ޗައިނާ އާއި ގާތް ގުޅުމެއް ބާއްވަމުން އައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ދިވެހިރާއްޖޭގެ ވެރިކަން ގެއްލި، ޗައިނާ އާއި ދުރު، އަދި އިންޑިއާ އާއި ގާތް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވުނު ނަމަވަެސް ޗައިނާގެ "ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް" މަޝްރޫޢުގެ ދަށުން ރާއްޖެ އަށް ލިބެމުން އަންނަ މަންފާތައް ދިވެހިރާއްޖެ އަށް ދޫކޮށެއް ނުލެވޭނެ ކަމަށް ޗައިނާގެ ނޫހެއް ކަމަށްވާ "ސައުތު ޗައިނާ މޯނިން ޕޯސްޓް" އިން ބުނެފިއެވެ.

ނޫހުގައި ބުނެފައި ވަނީ ޗައިނާގެ އިންވެސްޓްމަންޓްތަކުގެ ސަބަބުން ލިބެމުންދާ ފައިދާތައް އޮޅުވައި ނުލެވޭނެ ކަމަށާއި އަދި ފައިދާތައް ދޫކޮށް ވެސް ނުލެވޭނެ ކަމަށެވެ.

ޗައިނާ އިން ރާއްޖެ އަށް ދީފައިވާ ލޯނުތަކުގެ ސަބަބުން ރާއްޖެ ވަނީ ޗައިނާގެ ދަރަނީގެ ދަލެއްގައި ޖެހިފައި ކަމަށް އިބޫގެ ސަޕޯޓަރުން ބުނި ނަމަވެސް އެއީ ހަޤީޤަތެއް ނޫން ކަމަށް ނޫހުގައި ބުނެފައި ވެއެވެ. "އެއީ މަހާތީރު މުހައްމަދާއި، އިމްރާން ހާން ދެއްކި ފަދަ ވާހަކަތަކެކެވެ. އެވާހަކަތަކުގައި އޮތީ ހަޤީޤަތައް ވުރެ ބޮޑަށް ސިޔާސީ މަންފާ އާއި ފައިދާ ހޯދުމެވެ." ނޫހުގައި ވެއެވެ.

ނޫހުގައި ބުނެފައި ވަނީ ރާއްޖެ އަށް ޗައިނާގެ ބޭނުންތެރިކަން ވަރަށް ބޮޑު ކަމަށެވެ.

"ޗައިނާގެ ފަރާތުން ރާއްޖެ އަށް ލިބެން އޮތް ފައިދާ އާއި ލިބެމުންދާ މަންފާތަކަކީ އެކަންކަމުގެ މަތިން ހަނދާންނައްތާލާ އެމަންފާތަކަށް ފުރަގަސް ދެވޭ ވަރަށް ވުރެ މާބޮޑެތި މަންފާތަކެއް" ނޫހުގައި ބުނެފައި ވެއެވެ.

ނޫހުގައި ބުނެފައި ވަނީ އިބޫ އަށް ވެސް ޗައިނާ އާއި ރާއްޖޭގެ ގުޅުން ހީނަރު ނުކުރެވޭނެ ކަމަށާއި ނަމަވެސް ޗައިނާ އާއި އިންޑިއާ އަށް ހަމަހަމަ ފުރުސަތުތަކެއް ދެވިދާނެ ކަމަށެވެ.

އިންޑިއާގެ ވަރަށް ބޮޑު ތާއީދަކާއި އެކު އިބޫ ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްފައި ވާއިރު ފާއިތުވި ހައަހަރު ދުވަހު ރާއްޖެ އާއި އިންޑިއާގެ ގުޅުން ހީނަރުވެފައި އޮތް އޮތުމަށް އިބޫ ނިމުން ގެންނަވާނެ ކަމަށް އިންޑިއާ އިން އުއްމީދު ކުރެއެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި އިންޑިއާ އަށް ރާއްޖެ އަށް ލިބުނު ފުރުސަތުތައް އަނެއްކާވެސް ތަކުރާރު ވާނެ ކަމަށް އިންޑިއާ އިން އުއްމީދު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. މުހުންމަދު

  ތިޔަ އިންޑިޔާމީހުންގެ ވާހަކަ އަޑުއަހައިގެން ޗައިނާމީހުންނާއި ގުޅުންކަނޑާލުމަކީ ވަރަށްބޮޑުގޯހެއް. ދިވެހިރާއްޖޭގެ ތަރައްޤީއަށް އޮތްބޮޑު ހުރަހެއް. އެ އީ ތިޔަ އިންޑިޔާ ސަރުކާރާއި އެތާނގެ ރައްޔިތުންވެސް ބޭނުންވާގޮތަކީ އެމީހުންބޭނުންވާގޮތަކީ ދިވެހިންނަކީ އަބަދުއެމީހުންގެ ފައިބުޑަށްގޮސް އެކިކަންކަމުގައި އާދޭސްކުރާަބައެއްގެ ގޮތުގައި ތިބެން. މީ އެމީހުންގެ ސަގާފަތް. މިޔަކާއި އެމީހުން ވަށްކެއް ނުކުރެވޭނެ.

