ރާއްޖޭގެ ރީތި ގޮނޑުދޮށެއްގައި އަންހެނަކު ބަރަހަނާ ހާލުގައި ފޮޓޯ ނަގައި އެ ފޮޓޯތައް މީސްމީޑިއާގައި ދައުރު ކޮށްފިއެވެ.
އިނގިރޭސި މޮޑެލްއަކު ރާއްޖޭގެ ރިސޯޓެއްގެ ގޮނޑުދޮށުގައި ނަގާފައިވާ އެ ފޮޓޯތައް މިހާރު އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ޢާންމުކޮށްލާފައި ވާއިރު، ގިނަ ބައެއްގެ ފާޑުކިއުން އެކަމަށް ދަނީ އަމާޒުވަމުންނެވެ.
ވެރިކަންކުރާ މާލެ އަތޮޅުގައި އޮންނަ އެ ރިސޯޓުގައި އޭނާ ނިވާކަން ކުޑަ ހެދުމުގައި އާއި، ބަރަހަނާ ހާލުގައި ފޮޓޯ ނަގާފައިވަނީ ރާއްޖެއަށް ކުރި ދަތުރެއްގައި މީގެ ހަފްތާއެއްހައި ދުވަސް ކުރިންނެވެ. އެގޮތުން އެންމެ ފުރަތަމަ ފޮޓޯ ރާއްޖޭގައި ނަގައި ދައުރުކޮށްފައި ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގައި ކަމަށް ވެއެވެ.
އޭނާ ރާއްޖެއަށް ކުރި ދަތުރުގައި ރާއްޖޭގެ ރީތިކަން ފެނި ރާއްޖެއާއި މެދު ޚާއްސަ ލޯތްބެއް ޖެހިފައިވާކަން ހާމަކޮށް ގިނަ ޢަދަދެއްގެ ފޮޓޯތައް ޢާންމުކުރަމުންދާއިރު، މިއީ އޭނާ ރާއްޖެއަށް ކުރި ފުރަތަމަ ދަތުރުކަމަށް ވެއެވެ. އެ ދަތުރު ނިންމާލުމަށްފަހު މިހާރު އޭނާ ރާއްޖެއިން ފުރާފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.
ރާއްޖޭގެ ގޮނޑުދޮށެއްގައި ބަރަހަނާ ހާލުގައި ފޮޓޯ ނަގައި އާންމުކުރަމުންދާ މި މައްސަލަ މިހާރު ފެންމަތިވެފައި ވާއިރު، މީގެ ކުރިންވެސް މިފަދަ ޢަމަލުތައް، ރިސޯޓުތަކުގައި އާއި މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގި މައްސަލަތަކެއް ހޫނުވެފައި ވެއެވެ. ބަރަހަނާ މަންޒަރުތައް ހިމެނޭ ޑޮކިއުމަންޓްރީ އާއި ފިލްމުތައް ރާއްޖޭގައި ކުޅުމަށްވެސް މީގެ ކުރިން ބައެއް ބޭރުގެ ފަރާތްތަކުން މަސައްކަތް ކޮށްފައި ވެއެވެ.
މިހާރު އިނގިރޭސި މޮޑެލްއަކު މީސްމީޑއާގައި ޢާންމުކުރަމުންދާ ފޮޓޯތަކާއި ގުޅިގެން އަދި ރަސްމީ ފަރާތަކުން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ޢާންމު ގޮތެއްގައި މިފަދަ މަންޒަރުތައް ރާއްޖޭގައި ނަގަނީ ބޭރުން ފަތުރުވެރިންގެ ގޮތުގައި ރާއްޖެއަށް އަންނަ މީހުންނެވެ. އެގޮތުން ކުރީގެ މަޝްހޫރު މޮޑެލްއެއް ކަމަށްވާ، ކެޓީ ޕްރައިސް މިދިޔަ އަހަރު ރާއްޖޭގައި މިފަދަ ފޮޓޯތަކެއް ނަގައި އާންމުކުކުރި އިރު، ޑިސްކަވަރީ ޗެނަލުން ދައްކާ ޑޮކިއުމަންޓްރީ އަކަށް ޓީލް ހެލާޓްއާއި ކްލޭވް ނަމަކަށްކިޔާ ދެ ފަންނާނަކުވެސް ރާއްޖޭގައި ބަރަހަނާ ވީޑިއޯ ނެގި މައްސަލައެއް ފެންމަތިވެފައި ވެއެވެ.
