ދެ ސައިކަލް ޖެހިގެން މަޖީދީ މަގުގައި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ މަޖީދީމަގާއި ސޯސަން މަގު ގުޅުނު ހިސާބުން މިއަދު 16:00 ހާއިރުއެވެ. މި އެކްސިޑެންޓު ހިނގީ މަޖީދީ މަގުން ދެކޮޅަށް ދުއްވާފައި ދިޔަ ދެ ސައިކަލް ޖެހިގެން ކަމަށް މަޢުލޫމާތު ލިބެއެވެ.

މިއަދު އެކްސިޑެންޓު ހިނގި ވަގުތު ދެ ސައިކަލް ދުއްވަންވެސް ދެ ފިރިހެނުން ތިބިއިރު، އެކްސިޑެންޓުގައި އެއިން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް އެކްސިޑެންޓުވީ ދެ ސައިކަލަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ވަނީ ލިބިފައެވެ.

އެކްސިޑެންޓު ހިނގުމާއި އެކު ފުލުހުން ވަނީ އެ ސަރަޙައްދުގައި ހަރަކާތްތެރިވާން ފަށާފައެވެ. ނަމަވެސް އެކްސިޑެންޓާއި ގުޅިގެން ފުލުހުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

މިއަދު މަޖީދީ މަގުގައި އެކްސިޑެންޓެއް ހިނގިއިރު، މާލެއާއި ސިނަމާލެ ބުރިޖުގައި ހިނގާ އެކްސިޑެންޓުތައް ވަނީ އިތުރުވެފައެވެ. މިއިން ބައެއް އެކްސިޑެންޓުތަކުގައި ބައެއް މީހުނަށް ވަނީ ބޮޑެތި އަނިޔާވެސް ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު