އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)، ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒަންގް ލިޒޯންގްއާ ބައްދަލުކުރައްވައިފިއެވެ.
މިބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު އިންތިހާބީ ރައީސްގެ ރަސްމީ ކެމްޕެއިން އޮފީސް ހިންގަމުން އައި ސޯލްޓް ކެފޭގައެވެ. ނަމަވެސް މި ބައްދަލުކުރެއްވުމާ ގުޅޭ އިތުރު މައުލޫމާތެއް އެއްވެސް ފަރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.
އިންތިހާބީ ރައީސް ޗައިނާ ސަފީރާ ބައްދަލުކުރެއްވިއިރު އިބޫއަށް މަރުހަބާ ވިދާޅުވެ ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ މެސެޖެއް ވެސް ފޮނުއްވާފައެވެ.
އެ މެސެޖެއްގައި ޝީ ޖިންޕިން ވިދާޅުވީ ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އެކި ދާއިރާތަކުން ބަދަހިކުރަން ޗައިނާ އިން އޮތީ ތައްޔާރަށް ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން ޗައިނާ އިން ވަރަށް ބޮޑަށް ވަޒަންކުރާ ކަމަށާއި އިބޫގެ ވެރިކަމުގައި ވެސް ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން ބޭނުންވާ ކަމަށް ޝީ ވިދާޅުވިއެވެ.
ޗައިނާއަކީ މިހާރު ވެރިކަމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ވަރަށް ގާތް ގުޅުމެއް ބޭއްވި ގައުމެކެވެ. އެގޮތުން މާލޭ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބުރިޖާއި ވެލާނާ އެއާޕޯޓުގެ އާ ރަންވޭގެ މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ ޗައިނާގެ ކުންފުނިތަކުންނެވެ.
އިންތިހާބީ ރައީސް ޗައިނާ ސަފީރާ ބައްދަލުކުރެއްވިއިރު، މީގެ ކުރިން އެމަނިކުފާނު ވަނީ ރާއްޖޭގައި ހުންނަ އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާ އާއި ވެސް ބައްދަލުކުރައްވާފައެވެ.
ތަމެން އެންމެ ފަހުން ޗައިނާ ސަފީރު އާއި ބައްދަލު ކުރަން މަޖްބޫރުވީ ދޯ އިންޑިއާ ގާތު ބުނޭ މަހަށް ދާށޭ އެމެންނަށް ޗައިނާ އާއި ނުކުޅެވޭނެ ކަން އިންޑިއާ އަކީ ޚުދު އިންޑިއާގެ އަމިއްލަ ހާލާއިގެން ނޫޅެވޭ ގައުމެއް އެގައުމުގައި ރޭޕް ކޭސް އެހާ ގިނަ ލޫޓުވުން އެހާ ގިނަ ސިޔާސީ މީހުން ދައުލަތުގެ ޚަޒާނާ އިން ވައްކަން ކުރަނީ އެމީހަކު އަތު ޖެހުނު ތަނަކުން އިންޑިއަން ރުޕީސްގެ އަގު ވެއްޓިއްޖެ ދެން އިންޑިއާ އޮޔާ ދިޔާ އޭ މަމެން ބުނަން ނެތީމު މޮދީ މަހަށް ދިޔާދޯ...
ތަމެން ސަފީރުން ފީންނަކާއި ބައްދަލު ކުރި ނަމަވެސް މަމެން ގެ އަޒުމެއް ނުގުޑާނެއޭ މަމެން އިލެކްޝަންސް ކަމިޝަން އިން އިއުލާން ކޮށްފައިވާ އިންތިޚާބުގެ ނަތީޖާ ގަބޫލެއް ނުކުރާނަމޭ މަމެން މިމައްސަލަ ކޯޓަށް ވައްދާނަމޭ ތަމެން ކިތަންމެ ވަރަށް ޕްރޮޕެގެންޑާ ފެތުރި ނަމަވެސް މިނޫން ގޮތެއް މީގައި އޮވެގެން ނުވާނެއޭ މިނޫން އިތުރު އެއްވެސް ޗޮއިސް އެއްވެސް އަދި އިތުރު އެކްސްކިއުޒެއް ވެސް އޮވެގެން ނުވާނެއޭ މިމަގުން މިކަން ހިނގަން ޖެހޭނެއޭ އެނިމުނީ ޗެޕްޓަރ ކްލޯސްޑް
އިބޫ އާއި ޗައިނާގެ ސަފީރު ބައްދަލުކުރައްވުމުން ތަމެން އެެއިން ދައްކާ ދެނީ ތަމެންނަށް ލިވޯޓް އެއީ ސައްހަ ވޯޓް ކަމަށްތޭ މަމެން އެކަން ގަބޫލެއް ނުކުރާނަމޭ ތަމެން އަލުން ވޯޓް ގުނަ އުޅެގަ ޕީޕީއެމް އިން އެބުނަނީ ކާމިޔާބީ އޮތީ ވަރަށް ގާތުގައި ކަމަށް އެހެން ކަމަށްވާނަމަ މަމެންނަށް ޔަގީނޭ ވޯޓް ގައި އޮޅުވާލާ މަކަރާއި ހީލަތް ވަރަށް މައްޗަށް ހަދާފައި އެބަހުރި ކަމަށް ހިނގަމުން އަންނަ ސަރުކާރަކަށް އެންމެ ދެ އަތޮޅުގެ މެޖޯރިޓީ އެއް ނޫން ލިބޭނީ އެއީ ޔަގީން..