އެއީ ކޮންކުއްޖެއް! އިންސްޓަރ އައިޑީ ޝެއާކޮއްލަ ބަލަ!
އަލީ ކީއްކުރަން އެއީ ކޮންކުއްޖެއްތޯ ބަލަނީ؟؟؟އެފޮޓޯތައް ބަލާހިތުންދޯ؟؟
އެއީ އެމީހުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަން ކުރިކަމެކޭ . އިޝްތިހާރު ކޮށްދެނީ ހިލޭ . ސަޅިއެއްނު. ކައޭމެން ތިވިސްނަނީ ކޯންޗަކުންތަ؟ އެހެންނޫނަސް މިރާއްޖޭގެ ރައްޔިތުން މިހާރު މިކަހަލަ ސަޅިކަންކަމައް ނުލާހިކުލޯބިކުރެއޭ، ކައޭމެންނައްވެސް އިނގެ އެންނު ރާއްޖމީހާރު މިދަނީ ތަހުޒީބުވަމުންކަން. ބަލަންތިބެބަލަ! ކުރިއަށްއޮތްފަސްއަހަރު ތެރޭ މިރާއްޖެ ޔޫރަޕްފެންވަރައްޖައްސާލާނެ. މާލޭގެ މަގުތައް ފައިބަރގްލާސްކޮށްލާނެ. ދެންޒުވާނުން އުޅޭނީ ލަމްބޯގިނީ ކަހަލަފެންވަރުގެ ކާރުގަ. އޮންނާނީ ޕީސް. އެއްވެސްމީހަކު ހައްޔަރުކޯށް އަދަބުލިބޭތަން ނުފެންނާނެ. ސަޅިއެއްނު.
ބަލަ ޔޫރަޕުގަ އޮތް ބަލިތަކާ ވަބާތައް ނުލިބިގެންތަ ތިއުޅެނީ؟! މިހާރުވެސް ސިފިލިސްއާ އެނޫންވެސް އެސް.ޓީ.ޑީ އިން ސަލާމަތްނުވެގެން އެއުޅެނީ. ކަލޭމެންނަކީ ހަމަ ޗީޕް ބައެއް. އަމިއްލަ ފިކުރެއް ވިސްނުމެއްވެސް އޮތްބައެއްނޫން. ދޮންމީހުން މޭކަޕްކޮށް އޮރިޔާންވީމަ އެތަން ދުށުން އެއީ ކަލޭމެންގެ ދިރިއުޅުމުގެ ހައިލައިޓް.
އިގިރޭސިން ވިއްޔާ އޮރިޔާަންފޮޓޯ ކީއްކުރަން އޮރިޔާން ފިލްމުނެގިޔަސް އޯކޭވާނެ!
މީހުން ދިރިއުޅޭ މާފުށީގަ ވެސް ބޭރު މީހުން ބަރަހަނާ ވެގެން އުޅެނީ ދިވެހިންވެސް ބަރަހަނާ ވެގެން އުޅެނީ ބުރާ އާ ޖަގިޔާ އެކަނި ލީމަ ވޭތަ ނިވާ ކުރި ކަމަށް ކިތަށް ދިވެހިން ތަ ބަރަހަނާ ހާލުގަ މަގުމަތީ އުޅެނީ
ތިއީ އަދި އަޖައިބުވެ ހައިރާން ވާންޖެހޭ ކަމެއް ނޫނެއްނު. ރާއްޖޭގެ ރިސޯޓް ތަކުގަ އޯޕަން އެއަރގަ އޮރިޔާން ފިލުމް ކުޅެފައި އެބަހުރި.
މާފުށީގައި އެއްވެސް އިރެއްގައި އޮރިޔާމުން ގެސްޓުން އުޅެގެން އެއްވެސް މީހަކަށް ފެނިފައެއްނުވޭ .. ބިކިނީގައި އުޅުމަކީ ގެސްޓުން ކުރާނެ ކަމެއް... ބިކިނީގައި ތިބޭ މީހުން މާގިނައިން ފެންނާނެ ހިންދީ ޗެނަލްތައް ބެލީނަ ... އެ އޯކޭ ދޯ....
