އެއްވެސް ހެއްކެއް ނެތި ވާހަކަތައް ދެކެވި ތުހުމަތުތައް ކުރެވޭ އަޑު އައްސަވާ ކަމަށާއި، އެ ހުރިހާ ކަމަކަށް އިލެކްޝަންސް ކޮމިޝަނުން ޖަވާބު ދޭން ނުޖެހޭ ކަމަށް އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

މިރޭ ސަންގު ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި، ރާއްޖޭގައި ދާދި ފަހުން ބޭއްވި ރިޔާސީ އިންތިޚާބާއި ގުޅިގެން މިހާރު ދެކެވެމުންދާ ވާހަކަތަކަށް އިޝާރާތްކުރައްވައި ޝަރީފް ވިދާޅުވީ، ރަސްމީ ފަރާތަކުން ކަމެއް އައިސްފިނަމަ ކޮމިޝަނުގެ މެމްބަރުން އަދި އޭނާވެސް އެފަރާތްތަކަށް ޖަވާބުދާރީވާން މިވަގުތުވެސް ތައްޔާރަށް ހުންނެވި ކަމަށެވެ.

"ތަފާތު ތުހުމަތުތައް ކުރެވޭ އަޑު އަޅުގަނޑުވެސް އަހަން. އެކަމަކު އެއީ އެއްވެސް ގަރީނާއެއް ހެއްކެއް އޭގެ މައްޗަށް ނެތް ހަމަ ދެއްކޭ ވާހަކަ. އެހުރިހައި ކަމަކަށް އަޅުގަނޑުމެން ޖަވާބު ދޭކަށް ނުޖެހޭ. ރަސްމީ ފަރާތަކުން ކަމެއް އައިސްފިއްޔާ ކޮމިޝަންގެ މެންބަރުންވެސް ޚުދު އަޅުގަނޑު ވެސް މިހުރީ މިއަދުވެސް، މިހާރުވެސް، މިވަގުތުވެސް އެ ފަރާތަކަށް ޖަވާބުދާރީވާން ތައްޔާރަށް،" ޝަރީފް ވިދާޅުވި އެވެ.

ވޯޓުގެ ނަތީޖާ އާއި މެދު ސުވާލު އުފެދި ވޯޓުގެ ސައްޙަކަން ކަށަވަރު ވެފައިނުވާތީ، ވެރިކަން ކުރާ ޕިޕީއެމުން ފާއިތުވެދިޔަ ދުވަސްތަކުގައި ވަނީ މުޒާހަރާކޮށް އަޑު އުފުލާފައެވެ. އެކަމަށް އިޝާރާތްކުރައްވާ ޝަރީފް ވިދާޅުވީ، ވަކި ބަޔަކު މަދު މީސްކޮޅެއް ގޮވައިގެން މަގުމަތީގައި ދައްކަމުންދާ ވާހަކަތަކަކީ އިންތިޚާބާއި މެދު ރައްޔިތުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުމެއް ނޫން ކަމުގައެވެ. އީސީ ޖަވާބުދާރީ ކުރުވަން ޖެހޭނީ މަގުމަތީން ނޫން ކަމަށާއި، އެބޭފުޅުންނަށް އިންތިޚާބުގެ ކަންކަން އޮޅުން ފިލުވައިދޭން ތައްޔާރަށް ތިއްބެވި ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ޝަރީފް ވިދާޅުވީ، ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިޚާބުގެ އެންމެހާ ކަންކަމެއް ހުރިހާ ފަރާތްތަކުން ބަލައިގެންފައިވާ ކަމަށެވެ. އެގޮތުން ރައްޔިތުންނާއި ބޭރުގެ މީޑިއާތަކުގެ އިތުރުން އޮބްޒާވަރުންނާއި މީޑިއާތަކުންވެސް މި އިންތިޚާބުގެ ނަތީޖާ ބަލައިގެންފައިވާއިރު، އާންމުންގެ މެދުގައި ވެސް ނަތީޖާ އާއި މެދު ޝައްކެއް އަދި ޝަކުވާއެއް ނެތް ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ރިޔާސީ އިންތިޚާބަށް ފަހު ޤައުމީ ކޮމްޕްލަޔަންސް ބިއުރޯއަށް 194 މައްސަލައެއް ހުށަހަޅާފައި އޮތްކަމަށެވެ. އޭގެތެރެއިން އެންމެ މައްސަލައެއް ފިޔަވައި ހުރިހާ މައްސަލަ އަކަށްވެސް ޖަވާބު ތައްޔާރުކޮށް ފޮނުވާފައިވާ ކަމަށާއި، ޖަވާބު ނުދެވި އޮތް މައްސަލައަކީ ރީރަޖިސްޓްރޭޝަނާއި ބެހޭ މައްސަލައަކަށް ވާއިރު، އެފަދަ މައްސަލަތައް ހުށަހެޅުމުގެ ވަގުތު ހަމަވެފައި ވުމާއިއެކު، އެކަމާއި މެދު މާދަމާ ގޮތެއް ނިންމުމަށް ކޮމްޕްލަޔަންސް ބިއުރޯއިން މަސައްކަތްކުރަމުންދާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

