ވެރިކަންކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ކުރިޔަށްގެންދާ މުޒާހަރާތަކަށް ނިކުންނަ މީހުނަށްވުރެ، އާއިލީ ޕާޓީތަކަށް ދާ މީހުންގެ ޢަދަދުވެސް ގިނަވާނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު އަދި އިދިކޮޅު އިއްތިހާދުން ނިމިދިޔަ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.
މާރިޔާ މިގޮތަށް ވިދާޅުވީ، މިއަދު އިދިކޮޅު އިއްތިހާދުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ. އެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ، ޕީޕީއެމުން ކުރިޔަށްގެންދާ މުޒާހަރާތަކަށް ނިކުންނާނެ މީހުން ނުވާ ކަމަށާއި، ވޯޓު އޮޅުވާލި ކަމަށް ބުނެ ވާހަކަ ދައްކަމުންދާ މީހުންނަކީ އެމީހުންގެ އަމިއްލަ އަސާސީ ޤަވާއިދަށްވެސް އިހުތިރާމް ނުކުރާ ބައެއް ކަމަށެވެ.
"އާއިލާއެއްގެ ތެރޭގައި ބާއްވާ ޕާޓީއަކަށް ވެސް އެތަނަށް ދިވެހި ރައްޔިތުންނޭ ކިޔާފަ ނުކުންނަ ވަރަށްވުރެ ގިނަވާނެ. އަޅުގަނޑު ދަންނަވާނީ ނުކުންނާނެ ބަޔަކު ވެސް ނުވަނީއޭ. އުސޫލުތަކުގެ ތެރެއިން ގަރާރާ އެއްޗެހި މި ފާސްކުރަނީ. އެ ބައެއްގެ އަމިއްލަ އަސާސީ ގަވާއިދަށް އިހުތިރާމް ނުކުރާ ބަޔަކު ވޯޓު އޮޅުވާލީއޭ ކިޔައިގެން އެ ވާހަކަދައްކަނީ،" މާރިޔާ ވިދާޅުވިއެވެ.
މާރިޔާ މިގޮތަށް ވިދާޅުވެފައި މިވަނީ، ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ނަތީޖާ އިއުލާނު ކުރިފަހުން ނަތީޖާ އޮޅުވާލާފައިވާ ކަމަށް ބުނާ އަޑުތަކެއް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ. އެކަމާއި ގުޅޭ އޯޑިއޯތައްވެސް މިހާރު މީސްމީޑިއާގައި ދައުރުވަމުންދާއިރު، އިންތިޚާބުގެ ސައްޙަކަން ކަށަވަރު ނުވާތީ ވެރިކަން ކުރާ ޕީޕީއެމުން ފާއިތުވެދިޔަ ދުވަސްތަކުގައި ވަނީ އަޑުއުލާފައެވެ.
