ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ހަރަކާތްތެރިވަމުންދާ އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލަށް ގުޅުމަށް ފަހު ގަދަ ކަމުން އެބޭފުޅުން ލައްވާ އިގުރާރު ތަކުގައި ސޮއިކުރުވަމުންދާ ކަމަށް ވެރިކަން ކުރާ ޕާޓީ ޕީޕީއެމް އިން ބުނެފިއެވެ.

ޕީޕިއެމް އިން ސިލްސިލާ ކޮށް ބާއްވަމުން ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ޕީޕީއެމްގެ ސްޕޯކްސްޕާސަން އަދި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ހަރަކާތްތެރިވަމުންދާ އިލެކްޝަންސް ކޮމިޝަނުގެ ކޮމިޝަނުގެ އޮފިޝަލަށް ގުޅުމަށް ފަހު ގަދަ ކަމުން އެބޭފުޅުން ލައްވާ އިގުރާރު ތަކުގައި ސޮއިކުރުވަމުންދާ ކަމަށާއި މި އިގުރާރު ތަކަކީ މާކުރިން ސޮއިކޮށްފައި ހުންނަން ޖެހޭ އިގުރާރުތަކެއް ކަމަަށެވެ.

" މި އިގުރާރުތަކަކީ މާކުރިން ސޮއިކޮށްފައި ހުންނަން ޖެހޭ އިގުރާރުތަކެއް. އެހެން ނަމަވެސް އެކަން ނުކޮށް ތިބެ މިއަދު ގުޅުވައިގެން އެބޭފުޅުނަށް މަޖުބޫރު އެބަކުރޭ ބެކް ޑޭޓެއް ޖަހާފައި އެ އިގުރާރުތަކުގައި ސޮއިކުރަން " އާރިފް ވިދާޅުވިއެވެ.

އާރިފް އިތުރަށް ވިދާޅުވީ އިލެކްޝަން ކޮމިޝަނާއި ދިމާލަށް އަމާޒުވެވޭ މި ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ބަދަލުގައި އެބޭފުޅުންގެ ފަރާތުން ފެނިގެން ދަނީ ޖަދަލު ކުރަން އުޅުއްވާ މަންޒަރު ކަމަށެވެ. އާރިފް ވަނީ އިލެކްޝަން ކޮމިޝަންގެ މައްޗަށް ބޮޑެތި ތުހުމަތު ތަކެއް ކުރެވިފައި ވަނިކޮށް އެކޮމިޝަންގެ ހަތަރު މެންބަރުން ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމުން ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރ އަހްމަދު ނަރީޝް ވިދާޅުވީ އަމިއްލަ ހައްއިސިޔަތުން އޭނާ ވެސް އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް އިންތިހާބާއި ބެހޭ މައްސަލައެއް ހުށައެޅި ކަމަށާއި ނަމަވެސް މިއަދާއި ހަމައަށް ވެސް އެއަށް ޖަވާބެއް ލިބިފައިނުވާ ކަމަށެވެ.

އިލެކްޝަން ކޮމިޝަނުގެ މެންބަރުންގެ މައްޗަށް ބޮޑެތި ތުހުމަތު ތަކެއް ކުރެވޭ އިރު އެ ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާ އާއި ކޮމިޝަންގެ މެންބަރުން ކަމަށްވާ، އިސްމާއިލް ހަބީލް އަބްދުލްރަހުމާނާއި، ކޮމިޝަންގެ މެންބަރު އަހްމަދު އަކްރަމާއި، ކޮމިޝަންގެ މެންބަރު އަލީ ނަޝާތު ވަނީ މިވަގުތު ތިބީ ލަންކަގައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    ކަންބޮޑުވާ ތިފަދަ މައްސަލަތަމާއި ތުހުމަތުތައް ހުރީމަ ތިހާ މަޑުމައިތިރިކޮށް ސިމްޕަތީވާފާޑަށް އެއްޗެއް ބުނެބުނެ ނުތިބެ ހައްލުނުވިައްޔާ މައްސަލަތައް ވައްދަންޖެހޭ ކޯޓަކަށް ވައަދާ ޝަރީޔަތްހިންގުމަށް އަވަސްކުރޭ، އަހަރުމެން ޕީޕީއެމްގެ ސަޕޯޓަރުނަގެ ހައްޤު ހީޯއްދަވައި ދެއްވުމުގާ ފަސްނުޖެހުމަށް ޕީލީއެމްގެ އިސް އޮފިށަލުންނަށް ގޮވާލަން، މައްސަލަ އެބަހުއްޓޭކިޔާފަ ހުސްއަނގަތަޅާ ބަޔަކަށްނުވޭ

  2. ބަލާތި

    އީސީގެ މެމްބަރުން ރާއްޖޭން ބޭރަށް ދިޔައީ އެމެން ރާއްޖޭން ބޭރުގައި ތިބެގެން ހެކި ނައްތާލުމުގެ ނިޔަތުގައޭ މިއަދުން މިއަދަށް އެބަޖެހޭ ފުލުހުންގެ އިލެކްޝަންސް ކަމިޝަން ބަލަހައްޓަން އެނޫން ނަމަ އެތަނުގެ ސާރވާގައި ހުރިއްޔާ ހުރި ހުރިހާ ލިޔެ ކިޔުން ތައް ވެސް އިލެކްޝަންސް ކަމިޝަން އިން ނައްތާލާނެއޭ އަދި ކުއްލިއަކަށް އެތަނުގައި ރޯވެސް ވެދާނެއޭ މިހިރީ ހިނގައިފާނެ ކަންކަމޭ މިކަމާއި މެދު ސަރުކާރުން ސަމާލު ވާން ޖެހޭނެއޭ އަދި ވެސް މިއޮތީ މަމެންގެ ސަރުކާރު ދޯ..