 1. އެހެންތޭ

  ތަމެންގެ އޯޑިއޯ ގައި ޖަސްޓް ޑިނައި ކުރާށޭ އެކިޔަނީ އެއީ ކިތައް މިލިއަން ޑޮލަރުގެ ވާހަކަތޭ ތަމެން މިފަހަރު އިލެކްޝަންސް ކަމިޝަންގެ ބޮޑުންނަށް ތިބެ ހަރާމްކޯރުވީ ކަން އެއޮތީ ރީއްޗަށް ފަޅާ އަރާފައި ދެން ތަމެން ކިއެއްވެތޭ އަލުން ހުރިހާ ވޯޓެއް ގުނަން އެއްބަސް ނުވެގެން އުޅެނީ ތަމެން ކިއެއްވެތޭ ޔޫވީ ލައިޓްގެ އަޅުވައިގެން ހުރިހާ ވޯޓް ތައް ނުގުނީ ގުނަން ފަށާފައި ވެސް އެކަން ހުއްޓާލަން ތަމެން އެންގީ އެއީ ކީއްވެތޭ އެއީ ވަގު ވޯޓް ކަރުދާސް ތަކަށްވާތީ ދޯ މިހާރު އިލެކްޝަންސް ކަމިޝަންގެ ހުރިހާ މެމްބަރުން ލަންކާ ގައި ތިބެގެން އިންޑިއާ މީހުންނާއި އިކޮޅު އެމްޑީޕީގެ ކެނެރީގެ ނަޝީދާއި އެކު ނޫންތޭ އެބައްދަލު ވުން ތައް ބާއްވަމުން ދަނީ އިންތިޚާބުގައި އެމެން އޮޅުވާލި އޮޅުވާލުން ތައް ފޮރުވަން ތަމެން ދައްކާ ވާހަކަ ތަކާއި އެމްޑީޕީން ދައްކާ ވާހަކަ ތަކާއި އެއްވެސް ތަފާތެއް ނެތެއް ނޫންތޭ.