މާރިޔާ ވިދާޅުވީ، މި ދުވަސްވަރު ހިނގަމުންދާ ކަންކަމާއި ގުޅޭގޮތުން ވާހަކަ ދެއްކެވުމަށް ހޯމް މިނިސްޓަރ އަޒްލީން އަހުމަދާއި ބައްދަލު ކުރެއްވި ކަމަށެވެ. އެ ބައްދަލުވުމުގައި، އެއީ ދެތިން އެކްޓިވިސްޓަކު ކުރަމުންދާ ކަމެއް ކަމަށް އަޒްލީން ވިދާޅުވެފައިވާ ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ، ކޮންމެ ސިޔާސީ ޕާޓީއެއްގައިވެސް އަސާސީ ޤަވާއިދުގެ ދަށުން އުސޫލުތަކެއް އެކުލެވޭނެ ކަމަށެވެ. އަދި ޤަރާރުތައް ފާސްކުރަމުންދަނީ އެ އުސޫލުގެ ދަށުން ކަމުގައިވާއިރު، ޕީޕީއެމް އިން އެ ޤަވާއިދުތަކަށް އިހްތިރާމް ނުކުރާކަމަށް މާރިޔާ ވިދާޅުވިއެވެ. މާރިޔާ ވަނީ މިހާރު ޕީޕީއެމުން ބާއްވަމުންދާ އެއްވުންތައް ފެށުނު ރޭ، ރައީސް ޔާމީންވެސް އެއްވުމުގައި ބައިވެރިވެ ވަޑައިގެންނެވިކަން ފާހަގަކުރައްވާ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ވޯޓު ވަގު
ތީ ހަމަ ބޮޑު ވަގެއް. ޥޯޓުވަގު
ނޮވެމްބަރ 1 ގަ މާލެއައް ރަންނަމާރި އަރަނީއްޔޯ. ދެން ވޯޓުވަގުންތައް މުޒާހަރާކުރޭ
ރައީސް ނަޝީދު ޒިންދާބާދު..އާދޭ އާދޭ އުދުހިފަ ޢާދޭ..މަރުހަބާ ރައީސް ނަޝީދު..އައިލަވް އެމްޑީޕީ 3>
ތީ މަގުމަތީގަ ޖަލްސާތައް ބާއްވާފަ ގަރާރު ނެރޭ ވޯޓު ވަގުންތަކެއްނު. ކޮން އުސޫލެއްގެ ވާހަކަ ދައްކާކައް ވޯޓު ވަގު
ތިބުނީ ޕާޓީއައް ކާންތޯ.
އެޔެއްނޫން ވާގޮތަކީ ތި ބައިގަނޑުގެ ސިހުރުގަ ޖެހިގެން ދެވެނީ. އެނގިއްޖެތަ؟
ތިބައިމީހުންހެން މަގުމަތީގައި ލައިނުގަނެގެން އުޅޭހިތަކުން ނޫޅެން.
ހެހެހެ. ހޯމްމިނިސްޓަރާ ބައްދަލުކުރީ ބާރުތައް ބަދަލުކުރުމުގެ މަޝްވަރާގެ ބަދަލުގައި ޕީޕީ ކުދިންނަށް ބާރުދައްކާލާތޯ އާދޭސް ދަންނަވަން ދޮތަ. އަޒުލީނުވާ ބޯރަނގަޅު ދެތިން އެކްޓިވިސްޓުންނޯ ކިޔާފަ ހަމަޖައްސާލީ.
ތާއީދު ދައްކާކައް މުޒާހަރާތަކައް ނޫނީ ޕާޓީ ކުލައިގެ ޓައިއަޅައިގެން ދެކޮއްޅައް ދޭމެކައްޖެހެ. އަދި މަގުމަތިން އިދި ކޮޅުމީހުނާ ދިމާކުރާކައްވެސް ނުޖެހެ. ދެންވޯޓެއްލިޔަސް ހަމަގައިމުވެސް މަގޭވޯޓާ މަގޭއާއިލާމީހުންގެ ވޯޓް ޔާމީނައް.
ވިއްސާރަ އަލިވިޔަސް ތިގޮވާކޮސް އަޑު އަހަން ދާނެ މީހަކު ނުވާނެ..ދޯ މާރީ...ހީކުރީދޯ 2013ގަ ވޯޓް ބާތިލް ކުރި ގޮތައް އެކަން ވެދާނޭތަ ހަމަ ހިލާ އެހެން ނުވާނެ...އިންޝާ ﷲ.
ދެމީހުނާ ފަޅި ނުކުމެގެން ވެން ހަރުން ބޯދީގެން ތިބޭހެން މުޒާހަރާޔޯ މިކުރަނީ...... ޕަކާސް
ބޮޑާނުވެ ވެރިކަން ހިންގޭތޯ އުޅެބަލަ. ޕީޕީއެމްގެ މުޒާހަރާ ވެސް މަޑުމަޑުން ބޮޑުވަމުން އަންނަނީ.
ޕީޕީއެމުން ބާއްވަމުން އަންނަ މުޒާހަރާ ތަކަކީ އިބޫއަށް ހުރަހަކަށް ވާނެ. މާރިޔާމެން ގަދަބަސް ނުބުނެ ވިސްނުން އިސްކުރަން ފެނޭ.
