ޗައިނާ އަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމުގެ ދައުވަތު އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް އަރުވައިފިއެވެ.

މި ދައުވަތު އެރުއްވީ ރާއްޖެ އިން ޗައިނާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއެކު އިބޫ މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން އިންތިހާބީ ރައީސްގެ އޮފީހުން ވިދާޅުވީ އެ ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި ރާއްޖޭގެ ތަރައްގީގައި ޗައިނާއިން ބައިވެރިވާނެ ކަމަށާއި އެގޮތުން ގެދޮރު ބިނާ ކުރުމާއި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމުގައި އެހީތެރިވެދޭނެ ކަމަށް ސަފީރު ވިދާޅުވި ކަމަށްވެސް ހާމަކޮށްފައިވެއެވެ.

ޗައިނާއަކީ މިހާރު ވެރިކަމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ވަރަށް ގާތް ގުޅުމެއް ބޭއްވި ގައުމެކެވެ. އެގޮތުން މާލޭ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބުރިޖާއި ވެލާނާ އެއާޕޯޓުގެ އާ ރަންވޭގެ މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ ޗައިނާގެ ކުންފުނިތަކުންނެވެ.

އިންތިހާބީ ރައީސް ޗައިނާ ސަފީރާ ބައްދަލުކުރެއްވިއިރު، މީގެ ކުރިން އެމަނިކުފާނު ވަނީ ރާއްޖޭގައި ހުންނަ އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާ އާއި ވެސް ބައްދަލުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. މަހަށްދޭބަލަ

  މިފަހަރު ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރުމުގެ ކުރިން ހަބީބު އަމިއްލަ އަށް ޓްވީޓް އަކުން އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރުން އެއީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމާއި ބެހޭ ގާނޫނުގެ ދަށުން އަމިއްލަ މަގާމް ގެ ބޭނުން ނާޖާއިޒު ގޮތުގައި ބޭނުން ކޮށްގެން އަމިއްލަ ފައިދާ އަށް ކުރި ކަމެއް ކަމަށް މަމެން މިދެކެނީ މިކަން ބަލަން އޭސީސީން ފަޔަށް ހިނިއަރައިގަނެގެން އުޅޭ ގޮތަށް ނޫޅެނީ އެއީ ކީއްވެތޭ އެކަމަކު 25 ހާސް މީހުންގެ ގެދޮރު ފޭރިގަންނަން އެނގިއްޖެ ދޯ އޭސީީސީގެ ރައީސް އޭސީސީގެ ރައީސް ލުތުފީ މަހަށް ދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ..

 2. ނުވާނެއޭ

  އިންތިޚާބުގެ ނަތީޖާ ބަދަލުކުރަން އުޅުމަކީ މޮޔަ ވިސްނުމެއް ކަމަށް ތަމެން ބުނި ނަމަވެސް އެކަން ނިންމާނީ ސްޕްރީމް ކޯޓުން ތަމެން ނަކީ އެއީ ކޯޓުގެ ފަނޑިޔާރުން ނެއް ނޫން މަމެންނަށް އިނގޭ ތަމެން ފަނޑިޔާރުގެ އަށް ނުފޫޒު ފޯރުވަން ކުރާ މަސައްކަތް އެކަމަކު ތަމެންނަށް މިހާރު ސްޕްރީމް ކޯޓުގައި ތިބި ފަނޑިޔާރުންނަށް ނުފޫޒު ނުފޯރުވޭނެއޭ 96 ހާސް މީހުންގެ ހައްގު އެއީ ކުޑަ ހައްގެއް ނޫން 25 ހާސް މީހުންގެ ބިން މާލެ ސަރަހައްދުން އެއީ ކުޑަ ހައްގެއް ނޫން އިނގޭތޭ...

