ކުރީގެ ރައީސް އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް އާ ބައްދަލުކުރައްވައިފިއެވެ.

ޤާސިމް އިބްރާހީމްއާ ބައްދަލުކުރެއްވުމަށްފަހު މީޑިއާއަށް މައުމޫން ވިދާޅުވީ، މި ބައްދަލުކުރެއްވުމަކީ އިދިކޮޅު ފަރާތްތައް ގުޅިގެން ހޯދި ކާމިޔާބީއަށްފަހު ގުޅިގެން ވެރިކަން ހިންގުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތާނގައި ވެސް މަޝްވަރާތައް ކުރިއަށްދާނެ، މިއަދުވެސް އަޅުގަނޑު އޮނަރަބަލް ޤާސިމްއާ ވާހަކަދައްކާ ހަދާފަ މިއޮތީ ކުރިއަށް އޮތްތާނގައިވެސް ކަންތައް ކުރިއަށް ގެންދަވާނެ ގޮތާ ދޭތެރޭގައި. އާދެ އަޅުގަނޑު ދެކޭގޮތުގައި މި ކޯލިޝަން ވަރުގަދަކޮށް، ބަދަހިކޮށް ކުރިއަށްދިއުމަކީ ވަރަށް މުހިންމު ކަމެއް." މަޢުމޫން ވިދާޅުވިއެވެ.

މަޢުމޫން ވިދާޅުވީ، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ 4 ސިޔާސީ ޕާޓީ ގުޅިގެން އުފައްދާފައިވާ ކޯލިޝަނުން ކަމަށާއި، އެމަނިކުފާނުގެ އިތުރުން އޮނަރަބަލް ޤާސިމް އިބްރާޙީމް އަދި ޤާސިމްގެ ޖުމްހޫރީ ޕާޓީއާއި ސަޕޯޓަރުންވެސް އިބްރާހީމް މުޙައްމަދު ޞާލިޙަށް އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް މަސައްކަތް ކުރައްވައި، ކެމްޕޭން ކޮށްދެއްވާފައިވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް މި އިންތިޚާބު ކާމިޔާބު ކުރެވުނީ 4 ޕާޓީގެ ގުޅުމުގެ ވަރުގަދަކަމުން. އެހެންވީމަ އަޅޫގަނޑުމެން މި ކުރި މަސައްކަތް މާތް ﷲ ކާމިޔާބު ކުރައްވައި އަޅުގަނޑުމެންނަށް މިދުވަސް ފެނުނީތީ ޤާސިމް އަށްވެސް އެކަމުގެ ވަރަށް ތަހުނިޔާ ދަންނަވަން." މަޢުމޫން ވިދާޅުވިއެވެ.

އިތުރަށް މަޢުމޫން ވިދާޅުވީ، އަލަށް އުފައްދަނީ ވަކި ޕާޓީއެއްގެ ސަރުކާރެއް ނޫން ކަމަށާއި، އުފަންވެގެން އަންނާނީ ކޯލިޝަން ސަރުކާރެއްކަން އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން މިއުފައްދަނީ ވަކި ޕާޓީއެއްގެ ސަރުކާރެއް ނޫން، މި އުފައްދަނީ ކޯލިޝަންގެ ސަރުކާރެއް، އެގޮތަށް އަޅުގަނޑުމެން އިންތިޚާބުކުރި މުންތަހަބު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް ވިދާޅުވަނީ، އެގޮތަށް އެމަނިކުފާނު ވެސް އެ ހުންނެވީ." މަޢުމޫން ވިދާޅުވިއެވެ.

މަޢުމޫން އިތުރަށް ވިދާޅުވީ އުފައްދަނީ ކޯލިޝަންގެ ސަރުކާރަކަށްވާއިރު، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތާންގައި ކޯލިޝަން ވަރުގަދަވެ، ހުރިހާ ކަމަކާ ދޭތެރޭގައި ވެސް ކޯލިޝަންގެ ބައިވެރިންގެ މެދުގައި މަޝްވަރާކުރެވި، އެންމެނަށް އެއްބަސްވެވޭ ގޮތެއްގެ މަތިން ވަރަށް އިންސާފާއި ހަމަހަމަކަމާއި، ޢަދުލުވެރިކަމާއެކީގައި ވެރިކަމުގެ ކަންކަން ގެންދަވާނެ ކަމަށެވެ.

