މާލޭގެ ގެސްޓް ހައުސްއެއްގައި މީގެ ދެހަފްތާއެއްހާ ދުވަސް ކުރިން ޒުވާން އަންހެނަކު ރޭޕް ކޮށްފިއެވެ.

ރޭޕް ކޮށްފައި ވަނީ މާލޭ އަށް ކޯހެއް ހަދަން އައިސް އުޅޭ ޒުވާން އަންހެނެއް ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން ވެސް ވިދާޅުވީ ފުލުހުންނަށް ހުށަހެޅުނު ރޭޕްގެ މައްސަލައެއް ތަޙްޤީޤު ކުރަމުން އަންނަ ކަމަށެވެ. އެމައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު ކަމަށް ފުލުހުން ވިދާޅުވެއެވެ. ނަމަވެސް މައްސަލަ އާއި ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ނުދެއްވައެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި ޒުވާން އަންހެނަކު ރޭޕް ކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ ހުރީ ފުލުހުންގެ ބަންދުގައެވެ. އޭނާ ބަންދުގައި ބަހައްޓަން ކޯޓުން 15 ދުވަސް ވެސް ދީފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މިމައްސަލައިގައި ހައްޔަރު ކޮށްފައިވާ މީހަކީ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ވެއެވެ.

އަންހެން ކުއްޖާ ގެސްޓް ހައުސްއަށް ގެންދިޔައީ ގަދަ ކަމުން ކަމެއް ނުވަތަ ރުހުމުގައި ދިއުމުން ގަދަކަމުން ރޭޕް ކުރީ ކަމެއް ސާފެއް ނުވެއެވެ.

ގެސްޓް ހައުސްއެއްގައި ރޭޕް ކޮށްފައި ވަނީ 16 އަހަރުގެ އަންހެން ކުއްޖެއް ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކުރި ނަމަވެސް "ވަގުތު" އަށް ކަށަވަރު ވެފައިވާ ގޮތުގައި އެއީ 18 އަހަރު ފުރިފައިވާ ޒުވާން އަންހެނެކެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. Anonymous

  ރުހުމުގައި ގެންގޮސް ގަދަކަމުން ރޭޕްކޮށްފާނެ.. އެކަމަކު މަގުމަތީން ގަދަކަމުން ގެސްޓުހައުސްއަކަށް 18 އަހަރުގެ ކުއްޖަކު ވައްދައި ރޭޕް ކުރެވޭނެކަމަކަށް ގަބޫލެއް ނުކުރެވޭ..

  • ޖާހިލު

   1. ގަދަ ކަމުން ކުރާ ރޭޕެއް ނު އޮވޭ. ރަޕަކި ރުހުމަކާ ނުލާ، މަޖުބޫރު ކޮއްގެން، ބިރު ދައްކައިގެން، ގަދަ ކަމުން ޖިންސީ ގޯނާ އެއް ކުރުން. އެހެންވީމަ ރޭޕު ވާނީ ރޭޕަށް. ރޭޕް ކެޓަގޮރީ އެއް ނުވޭ.
   2. އަންހެން ކުއްޖާ އަށް އިނގިލި ދިއްކުރުުމުގެ ބަދަލު ތިމާގެ ފިރިހެން ދަރިއަށް،ކޮއްކޮ އަށް، ބައްޕަ އަށް ބޭބ މެންނަށް އަންހެނުންނަށް އިހުތިރާމު ކުރަނ ދަސްކޮށްދީ.
   3. ދަރި މީހަކަ ހިތާ ވެގެން އުޅޭ ގޮތް ބަލާ، އެ ކުދިންނަށް ހެވާއި ނުބައި ދަސްކޮށްދީ. އެ ހިތާ ވެގެން އުޅޭ މީހަކީ ކޮން ކަހަލަ މީހެއްތޯ ބަލާ ނަސޭހަތް ދީ
   4. ޒުވާން ކުދިން ބޮލަށް އެރި މަގު ފުރައްދާ ކުއްވެރިން މުޖުތަމައު އިން ދުރު ކުރޭ.
   5. ގެސްޓް ހައުސް ތަން ތަން ރަނގަޅަށް އިންސްޕެކްޓް ކުރޭ.
   އެންމެ މުހިންމު ކަމަކަށް މުޖުތަމައު މިކަން ކަމަށާއި އަންހެނުން ގަދަރުކޮށް ހޭލުނތެރި ކަން އިތުރު ކުރުން..

 2. ނަސްރީނާ

  ޜޭޕިސްތާނުގެ އަވަށަކަށް ބަދަލުވަނީ

 3. މޮޑާރން

  ކޯހުގެ ބޮޑުބައި ތިޔަ ނިމުނީ. ކިޔަވަންށޭކިޔާފަ ގިސް ފިރިހެނަކު ފެންނައިރައް އަވާގަ ޖެހޭތި.

