ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ލާލެ ވަޑައިގެންފިއެވެ.

3 އަހަރަށްވުރެ ގިނަ ދުވަހު އިނގިރޭސިވިލާތުގެ ސިޔާސީ ހިމާޔަތް ހޯއްދަވައިގެން އެ ޤައުމުގައި ދިރިއުޅުއްވުމަށްފަހު، ކުރީގެ ނައިބު ރައީސް ޖަމީލް ރާއްޖެ ވަޑައިގެންފައިވަނީ ދާދި ދެންމެއެވެ.

ޑރ.ޖަމީލު ރާއްޖެ ވަޑައިގެންނެވުން - ވަގުތު އިމޭޖެސް: އަހުމަދު އަލީ

ޑރ.ޖަމީލް ދާދި ދެންމެ ރާއްޖެ ވަޑައިގެންނެވުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީން އެމަނިކުފާނަށް މަރުޚަބާ ދަންނަވާފައިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމާއި، ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުން އަދި ގުޅިފައިވާސާ ސިޔާސީ ކޯލިޝަނުގެ އިސް ވެރިންނެވެ.

ރާއްޖެ ވަޑައިގެން މީޑިއާއާ ވާހަކަ ދައްކަވަމުން ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވީ، އެނބުރި މިނިވަން ރާއްޖޭގެ ޖައްވަން އާދެވުމުން ވަރަށް އުފާވެއްޖެ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ޤައުމު އާރާސްތު ކުރުމުގެ އައު މަރުޚަލާއަކަށް ދަތުރު ކުރާނެ ކަމަށެވެ. އަދި ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުންގެ ރިވެތި އަހުލާހުގެ ލާމަސީލު މިސާލެއް ދައްކުވާފައިވާ ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.

ޑރ.ޖަމީލު ރާއްޖެ ވަޑައިގެންނެވުން - ވަގުތު އިމޭޖެސް: އަހުމަދު އަލީ

"ރާއްޖެ އާދެވުމުން ވަރަށް އުފާވެއްޖެ. އަޅުގަނޑު ދެކޭގޮތުގައި މީ ދިވެހި ޤައުމިއްޔަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް، ކުރިއަށް މިއޮތް ދުވަސްތަކުގައި ﷲ ގެ އޮރާދަފުޅާ އެކީގައި އަޅުގަނޑަށް ފެންނަނީ އާރާސްތު ކުރުމުގެ އައު މަރުޚަލާއަކަށް ރާއްޖެ ދަތުރުކުރާނެކަމަށް." ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވިއެވެ.

ޖަމީލް ނައިބު ރައީސް ކަމުގައި ހުންނަވައިގެން ރާއްޖޭން ބޭރަށް ވަޑައިގެން ހުންނަވަނިކޮށް، ރައްޔިތުންގެ މަޖިލީހުން އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި ނައިބު ރައީސް ކަމުގެ މަޤާމުން ވަނީ ވަކިކޮށްފައެވެ. އެއަށްފަހު އެމަނިކުފާނު ދިރިއުޅުއްވަމުން ގެންދެވީ އިނގިރޭސިވިލާތުގައެވެ.

ޑރ.ޖަމީލު ރާއްޖެ ވަޑައިގެންނެވުން - ވަގުތު އިމޭޖެސް: އަހުމަދު އަލީ

ޖަމީލު ރާއްޖެ ވަޑައިގެންނެވިއިރު، ޖޫމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް އަހަރަކަށްވުރެ ގިނަ ދުވަހު ޖަރުމަނުވިލާތުގައި ދިރިއުޅުއްވުމަށްފަހު ބުރާސްފަތި ދުވަހު ވަނީ ރާއްޖެ ވަޑައިގެންފައެވެ. ޤާސިމްގެ އަރިހުގައި ޖުމްހޫރީ ޕާޓީގެ ރައީސް ޢަލީ ވަހީދާއި، ކައުންސިލް މެންބަރު ޝާހްވެސް ވަނީ ރާއްޖެ ވަޑައިގެންފައެވެ. ހަމައެއާއެކު ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ޕޮލިޓިކަލް އެޑްވައިޒަރ ޢަބްދުﷲ ޖާބިރުވެސް ވަނީ ރާއްޖެ ވަޑައިގެންފައެވެ.