ކޯލިޝަންގެ އެއް ބައިވެރިޔާ ކަމަށްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްއާ މަޢުމޫން ބައްދަލުކުރެއްވިއިރު، މައުމޫން ވަނީ މީގެ ކުރިން އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަދި ރަނިންމޭޓް ފައިސަލް ނަސީމްއާ ވެސް ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

38 ކޮމެންޓް

 1. ގޮނާސަކް

  މައުމޫނު އާއި ކެނެރީގެ ނަޝީދު އާއި ގާސިމް އިބްރާހިމް މީ ރާއްޖެ އަށް ޖެހިފައި އޮތް ބޮޑު ބަލާ އެކޭ އެމެންނާއި ހެދިއޭ ރާއްޖެ ތަރައްގީ ނުވެގެން އުޅެނީ އެއާލާތުން ބަނޑު އަޅާފައި ދެން ރައްޔިތުންނަށް ދޭނެ އެއްެޗެއް ނޯވެއޭ ރައްޔިތުންގެ ވޯޓް ވެސް އެންމެ ފަހުން ވަޯޓް ލުމުގައި ވެސް ވޯޓް ކަރުދާސް ޗާޕް ކުރުމުގައި ވެސް ވައްކަން ކޮށްގެން ރައްޔިތުންގެ ވޯޓްވެސް ވަގު ވޯޓް ރައީސް ހޮވައިގެން އެއާލާތުން ސަރުކާރަށް ދައްކަން ޖެހޭ އެތައް މިލިއަން ޑޮލަރެއްގެ ޓެކްސް މާފު ކުރަނީއޭ މީއޭ ހަދާ ގޮތަކީ. އޯއް ޔޭއް ދީސް އާރ ދަ ތިންގްސް އައި ކާންޓް އިގްނޯރ އިޓްސް ގޮނާ ސަކް..

 2. ނަޖްވާ

  ދެން މި އެންމެންގެ އަނެއްފަހަރު ތަޅާފޮޅައި ގަންނާނީ! އެކަކަު އޭނަގެ ދަރިއަށް ވެރިކަން ހޯދަދޭން، އަނެކަކުވެސް އޭނަގެ ދަރިއަށް ވެރިކަން ހޯދަ ދޭން!

 3. ކަލޯ

  އަނެއްކާ އަނެއް ހަކަންތައް! ބަލަ ދެންކަންތައްކުރާނެގޮތް އޮންނާނެ ޤާނުނު އަސާސީގަ ލިޔެފަ!

 4. ކަނދި

  ޤައުމު ވިއްކާލަ

 5. ވިސްނާ

  ޤާސިމްގެ ނެތް އެއްވެސް ކޯލިޝަނެއްގައި މަސަައްކަތް ކިރުމުގެ ރޫހެއް! އެކަން ފެނިގެންދިޔައީ 2008 އަދި 2013ގައި. ދެން އޮތީ މަނިކްފާނު. ރަން 30 އަހަރު ވެރިކަންކުރައްވާފައިވަނީ ރަސްކަލެއްފަދައިން! ހުދުމުހުތާރުކަން އިންތިހާއައް ކުރިއައްނެރެގެން! ދެންއައި ކޮއްކޯފުޅާގުޅުގެން ނޫޅެވުނު ފަރާތަކައް ކޮންބަޔަކާ ގުޅިގެން އުޅެވޭނީ!