ރަމޫލާ ދައްތަ އެއްގޮތަކަށް ވެސް ހަނދާނެއް ނެތް ދޯ ބުރާލާނެ މެއްސެއްވެސް ނުވެ ބިމަށް ބޯ ހަރާލައިގެން ތިއްބަ މައުމޫނު ގޮސް އޮކްސިޖަން ދީގެން ވަރު ޖައްސައިގެން ކަކޫމައްޗަށް ކޮޅަށް ނެގި ހަނދާން. ބަލަ ދައްތާ ދުނިޔެއަކީ ތޮށަލި ދުޅައަށް ދަތުރު ކުރާ އެއްޗެއް. އާރާއި ބާރު ދެއްވުމާއި އެކަން ނިގުޅައިގަތުން އެއީ މަތީ ފަރާތުން ހިންގަވާ އިލާހީ ގާނޫނު. ދައްތަމެންވެސް ލައްކަ ބާރުގަ ތިބެފަ އެއް ދުވަހު ތެމިފަ އޮތް ހިކަނދިގަނޑެއްހެން ފިހާރައެއް ތެރޭން ދަމާ ކޫއްތާފަ ނެރުނުތަންވެސް ފެނުނެއްނު. ޖެހިޖެހީނުން އަނގަމަތިވެސް ފަޅާލިއެއްނު. މިއަދު އަނެއްކާ ތިހިރީ އަނގަ ފަޅާފަ. މާދަމާ އަނެއްކާ ބަޔަކު ނުކުމެ އަނގަމަތި ފަޅާލާނީ ނޫން ކަމެއް އެނގެނީ ކާކަށް؟ ދައްތަ ބޯ ކަޅު ކޮށް، އިންޖެކްޝަން ޖަހައިގެން ހަންގަނޑު ވާން ކޮށްގެން ހުރީމަ ނޭނގޭނެ މިކަހަލަ ކަންތަކެއް. އަހަރުމެން ދުވަސްވެ ނުރަ ޖަހާ ހަންގަނޑު ރޫ ޖެހިފަ ތިބޭ މީހުންނަށް މިކަންކަން ވިސްނޭނީ. ބޮޑާ ނުވޭ. ބާބާޕާޕާހެން އަނގަ ދިމަދިމާއަށް ދަމަދަމާފަ ތިހެން މަލާމާތް ކުރަމުން ކުރިން ދުވަނިކޮށެއްނު ހޭއރވާލީވެސް. ތާރީޚަކީ ބަދަލުވަމުންދާ އެއްޗެއް. އަބަދު އެއް ގޮތަކަށް ކަންތަކެއް ނޯންނާނެ. މީ ދަރިންނަށްވެސް ނުދޭފަދަ ނަސޭހަތެއް މަ ކިތަންމެ ކުޑަޔަސް ދައްތައަށް މިދިނީ. ބަސް އަހައިގެން އާދަމުގެ ދަރީން އުޅޭހެން އުޅެވޭތޯ ބަލާ. "ލޯބިވާ ބޭބޭފުޅު" ވެސް މިހާރު ހުރީ ދައްތައާ އެއްކޮޅުގައެއްނު. ދެންވެސް ހިތް އުފާ ކޮށްލައިގެން އުޅެވޭތޯ ބަލާބަލަ.
އޭގެންވެސް އެގެނީ އެމްޑީޕީ މީހުން އުޅޭހެން މަގުމައްޗައް ނުކުމެ ގޮތެއް ފޮތެއް ނެތި ހަޅޭއްލަވާ ހޯބޯލަވަން ޕީޕީއެމް ސަޕޯޓަރުން ނޫޅޭކަން.