ޑރ.ޖަމީލު ރާއްޖެ ވަޑައިގެންނެވުން - ވަގުތު އިމޭޖެސް: އަހުމަދު އަލީ

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގަތުމުގެ ކުރިން ރާއްޖެއިން ބޭރުގައި މިހާރު ދިރިއުޅުއްވަމުންގެންދަވާ ސިޔާސީ ލީޑަރުންތައް ރާއްޖެ އައުމުގެ މަސައްކަތްތައް ވަނީ ފައްޓަވާފައިވާއިރު، އަންނަ ނޮވެމްބަރ މަހުގެ 1 ވަނަ ދުވަހު ކުރީގެ ރައީސް މުޙައްމަދު ނަޝީދުވެސް ރާއްޖެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. Anonymous

    އައިސް ހިނގާދާނެއެއްނު. ވޯޓު ވަގުން

  2. Someone

    lol next joke please

  3. މުހައްމަދު

    ގިނަވެގެންވާނީ އަހަރެއްހާދުވަސް އިބޫގެ ސަރުކާރު ކަމުނުގޮސްގެން މީނާބަޢާވާތް ކުރާނެ.
    މާޒީގާކަންތައް ހިނގާފާހުރީ މެހެންކަން ރައްޔިތުން ހަންދާންނުނެތެޔޭ.
    ބޮނޑިބަތް.

  4. ޒަރީ

    ދޮޅު އަހަރު ވަންދެން މަޑުން ތިބެލާފަ ވެރިކަމާ ތޮޅެން ފެށުން ވަރަށް ކައިރި. ކުރިން ވެސް ނާއިބުކަމުން ބޭރުކުރަންޖެހުނީ އަޑިއަޑިން ގޭސް ގަނޑެއް އަނބުރަން ފެށިފަހުން. މިފަދަ މީހޫން މާގިނަ ދުވަހު އެކީގަ ގެންގުޅުމަކީ އެއްވެސް މީހަކަށް ވާވަރު ކަމެއް ނޫން.

  5. އާލު

    ބޮނޑިބަތް ތެލި ހިހޫ ނުވަނީސް މިސޮރު ރައްކާވާނެ! ބަލަން ތިބެމާ!

  6. އަފީ

    ރާއްޖެ އާރާސްތު ކުރަން، މީ ހަނގުރާމަ ހިނގަމުންމުންގޮސް ވީރާނާވެފައި އޮތް ސަހަރެއްތޯ؟ ބަލަގަ މިތަނަށް ހާދަ ތަރައްޤީ އަތުވެއްޖެޔޭ ވޭތުވެ ދިޔަ ފަސް އަހަރު. ވެރިކަމާ ހެދި ފިތުނަ އުފެއްދުމަށް ކޮންމެ ފަދަ ވާހަކަ އެއްވެސް ތިބައިގަނޑު ދައްކާނެ.

  7. އާދިލް

    ދުން ގަނެފައި ހުރި ބޮނޑިބަތް ތެއްޔެއް ކާނެ މީހަކު ނުވާނެ! އެއުޅޭ އާމިރު އަތުން ނަގައިފައި ހުރި 2 އައިފޯނަށް ފައިސާ ދައްކާފައި ދެން މިފަހަރު ފުރާތި!

  8. ދޮންކަލޯ

    ބޮނޑިބަތްތޯއެ އުދަން ވީ. ބޮނޑިބަތްތޯއެ އުދަންވީ އެ އުދަން ވީ.....

  9. ރަސީދު

    ބޮޑި ބައް ކައްކަން ވީ އަވަހައް

  10. ފާތު

    ހޮރުހޮރުން ހިނިތައް ނިކުމެގެން އަންނަނީ....
    ދެން ހިނިތައް ގަޔަށް އަރައިގެން ހަފާވަރުން މީހުންނަށް އުނދަގޫތަކާ ކުރިމަތިލާން އަނެއްކާވެސް މިޖެހުނީ....

  11. ހަސީނާ

    މިޔަދު ވިއްސާރަކަމުން ބޮނޑިބަތް ނުކެކުނީ ވިއްސާރަ އަލިވީމަ ބޮނޑިބަތް ކައްކާގެން ގެންގޮސްދޭނަން.

  12. ޅަގޮޑި

    ޥީރާނާ ކުރާ ސަރުާރު ކޮބާތޯ.

  13. ޢަބްދުﷲ

    ޢިލްމުވެރިޔަކު އުފައްދައި ނެރުމަކީ، މަދުފަހަރަކު ގިނަދުވަހުން ކުރެވޭ ކަންކަމެވެ.