އިނގިރޭސިވިލާތުގެ ފޮރިންގް އެންޑް ކޮމަންވެލްތް އޮފީސްގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ އޭޝިޔާ އެންޑް ދަ ޕެސިފިކް މާރކް ފީލްޑް ރާއްޖެވަޑައިގެންފިއެވެ.

މާކް ފީލްޑް ރާއްޖެ ވަޑައިގެންނެވީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް މަރުޙަބާ ދެންނެވުމަށެވެ.

މާކް ފީލްޑަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރްހަބާ ދެންނެވީ ފޮރިން ސެކެޓްރީ އަހްމަދު ސަރީރުއެވެ.

މާކް ފީލްޑް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާގެ ދަތުރުފުޅުގައި ވަރަށް ގިނަ ދިވެހިންނާއި ބައްދަލު ކުރައްވާ މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.

މާކް ފީލްޑް އާއި އެކު ރާއްޖެ އަށް އިނގިރޭސިވިލާތުން ކަނޑައަޅުއްވާފައިވާ ސަފީރު ޖޭމްސް ޑޯރިސް ވެސް ރާއްޖެ ވަޑައިގެންނެވިއެވެ.

އޭނާގެ ދަތުރުފުޅުގައި އިނގިރޭސިވިލާތާއި ރާއްޖެއާއި ދެމެދުގައި އޮތް ޚާރިޖީ ގުޅުން ބަދަހިކުރުމަށާއި، އަދި އެ ގައުމުން ރާއްޖެއަށް އެހީވެން އޮތް ދާއިރާތަށް ބަލާ އެކަމާއި ބެހޭ މަޝްވަރާތަށް ކުރައްވާނެއެވެ. މާރކް ފީލްޑްގެ މި ދަތުރުފުޅުގައި ޚާރިޖީ ވަޒީރު މުހައްމަދު އާސިމާއި ސިޔާސީ ބޭފުޅުންނާއި ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އަދި ރާއްޖޭގެ ބައެއް ޤާނޫނީ ވަކީލުންނާއި މަދަނީ ޖަމްއިއްޔާތަކުގެ އިސްފަރާތްތަކާއި ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އިނގިރޭސިވިލާތުގެ ވެރިކަން ކުރާ ކޮންޒަވޭޓިވް ޕާޓީ އަކީ އަބަދުވެސް އެމްޑީޕީ އާއި ގާތް ގުޅުމެއް ބާއްވަމުން އަންނަ ޕާޓީއެކެވެ. ނަމަވެސް ރައީސް ނަޝީދުގެ އެކުވެރިއެއް ކަމަށްވާ ޑޭވިޑް ކެމަރަން މީގެ ދެއަހަރު ކުރިން ބޮޑުވަޒީރު ކަމުން ވަކިވި ފަހުން ކޮންމެވެސް ވަރަކަށް އިނގިރޭސިވިލާތުގެ އެންމެ މަތީ ފެންވަރުގެ ވެރިންނާއި، އެމްޑީޕީ އާއި އޮންނަ ގުޅުން ވަނީ ހީނަރުވެފައެވެ. ނަމަވެސް ސްޓޭޓް މިނިސްޓަރުންނާއި، ޤާނޫނު ހަދާ މަޖިލީހުގެ ގިނަ މެންބަރުންނާއި އެމްޑީޕީގެ ގުޅުން ވަރަށް ބަދަހި ކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކީއްވެތޭ

    ދުލެއް ނުދޭނަން، މުހިންމީ ރައްޔިތުންގެ ހައްގު ކަމަށް ޕީޕީއެމް އިން ބުނަނީއޭ އިލެކްޝަންސް ކަމިޝަން އަށް ގޮސް އަލުން ވޯޓް ގުނާދިނުމަށް ވެސް އެދިފައި ނެތޭ އަދި އިންތިޚާބުގެ ނަތީޖާ އިއުލާން ކުރި ފަހުން ދެ ހަފްތާވަނީއޭ ތިޔާ މައްސަލަ ސްޕްރީމް ކޯޓަށް ވެސް ވައްދާފައި ނެތޭ ދެން ކޮބާތޭ ދޫ ނުދިނުމަކީ ކޯޓް ކޭސް އެއް ފޯރމް ކުރަން ހަމަ އެހާ ގިނަ ދުވަސް ނަގަނީތޭ ހަމައެކަނީ އީސީ ޝަރީފް ގެ އޯޑިއޯ މެސެޖް ވެސް އެއީ ކޮންކްރީޓް އެވިޑެންސް ކަމަށް ބެލެވޭނެއޭ ކީއްވެތޭ

  2. ޖަލާލު

    އެމްޑީޕީ ޖަގަހަޔަށް ވަޑައިގެން އެތާގައިތިބި މީހުންނާ ބައްދަލުކުރައްވާ މަޢުލޫމާތު ނެންގެވީމާ ހުންނާނީ ވެފަ!

  3. ދާށޭދާށޭ

    ރާއްޖޭގެ މިނިވަން މުވައްސަސާ ތަކަކީ ވަރަށް ބަތާހަރާމީ ދަހަރާމްކޯރު ބަޔެކެވެ. އެގޮތުން ތިއޮތް އޭސީސީ އަށް ނުފެނެއޭ މަޖްލީހުގެ ރައީސް ގެ މަގާމުން އިސްތިއުފާ ދޭން މަޖްބޫރު ކޮށް އެކަމަށް މަޖްލީހުގެ މެމްބަރުން ތަކެއް ގޮވާލާއިރު އެއީ އެމެންގެ ބާރާއި ނުފޫޒުގެ ބޭނުން ނާޖާއިޒު ގޮތުގައި ކުރަނީ ކަމަށް އެމެންނަށް ގަބޫލުކުރަން ދަތިއެވެ. ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނުގެ ދަށުން މަގާމް ގެ ނުފޫޒު ބޭނުން ކޮށްގެން ތިމާ އަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް އަމަލު ކުރުމަކީ ކުށެކެވެ. އެއީ ގާނޫނު ނަމްބަރު 2/2000 ގައި ލިޔެވިފައިވާ ގޮތެވެ. މާލެ ސަރަހައްދުން 25 ހާސް މީހުންނަށް ބިންތައް ދޭން އުޅުމުން އޭސީސީން އެކަން ހުއްޓުވީ އެއީ އޭސީސީގެ މޭންޑޭޓް އިން ބޭރު ކަމެކެވެ. އޭސީސީން އެމްޕީއެލް މުވައްޒަފުންގެ މުސާރަ ބޮޑުކުރުން ހުއްޓުވީ އެއީ އޭސީސީ އާއި ބެހޭ ކަމެއް ނޫނެވެ. އޭސީސީގެ ރައީސް އެންމެ ކޮރަޕްޓް އީ މީގައި 25 ހާސް މީހުންގެ ހައްގުތައް ނިގުޅުވައިގަތީ އޭނާ އޭނާ ޖެހޭނީ ގެއަށް ދާން ދެން ކޮންމެ ގޮތެއް ވިޔަސް،

  4. ވިސްނާ

    އަދި މިއުޅެނީ ހުވާވެސްނުކޮށް. މިހާއަވަހަށް ދަނޑިބާނާ ހައިވާގަތީ.