ށ.މިލަންދޫގައި ސާފު ބޯފެނުގެ ނިޒާމް ޤާއިމުކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

ދިވެހި ސަރުކާރު އަދި އޯޕެކް ފަންޑް ފޮ އިންޓަރނޭޝަނަލް ޑިވެލެޕްމަންޓް (އޮފިޑް) ފަންޑު ކޮށްގެން ދިވެހި ސަރުކާރުން މިލަންދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ސާފު ބޯފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް މިއަދު ހަވީރު ފައްޓަވައިދެއްވީ އެންވަޔަރަމެންޓް މިނިސްޓަރ ތޯރިގް އިބްރާހިމެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރުގެ އިތުރުން މިލަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުފީދުވެސް ބައިވެރިވަޑައިގެންނެވިއެވެ.

ށ.މިލަންދޫއިން މިނިސްޓަރ ތޯރިޤް އިބްރާހިމަށް މަރުޚަބާ ދަންނަވަނީ – ފޮޓޯ: އެންވަޔަރަމެންޓް މިނިސްޓްރީ

އެމް.ޑަބްލިޔު.އެސް.ސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ށ.މިލަންދޫގެ ރައްޔިތުންނަށް ސާފު ބޯފެނުގެ ނިޒާމެއް ޤާއިމުކުރެވިގެންދާއިރު، މި މަޝްރޫއުގެ މަސައްކަތް 2019 ވަނަ އަހަރުގެ ޖަނަވަރީ މަހު ނިމޭނެކަމަށް ލަފާކޮށްފައިވެއެވެ. 16 މަސް ދުވަހުން ނިމޭނެކަމަށް ލަފާކޮށްފައިވާ މި މަޝްރޫއަށް 46.9 މިލިއަން ރުފިޔާ ހަރަދުވާނެއެވެ.

ށ.މިލަންދޫގައި ސާފު ބޯފެނުގެ ނިޒާމް ޤާއިމުކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވުމަށް މިއަދު މެންދުރު މިނިސްޓަރ ތޯރިޤް އިބްރާހިމް އެރަށަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން މިނިސްޓަރަށް ވަރަށް ހޫނު މަރުޚަބާއެއް ދަންނަވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފެނޭތޭ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ދެން ވެސް ތަމެން އިސްލާހު ވެގަ. ކާޅު ހެދުން ލައިގެން އަދި މުޒާހަރާ ކުރި ނަމަވެސް ވެރިކަން ނުވެއްޓޭނެއޭ.

  2. މެޓްރިކްސް

    ދާއިރާގެ ތަރައްގީއަށޭ ކިޔާ ހަސަނާ ވީ ވައުދުތައް ފުއްދަން ޖެހޭނެ. ހަމަ އެކަނި މިލަންދޫ އަށް ކަންކަން ކޮއްދިނުމަކުން ނުފުދޭނެ.