ދިވެހިރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވަން އަދި ވެރިކަން ދަމަހައްޓަން އޮތް ހަމައެކަނި ކާމިޔާބު ފޯމިއުލާއަކީ "ކޯލިޝަން" ކަމަށް މި ސަރުކާރުގެ އެންމެ ފުރަތަމަ ނައިބު ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ޕޮލިޓިކަލް އެޑްވައިޒަރ ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ތިން އަހަރާއި ހަތަރު މަސްދުވަހު އިނގިރޭސިވިލާތުގެ ސިޔާސީ ހިމާޔަތް ހޯއްދައިގެން ރާއްޖެއިން ބޭރުގައި އުޅުއްވުމަށްފަހު، މިއަދު މެންދުރު ރާއްޖެ ވަޑައިގެން ޖަމީލް ވިދާޅުވީ، ރާއްޖޭގައި މިހާ ހިސާބަށް އައިރު ކޮންމެ އިންތިޚާބެއް ކާމިޔާބުވެފައިވަނީ ކޯލިޝަނެއްގެ ތެރެއިން ކަމަށާއި، އަދުގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ވެސް ކޯލިޝަނަކާ ނުލައި ވެރިކަމުގެ ޒައާމަތުގެ ވަސްވެސް ނުލިބުނީސް ކަމަށެވެ.

"އެހެންވީމާ، ރާއްޖޭގައި ކާމިޔާބު ފޯމިއުލާއަކަށް އޮތް ހަމައެކަނި ފޯމިއުލާއަކީ "ކޯލިޝަން". ރާއްޖޭގައި ދެންވެސް ވެރިކަމެއް ދަމަހައްޓަން ބޭނުންކަމުގައި ވަނީ ނަމަވެސް އަދި އޭގެ ފަހުން އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައިވެސް އަޅުގަނޑުގެ ނަސޭހަތަކީ ހަމަ ގުޅިގެން ހިނގާށޭ ކުރިއަށްދާން. އިރާދަކުރެއްވިއްޔާ ކާމިޔާބުވާނެ." މިވަގުތު ޖުމްހޫރީ ޕާޓީގައި ހުންނެވި ޖަމީލް ވިދާޅުވިއެވެ.

އިމާމު އަލީގެފާނުގެ ބަސްފުޅަކުން މިސާލު ނަންގަވަމުން ޑރ.ޖަމީލް ވިދާޅުވީ، ކޮންމެ ރީތިކަމެއް ނުބައި ހީކޮށްގެން ހުރުމަކީ ކޮންމެ ރީތިކަމެއް މަރާލާ ކަމެއް ކަމަށެވެ. އަދި ވޭތުވެދިޔަ ފަސް އަހަރުގެ ދައުރުގައި ދިމާވި މައްސަލައަކީ ރާއްޖޭގައި ތިބި ލީޑަރުން "ދުއްވާލަން" މަސައްކަތް ކުރުން ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.

"މިދިޔަ ފަސް އަހަރުގައި ދިމާވި މައްސަލައަކީ ރާއްޖޭގައި ތިބި ހުރިހާ ލީޑަރޝިޕެއް ދުއްވާލަން މަސައްކަތްކުރީ، އެ ލީޑަރުންނާ ނުލައި ކަންތައްތައް ކުރަން ދިމާކުރީ. އަޅޫގަނޑުހިތުން އޭގެ ސަބަބުން ހަޤީޤަތުގައި ރައީސް ޔާމީނަށް އެންމެ ބޮޑު ނާކާމިޔާބީއެއް ކުރިމަތިލާންޖެހުނީ. އަޅުގަނޑުމެން މިތިބީ ހެޔޮ ނިޔަތުގައި، އަޅުގަނޑުމެންގެ ވިސްނުން ހުރީ ހެޔޮ ގޮތަށް، ﷲ ތަހުމަތާ އެކީގައި އިރާދަކުރެއްވިޔާ ފުރިހަމައަށް ކާމިޔާބުކޮށް ގެންދެވޭނެ." ޖަމީލް ވިދާޅުވިއެވެ.

ދިވެހިންނަކީ ވަރަށް ހިތްވަރުގަދަ ބައެއް ކަމަށާއި، ޖަޒުބާތުގައި ޖެހުނު ނަމަވެސް ދިވެހިންގެ އަޒުމް ވަރަށް ވަރުގަދަވާނެ ކަމަށް ޖަމީލް ވިދާޅުވިއެވެ. އަދި ދިވެހި ރައްޔިތުންގެ ހައްޤުތަށް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ކަށަވަރު ވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ވަރަށް ޔަޤީންކަން އެބައޮތް އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް ފަސް އަހަރަކީ ހަޤީގީ މާނައިގައި ރާއްޖޭގައި ލިޔުނު ދުސްތޫރަށް އަމަލީގޮތުން އަމަލުކުރަން ލިބޭ ފުރުޞަތަކަށް ވާނީ. ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވޭ ހައްޤުތަކުގެ ގެރެންޓީއެއް. ހަމައެކަނި ލިޔުމެއް ނޫން ބޭނުންވަނީ. އެ ހައްޤުތަކުގެ ގެރެންޓީއެއް ދިވެހި ރައްޔިތުން ބޭނުންވަނީ. އަޅުގަނޑު ހިތުން ކުރިއަށް އިތް ދުވަސްތަކުގައި އެކަން ރައްޔިތުންނަށް ފެނިގެންދާނެ." ޖަމީލް ވިދާޅުވިއެވެ.