 2. ޔަގީނޭ

  ހެއްކެއް ނެތޭ ތަމެން ބުނާއިރު ތަމެންގެ އޯޑިއޯ ގައި އެދައްކަނީ ކޮން ވާހަކ އެއްތޭ ހަރާމްކޯރޭ ދަ ބަތާހަރާމީ ދަބަތާހަރާމީ އަށް ތިޔާ ގޮނޑި ދިނީ މަމެން ޕިންކީން ދޯ ލަދު ހަޔާތުގެ ކަން ފުޅެއް ވެސް ނެތީމަ ދޯ ކަޓް ކާލައިގެން ވޯޓް އިން ވައްކަން ކޮށްގެން ތަމެން ވޯޓް އޮޅުވާލާ އެތައް ލައްކަ ރައްޔިތުންގެ ހައްގެއް ނިގުޅުވައިގަތީ އިލެކްޝަންސް ކަމިޝަންގެ ބާކީ ތިބި 4 މެމްބަރުން ލަންކާ ގައި މިހާރު މަޝްވަރާ ކުރަމުން ދަނީ ކެނެރީގެ ނަޝީދު އާއި އެކު ދޯ އޮޅުުވާލި ވޯޓް ޔަގީނުން ވެސް ފަޅާ ނާރާ ގޮތް ހަދާނީ ކިހިނެއް ކަން އެއީ އެއް ނޫން މިހާރު ތަމެން ކުރާ ކަމަކީ ތަމެން ކިތަންމެ ފެލުނަސް މަމެން ގަބޫލެއް ނުކުރާނަން ރިޔާސީ އިންތިޚާބުގެ ނަތީޖާ އެއް ހައްގުގައި ފުރަތަމަ ނިކުންނާނީ މަދު ބަޔަކު އެމަދު ބަޔަކު ކުރާ މަސައްކަތުން ގިނަ މީހުން ނިކުމެ އެހައްގު ކަށަވަރު ކުރާނީ ސްޕްރީމް ކޯޓުން ކަން އެއީ މަމެންނަށް އިނގޭ އެއްޗަކީ މިފަހަރު ވޯޓް ގައި މަމެން މިއަންގަނީ މަމެންގެ ރައީސް އަށް ސްޕްރީމް ކޯޓަށް ހުށައަޅައިގެން މިކަން ބަލަން އަދި އިންތިޚާބުގައި ވޯޓް އިން ވައްކަން ކޮށްފައިވާ ކަން މަމެންނަށް ޔަގީން ވެރިކަން ކުރަމުން ދާ ޕާރޓީ އަކަށް ލިބޭނީ އެންމެ ދެ އަތޮޅުގެ މެޖޯރިޓީ އެއް ނޫން އެއީ ގަބޫލުުކުރެވޭނެ ވާހަކަ އެއްނޫން މިއަދު ޕީޕީއެމް އިން މިކަން ނުބަލައިފިނަމަ ދެން މިރާއްޖޭގައި ވޯޓް ލައިގެން ހޮވާނީ މުޅިންވެެސް ވޯޓް ވަގު ރައީސް އެމްޑީޕީން އެއީ ކަށަވަރުވެ ޔަގީންވާ ކަމެއް މަމެންނަށް.

 3. ހުރަސް

  ސަރީފޫ ކޮބާ 2013 ގައި އޭރުގެ މެންބަރުންނަށް ވަގަށް ގޮވީމާ އެމީހުންނަށް ވާނެގޮތް މިހާރު އެނގިފަ ހުންނާނީ! ސަރީފަށްވެސް ނަސާތަށްވެސް ހަބީބަށްވެސް.

 4. ކާފަ

  ހައްޤު މަގުގައި ތިބީ ކޮންބައެއްކަން ލަސްތަކެއް ނުވެ ފެންނާނެ.

 5. ރިޒް

  ދެން އޯޑިޔޯ

 6. Anonymous

  ގުޅުންހުރިކަންކަމުގަ ކޮންމެއަޑެއްނޫނަސް ޖަވާބުދާރީ ވާންޖެހޭނެ. އިތުބާރު ގެއްލިއްޖެ. ހަގީގަތުގަވެސް ވަރަށްސުވާލުއުފެދޭ.