 6. Anonymous

  މިދެކުއްތާއަކީ މިޤައުމާއި މިޤައުމުގެ ރައްޔިތުންގެ ހަލާކު އަހަރެމެންތިބޭނަން ތިޔަދެކުއްތާޖަހާ ސަކަރާތް ބަލައިގެން މިދެކުތާގެކިބައިން މިޤައުމާއި ރައްޔިތުންސަލާމަތްކުރައްވާދޭއެވެ. އާމީން

 7. ހަސީން

  ކިހާދުވަހަކަށްބާ ތިކޯލިޝަން ކޯޅެން ނުފަށާ ކުރިއައްދެވޭނީ އަހަރުދުވަސް ހަމަވިއަސް ރަނގަޅު. ސަލާމް

 8. ނަސްރީނާ

  މިދެކުއްތާއަކީ މިޤައުމާއި މިޤައުމުގެ ރައްޔިތުންގެ ހަލާކު އަހަރެމެންތިބޭނަން ތިޔަދެކުއްތާޖަހާ ސަކަރާތް ބަލައިގެން މިދެކުތާގެކިބައިން މިޤައުމާއި ރައްޔިތުންސަލާމަތްކުރައްވާދޭއެވެ. އާމީން

 9. ހަސީން

  ނުވާނެ ތިކަމެއް ކުޑަދުވަސްކޮޅަކުން ބައިބައި ވާނެ.

 10. ޒާ

  ގުޅުމުގެ ވަރުގަދަ ކަން އެނގެން އަދި މާ އަވަސް.

 11. ސުޢޫރު

  ޤާސިމާއި މައުމޫނުގެ ބަހެއް ދެން ނުވިކޭނެ
  ދެން އޮންނާނީ މޑޕ ގެ ގޮށްމުށުބާރު
  އިބޫ އަކީ ބަސްނުވިކޭ އޮޑިއެއްގެ ދިރުބަލަށް
  އަރުވާފައި ހުރިމީހެއް ނިކަން ރީތިކޮށް ކުޅިސަމާ
  ފެންނާނެ
  ކޯލިޝަން ފަސާނާ ނިމުނީ ނިމުނީ ނިމުނީ

 12. އަލީ

  ދިވެހި އުންމަތުގެ ގާޜޫނު އަދި މިއުން މަތް އެމީހެއްގެ ވާރުތަވެރިކަމުން ސަލާމަތް ނުވި ބެއްޔާ

 13. ރައްޔިތުން

  ދެން އެންމެ އަވަހަށް ކުރަންވީ ކަމަކީ ރައީސް ނަޝީދުއަށް ހުވައި ކުރުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވޭނެ ޔާމީނުގެ ގާނޫނީ ހަމައެއް ހޯދާ އެހަމައިގެ ދަށުން ގެނެސްދޭންވީ.

 14. ބާރީ

  މައުމޫންގެ އަމިއްލަ އެދުން ބޮޑުވެފައިވާ ވަރު ވަރަށް ރީތިކޮށް އިބޫ ދައްކާލާތަން ފެނިގެންދާނެ.

 15. އެމް ޑީޕީ

  މައުމޫނު ކިތައްމެ ވަރަކަށް ތިގޮތަށް ބުނުކަމުގައިވިޔަސް އަހަރެމެން އެމްޑީޕީ މީހުންތިގޮތެއް ޤަބޫލެއް ނުކުރާނަން މި އުފެދޭ ވެރިކަމަކީ އަހަރެމެން އެމްޑީޕީގެ ވެރިކަމެއް. މައުމޫނުގެ އެއްވެސް ހިއްސާއެއް މި ވެރިކަމުގައި އޮތުމަކީ އަހަރެމެން ރުހޭކަމެއްނޫން.

 16. ޝީޝާ

  މިވާހަކަތަކުން ދޭހަވާން އުޅެނީ ކޯލިޝަންގެ އެންމެ އިސްފަރާތަކީ މައުމޫނު ކަމުގަ ދޮއްތަ

 17. ސީސީ

  އޮޅުވާނުލައްވާ! މައުމޫނަށް ދިނީ 8 ޕަސެންޓް! ޤާސިމަށް 17 ޕސެންޓް! އެމްޑީޕީއަށް 33 ޕސެންޓް! ވީމާ އެއީ އެމްޑީޕީގެ ވެރިކަމެއް! މިހާރު ތިޔަ އުޅުއްވަނީ ވެރިކަން އަތްދަށުލައްވަންކަން ކަށަވަރު!