 3. ކަދުރުވަގު

  ހުވާ މިބުނީ ޔާމީނު ކަޑަވާނެ! ޕަކާސް

 4. ހެޔޮނުވާނެއޭ

  އިބޫގެ ވެރިކަމެއް ގައި ރާއްޖޭގެ އިގްތިސާދު ފުނޑިގެން ދާނެ އަދި ޑޮލަރެއްގެ އަގު 100 ރުފިޔާ އަށް އަރާނެ ކަން އެއީ މަމެންނަށް ޔަގީންވެ ކަށަވަރުވާ ކަމެކޭ އަދި ޑޮލަރުގެ ކިއޫ ވެސް ފެންނާނެއޭ ދިރި ތިބި ބަޔަކަށް ވޯޓް އިން ވައްކަން ކޮށްގެން ރާއްޖޭގެ ރައީސް ކަމަށް އަންނަން އުޅޭ މީހުންނަށް އެކަން ވިޔަ ދީގެން ނުވާނެއޭ ހެޔޮ ނުވާނެއޭ ސްޕްރީމް ކޯޓް މިގައުމު އިންޑިއާގެ އަޅުވެތި ކަމުގެ ތެރެއަށް ދަނީ އޭ ތަމެން ފަނޑިޔާރުން މިގައުމާއި މެދު ވިސްނާ މިގައުމުގެ ރައީސް ކަމަށް އަންނަ މީހަކީ ވަގަށް ވޯޓް ލައިގެން ވޯޓް އިން ވައްކަން ކޮށް ގެން އަންނަ ރައީސް އަކަށް ނަހަދާ ވާނެ ގޮތަށް މިފަހަރު މިގައުމުގެ ރިޔާސީ އިންތިޚާބު ބޭއްވޭތޯ ބަލާދީ ހެޔޮ ނުވާނެ މިކަން ކޮށް ދެއްވާ ސްޕްރީމް ކޯޓުގައި ތިބި ގައުމު ދެކެ ލޯބިވާ ފަނޑިޔާރުން މަމެން ޕިންކީންގެ ވެރިކަމުގައި ހުރިހާ އިތުބާރެއް އަބަދުވެސް ކުރަނީ ސްޕްރީމް ކޯޓަށް ކަން އެއީ ޔަގީންވެ ކަށަަވަރުވާ ކަމެއް ކަން މަމެން ކެރިހުރެ ބުނަމޭ އިނގޭތޭ.

 5. ޖައްސާތި

  އިންތިގާލީ މަރުހަލާގައި ހިންގާ މުޢާމަލާތް މުރާޖަޢާ ކުރާނަން ކަމަށް ތަމެން ބުންނަސް 25 ހާސް މީހުންނަށް ހުޅުމާލޭން މީހަކަށް 1000 އަކަފޫޓްގެ ގޯއްޗެއް އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް 100 އަހަރު ދުވަހުން ދައްކާ ގޮތަށް ކުއްޔަށް ދިނުމުން ތަމެންނަށް އެ އިން އެއްވެސް އެއްބަސްވުމެއް މުރާޖައާ ކުރަން އަދި ކިއެއްކުރަން އެކަމާއި ވާހަކަ އެއްވެސް ނުދެއްކޭނެ ދެއްކީ ތަމެންގެ ވެރިކަން ވެއްޓޭނެއޭ މާރިޔާ ތަމެން ދެން މަހަށް ދޭބަލަ މަަހަށް ދޭބަލަ ތަމެން ނޫންތޭ އެންމެ ގިނަ އިނޮސެންޓް މީހުން ކުށްވެރިންނަށް ބަދަލު ކުރީ އޭޖީ އޮފީހުގައި އުޅުނު އިރު ލަދު ހަޔާތް ކޮބާތޭ..

 6. މަހަށްދޭބަލަ

  ދައުލަތުގެ އެސެޓްސް ތައް ވިއްކުމުގެ ޓްރެކް ރިކޯރޑް އޮތީ އެމްޑީޕީ އަތުގައި ޕީޕީއެމްގެ 5 އަހަރު ނިމިގެން ދާއިރު ބޭންކްރަޕްޓް ވި ސަރުކާރުގެ ކުންފުންނެއް ނުހުންނާނެ އަދި ވިއްކި ދައުލަތުގެ އެސެޓެއް ނުހުންނާނެ ތަމެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް މަހަށް ދޭބަލަ..

 7. ނުވާނެއޭ

  އީސީ މެމްބަރުން ބުނަނީ އެމެންނަށް ބިރު ދައްކާތީއޭ އެމެން ފުރަައިގެން ލަންކާ އަށް ދިޔާ އެކަމަކު އެމެންނަށް ބިރު ދައްކައިގެން ނެތޭ އެއްވެސް ބަޔާނެއް އެމެން ޕޮލިހަށް ގޮސް ދީފައި މިއިން އެނގޭ އެއްޗަކީ އެއީ އެމެން ބުނެގެން އެމެންނަށް އިންޒާރު ދޭ ބަޔެއް ކަން ތިޔަށް ކިޔަނީ ޑަބަލް ކްރޮސް ގޭމްސް ތަކޭ މަމެން ބުނަން ނެތީމު ދޯ އިންތިޚާބުގެ ނަތީޖާ އާއި އަދި ވޯޓް ކަރުދާހުގައި ވަރަށް ބޮޑަށް މަކަރާއި ހީލަތް ހަދާފައިވާތީވެ މިވަރުވާނީ އެނޫން ނަމަ މިވަރު ނުވާނެ ކަން އެއީ ކަށަވަރުވެ ޔަގީންވާ ކަމެކޭ.

 8. ދދދދދދ

  ޗައިނާގެ ދައުވަތު ގަބޫލުކޮށް ޗައިނާ އަށް ދާތި. ޗައިނާއާ ގުޅުން ރަނގަޅު ކުރާތި. އިންޑިއާގެ އިސްތިޢުމާރުގެ ދަށަށް ނުދާތި. އެހެންނޫނީ ދެ އަހަރުވެސް ނުވަނީސް ފަހާލާނަން. ހަނދާން ކުރާތި.