 7. އެހެންތޭ

  އިންތިޚާބުގެ ނަތީޖާ ބަދަލުވާނެ ހެއްކެއް ނެތޭ ބުނަނީ އެއީ އިންތިޚާބުގެ ނަތީޖާ އޮޅުވާލި މީހުންނޭ ތަމެން ބުނި ދޯ ތަމެންގެ އޯޑިއޯ މައްސަލަ ޕޮލިހަށް ހުށައަޅާނެ ކަމަށް ތަމެން ހުށައެއް ނާޅަމެއް ނޫންތޭ އެގިގެން ދަނީ މިފަހަރު ރިޔާސީ އިންތިޚާބުގެ ވޯޓް ކަރުދާސް ޗާޕް ކުރުމުގައި ވަރަށް ބޮޑު އޮޅުވާލުމާއި މަކަރާއި ހީލަތް ހަދާފައި އެބަހުރި ކަމަށް އަދި ތަމެން އަލުން ވޯޓް ނުގުނަން އުޅެނީ އެހެންވެއޭ ދޯ ހާސް ފަހަރު ތަމެން ހެކި ނެތޭބުނިނަމަވެސް ގަބޫލު ނުކުރާނަމޭ..

 8. ފެއްސޭދެން

  ތަމެން އެއްހާސް ފަހަރު އިންތިޚާބުގެ ނަތީޖާ ގައި މައްސަލަ އެއް ނެތޭ ބުންނަސް މަމެން އެކަމެއް ގަބޫލެއް ނުކުރާނަމޭ ތިޔާ ގޮތަށް ކެނެރީގެ ނަޝީދު އެއާރޕޯރޓް އިންޑިއާގެ ޖީއެމްއާރަށް ވިއްކާލާ މޮޔަ އަންހެނަކު ލައްވާ ބުނި ދޯ އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސް އާއި އެއްގޮތަށޭ ޓެންޑަރިންގް ޕްރޮސެސް ކުރިއަށް ދިޔާ އެކަމަކު އަޑި ބެލިއިރު އޮތީ ވައްކަން ކޮށްފައި ދޯ އެއަންހެން މީހާ އެއީ އިނގިރޭސިވިލާތުގައި ބާރ ވުމެން އަކަށް އުޅުނު މީހެއް ދޯ ހަމަ ތިޔާ ގޮތަށް ތަމެން ވެސް ތިޔާ ބުނަނީ ހެއްކެއް ނެތޭ ހެކި ހުންނާނީ ތަމެން ހެކި ނައްތާނުލާނަމަ ނޫންތޭ ތަމެން ފެއްސެން އުޅޭ އިލެކްޝަންސް ކަމިޝަން އިން އެއިރުން ހެކި ދައްކާނަން ވަރަށް ރަނގަޅަށް މަމެން..

 9. ނުވާނެއޭ

  ތަމެން އެއްހާސް ފަހަރު އިންތިޚާބުގެ ނަތީޖާ ގައި މައްސަލަ އެއް ނެތޭ ބުންނަސް މަމެން އެކަމެއް ގަބޫލެއް ނުކުރާނަމޭ ތިޔާ ގޮތަށް ކެނެރީގެ ނަޝީދު އެއާރޕޯރޓް އިންޑިއާގެ ޖީއެމްއާރަށް ވިއްކާލާ މޮޔަ އަންހެނަކު ލައްވާ ބުނި ދޯ އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސް އާއި އެއްގޮތަށޭ ޓެންޑަރިންގް ޕްރޮސެސް ކުރިއަށް ދިޔާ އެކަމަކު އަޑި ބެލިއިރު އޮތީ ވައްކަން ކޮށްފައި ދޯ އެއަންހެން މީހާ އެއީ އިނގިރޭސިވިލާތުގައި ބާރ ވުމެން އަކަށް އުޅުނު މީހެއް ދޯ ހަމަ ތިޔާ ގޮތަށް ތަމެން ވެސް ތިޔާ ބުނަނީ ހެއްކެއް ނެތޭ ހެކި ހުންނާނީ ތަމެން ހެކި ނައްތާނުލާނަމަ ނޫންތޭ ތަމެން ފެއްސެން އުޅޭ އިލެކްޝަންސް ކަމިޝަން އިން އެއިރުން ހެކި ދައްކާނަން ވަރަށް ރަނގަޅަށް މަމެން..