އިތުރަށް ޖަމީލް ވިދާޅުވީ، ތަޖުރިބާކާރު، ޤައުމަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ލީޑަރުންނާއި، ޒުވާން ލީޑަރޝިޕްތަކާއެކު ކުރިއަށް އޮތް ފަސް އަހަރު ކާމިޔާބު ކަމާއެކު ކުރިއަށް ދެވޭނެކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބައޮތް ކަމަށެވެ.

"އަޅުގަނޑަށް ވަރަށް ފުރިހަމަ ޔަޤީންކަމެއް އެބައޮތް މާތް ﷲ ގެ ތަނަވަސް ރަޚްމަތާ އެކީގައި މިތިއްބެވި ހުރިހާ ބޭފުޅުން، އިސް ލީޑަރުން އޮނަރަބަލް ޤާސިމް އިބްރާހީމް، ރައީސް މަޢުމޫން، ރައީސް ނަޝީދު، އަދި އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަދި ނައިބު ރައީސްގެ މަޤާމަށް އިންތިޚާބުވެވަޑައިގެންނެވި ފައިސަލް ނަސީމް، މިބޭބޭފުޅުންގެ ޒައާއްމަތުގައި އަޅުގަނޑު ޤަބޫލުކުރާގޮތުގައި ހަމަ ފުރިހަމަ ގޮތުގައި އަޅުގަނޑުމެންނަށް ގެންދެވޭނެ." ޖަމީލް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވަން އަދި ވެރިކަން ދަމަހައްޓަން އޮތް ހަމައެކަނި ކާމިޔާބު ފޯމިއުލާއަކީ "ކޯލިޝަން" ކަމަށް ޖަމީލް ވިދާޅުވި ނަމަވެސް މާޒީގައި ފެންނަން އޮތް ހަޤިޤަތަކީ ކޯލިޝަން ހަދައިގެން ވެރިކަމަށް އާދެވުނު ނަމަވެސް، ވެރިކަމަށް އަންނަ އުކުލަވާލާ ފުޅާ ކޯލިޝަންތައް ވެރިކަމުގެ ކުރީކޮޅުގައި ބައިބައިވެގެންދިޔަތަނެވެ. އެގޮތުން 2008 ވަނަ އަހަރު ކުރީގެ ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަންނަވަން ހެދި ކޯލިޝަނާއި، 2013 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމަށް ވަޑައިގަންނަވަން ހެދި ކޯލިޝަންވެސް ވަނީ ރޫޅިފައެވެ.

ހަމައެއާއެކު، ކޯލިޝަނަކީ ކާމިޔާބު ފޯމިއުލާއެއް ކަމަށް ޖަމީލް ވިދާޅުވިއިރު، ކޯލިޝަނުގައި ލީޑުގައި ހުންނެވި އެމްޑީޕީގެ ލީޑަރު މުޙައްމަދު ނަޝީދު ކެމްޕޭންގެ ތެރޭގައި ވިދާޅުވެފައިވަނީ ކޯލިޝަނަކީ ކާމިޔާބުވާނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ފަހުން ކޯލިޝަނުގެ ވާހަކަތައް ބައްޓަންވެފައިހުރި މަޖިލީހުގެ ތެރެއިން ހަދާ ޤާނޫނެއްގ ތެރެއިން ނަމަވެސް ކޯލިޝަން ދަމަހައްޓާ ކަހަލަ ގޮތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސޯޕް ލައިޓް ބްރަދަރ