ދެންބުނޭ މާފުއްޓަކަށް ގެސްޓުންނެއްނާދޭ.ކޮންދޮގެއް ހަދާކަށް މާފުށީގަ އެންމެ ފުރަތަމަ ބިކިނީ ބީޗްހަދާ ބިކިނީގަ އުޅެން ހުއްދަދިނީވެސް
ބަލަގަ ފިލްމުތައް އެއީ ދަރިންނަށްވެސް ދެއްކީމަ ފެންނާނެ އެއްޗެއް.. ބައެއް މީހުންގެ ދަރިން ފިލްމު ބެލިޔަސް އޭގެ މާނައަކީ އެންމެންގެ ދަރީން އެ ބަލާނެ އެކޭ ނޫން... އެކަމަކު ހުރިހާ އެންމެންވެސް މޫދައްދާ ތަނުގަޔާ މީހުން އާންމު ކޮށްދާ ތަންތަނުގައި ބުކިނީގަ ތިބީމަ ބަލން ބޭނުން ނުވާ މޫހުނަށްވެސް ފެންނާނެ... އެމީހުން ފެނިދާ ނެތީ ދެން އަހަރެމެންވީ ވީއޯ ގޭގަ ތިބެން.. ބަލަ އަދިވެސް އަހަރެމެންތަ ގޭގަ ތިބެންވީ.. އެމީހުން އެހެން ތިބުން މަނާކުރަންވީ ކީ ނޫންތަ... މީ ކ. ދިއްފުށީގެ ވެސް ހާލަތު.. ގެސްޓް ހައުސް ތަކުން އިސްތިހާރުވެސް ކޮށްލަތީ 3 ބިކިނި ބީޗޭ ކިޔާފަ.. ލާރިޔާގެން ބޫތުކައިފަ
ރިސޯޓުތަކުގަ ކުރާތިކަހަލަ ކަންތައް ހުއްޓުވޭނީ އެރިސޯޓަކުން ހުއްޓުވަން އުޅެންޔާ. ރިސޯޓު ތަކުގަ ތިބެވެނީ ހަމައެކަނި އެރިސޯޓެއްގެ މެނޭޖްމަންޓުން ހުއްދަދޭ ބަޔަކައް. ގެސްޓް އެރައިވަލްގަ ބަރަހަނާ ހާލުގަ ޕަބްލިކް ތަންތާނޫލޭވޭނެ ކަމައް އެމީހުންނައް ކިޔާދޭނަމަ އެމީހުން އެއައް އިހްތިރާމް ކުރާނެ. ޢެކަމަކު ގިނަމީހުން ބަލަނީ ވީހަވެސް ބޮޑަކައް އެމީހުންނާ ގައިގޯޅިވެ އެމީހުން އުޅޭގޮތައް އުޅޭވޭތޯ، އެހެންވީމަ ތިކަހަލަ ކަންތަކަކީ ވަރައްބޮޑައް ދޫކޮއްލާފަ އަދި އެގޮތައް އުޅޭ މީހުންނާ ތަނުގެ މުއައްޒަފުން ވަރައް ގާތް ގުޅުމެއްބާއްވާނެ. ގިނަފަހަރައް އެކަހަލަ ކުދިން ޗުއްޓީ ނިންމާފަދާއިރު ހަރަދުކުރަން ގެނައިލާރި ކޮޅު ހަމަދަބަހުގަ ހުންނާނީ އޭގެބޭނުމެއްނުޖޭހޭނެ އެކަމަކު ހުރިހާ މަޖަލެއްގަ ބައިވެރިވެވޭނެ. ރިސޯޓް ގައިސްއާސޯކޫލް އެންޑްދޭލަވް ޓުހޭފްފަން އެންޑް އެންޖޯއީ ލައިފް. %99 އޮފްދެމް ވޯޓްސް ޓު މޑޕ އެންޔޫނޯދަ ރީސަން.