 2. ޝަރފު

  އިންޑިއާއިން އެމީހުން ބޭނުންހާ ގޮތަކަށް މޮޑޭ ފުއްގަޑަކަށް ހަދަން ދޫކޮށްލާނެ ކަމަށް އެމީހުން ހީކުރީތޯއެވެ. ކުރާ އިނވެސްޓް ކޮށްނިންމާ އިރު ދައުލަތުން އެއާ ނުބައްދަލު އަގު އަދާކުރަން މަޖުބޫރުވޭ. ހެޔޮ ނިޔަތެއްގަ ކޮށްދިން އެއްވެސް ކަމެއް ނެތް. ބައްލަވާ އައި.ޖީ.އެމް.އެޗް، ހުޅުލެ، ޓާޓާ ފުލެޓް ތައް. މި ނޫނަސް އެތައް ކަމެއް. މިހާރު އިވޭ އަޑުތަކަށް ބަލާފި ނަމަ އެމީހުންގެ ބޮޑު ނުފޫޒެއް މިދިޔަ އިންތިޚާބުގައި އޮތް ކަމަށް ގިނަ ބަޔަކު ދަނީ ގަބޫލު ކުރަމުން.

 3. ސުލައިމާނު

  އަންނި ބުނެފަ އޮންނާނެ ތިމަންނަމެންގެ ވެރިކަމުގައި ޗައިނާގެ އިންވެސްޓްމަންޓްތަކާ ޕްރޮޖެކްޓްސްތައް ހުއްޓުވާނޭކަމަށް! އެގޮތަށް ހެދިދާނެ! އެކަމަކު އެކަންވާނީ ދިވެހިރާއްޖެއަށް ފޫނުބެއްދޭނޭ ގެއްލުމަކަށް! އިންޑިޔާއިން ބޭނުންވާނީ އަލުންވެސް އެމީހުންގެ ބާރު ރާއްޖެއަށް ގަދަކޮށް ރާއްޖޭގެ އެސެޓްތައް ހޯދުން! ޗައިނާއިން ބޭނުންވަނީ ބޮޑަތި އެހީތައް ދެމުން ޕްރޮޖެކްޓުތައް ހިންގައިދިނުން! ތަފާތަކީ މިއީ!

 4. ސ.ހިތަދޫ މީހެއް

  އިންޑިއާއަށް ތަންތަން ނުވިއްކާނެކަމައް ގަބޫލުކުރަން އަދިޗައިނާއިންލިބޭ ފުރުސަތުގެ ބޭނުން ހިފާނެކަމައް ޔަގީންކުރަން އަޅުގަނޑުގެ އާއިލާއިން އިބޫއަށް 159 ވޯޓް ދިނިން

 5. އަހުން

  އިންޑިއާ ބޭނުން ބަނުން ވަނީ މިތަން ފުރޫކޮން ފެލަން، ޗައިނާ ބޭނުން ވަނީ އިންވެސްކޮށް ވިޔަފާރި ފުޅާކޮށް އެމީހުންގެ މީހުންނަށް ވިޔަފާރީގެ ދޮރުތަށް ހުޅުވާ ދެކޮޅަށްވެސް ވިޔަފާރީގެ ފައިދާ ކޮށްދީގެން މަންފާ ހޯދުން. މީ ތަފާތަކީ އިންޑިއާއި ޗައިނާ ދެމެދުގަ ހުރި. އިންޑިއާ ހީކުރަނީ މީ ގަމާރުން އުޅޭތަނެއްކަމަށް، ބަލާ މަލިކަށް ހަދާފަ އޮންނަގޮތް، މަލިކު މީހަކާ ދިމާވިއްޔާ ކަރުނަ އަޅާނރޯނެ އެމީހުންގެ ވާހަކ ކިޔާދެމުން.