 18. އަލީ

  މައުމޫނު ތިޔައުޅެނީ ކީކޭކިޔަންތަ! ތިވާހަކަތައް ރައްޔިތުންނަށް ކިޔައިދޭނިކަމެއްނެތް 4 ގުރުޕަކީ ކިހާވަރެއްގެ 4 ގުރޫޕުކަން ރައްޔިތުންނަކަށް ނޯޅޭ! އެއްބަފައި ކޮށްކޮއާއެކު ގުޅޫން ނުބެހެއްޓުނު ދެން ދުރުހިލޭ މީހުންމެދު އޮންނާނީ ކޮންގޮތެއްކަން ރައްޔިތުންނަށް އިގޭ އަންނިއައިސް ކަލޭގެވެސް ބޭރުކުރާނެ ގާސިމުވެސް އަދި އަންނި އެންމެރުޅި އަރާ އަދާލަތުވެސް ސަރުކާރުން ދުރަށް ޖައްސާނެ! އަންނި ބޭނުމެއްނުވާނެ މާލޭގެ ފިހާރައެއްގެ ސޭޓަކަށް ސަރުކާރުގެ ބައިކުބައެއްދީގެން ސަރުކާރު ހިންގާކަށް!

 19. Abdul Latheef

  ބޯކިބާ އިން އެންމެ ކުޑަ ފަޅި ލިބޭނެކަމަށް ބެލެވޭ ދެމީހުން ކުރާކަށް މާ ބޮޑު މަޝްވަރާ އެއް ނޯންނާނެ.

 20. އަހްމަދުބޭ

  އޭތިޔަގޯސްވަނީއިނގޭ އިބޫއާނުލައިތިޔަހެން މަސްވަރާކުރަންވެއްޖިއްޔާމުން ބާކީކޮށްލާނަންއިގޭ ހަތަރުލީޑަރުން މަސައްކަތްކުރިޔަސް މިއީ އެމްޑީޕީގެ ސަރުކާރެއް އޮޅުވާނުލައްވާ 2013ގަހެން ރައީސް އޮފީހުގަތިބެންވާ މީހުންގެލިސްޓު މިފަހަރުނުހައްދަވައްޗޭ އޭރުންކަމަކުނުދާނެ ވަކިހިސާބެއްގަތިއްބަވަންވާނީ އެހެންނޫނީ...

 21. ހަސަންބެ

  ކޮންމެ ވާހަކައެއް ދެއްކެވިއަސް ހުރިހާ ސިޔާސީ ލީޑަރުންނަށް މިގޮވާލަނީ ވޯޓުން ވައްކަން ކޮއްފައިވާތީ އެމައްސަލަ ބަލައިދެއްވާ ރައްޔިތުންގެ ހައްގު ހޯދައިދިނުމަށް.

 22. ބެއްޔަހުއްތު

  މީ ހުދުކާފޫރު ތަކެއްތަ

  • ނަސީމް

   ތިސުވާލު ކުރަން އެންމެ ރަނގަޅީ އިބޫއާ.

 23. ނާހިދާ

  ދެއްކުރަންވީ ކަމަކީ ބަޣާވާންކުރުން ގާސިމް މިއީ މި ޤައުމަށް ދިމާވެފާއޮތް ބޮޑު މުސީބާތެއް އަދި މިހިރަ މައުމޫންއަކީ ޤައުމަށް ގައްދާރުވެފަ ހުރި ބޮޑު ބާޣީއެއް

 24. އައްޓަމަސް

  އަންނި މައުމޫނުގެ ވެރިކަން ވައްޓާލަން އެއުޅުނީ ވައްޓާލަންޖެހިގެންކަން މިހާރު ރައްޔިތުން ގަބޫލުކުރޭ އެސޮރު ހާދަ ސިކުނޑި ރަނގަޅޭ

 25. ވެރިކަން

  ދެންކަންތައްކުރައްވާނެ ގޮަތަކީ ހުވާ ކުރާދުވަހު ވެރިކަން ވައްޓާލަން ދެ ބޭފުޅުން މަސައްކަތް ކުރައްވަން ފައްޓަވަންވީ.

