅުއްވާ ދެއްވަ. އެއީ ޑޭވިޑު ހާރޑިންގހަމްޓަމް ގެ ބޭނުމަށް ބިންކޮޅެއް އޮންނަން ޖެހޭތީއެވެ.
މަށަށް ހީވަނީ ނައްޓު ރަގަޅަށް ބަވާލީހެން ޝުކުރު އަދާނުކޮށްގެން. ބުރުމާ ނަހުލާއަށް ޝުކުރު އަދާކުރިގޮތަށް އެކަން ނުކުރީމަ.
މަމޫނު ކުނިކޮށްގެން ހުންނާތީ ޝުކުރުއަދާކުރީ
ތިޔަކަންވެފަ އޮންނާނީ ދޮންކަލޯ ތިޔަ ބުނިގޮތަށް. ޖަލުން އައިސް ގެއަށްވަދެ ހަމަޖެހި ނުލެވި އުޅެނިކޮށް ހިންދެމިނުލެވޭ ވަރަށް ބަވާއަޅާލީ ކަމަށްވާނީ.
މިއަދު އެމްޑީޕީއަށް ކުރީގެ ރައީސް މައުމޫން ވެރެއް ނެތް އެކަމަކު ކޯލިޝަން ރޫޅުނީމަ ގޮވާނެ އަނެއްކާ އަނިޔާވެރި 30 އަހަރޭ!!! ޓައިރެންޓެކޭ!!! ޑިކްޓޭޓަރެކޭ!!! ވިސްނައިގެން ހުންނަވާތި. އެމްޑީޕީ ވާނީ އެމްޑީޕީއަށް....އެމްޑީޕީ ކޯލިޝަން އަށް ވަފާތެރި އެއނުވާނެ. އެމްޑީޕީ މީހުން އުޅޭނީ އަމިއްލަ އެދުމާ އަމިއްލަ ޕާޓީގެ މަސްލަހަތަށް އެކަނި.
މާފޮޅުވަން ޖެހޭނެނޫން އަދި ޓީން އޭޖްގެ ދެކުދިން ވިއްޔާ، އެއިން އެގެނީ އެސޮރުގެ ހިތް، ދެންކިހިނެތް ވެރިކަމާ ނުތޮޅި ހުންނާނީވެސް، ދުވަހަކުވެސް ހިތް ނުފުރޭނެ، ދީނީ އިލްމު އެގިހުރި ދީނުގައި އަންގަވާފައިވާ ކަންކަން ނުކޮށް ދޫކޮއްލާ މީހެއްގެ އިހުސާންތެރި ކަމެއް ހުންނާނެތަ؟
މި ދެވެރިން ލޯބީގެ ފިލްމެއް ކުޅެން ރަގަޅުވާނެ އޭރުން 65 އަހަރު މަތީގެ ވަރަށްގިނަ މީހުންބަލާނެ އަދި މިކަމަކީ ފައިދާވެސް ވާނެކަމެއް!