 6. މަރިދު

  ތިޔަ މާސިންގާ ބޮޑު އެއާޕޯޓް އިންޑިޔާއަށް ދިނީމައި ހުރިހާގުޅުމެެއްބަދެހިވާނެ ނަމަނަމަ ރަންބިސްއަޅާ އެއާޕޯޓްނުދޭތި އެއަޕޯޓް ދީފިއްޔާމު މިގައުމުގައި ޑޮލަރު ލިބުންދަތިވެ ޑޮލަރުގެ އަގު އަތްނުފޯރާފަށްއަރާނެ މިކަންހަނދާނުގައިބަހައްޓާތި

 7. ސާހިބާ

  އިންޑިއާގެ ތާއީދު ލިބިގެން ކިހިނެއް އިންތިޚާބެއް ކާމިޔާބު ކުރެވޭނީ. ކަލޭމެން ވަގުތު ނޫހުން ތިއުޅެނީ އަދިވެސް ފިތުނަ ފަސާދަ އުފެދޭ ކަހަލަ ވާހަކަތަކެއް ފެތުރޭތޯ. ތިމާ ނުރެހޭ ކަމެއް ވީމާާ އޭގެ ޙަޤީޤަތް ޤަބޫލުކުރާކަށް ބޭނުމެއް ނުވޭ.
  މާލެ ސަރަހައްދު ކެމްޕެއިން ކުރުމުގެ ހަމައެކަނި ފުރުޞަތު އޮތީ ޕީޕީއެމް.
  ވޯޓް ލާ މަރުކަޒުގައި ޕީޕީއެމް ރަތްލާޖެހި މީހުން
  އިންތިޚާބު ބޯމަތިވެފައި ވަނިކޮށް ޕީޕީއެމް އެކްޓިވެސްޓެއް އިލެކްޝަން ކޮމިޝަންގެ ރައީސަކަށް.
  ވޯޓް ގުނީ އެންމެންގެ ކުރިމަތީގައި ޕީޕީއެމް މީހުން
  އިއުލާންކުރީ ޕީޕީއެމް މީހުން.
  ބޮޑު ތަފާތަކުން ބަލިވީމާ، ދެން ނޯންނެ ދޯ ޕީޕީއެމް މީހަކަސް މަކަރު ހެދޭކަށް.

  ބަލަ ދިވެހިން ވޯޓް ދިނީ ކޮރަޕްޝަނާއި ވައްކަމާއި ނާއިންސާފާއި އަނިޔާއާއި ދެކޮޅަށް. އެއީ އިބޫއަށް ދިން ވޯޓެއް ނޫން. ކަލޭމެންނަށް ޙަޖަމް ނުކުރެވެނީ.

  މެޑަމް ފާތިމާ އޮފީސް މެދުވެރިކޮށް ނޫނީ ސަރުކާރުގެ އެއްވެސް ޚިދުމަތެއް ނުލިބޭ ގޮތަށް ސަރުކާރުގެ ކަންކަން އޮތީ ބޮއްސުންލާފަ. ޚުދު ވަގުތު ނޫހަށް ފަންޑު ކުރަނީވެސް އެކަމަނާގެ އޮފީހުން. ކަލޭމެން ތިބޭ ތި ހަރާން ލާރި ކާލައިގެން

  • ބްރަވާޑޯ

   ސާހިބާ.ތިޔައީ ސިޔާސީ ގޮތުން ކުފޫހަމަވާ މީހެއްނޫން.

 8. ޙަބޭސް

  މިއީ އިންޑިޔާއިން މޮޑޭ ފުއްގަޑެއް ކޯޝަން ބަޔަޢެޅި ލަރިގަޑަށް އެމީހުންބޭނުންގޮތަކަށް މޮޑެން ދޭންޖެހޭނެ އަދި މޮޑޭނެ ދިވެހިން ޖެހޭނީ ހަމަރޯން. ޙަމަރޯން

 9. ޭއެކުވެރިޔާ

  ތާރީޚުން އެގެން އޮތް ހަޤީގަތަކީ ސީނު ކަރަ އަކީ ފަހު ޒަމާނުގައި އިލްމާއި ތަރައްޤީގެ ގޮތުން އެންމެ ކުރިއަރާނެ ޤައުމުކަމުގައި. ވީއިރު، އިންޑިޔާ ފަދަ ކައްޕަޅި ވައްޓަފާޅިތައް ގެންގުޅޭ ބަޔަކާ ގާތްވާކަށް ދިވެހިން ބޭނުމެއް ނުވޭ.