    އެއީ ވޯޓުން ވައްކަންކުރުމުގެ ފޯމިއުލާތަ؟

  2. ކަށަވަރޭ

    ކާމިޔާބު ފޯމިއުލާއަކީ ކޯލިޝަން، ވެރިކަން ދެމެހެއްޓޭނެ ކަމަށް ތަމެން ބުންނަސް އެކަމެއްނުވާނެއޭ އެކަމުގެ ނިޝާން ތަކޭ މިހާރު ފެނިގެން އެދަނީ ލޮއްލަ އިކޮނޮމިކް މިނިސްޓަރު ކަމަށް ފައި ނަގަނީ ލޮއްލަ އަށް އިކޮނޮމިކް މިނިސްޓަރު ކަން ދިނުމޭ ފަސްމާމުލު ފަސްވަގުންގެ ބޭބެ އަށް އިކޮނޮމިކް މިނިސްޓަރު ކަން ދިނުމޭ ތަފާތެއް ނެތޭ ތަމެން ގެ ވެރިކަމެއް ކާމިޔާބެއް ނުވާނެ އިންޑިއާ އާއި ގުޅިގެން ލަންކާގައި އޮތް ކޯލިޝަން ސަރުކާރު އިނދަޖެހިގެން ދެން ގުޅެނީ ޗައިނާ އާއި ގުޅުނީ ގުޅުނު އިރު ވަގުތު ފާއިތު ވެއްޖެ އިންވެސްޓަރ ކޮންފިޑެންސް ގެއްލިއްޖެ ލަންކާ އެވަނީ 100 އަހަރު ފަހަތަށް އިގްތިސާދު ސޮއްސާލާ ލަންކަން ރުޕީސްގެ އަގު ވެއްޓިފައި މަމެން ލޮނު ލައިގެން ބަތެއް ނުކާނަން އިބޫގެ ވެރިކަމުގައި ޑޮލަރުގެ އަގު ބޮޑު ނުވެއްޖެނަމަ އޭނާ ކުރާނެ މަހަކު 6 ދަތުރު ރާއްޖޭން ބޭރަށް ސަރުކާރުގެ ޚަރަދުގައި އެވެސް ފްލައިޓެއް ފުރާލައިގެން ޔޫރަޕް އަށް ދެން ވާނީ ކިހިނެއް ޑޮލަރު ކޮޅު އެއްކޮށް ހުސްއަރުވާލާނެ ކަން މަމެންނަށް ޔަގީންވެ ކަށަވަރު.

  3. ހިނގާދޯ

    ކާމިޔާބު ފޯމިއުލާއަކީ ކޯލިޝަން، ވެރިކަން ދެމެހެއްޓޭނެ ކަމަށް ތަމެން ބުންނަސް މަމެން ނެތީމޭ އެކަން ގަބޫލުކުރަން ކާމިޔާބު ފޯރމިއުލާ އަކީ އެއީ ވޯޓް ގައި އޮޅުވާލާ މަކަރާއި ހީލަތް ހެދުން އަދި އީސީގެ މެމްބަރުން ގަނެލުން ކޮންމެ މީހަކަށް 5 މިލިއަން ޑޮލަރު ދީފައި އަދި އޮފިޝަލުން ވޯޓް ފޮށި ތައް ކައިރީގައި ތިބޭ ކޮންމެ މީހަކަށް އީސީގެ މެމްބަރުން 1 މިލިއަން ރުފިޔާ ބަހާލުން އެއީ ކާމިޔާބު ފޯރމިއުލާއަކީ ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް. ހިނގާ ވޯޓުން ވައްކަންކުރަން ހިނގާ ކުރަމާ ދޯ.

  4. ޢަބްދުﷲ

    މިފަހަރުވެސް މިރާއްޖޭގެ ރައްޔިތުން ވޯޓްލާފައިވަނީ، ކޯލިޝަނުގެ ފަރާތުން ނެރެފައިވާ ކެނޑިޑޭޓަށެވެ. އާދެ! އިބޫއާއި އޭނާގެ ރަނިންމޭޓަށެވެ. އަދި މީގެކުރިން 2008 އާއި 2013 ގައިވެސް މިރާއްޖޭގެ ރައްޔިތުން ވޯޓްލާފައިވަނީ، ކޯލިޝަނުގެ ފަރާތުން ނެރެފައިވާ ކެނޑިޑޭޓަށެވެ. އެހެންކަމުން، ރައްޔިތުން އެދޭގޮތަކީ، ކޯލިޝަނުގެ ފަރާތުން ވެރިކަން ނަގަހައްޓައި ދެމެހެއްޓުން ކަމަށްވާއިރު، އިބޫވަނީ، ހަތަރު ލީޑަރުންގެ ބައިވެރިވުން ހޯދައިގެން ކޯލިޝަންގެ ވެރިކަމެއް ކޮށްދެއްވާނެ ކަމަށް އެއްބަސްވެފައެވެ.

  5. ޑިމޮކްރަޓިސްޓް

    ކަލޭމެން ގާސިމު ޅޮސްއުނދޯއްޔަށް ލައިގެން ހެއްލަން ދެއްކޭނެ ކޮންމެ ވާހަކައެއްވެސް މިހާރުދައްކާނެ. އެއީ ކަލޭމެންބޭނުންވާކަންކަން ގާސިމުގެ ސިކުނޑި ދޮވެލައިގެން ތިތިބީ ކޮށްގެން. ގާސިމުގެ އުނދޯލި ވާކަނޑައިގެންދާނެ ދުވަހެއްގެ އިންތިޒާރުގަ މިހިރީ.

  6. އަން

    ދިވެހިން އެއްމެ ކުރިން ދަސްކުރި ރެސިޕީއަކީ ބޮޑިބަތުގެ ރެސިޕީ.