މާތް ﷲ މިފަދަ ނުބައި ކަންތައްތަކުން އަޅަމެންގެ ރާއްޖެ ސަލާމަތް ކުރައްވާށި. އާމީން
އާމީން
ރާއްޖެއަށް ސުނާމީއާ ބިންހެލުން އަންނަނީ މިހެންވެއޭ ކިޔާ ބިރު ދައްކައިގެން ގެސްޓުންނަށް ރާއްޖެ އާދެވޭނީ ކަޅު ޖިލްބާބުގައި ކަމަށް ކޮންމެވެސް ކޯޓަކުން އަމުރެއް ނެރުވަންވީނު ކަނޑު އަޑީގައި ހުރި ސްކަލްޕްޗަރ ތައް ނެންގި ގޮތަށް؟
ކޮން ކޮހެއް ގޮވާކަށް. މީ ދިވެހި ރާއްޖެ. ކަލޭމެން ބޭނުންހާ ގޮތަކަށް އުޅެންދޭ ޔޫކޭ ނޫނީ އެމެރިކާއަށް.
ތިވާހަކަ ނުދައްކާ. އެއީ ހާރޑިންގހަމްގެ ކޮއްކޯފުޅޯ.
ތިކަހަލަ ބައިވަރު ފޮޓޯ އެބަހުރި ނަގާފަ އެ ފޮޓޯ ތައް އަދި ފެންނާނީ އިބޫގެ ވެރިކަމުގަ ... އެ ބަދުނާމް އަޅުވާނީ ކޯލިޝަން ސަރުކާރުގެ ބޮލުގަ...
ޢެއްވެސް ކަހަލަ ގާނޫނެއް ގަވައިދެއް ނޯނާތީ އެހެންވަނީ ރާއްޖެއަށް އަޔަސް އިސްލާމީ ގޮތަށް އެމީހުންނަށް އުޅެވެންޖިހޭނީ ރިސޯޓުގަ ވިއަސް އެގޮތް އޮންނަން ޖިހޭނީ. ދެން ފަތުރުވެރިންނޭ ކިޔާފަ އެމީހުން ގައުމުގަ އުޅޭގޮތަށް މިތަންތާގަ އުޅޭކަން ނުޖިހޭ. އެ މަންޒަރުތައް ބަލަން ބޭނުންވާތީ މަނާކުރާ މީހަކު ނެތީ
މިރާއްޖޭގެ އެއްވެސް ރަށެއްގައި އެއްވެސް މީހަކަށް އެއްވެސް އިސްތިސްނާ އެއްނެތި ނުކުރެވޭ ޒާތުގެ ކަންތައްތައް ޤާނޫނުގައި ބުނެފައިވާއިރު، ތިޔަކަމަކީވެސް މިރާއްޖޭގައި އެއްވެސް މީހަކަށް އެއްވެސް ތަނެއްގައި ނުކުރެވޭނެކަމެކެވެ.
ރާއްޖެ މިވަނީ ވަރަށްވެސް ބޮޑަށް ދުނިޔަވީ މަސްތެއްގައި...މުދަލާއި ތަނަވަސްކަން ހޯދުމަށް ހުރިހާ ހެޔޮކަމެއް ޤުރުބާންކޮށްފައި ނަމަވެސް ހޯދުން މުހިއްމުވޭ. ފާޅުގައިވިޔަސް ވަންހަނާކޮށްވިޔަސް ފާޙިޝް ކަންކަމަށް މުސްލިމުން އިންކާރު ކުރަންވާނެ. މަޒުމޫނުގައި ފާހަގަކޮށްފައިވާ "ރީތި ގޮނޑުދޮށް" ﷲއަށް ޝުކުރުވެރި ނުވާނަމަ ގެންދެވުމަށް އެކަލާނގެ ކުޅަދުންވަންތަ. 2004 ގެ ސުނާމީއަކީ މާ ދުރުގައިވާ މާޒީއެއް ނޫން. ފާފައިގެ އަހުލުވެރިންނަށް މުސްލިމު މުޖުތަމަޢުތަކުގައި ކޮންމެފަދަގޮތަކަށް ޢަމަލުކުރެވެނީ މުސްލިމުން އިސްލާމްދީނަށް ޙުރުމަތްތެރިކޮށް ހިތާ ޢިއްޒަތްތެރި ނުކުރުމުގެ ސަބަބުން.