 10. ޙަސަން

  ދިންހާ އެއްޗެއް ކައިގެން ހިތަށް އެރިހާ ގޮތެއް ހަދައިގެން މި ދުނިޔޭގައި ތިބެލެވުނެއްކަމަކު އެހެން ދުވަހެއް އޮތްކަމާ، ހުރިހާކަމެއް ﷲ ބައްލަވާ ވޮޑިގެންވާކަން ޖާހިލުންނަށް ބުނެލަން

 11. ބަހީ

  އިވޭ އަޑެއްނޫން. ކަންހިނގާފަ ހުރިގޮތް ވަރަށް ސާފު. ބޭރުގައުމެއްގެ ޖާސޫސުންގެ ބަހަށް އިލެކްޝަނުން ކަންކަން ކޮށްފައި އެބަހުރި.

 12. ރާގޮނޑި

  ޝަރީފަކީ ސީދާ ޕޕޕ ގެ އެޖެންޓެއް އެކަމަކުވެސް ޔާމީނަށް ވޯޓު ކާމިޔާބުކޮށްދޭން ޝަރީފް ރޭވި އެއްވެސް ކަމެއް ހިނގާގޮތެއް ނުވި ރޭވިހުރިހާ ކަމެއް ޕޕޕ މީހުންނަށް އިނގޭ އެހެންވެ އެމީހުން އެވާހަކަތައް އެގޮވަނީ ތީގެން އެއްވެސް ކަމަކީ އިދިކޮޅުން ކޮށްގެން އުޅޭކަމެއް ނޫން ވަރަށް ސާފު ނިހާނު ފާދެއްގެ އޯޑިއޯ އެއް ހެދިޔަސްއަދި އަލުން އިންތިހާބު ބާއްވާކަށް ނުޖެހޭ

 13. ކޮށްބަލަ

  ތަމެންނަށް ތިހާ ޔަގީން ކަން އޮތް އިރު ދެން ކީއްވެތޭ ހުރިހާ ވޯޓްސް ތައް ޔޫވީ ލައިޓް އަޅުވައިގެން ނުގުނަން ތަމެން ފައިވިއްދަނީ ކެެރެންނާ އަޅެ މިކަން ކޮށް ބަލަ އެއިރުން ބުނާނަން ތިޔާ ހަދަނީ ތެދު ކަމަށް ކޮށްބަލަ ކެރެންނާ..

 14. ދޮގެއްތަ؟

  ހެއްކެއް ކިޔާނެ ކަމެއް ނެތް ތީ ބޮޑު ވަގެއް. ތީ ފަސްމާމުލު ފަސް ވަގުން.

 15. ޥގ

  މީހުންނައް ވަގައްގޮވުންހުއްޓާލާ ކޮބާތޯ ސަހީބް ޒޭނާ ޒީނާ. ޢަމިއްލަޔައް އިސްނަގަން ވީނީންތޯ ހަމައެކަނި ޔާމީން އައް ގޮވީމަތޯ ކަމުނުދަނީ ސާހީބޫ

 16. ދދދދދދ

  އަނގަ ނުތަޅާ 4 ވަގުން ފިލިހެން ކަލޭވެސް ދެން ފިލާ. އެ ނިމުނީނު. ކޮންހާ އަނގައެއް ތަޅާކަށް. ކަލޭމެން ވައްކަން ކޮށްފިކަން ކުޑަކުއްޖާ އަށްވެސް އެނގޭހާވޭ. ދެން އަވަހަށް ބަޗާ.