 10. އިއްބެ

  ޢިންޑިޔާގެ އަބަދުވެސް ބޭނުމަކީ މި ދިވެހިރާއްޖެއަށް ލިބޭ އާމްދަނީއަށް އަތްގަދަކޮށް ރާއްޖެ އަޅުވެތިކުރުން!

 11. އޯއްޔޭއް

  ތަމެންނަށް ޖަޒީރާ ކޮންސެޕްޓް ގައި އެޅޭނެ ބްރިޖް އެއް ވެސް ނޯންނާނެއޭ ތަމެންނަށް ޖަޒީރާ ކޮންސެޕްޓް ގައި ކްރިއޭޓް ކުރެވޭނެ 1 ސެންޓިލިއަން ޑޮަަލަރ އެނބޫދޫ ފަޅެއް ވެސް ނޯންނާނެއޭ ތަމެން ބްރިޖް އެޅީ ނައިފަރާއި ހިންނަވަރާއި ދެމެދު ބްރިޖް މަތިން ދަތުރުކުރާނީ ހަކެނާ ދޯ ބަޓް ޔޫ ނޯ މާލެ ހުޅުލެ އޯވަރ ވޯޓަރ ބްރިޖް ރިބަން ކަޓިންގް އަށް އެއަންނަނީ ޖެނެޓް ޖެކްސަން ދޯ އޯއް ޔޭއް އައި އޭމް ލުކިންގް ފޯރ ދަ ބިއުޓީ އޮފް އަވަރ ބްރިޖް ބްރިޖް ބްރި ބްރިޖް ބްރިޖް ބްރިޖް

 12. ވޮއީސް އޮފް ހުވަދޫ

  ޢިންޑިޔާ ލައިގެން ރާއްޖެއަކަށް ފަރަށް ވެސް ނުދެވޭނެ ، މިއީ މުސްތަގިއްލު ގައުމެއް ، މި ގައުމަކީ އިންޑިޔާ ކަނޑުގައި އޮތް އިންޑިޔާގެ މިލްކެއް ނޫން ، މޯދީ އެއުޅެނީ ، އިސްތިފާ ބެއާއި އެކީ މޮޔަވެގެން ، ހީފުޅުނުކުރައްވާތި ކަލޭމެން ޖަހާހާ ބެރަކަށް އަހަރުމެން ނަށާނެ ކަމަށް މި ގައުމުގެ ދިފާއުގަ އަހަރުމެން މިތިބީ ތައްޔާރަށް އިންޝާ ﷲ ، އިބުލަށް ދޭނެ ނަސޭހަތަކީ ނުވަތަ ބުއްދި އަކީ އަމިއްލަ ހާލުގަ އަމިއްލަޔަށް ތެދުވާން މަސައްކަތް ކުރުން ، އިންޑިޔާ އަކަށް މި ގައުމެއް ތެދެއް ނުކުރެ ވޭނެ ، ހުރިހާ ކުޅިއެއް ހަމަހަމ ކުރާ މޯދީ އަށް ކިހިނެއް ބާ މި ރާއްޖެ ތެދު ކުރެވޭނީ ، ނަމަނަމަ އިބޫ އިސްތިއުފާ ބެއަށް ނުހެއްލޭތި ،

 13. އައިޝާ

  އިބޫ ތިއޮތީ ކުކުޅު ނިސްއަޅާފަ ފީވުމުގެ ކުރިން ހުރިހާ ބިސްތައް ވިއްކާހުސްކުރެ ކުރަން އައި ދެކަމެއް އެއީ ބޮޑެތި ޖަރީމާ ހިންގި ކުއްވެރިން ޤަވައިދާ ޚިލާފަށް ދޫކޮށް ލުމާއި ރައްޔިތުންގެ ހަރު މުދާ ވވިއްކުން.މިއީނޫންތޯ ބޭނުންވެގެން އުޅުނު ކަންތައް

 14. ގޮނާސަކް

  ތަމެން ޕޮލިސް ކަމިޝަނަރާއި ބައްދަލު ކޮށްފައި ދައްކާނީ ތަމެން ވޯޓް އިން ވައްކަން ކޮށްގެން ވެރިކަމަށް އަންނާން އުޅޭތީވެ އެކަމަށް މަގުފަހިވާނެ އުސޫލުން ކަންކަން ކުރަން ދޯ ދީސް އާރ ދަ ތިންގްސް އައި ކާންޓް އިގްނޯރ އިޓްސް ގޮނާ ސަކް ދޯ.