މިކަމުގެ ޒިންމާ އުފުލަން ޖެހޭނީވެސް ރައިސް ޔާމީނުތަ؟
މިކަމުގެ ޒިންމާ ނަގަން ޖެހޭނެ މިވީހާ ތަނެއްގައި ޓޫރިޒަމް އައި އިރުއްސުރެ ރާއްޖޭގަ ވެރިކަން ކުރި ފަރާތްތަކާ ޓޫރިޒަމް ހިންގި ފަރާތްތައް. މިއީ ޕޮލިސީތައް ހުރިގޮތުން ވާ ކަންކަން. އިހަށް ނުވި ރައްކަލެއް ފަހަކުން ނުވެވޭނޭ ބުނަނީ އެހެންވެ. ރާއްޖޭގަ ޓޫރިޒަމާ ހެދީ އެހެން އެއްވެސް ސިނާޢަތެއް ކުރިއެއްނޭރުވޭ. އެކަމަކު އެކަންކަން ކުރުމުގެ ޕޮޓެންޝަލް އެބަހުރި. ހައްތަހާވެސް އީޒީ މަނީއަށް ވިކިފަ މިތިބެވެނީ. ނަތީޖާއަކީ ބޭރުމީހުންދޭ ފައިސާފޮއްޗަށް ވިކުން. މިހާރުވެސް އިންޑިޔާ ކަނޑުގަ ރާއްޖެކައިރިން ކަނޑު މައިން ކުރުމަށް އިންޑިޔާ އެތައްޔާރުވަނީ. އަހަރުމެންނަށްވެސް އެކަންނުކުރެވެންވީ ސަބަބެއް ނެތް. މިބުނީ ލައްކަ ވާހަކަ..
ދުނިޔެއަށް އަންނަނީ އޮރިޔާމުން އެހެން ވީމަ ފޮޓޯ އެއް ނަގާލިޔަސް އޯކޭވާނެ.
ދެން ކަލޭ މައިންބަފައިން ގާތުގަ އުޅެނީވެސް އޮރިޔާމުންތަ؟
އަޅާ ނުލާ ހުރެބަލަ ކޮސްނުގޮވަ.
1987 ގަ ސީދާ އޮރިއާން ފިލްމު ރާއްޖޭގެ ރިސޯރޓު ތަކުގަ ކުޅެފަ އެބަހުރި ދެން މިހާރު ކޯޗެކޭ ކިޔާކަށް
ކޮމެންޓުތަކުންވެސް އެނގެނީ ދިވެހި ރައްޔިތުންގެ ހާލަތު. މަރުވާނެކަން ނުދަންނަނީބާ؟ އަދި މަރުވުމަށްފަހު އަމަލުތަކުގެ ހިސާބު ބެއްލެވުން އޮންނާނެކަން ނުދަންނަނީބާ؟ ﷲ ތަޢާލާއަށް ބިރުވެތިވުމަށް ނަސޭހަތްތެރިވަން.
ދިވެހިރާއްޖޭގެ ގާނޫނު އޮތީ ކޯލިސަން ގުރޫޕުމީހެން މުގުރާލާފަ ދެންކޮން ގާނޫނެއް
އޮންނާނީ
އެއީ ކޮންކުއްޖެއް! އިންސްޓަރ އައިޑީ ޝެއާކޮއްލަ ބަލަ
އޭ!! އިންސްޓަގްރާމް އައިޑީ ޖަހާލިނަމަ!!! އޭރުން ހާދަހާ ވާ ފައްކާވާނޭ!!!
ރިސޯޓު ތަކައްމީހުންފޮނުވާ އެޖެންސީތަކުން ވެސް އަންގާ އެގޮތައްނޫޅެވޭނެކަން! މާލޭ އާޓުގެލަރީގަ ބަޔަކުބަރަހަނާ ކޮއްތިބެ ގައިގަ ދަވާދުލީއިރު އެތަން. ބަލަންތިބީ އެތަނުގެ އިސްބޭފުޅުން!
