ފ. ނިލަންދޫގައި ގެސްޓް ހައުސް ވިޔަފާރި ކުރަމުން އައި ދިވެއްސަކާއި ދެކޮޅަށް އެރަށުގެ ބައެއް މީހުން މިރޭ ނުކުމެ އޭނާ ރަށުން ބާލަން އިހުތިޖާޖު ކުރަމުން އެބަދެއެވެ.

މިކަމާއި ބެހޭ ގޮތުން ނިލަންދޫ މީހަކު "ވަގުތަށް" މައުލޫމާތު ދެމުން ބުނީ އެމީހާއަކީ ރާއްޖެއިން ބޭރުގެ ގައުމެއްގެ މީހަކާއި ކައިވެނިކޮށްގެން އުޅޭ މީހެއް ކަމަށާއި އޭނާ ރަށުން ބޭރުކުރަން ރައްޔިތުން ނުކުތީ އޭނާއަކީ މަސްތުވާތަކެތި އެރަށަށް އެތެރެކޮށް މަސްތުވާތަކީގެ ވިޔަފާރިކުރަމުން އަންނަ މީހެއް ކަމަށް ވުމުން ކަމަށެވެ. އަދި އޭނާގެ ސަބަބުން އެރަށުގެ ބައެއް ޒުވާނުންވެސް މަސްތުވާތަކެތީގެ އަވައިގައި ޖެހިފައިވާ ކަމަށް އޭނާ ބުނެއެވެ.

ނިލަންދޫ ރައްޔިތުން މިހާރުވަނީ އެ ފިރިހެން މީހާ ރަށުން ބޭލުމަށްޓަކައި ފުލުހުންނާއި ހަވާލުކޮށްފައެވެ. އަދި މައުލޫމާތު ލިބޭ ގޮތުގައި އެ ފިރިހެން މީހާއަކީ މާލެއަތޮޅު ހުރައާއި ގުރައިދޫގައިވެސް މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުން ރަށުން ބޭރުކޮށްފައި ވާ މީހެކެވެ.

ނިލަންދޫގެ އާބާދީގައި 2،300 އެއްހާ މީހުން އުޅޭ އިރު އެރަށަކީ މަސްތުވާތަކެތީގެ މައްސަލަ އެހާ ބޮޑު ރަށެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. މަޒް

  އަނެއްކާ ޕީޕީއެމް ހަލީލުތަ؟

 2. ނާދީ

  ސާބަސް ނިލަންދޫު ރައްޔިތުންނަށް

 3. ރުޒާނާ ޗޮއްޕަޓު

  ބާލާ ބާލާ. އެއޮތީ ކަލޭމެންގެ މާލެ ތަންމިނަށް ތިކަންކަމަށް ހުޅުވާ އަޅާފަ. ކޮންމެހެން ސާފުތާހިރުކޮށް ދިރިއުޅޭ ނިލަންދޫ ކަހަލަ ރަށްރަށަށް އަރާ ޖަރީމާ ހިންގާނެ ކަމެއް ނެތް.

 4. ާAhmed

  ނަމެއް ނެތް މީހެއް ދޯ؟ އެހެން ރަށްރަށު މީހުންނަށް ތިޔަމީހާގެ ކިބައިން ސަލާމަތްވެ
  ތިބެން އެގޭނީ ނަންވެސް ބުނެލައިގެން ދޯ؟

 5. 3ނިރު

  ތިމީހާއަކީ އެމްޑީޕީ ސަރުކާރުން ހިމާޔަތްދޭނެ މީހެއްކަންޔަގީން އިބޫ ހުވާކޮއްފަ ތިމީހާ ނިލަންދުއަށް ގެންދާނެ ސަރަފްވެރިކަމާއެކު ބިރަކާނުލާ މަޖާކުރެވެންން ޖެހެ

 6. ނުރަބޯ

  ފ. ނިލަންދޫ ރައްޔިތުންނަށް އައްސަރިބަހުން ސާބަސްދެން. މަސްތުވާ ތަކެތިން ސަލާމަތްވެވޭނެ ހުރިހާދޮރެއް ވާނީ ހުޅުވަން. އެ ތަކެއްޗަށް މަގުފަހިވާނެ ހުރިހާ ދޮރެއް ވާނީ ބަންދުކުރަން.

 7. މުޙައްމަދު އަޙްމަދު

  މަސްތުވާތަކެތި ވިއްކާ މީހާ ބޭރުކުރާ ގޮތަށް އެއްޖިންސުން ގުޅުން ހިންގާ އަދި އެކަމަށް ހިއްވަރުދޭ ފަރާތްތަވެސް ބޭރުކުރޭ.....................

 8. ސިޒާ

  މަރުހަބާ ޖަޒީރާ ގެސްޓްހައުސް
  މަރުހަބާ ޖަޒީރާ ނިލަންދޫ

 9. ހަސަންބެ

  ނިލަންދޫ ރައްޔިތުންނައް ސާބަސް ރައީސަކު ހޮވުމައް ވުރެ މާރަނގަޅު ކަމެއް ތިކުރީ