ހޫން ...ކަލޭ ހޯދާ އެމީހުން ގައިގަވެސް ތަޅާނެ ކުދިންކޮޅެއް...ލަދެއްވެސް ގަންނަ މީހެއް ނޫނޭމީކީ...ޔާމިންގެ ޓާރގެޓް މާރިޔާއޯ މީ
ޕީޕީ އެމް މީހުންނަކީ އެއް އިރެއްގައިވެސް މަގުމަޓިގައި އުޅެން ހިއްވާ ބައެއް ނޫން.ސޯ އަދި އެފާޑަށް އުޅެން ދަސްކުރަން ޖެހޭނޭ.ކަލޭމެންތީ ވެރިކަން ކުރަން އިނގޭ ބައެއްނޫން ލައިކް ޕީޕީއެމް.ސޯ ކަލޭމެން މަގުމައްޗަށް ގަދަކަން އަހަރެމެން ނޫޅެން އޮޅިގެން
ކަލޭމެންގެ ކައްޓައްތަ ދޫނި (ވެލިޒިނީ) ކޮންއިރަކުތަ އަންނަނީ؟
މާރިއާެެ ޕާޓީއަށް ދަނީ ލާރިދިން ކުދިންކޮޅު އާއެކީގަ ދެއްތޯ ގިނަ ކުދިން. ކޯލިޝަން ރޫޅުނީމަ ހުންނާނެ ކަމެއް. 2012 ގެ ކުލަވަރުތަށް.7 ފެބޮރުއަރީ.
މާރިޔާ ތީ ވޯޓް ވަގު. މާރިޔާ ކަހަލަ މީހުން އުޅޭތި މިޤައުމު ހަލާކުވެގެން ދަނީ. ޕީ ޕީ އެމް އެމެނަ ވެސް އިގޭ ވޯޓުން ވަކަން ކޮފަ ވާކަން. މިދުވަސް ވަރު ވިސްސާރަ ކަމުން ގިނަމީހުން ނުނިކުނަނީ. ވިސްސާރަ އަލިކުރީމަ ގިނަމީހުން ނުކުއްނާނެ. ޕީ ޕީ އެމް އޮއްނާނީ ޕީ ޕީ އެމް ގޮތުގަ. އަހަރަމެން މިކުރަމުން މިގެން ދާ މުޒާހަރާ ﷲ ގެ އިރާދަފުޅުން ކާމިޔާބު ވާނެ. އަހަރަމެން ކުރަމުން މިދާ މުޒާހަރާ ކާމިޔާބު ކޮދެއް ވާދޭ. އާމީން
ހައެއްކަ ކެނަ ނުކުމެ ރަތްޔިތުންނޯ މުޒާހަރާ ޔޯ.
މާރިޔާ މެންގެ ބައިގިނަވެފަ ޔަގީން ކަން ބޮޑިއްޔާ ދެން ކީއްކުރަންތޯ އިލެކްޝަންސް ގައިތިބި ބަޔަކަށް ރިޝްވަތުދީގެން މިގައުމު ގަތީ؟ މި ގައުމަކީ ތިމަރަ ޝަރިއްޕެއާ ކަބަޑޭ ހަބީބުގެ ތަރިކަ މުދާތޯ....؟؟؟
ވަރަށްވޭ ދޯ ރޔ ގެ ޓާރގެޓް އޭރިޔާ އަކަށް ވާން.