 26. ބިރު

  ޤައުމުއަނދަވަޅަކަށް ވައްޓާލި ދެ މުޖުރިމުން ﷲ ހިތިގޮތަކަށް ތިދޭތީގެ ނިމުން ގެންދަވާށި އާމީން

 27. މޫސާ ހަލީލް

  އަވަހަށް ތަޅާފޮޅައިގަންނަވީ އެއީ ދެން ތިމީހުން އެއްމެ އަވަހަށް ކަންތައް ކުރަންވީ ގޮތަކީ

 28. އަލީ

  ދެބޭފުޅުންވެގެން އިތުރުޕާޓީއެއް އުފައްދަވާ. ދެން އެންމެ ރަނގަޅުވާނީ އެގޮތް.

 29. ބިރު

  ދެންއަވަހަށް އިސްލާމްދީނުގެ ޢަދުއްވުންނަށް ޤަައުުުުމުުެގެެ ހަރުމުދާ ހިބަކަޮށްދީ ފަތްލިޔެފަ

 30. އަޙްމަދް

  އޭ ލޮބުވެތި ރައްޔިތު މީހާއޭ!
  ދައްނާށޭވެ
  މިޒަމާނުގައި ސިޔާސީ މީހުންނަކީ މިއީއެވެ
  އެބައިމީހުން ވާހަކައެއް ދައްކައިފިނަމަ ދޮގުހަދާނެތެވެ
  އެބައި މީހުންނާއި އަމާނާތެއް ޙަވާލުކޮއްފިނަމަ ޙިޔާނާތްެތެރިވާނެތެވެ.
  އެބައިމީހުން ރުޅިއައިސް ޒުވާބުކޮއްފިނަމަ ހަޑިހުތުރު އެއްޗެތި ގޮވާނެތެވެ.
  ޢޭ ރައްޔިތު މީހާއޭ!
  ތިބާ ދުނިޔެއާއި އާޙިރަތް ބޭނުންނަމަ އެބައި މީހުންގެ ފުށު ފިލަން ދުވާށެވެ.
  .

 31. ލޮލީ

  ދެން ހަދާނެ ގޮތަކީ ދެ މަސްވަރު ކޮށްލައިފަ ވެރިކަމާ ތަޅާފޮޅާނީ...ފޮޅައިފައި ފުރަތަމަ ކޯލިޝަނާ ގާއްޓެ ދުރައްދާނީ...ގާއްޓެ ފަހަތުން ގޮޅާވެސް ދާނީ...ދެން ގޮޅަޔާއި ގާއްޓެ އާއި ދެމީހުން ވެގެން ފާރިޝް އަށް ނައިބުރައީސްކަން ލިބޭގޮތަށް އަނާރާގޮވައިގެން ކޯލިޝަނެއް ހަދާނީ... ރާއްޖޭގައި މީހުން ހިންމަމަޖެހިގެން ތިބިޔަ ދީގެން ނުވާނެ..ބުރުމާ އަބަދުވެސް ވާނެ ތޮރުފުނުތަނަކުން ތޮރުފައިފަވެސް ވެރިކަން ލިބޭތޯ މަސައްކަތްކުރަން،

 32. ރާޅު ބޯއީ

  އުފައްދަނީ ކޯލުޝަން ސަރުކާރެއް. ފެންނަނީ އަތްގަދަކޮށްގެން އެމްޑީޕީގެ ބާރު ދައްކާތަން.

