އައްޑޫ ސިޓީ މަރަދޫގައި ރޭ ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި ޒަހަމްކޮށްލި ޒުވާނާގެ ހާލު ސީރިއަސް ކަމަށާއި އޭނާ އަށް ފަރުވާ ދެމުން ގެންދަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ވެންޓިލޭޓަރުގައި ބާއްވައިގެން ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ރޭ 23:00 ހާއިރު ހިންގި މާރާމާރީގައި ޒަހަމްވެ ފަރުވާ ދެމުންދަނީ މަރަދޫ، ބޯޅަދަނޑިގެ، މުހައްމަދު އީވާން (22އ)އެވެ.

އޭނާގެ ބުރަކަށީގެ ހަތް ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ އިރު ކަރަށްވެސް ޒަހަމްތަކެއް ލިބިފައިވާ ކަމަށް "އައްޑޫލައިވް" ގައި ބުނެފައި ވެއެވެ. އީވާންގެ ފުއްޕާމެއަށް ގެއްލުން ލިބި އިތުރު ފަރުވާއަށް މާލެ ގެންދިއުމަށް ޑޮކްޓަރުވަނީ އިރުޝާދު ދީފައި ކަމަށް ވެސް އެނޫހުގައި ބުނެފައި ވެއެވެ.

އޭނާ މާލެ ގެންދިއުމުގެ މަސައްކަތް އާސަންދަ މެދުވެރިކޮށް ކުރަމުން އައި ނަމަވެސް ފުރުވާލެވޭނީ ހަވީރު އޮންނަ ފްލައިޓަކުންކަމަށް ޚަބަރު ލިބެއެވެ.

އީވާންގެ ހާލަތާއި ގުޅޭ ގޮތުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ރަސްމީ ޖަވާބެއް ލިބިފައި ނުވެއެވެ.

ރޭގެ މާރާމާރީގައި އިތުރު ޒުވާނަކުވެސް ވަނީ ޒަހަމްވެފައެވެ. ނަމަވެސް އޭނާގެ ހާލު ސީރިއަސް އެއް ނޫނެވެ.

ރޭގެ މާރާމާރި އާއި ގުޅިގެން އަދި މީހަކު ހައްޔަރު ކުރިކަމަށް ފުލުހުން ވިދާޅުވެފައެއް ނުވެއެވެ.

ފަހަކަށް އައިސް އައްޑޫގައި ވަނީ ގްރޫޕް މާރާމާރީތައް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ނަފީސް

    ކޯޅޭސަންވެރިކަން ފެށުމުގެ ކޮޅުމަތި!

    • ދޮހޮއްކޮ

      ކޮންމެ ކަމެއް ސިޔާސީ ކުރާނީ ކީއްވެގެން... ނަފީސް ދެން ހަޖަމް ކުރޭ

  2. ހުއްޓުވާ

    އަދިވެސް ރައީސަކީ ޔާމީނު.. ކީއްވެ ނުހުއްޓުވެނީ.. ފަހު ދުވަސްކޮޅު ކަމަށް ވެދާނެކަމަށް ވެސް ހުއްޓުވަބަލަ.. އޭރަށް ދެންވެސް މަގޭ ވޯޓުލިބޭނީ.. އަނެއްކާ ލާންޖެހުނަސް.. މިބުނީ ހަމަ ވަރަށް ރީތިކޮށް.. މިހެންވީމަ އޭ މަމެންބަލިވީ!!

  3. ޙަރު

    ދައްކަވަން ހުރި އެއްޗެއް ދައްކަވާފަ ގެންދާނީ!

  4. ހެޔޮއެދޭ

    މިފަހަރު މައްސަލަޔަކީ ޓީޝާޓެއްނޫން، މައްސަލަޔަކީ ނަން، "އީވާން" ކިޔާތީ މައްސަލަޔަކީ.

  5. އަޝްރަފް

    އިންތިޚާބީ ރައީސް ވެރިކަމަށް އަންނަންދެން ތިކަހަލަ ޚަބަރުތަށް އަރާނެ ނޫސްތަކަށް އޭގެފަގުން ގައުމު އަމާންވީ ހުރިހާވެސް މައްސަލައަކީ ޔާމީން ކަމަށް ރައްޔިތުން ބުނަނީ

  6. ސިޒާ

    ޖަޒީރާ އައްޑޫ ތިޔަ ދައްކަވާ މަރުހަބާއަށް ޘުކުރިއްޔާ. ޒިންމާ ވާންޖެހޭނީ މިސަރުކާރުން ރައީސް ޔާމީން. - ޑރ އިޔާޒް

  7. އޯކެ

    މިހާރު އެންމެހާ ބޯއިސް އޯކޭވާނެ. ޒުވާނުންގެ ޒަމާން ނިމިއްޖެ. ދެން މިގައުމުގައި ގިނަވާނީ ބޯއިސް ދޯ މާރީ ދައްތާ؟

  8. އައްޓަމަސް

    އައްޑޫއަކީ ކުށުގެވެއްޓެއް، ކުށުގެ ހާއްޔެއް، ކުށުގެ ސިޓީއެއް

  9. ޑިވެހި ގޭންގް

    ތިހިރީ ޒުވާނުން. މިހާރުގެ ޒުވާނެއް.ދ ި ގައުމަށް އަގު ނުކުރެވޭ ވަރުގެ ހިދުމަތް ކޮއްފައިވާ ޒުވާނެއް . ޢޭނާ ގެއްލިގެން ދިޔުމުން ގައުމަށް ފުނުބެދޭ ވަރުގެ ގެއްލުމެއް ލިބޭނެ.

  10. އަހްމަދު

    މިހާރުމިސަރުކާރުން އެއްވެސްކަމެއްކުރުމަކީ މަނާކަމެއްކަމަށް ޝާހިދު ވިދާޅުވިއަޑުނާއްސަވަމުތޯ

  11. ކެޑީ

    އަދި މިމީހުންނަށް ވެސް އާސަންދަ ދޭން ޖެހޭ ތަ.

  12. ފާތުމަ

    ކަލެޔަށް ތިއޮތީ ވަރަށް ރަނގަޅަށް އައްޑޫ އެގިފަ