 17. ޢަބްދުﷲ ސަޢީދު ދަނބުފަށުވިގެ ގދ.ގައްދޫ

  ސާބިތުނުހިފޭ ކޮންމެ ތުހުމަތަކީ، ދޮގު ތުހުމަތެކެވެ. ވޯޓްނެގުމާ، ގުނުމާ، ނަތީޖާހޯދުމާ، ނަތިޖާ ނެރުމާ، މިކަންކަން ކޮށްފައިވަނީ، މުޅިން އެހެންބަޔެކެވެ. އޭގެތެރޭގައި ގިނައީ ޕީޕީއެމުގެ ފަރާތުން އީސީއަށް ފޮނުވާފައިވާ ނަން ލިސްޓުތަކުގައި ހިމެނޭ މީހުންނެވެ. ޕީޕީއެމުގެ މެންބަރުންނެވެ. އީސީގެ މެންބަރުންގެ ތެރެއިން އެއްވެސް މެންބަރަކު ވޯޓްނެގުމާ، ގުނުމާ، ނަތީޖާ ހޯދުމުގައި ބައިވެރިއެއް ނުވެއެވެ. މިކަންކަން ހިނގައި ނިމިފައިވަނީ، ވަރަށް ގިނަބައެއްގެ އެނގުމާއި ފެނުމުގެ މަތިން ޕީޕީއެމުގެ ވެރިކަމެއްގައެވެ. ރައީސް ޔާމީނުގެ ޒަޢާމަތުގެ ދަށުގައެވެ.

 18. ރހހ

  ވޯޓު ވަގު

 19. މުފީދު (އައްޑޭ)

  އީސީ ސަރީފުއާއި ތިމަރަފުށީ މުސްތަފާއާއި އެމްޑީޕީ ގަ އުޅޭ ތިމަރަފުށި އަންވަރު އާއި ޖޭޕީ ކައުންސިލު މެމްބަރު އަހުމަދު ރިޔާޒު (އަބުދުﷲ ރިޔާޒުގެ ބޭބެ) އިންތިހާބު ވަރަށް ކާރިވެފަ ވަނިކޮށް މާލޭގަ ސިއްރު ބައްދަލުވުން ތަކެއް ބޭއްވި.. 4 ޕާރޓިގެ ފަރާތުން ޝަރީފާއެކު ޑީލް ހެދީ މި 4 މީހުންނަށް އިތުބާރުކޮށްފަ ކަމށް ވަނީ . އަބުދުﷲ ރިޔާޒު މިނިވަން ވުމާއެކު ހަމަ އެރޭ ޝަރީފު އާއި ދެމީހުން ސިއްރު ބައްދަލުވުމެއް ރިޔާޒުގެ ގޭގަ ވެސް ބޭއްވި.. މިއީ ދެބެންގެ ދެދަރި ދެމީހުން..!!! ޖުމްލަ ކޮށް މި އެންމެންނަކީ އެއް އާއިލާ ތަކަށް ނިސްބަތްވާ ބައެއް.. ޝަރީފު ބޮލަށް ސަވާރު ވީ މި މީހުން...!!!! ސަރީފަށް ވަރަށް އިތުބާރު ކުރިން.. ރައީސް ޔާމިނަށް ހަރާންކޯރު ވީމަ އެއީ ވަރަށް ނުބައި މީހެއް ކަން އެނގިއްޖެ.!!!

 20. އިންސާފް

  އެހެންތަ ...އަހަރުމެންލީ ހުރިހާ ވޯޓް ގުނާކަށްވެސް ނުޖެހޭތަ....ބޯގަޅި ވާހަކަ........