 33. ބޭބެ

  ދެން އަނެއްކާވެސް ދުވަސްކޮޅެއްފަހުން ހައިޖާނު އުފައްދާ ވެރިކަމާ ތޮޅެން ފަށަންވީ!! މިރާއްޖޭގައި ގާނޫނެއް ހަދަން ވެއްޖެ!! ގާނޫނަށް ކިޔަންޖެހޭ ނަމަކީ... "ސިޔާސީ މީހުން ކުރާ ހުރިހާ ކަންތައްތަކުން އިސްތިސްނާވުމުގެ ގާނޫނު" މިގާނޫނުގެ ދަށުން ދަފްތަރެއް ހަދާ ހުރިހާ ސިޔާސީ މީހުން ދަފްތަރުކުރެވެން ވާނެ!! އަދި މިގާނޫނުގެ ދަށުން މިކަމަށް ވަކި މިނިސްޓްރީއެއް ހެދަންވާނެ!! މިގާނޫނުގެ ދަށުން ސިޔާސީ މީހުންނަށް ލިބިދޭ އިމްތިޔާޒުގެތެރޭ ޖިނާޢީ ގިނަ ކުށްތަކުން ބަރީޢަވާންވާނެ! ވައްކަމުގެ މައްސަލަތަކުން ބަރީޢަވުން! ރިޝްވަތު އެންމެހާ ޢަމަލުތަކުގެ މައްސަލަތަކުން ބަރީޢަވުން! މަކަރު ހެދުމާއި ޓެކުމުގެ މައްސަލަތަކުން ބަރީޢަވުން! މީހުންގެ އަބުރަށް އަރައިގަންނަ ކުށްތަކުގެ މައްސަލަތަކުން ބަރީޢަވުން!! ބަނގުރަލުގެ މައްސަލަތަކުން ބަރީޢަވުން! ޚިޔާނާތުގެ މައްސަލަތަކުން ބަރީޢަވުން! ޓެރަރިޒަމްގެ މައްސަލަތަކުން ބަރީޢަވުން!! މިފަދަ މީހަކު ހައްޔަރުކުރެވޭނީ މިގާނޫނު ތަންފީޒުކުރަން އުފައްސާ މިނިސްޓްރީގެ މިނިސްޓަރަށް ކުރިން އަންގާ އޭނާގެ ލަފާގެމަތިން ކޯޓަށް ހުށަހަޅައިގެން ލިބޭ އަމުރެއްގެ ދަށުންކަމަށްވެސް ކަނޑައަޅަންވާނެ!! އޭރުން ހުންނާނީ ރަގަނޅަށް!! މިރާއްޖޭގައި މިހާރު މަދީ މިފަދަ ގާނޫނެއް!! މިއީ އަޅުގަނޑުގެ ޚިޔާލު!! މިޚިޔާލު ހިތައް މިއައީ ފާއިތުވެ މިދިޔަ 10 އަހަރުތެރޭ މިރާއްޖޭގައި ސިޔާސީ މީހުން މިކަންތައްތައްކުރާ ގޮތާއި އެމީހުންނާއި ދޭތެރޭ ކަންތައްތައް ނިމިދާގޮތް ހިތައް ގެނެވިގެން!! ވަﷲ އަޢުލަމް!!

 34. އަހްމަދު

  މަބުނާނެ އިތުރުވާހަކައެއްނެތް. ކާސިމްބެގެ ހަގުއަނބި އައިޝާއަށް ވަޒީރުކަމެއް ދޭންޖެހޭނެ.

 35. ހަމީދާ

  ހޮވުނު ސަރުކާރު ހުވާނުކުރަނީސް ވައްޓަން، ގާސިމު އުޅެނީ

 36. މަމެން

  މައުމޫން ތިކަމުގެ ތެރެއަށް ވަދެއްޖެއްޔާ ތިޔަ ބުނާ ކޯލިޝަން ރޫޅޭނެ ހަމަ ޔަގީން ކަށަވަރު. ވަރަށް ވެދުން މައުމޫން އަވަހަށް ބޭރު ކުރޭ.

 37. ބޭގަނޑު

  ދެން ނުފެންނާނެ މިދެމީހުން އެއްތަނަކުން. ދެން މައްސަލަޖެހިގެން އުޅޭނީ