މިއަދު ރާއްޖެ ވަޑައިގެންނެވި އިނގިރޭސިވިލާތުގެ ފޮރިންގް އެންޑް ކޮމަންވެލްތް އޮފީސްގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ އޭޝިޔާ އެންޑް ދަ ޕެސިފިކް މާރކް ފީލްޑް މިދިޔަ މަހުގެ 23 ވަނަ ދުވަހު އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ބައްދަލު ކުރައްވައިފިއެވެ.

މިބައްދަލު ކުރެއްވުން އޮތީ އިބޫގެ އޮފީހުގައެވެ. ބައްދަލުވުމުގައި އިނގިރޭސިވިލާތުން ރާއްޖެ ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ބައްދަލުވުމާއި ބެހޭ ތަފްސީލެއް އަދި އެއްވެސް ފަރާތަކުން ހާމައެއް ނުކުރައްވައެވެ.

މާކް ފީލްޑް މިއަދު ރާއްޖެ ވަޑައިގަތުމުން އޭނާ އަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރްހަބާ ދެންނެވީ ފޮރިން ސެކެޓްރީ އަހްމަދު ސަރީރުއެވެ.

މާކް ފީލްޑް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާގެ ދަތުރުފުޅުގައި ވަރަށް ގިނަ ދިވެހިންނާއި ބައްދަލު ކުރައްވާ މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.

އޭނާގެ ދަތުރުފުޅުގައި އިނގިރޭސިވިލާތާއި ރާއްޖެއާއި ދެމެދުގައި އޮތް ޚާރިޖީ ގުޅުން ބަދަހިކުރުމަށާއި، އަދި އެ ގައުމުން ރާއްޖެއަށް އެހީވެން އޮތް ދާއިރާތަށް ބަލާ އެކަމާއި ބެހޭ މަޝްވަރާތަށް ކުރައްވާނެއެވެ.

މާކް ފީލްޑްގެ މި ދަތުރުފުޅުގައި ޚާރިޖީ ވަޒީރު މުހައްމަދު އާސިމާއި ސިޔާސީ ބޭފުޅުންނާއި ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އަދި ރާއްޖޭގެ ބައެއް ޤާނޫނީ ވަކީލުންނާއި މަދަނީ ޖަމްއިއްޔާތަކުގެ އިސްފަރާތްތަކާއި ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އިލެކްޓް

    އިލެކްޓް ވީކިނޫން ލާރިދީގެން އިލެކްޓް ކުރުވީ..

  2. ރައްޔިތުން

    އިބޫގެ ރައީސް ކަމުގައި ދުނިޔޭގައިވާ ހުރިހާ ގައުމަކާއެކު ސިޔާސީ ގުޅުން ގާއިމުކުރުމަށް ފެނޭ.

  3. ޒާ

    އެންމެން ރުހޭ ގޮތަށް ކުރާ ވެރިކަމުގައި އެންމެން ބޭނުންވި މިނިވަންކަން ލިބޭނެ ކަމަށް އުއްމީދު ކުރަން.

  4. ނާހިދާ

    އަދި އަންނާނެ އިގިރޭސި ރާނީވެސް އައިސްގެންތަ މިތާގާ ކުރިސްޓިއަށް ދީން ގެނެވޭނީ

  5. ހަމީދު

    ތީގެ ހިތި ފެންނާނެ.