 21. ރާގޮނޑިރާޖާ

  މައްސަލަ ތަކެއް އެހެންނަމަވެސް އެބަހުރި ކަމަށް ގަބޫލު ކުރީތާ ދޯ؟

 22. އަލީ

  ހާދަ ހިތްވަރުގަދަ މީހެކޭ ދޯ މިތާ ކޮމެންޓްކޮށްފަމިއޮތީ އެފަކީރު އެކަނިވިއްޔަ ތަފާތު ނަންނަމުގައި ކޮމެންޓްކޮށްފަ އެހުރީ

 23. ދދދދދދ

  ޖެހޭނެ ޖަވާބު ދޭން. ޖެހޭނެ. ހަމަ ޖެހޭނެ. ޖަވާބު ދޭންވެސް ދޭނެ. އެކަމެއް ކުރި ގުނަވަނަކުން ހެކިވެސް ދޭނެ. ލާރިގަނޑު ކައިގެން މިހާރު ތިބެވިދާނެ ވަގުންނަށް.

 24. ކީކޭ

  ކަލޭ އަނގަ ނާރުވާ ގައްދާ..ގިޔާމަތް ދުވަސް އެބޮތް އަދި

 25. އެމީހާ

  އަޅެ ފަހެ މިފަދަ ކަމަކު ސަމާސާކޮށް ލާކަށް ނުނުކުންނާނެ ބަލަ މައުމޫން ގެ ވެރިކަން ވައްޓާލީވެސް ވޯޓު މަކަރުހަދައިގެން މިބައިގަޑުގެ ސަގާފީ ކަމެއްމިބައްޔަކީ

 26. Anonymous

  އަޅެ މިމީހުން ހެއްދެވި ފަރާތަށް އެއްވެސްވަރަކަށް ބިރުނުގަންނަނީތަ؟ މަރުނުވާނެކަމަށްތަ ޝަރީފު ހީކުރަނީ. ހެކިދޭނެ ކަލޭގެ ގުނަވަންތަކުން. ފައިސާއާ ޖެހުނީމަ އަލިފާނަކީ ހޫނު އެއްޗެއްކަން ހަމަ ހަނދާންނުހުރޭ.

 27. ގުނާދީ

  އިންތިޚާބުގެ ނަތީޖާ ބަދަލުވާނެ އެއްވެސް ހެއްކެއް ނެތް ކަމަށް އިލެކްޝަންސް ކަމިޝަން އަށް ނުނިންމޭނެއޭ އެކަން ނިންމާނީ ޝަރުއީ ކޯޓަކުން މިހާރުވެސް އިންތިޚާބުގައި ބައިވެރި ދެ ކެންޑިޑޭޓުންގެ ތެރޭން އެކަކު އިންތިޚާބުގެ ނަތީޖާ ގަބޫލެއް ނުކުރޭ ސޯ އިންތިޚާބުގެ ވޯޓް ތައް ޖެހޭނީ އަލުން ގުނަން ޕީޕީއެމްގެ މެމްބަރުންގެ ކުރިމަތީގައި އެއީ ވޯޓް ލީ 96 ހާސް މީހުންގެ ހައްގަށް ޓަކައި އިލެކްޝަންސް ކަމިޝަނުން ކުރަން ޖެހޭނެ ކަމެއް އެއަށް ފަހު ހެކީގެ ވާހަކަ ދައްކާނީ...

 28. މެޑަމް އައިސަ

  ބަޅަން ތިބެމާ ޅަހެއް ނުވާނެ ބާޣީންގެ ކޯޅިސަން

 29. Anonymous

  ޝަރީފްވެސް ހީވާގޮތުންނަމަ އެމްޑީޕީ އައް ބައިއަތު ހިފައިގެން.

 30. ޗިއްލޫ

  ކަލޭ ތިޔަވިދާޅުވަނީ ރައްޔިތުންނަކީ އެއްވެސްބަޔެއްނޫނޭތަ؟؟؟ ރައްޔިތުންގެ ވާހަކަތަކަކީ ކަލޭ ޖަވާބުދާރީވާން ޖެހޭ ކަމެއްނޫންކަމެއްތޯ؟؟؟ ތިކަން ކަލެޔަށް ދައްކާނެ ރައްޔިތުން!