  • އަންހެނެއް

   މިތާ ހުރި ބައެއް ކޮމެންޓް ފެނިފަ އަޖާއިބު ވެއްޖައިން. ރުހުމުގަ ދިޔައީމަ އެ ރޭޕްކުރަން ޖެހުނީތަ؟ ކިޔަވަމުން މީހަކާ ރައްޓެހިވީމަ އެވީ އެއަންހެންކުއްޖާ ރޭޕް ކުރަން ދެވުނު ދަޢުވަތަކަށްތަ؟ މިކަހަލަ ގަމާރު ޖާހިލުން މި މުޖުތަމަޢުގަ ގިނަވީމަ މިފަދަ ކަމެއް ދިމާވިޔަސް ގިނަނކުދިން ސިއްރުކޮށްގެން ތިބެނީ! ބޯހަލާކު!

  • ތަރައްގިޓޭ

   ހިޔަޅު ގޮސް މުސަޅުތައް ހައްލާލައިގެން ކާލިއިރު ހިމާރުވެސް ބުނިތިހެން. އެކަމަކު މުސަޅުތައް ކީއްކުރާނީ.

 4. މޫސަ، ހއ. ދިއްދޫ

  ދެން މިރާއްޖޭގައި ރޭޕު ޢާއްމުވާނެ ރޭޕު އިންޑިޔާގެ އަވަށަކަށް މިރާއްޖެވާނެ ހިންހަމަޖެހިލައިގެންތިބޭ ބުދުވެސް ބަހައްޓާނެ ފައްޅިވެސް އަޅާނެ އިސްލާމް ދީނާ ދެކޮޅު ހުރިހާ ކަމެއްވެސް ކުރާނެ ބުދަށް އަޅުކަންކުރާ މީހުންގެ ފަރާތުން ވާޣިލިބިގެން އަންނަ ސަރުކާރު އޮންނާނީ ބަދެވިފައި ދިވެހިން ސަހަރޯ ހީވާނެ!

 5. ސިޒާ

  ޖަޒީރާ ދިރިއުޅުން ޒިންމާވާން ޖެހޭނީ ރައީސް ޔާމީން - ޑރ އިޔާޒް

 6. ާަ

  ދެން ފިރިހެނުން ބުނާނީ ޗާންސްދިނީ ކީއްކުރަންހޭ

 7. ޕޫ

  ކިހާ ދެރަ ކަމެއްދޯ ރުހުމުގަ ވެސް އަދި ނުރުހުމުގަ ވެސް ނުޖެހޭނެ ގަޔަށް ފަޔަށް ބޮލަށް އަރާ ކަށް ދެން ކުށްވެރި ވާނީ އަންހެން ކުއްޖާ

 8. އިބްރާހިމް

  މިހާރު މުޅިންވެސް ކުރަނީ ރޭފުއެވެ.އެކަމަކު ގަދަ ކަމުން ޒިނޭކުރާ ވާހަކައެއް ލިޔާކަށް ނުކެރޭނެއެވެ.

 9. ލޮލް

  ޖަޒީރާ ރާއްޖެ

 10. އަލްހިދާޔާ

  އިންޑިއަންކަލްޗަރ. މޯލްޑިވިއަން ލަވްސް އިންޑިއާ. އަދި ނަތީޖާ ފެންނާނީ .... މިހާރުމިއޮތީ ސަގާފަތައް ރުހުންލިބިފަ. ދުނިޔެ ބިރުވެރިކަމުގެ ނާމާންވަގުތާއި ކާރިކޮށްދެމުންދާކަން ވިސްނާފިކުރުކުރާބަޔަކަށް އެނގޭނެ. މީގެކުރިން ޒަމާނެއްގާވެސް ނުދެކޭވަރުގެ ބާރުގަދަ ބިންހެލުމަކާ ގާތްވަމުންދާ ކަމުގެމައުލޫމާތް ލިބެމުންދާ އިރު މިފަދަ ހާލަތުގަ މިރާއްޖެފަދަ ގައުމަކަށް ވާނީކިހިނެއްކަން ވަޒަންކުރަންއެނގޭބާ.؟ ﷲ އަށްއީމަންވެ ހެޔޮއަމަލްތަކުން މެނުވީ ބިރުވެރިނާމާންކަމަކުންމިންޖެއްނެތް.... ﷲއަކްބަރް

 11. މިސް

  ދެން މިޤައުމުގައި ތިޔަފަދަ ކަންކަން ދާނީ އުފަންވަމުން

 12. އިބިލީސް

  ގެސްޓް ހައުސް އަކަށް އަންހެން ކުއްޖާ ގަދަ ކަމުން ގެންދެވިދާނެބާ؟
  ހަމަ ފަޅާ އަރާ އިރަށް އެވީ ރޭޕަކަށް. މި ދެން އަޖައިބެއް.

 13. ލީލާ

  ކޮންމެމީހަކަށްވެސް ވިސްނޭނީ އެމީހެއްގެ އާއިލާ މީހަކު ރޭޕްކޮށްފިނަމަ، އޭރުން ކުރާއަސަރު ވިސްނޭނެ. ޚޮންމެހެން މާމަޖާވެގެން ކޮމެންޓްކުރާނެކަމެއްނެތް.