ކަލޭ މެން ކޯޗެކޭތަ ތިކިޔަނީ މޮޔަވަނީތަ މި ރާއްޖެ މިވަނީ މުޅިން ބުދަލުވެފަ ސަތޭކަ ޕަސެންޓު އިސްލާމީ ގައުމެކޭ ކިޔަނި އެކަމު އޫރު މަސްވާނެ ، އިސްލާމީ ގައުމެކޭ ބުނަން ވެސް ލަދުގަނޭ ދިވެސްއަކަށްވީތީ
ބަލަ އާޓްގެލެރީގަ ކުރީ ކީއްތަ؟ ކޯއްޗެއްގަތަ ނުކުރަހާ ކުލަ ނުޖައްސާ އޮތީ
ބަލަގަ ރާއްޖޭގެ ކޮން ރިސޯޓެއްގެ ތޯ ބިކިނީގަ ނޫޅެވެނީ.. ހީވަނީ އާކަމެއް ހެން.
އާކަމަކަށް ނުވިޔަސް ގޯސްކަމެއްވާނީ ގޯސްކަމަކަށް. އިއްޔެ ފާފަ ކުރެވުނީތީ މިއަދާ މާދަމާވެސް ހަމަ ފާފަކުރަންވީތަ؟ އިސްލާޙުވުމަކީ ފާއިތުވެދިޔަ ގޯސްތައް ރަނގަޅުކުރުން! ތަހުޒީބުވުމަކީ އޮރިޔާންވުމެއްނޫން. ހޭބުއްދި ފިލާނުގޮސް ތިބޭ. ބަޔަކު ބުންޏަސް ދޮންމީހުން އުޅޭގޮތަށް އުޅޭކަށް ނުޖެހޭ!!
ދެން ތިބޭފުޅާ ރިސޯޓުތައް ބަންދު ކުރަން ނުގޮވަނީ ކީއްވެތޯ
މީހަކު އޮރިޔާމުން ހުރީމާ އެހާ ބޮޑު ކަމެއްތަ. ފާޚާނާއަށް ވަދެ އުޅެނީ އޮރިޔާމުން ނުންބާ؟
ބަލަ ޖަޒީރާ ރާއްޖޭގެ ގޮނޑުދޮށް ތަކުގައި ތިކަހަލަ ކަންތައް އާއްމު ވާނެޔޭ. ތީ ދެން އެވަރުގެ ކަމެއްތަ. ތިކަމާ ދެން އަޅާނުލާ. ދިވެހިން މިއޮތީ ޖަޒީރާ ރާއްޖެ ގެނެސްފައެންނު.
ދެން ޖަހަންވީ އަތް. ބާރަށް އަތްޖަހާ ދެން. މިއޮތީ ޔަހޫދީން އިސްލާމްދީން ފުނޑާލަން ފައްކާކޮއްފަ އޮތް ޑިމޮކްރަސީ ގެނެއްސަ
މިކަހަލަ އަމަލު ނުހިންގުމަށް،
ޖަޒީރާ ރާއްޖޭގެ ކަންތައްގަނޑު ފެށުނީ ކަމަށްވާނީ
ދެން ކީތް ކުރާނީ... ރަގަޅު މީހުންނުޅޭ ރަށެއްގަކަން
ފީކަޅާކަން.... އެމެރިކާ، ޔޫރަޕްގެ ގައުމްތަކުގަ ވެސް އޮރިޔާމާ އުޅުމަކީ މަނާކަމެއް ވަރަްސ މަދު ގޮޑުދޮށުގަ މެނުވީ. އާންމު ރިސޯޓް ގޮޑުދޮތްތަކުގަ ވެސް ބަރަހަނާ ވެއްޖެޔާ އެމެރިކާގަ ވެސް ބަންދުކުރޭ. ޕަބްލިކް އިންޑީސެންސީ ކިޔަނީ
ތިކަން ތިހިނގީ ކަލ\\ޭމެންގެ ވެރިކަމުގައެއްނު. އަދި އިބޫ ހުވާކުރީއެއް ވެސް ނޫނެއްނު
ޖަޒީރާ ރާއްޖޭ ހަމާވަމުން މިދަނީ އުފާކުރޭ
ޖަޒީރާ ރާއްޖެ ތަފާތުވާނެ!
ޜާއްޖޭގަ އުޅޭ އޮރިޔާން މޮޑަލުން ނޯ؟ ޤިޔާމަތް ދުވަހުން އެމީހުންގެ ފިރިން މައިން ބަފައިން އަދި ވެރިންނަށް ސުވާލު ކުރެވޭނެ ):