ބަލަސުޕަރމާރިއޯ ތިކަހަަލަ އުސްޒާއިންނަކައް ނުމެއެނގޭނެމެއަ. މާތްﷲއާއި އެކަލާންގެ ރަސޫލާ އަށް އަދި އެކަލާންގެމާތްކުރެއްވިއިސްލާ.ްދީނުގެ ހިދާޔަތްލިބިފަ ތިބޭމުސްލިމުންގެ އަދަދަކީ މާގިނައަދަެއްނޫންކަން އިސްލާމީތާރީޚުން ހެކިލިބިފަވެއޭ. ޢެއީ ކިތަންމެ މަދުއަދަދެއްނަމަވެސްﷲ ރުހިވޮޑިގެންވަނީ އެމަދުއަދަދުގެ މަދުމީސްކޮޅަށޭ. ހަމައެފަދައިން ނަސްރުލިބެނީވެސް އެމަދުމީސްކޮޅަށްކަން ތިބީތާއިންގެ ސިންކުނޑިތަކަކަށް ނުވެސްވިސްނޭނެ. މާތްﷲއަށް އެކަލާންގެދީނައްލޯބިކުރި ބަޔަކަށް ނަސްރުދެއްވަނީ ހިތައްވެސްނުގެނެވޭފަދަ ގޮތްގޮތުން. ބޮޑާވެކިބުރުވެރިވަނީ ލައްކަމޮޅުތަކެއްވީކަމައްހިތާދޯ؟ އެކަމަކު މިދުނިޔޭހެ އަހުލުވެރިން އެކި ަގުތު އެކިހާލަތްތައްމެދުވެރިކުރއްވާ އެކަލާންގެ އަޅުތަކުން .އިމްތިހާންކުރެވުމުގާ އވަދިވުމެއނެތިބައްލަވާވޮޑިގެންވަނީ އެއިލާހު ކަން ޣާފިލުންގެހިތްތަކަކަށް ނުގެނެވޭނެ. ތިކަހަލަ ރައްބީއެއްރަސޫލެއ ދީނެއމިއްލަތެއް މަޒުހަބެއް އުޑެއް ކަނޑެއް ބިމެއް ބުޑެއް ނުދަންނަމީހުން ތަންތަނުގެ އިސްބަސްބުނާބަޔަކުކަމު ތިޔަަވަނީ އެއިން އެއްވެސްކަމެއްއިރާދަކުރައްވަނީ އެއިއެއްވެސް މިންވަރެއް ވޮޑިގެންނުވާކަލަެއްކަމުހީކުރެވުން އެއީބޮޑުކުށްހީއެއް . ﷲއާވަކީލް.
ވޯޓްވަގު މާމާ ކަލެއަށް ނޭގޭތަ 96000 މީހުން ހަމައެކި އެއްޕާޓީއަކަށް ތިބީ ޕީޕީއެމް ގައި ކަމެއް، ނިކުންނަން ޖެހެހިއްޖެއްޔާ މާލެ ފުރާލާނަން އަހަރުމެން މަޑުން ތިއްބަސް ހީނުކުރާތީ ބިރުން ތިބީކަމަށް
ލޮބުވެތި ރައްޔިތުންނޭ
ސިޔާސީ މީހުންގެ އަވާގައި ނުޖެހޭށެ
އެވެރިން އިޙްލާސްތެރިއެއް ނުވާނެއެވެ
އަދި ރައްޔިތުމީހެދެކެ ހަޤީޤީ ލޯތްބެއްވެސް ނުމެ ނުވާނޭޢެވެ.
އެވެރިންނަކީ ސެލްފިޝް ބަޔެކެވެ.
ކަކުނި މުޒާހަރާ އަދި ބަތާ ހަރާމުން ޖަހާ ބެރަށް ދާނެ ބަޔަކު ނެތް، ހީވާގި ސައީދާއި މުއިއްޒުވެސް ނެތް، އަދި ފާތޭ އަމުދުންނެތް. ޔާމީން އޭނާ އަމިއްލަ އަށް ލިބިގަތުމަށް ބޭނުންވި އަނިޔާ އޭނާ އޭގެ ރަހަދެކޭނެއެވެ.
ދެރަނުވޭ ޖަރީމާ ރާއްޖެ އިން
ޖަޒީރާ ރާއްޖެއްށް ބަދަލް ވަނީ އިން ޝާ ﷲ
އެހެން މީހުންނަށް މަލާމަތްކުރާއިރު ތިމާގެ އަމިއްލަ ހާލަކީ ކޮބާކަން އެނގޭބައި
މަރްހަބާ ރައިސް ނަޝީދު އާދޭ އާދޭ އަވަހަށް އާދޭ ޖަލުގޮޅިއަށް އާދޭ