  3. ބަލާތި

    އީސީގެ މެމްބަރުންނަށް މަރުގެ އިންޒާރުދީގެން އެމެން ނޯންނާނެ އެއިން އެއްވެސް މައްސަލަ އެއް ޕޮލިހަށް ރަސްމީ ކޮށް ހުށައަޅާފައި މިއިން އެގިގެން ދަނީ އެމެންނަށް މަރުގެ އިންޒާރު ދޭ ބަޔަކު ދެނީ އެއީ އެމެން އަޑީގައި ތިބެގެން ގަސްތުގައި ކުރުވާ ކަމެއް ކަމަށްވާނީ ރިއަލީ އެމެންނަށް މަރުގެ އިންޒާރު ދޭނަމަ އެކަން ޕޮލިހަށް ހުށަަނޭޅީ ކީއްވެތޭ ދެން އީސީގެ ރައީސް ޝަރީފުގެ ވީޑިއޯ ލީކް ވުމުން އޭނާ ބުނި ފުލުހަށް މައްސަލަ ހުށައަޅާނަމޭ ހުށައެއް ނާާޅާ ދޯ އަދިވެސް ދޯ..

  4. ކީއްވެތޭ

    އީސީގެ މެމްބަރުން ރާއްޖޭން ބޭރަށް ލަންކާ އަށް އެދިޔައީ އެއީ ސީދާ އެމެން އިލެކްޝަންސް ކަމިޝަންގައި ތިބެގެން ވަރަށް ބޮޑަށް އޮޅުވާލުމާއި މަކަރާއި ހީލަތް ރިޔާސީ އިންތިޚާބުގައި ހަދާފައިވާތީއޭ ޕީޕީއެމް އިން ބުނޭ ވަރަށް އަވަހަށް ކާމިޔާބު ވާނެއޭ އެކަމަކު އަދި އެންމެ ކޭސްއެއްވެސް އިލެކްޝަންސް ކަމިޝަން އާއި ދެކޮޅަށް ފައިލް ކުރި ތަނެއް ފެނިގެން ނުދޭ މީ ކިހިނެއްވާ ކަމެއް ޕީޕީއެމްގެ އިސްބޭފުޅުން ތިޔާ ކުރާ ކަންކަންދަނީ ވަޅަށް ގެރި ވެއްޓިގެން އެނަގަން ޝަރީއަތް

    • ާAhmed

      ހާދަ ގަބުޅިއޭ. ދުވަހަކުވެސް ވަޅަކަށް ގެރިއެއް ވެއްޓިގެން އެއްވެސް ބަޔަކު ޝަރީޢަތެއް ކުރަން
      ޢުޅުނުބާ؟ ވާނުވާ ނޭގުނަސް ތަޅުވާބާލާ!

  5. ޖައްސަބަލަ

    އީސީ މެމްބަރުން ފުރާވަޑައިގަތުމުން ކަންބޮޑުވޭ އެވަރުތޭ ހަމައެކަނި ޕީޕީއެމް އަށް ކޮށްލެވެނީ ކުރަން ޖެހޭނެ ވަރަކީ ކީއްވެގެންތޭ އިލެކްޝަންސް ކަމިޝަންގައި 5 މެމްބަރުން ތިބޭ އިރު އެއިން 4 މެމްބަރުން އެއްފަހަރާ ލަންކާ އަށް ކަނޑާލީ މީގެއިން އެގިގެން ދަނީ ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ވޯޓްގައި ސީދާ ފްރޯޑް ޕްރެކްޓިސް ތައް ވަރަށް ގިނަކަން ވެރިކަން ކުރަމުން ދިޔަ ޕާރޓީ އަކަށް އެންމެ ދެ އަތޮޅެއްގެ މެޖޯރިޓީ އެއް ނޫން ލިބެން ޖެހޭނީ މަމެން ގަބޫލު ނުކުރާނަމޭ.

  6. ރައްޔިތުން

    ހިތުން މޮޅުކޮށް ބޮން ހަދައިގެން ތިއްބާ އެބޮން އަތަށް ގޮވީމާ މުޅި ފޯމިއުލާ ނުބައިވީ އެންމެ ފަހުން ތިޔަ އިށީންނަށް ގޮނޑިދަށުން ގޮވަންފަށާނެ. އަމިއްލައަށް ފޭހުނު އިލޮށި އަމިއްލަ ލޮލަށް ހެރިފަ ތިތިބީ ރައްޔިތުންގެ ނިންމުން ސާފުކުރީ ޕިންކީ އިންނެވެ. ދެންލަލާ. އަދިވެސް އަތްޖަހާލާ ޔަޤީން.