އިންތިހާބު ކާމިޔާބު ކުރަން ބޭނުން ކުރި ފޯމިއުލާ ފެއިލްވުމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ކުށްވެރިވާން ވީ ސަބަބެއް ނެތް ކަމަަށް ގޮނޑި ގެއްލިފައިވާ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން ވިދާޅުވެއްޖެއެވެ.

ރޭ ރާއްޖެޓީވީގައި ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވީ އޭރުވެސް އިދިކޮޅު ކޯލިޝަންގެ ސިޔާސީ ޕާޓީތަކުން ބުނަމުން ދިޔައީ ރިޔާސީ އިންތިހާބުގެ ވޯޓު އޮޅުވާލަން މަސައްކަތް ކުރިޔަސް އެކަން ނުކުރެވޭނެ ކަމަށެވެ.

"ރިޔާސީ އިންތިހާބުގެ ހުރިހާ ކަމެއް އިންތިޒާމު ކޮށްފައި ވަނީ، ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް ޔާމީން ބޭނުންފުޅުވާ ގޮތަށް. އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނަށް އައްޔަން ކޮށްފައި ވަނީ ވެސް ރައީސް ޔާމީން ބޭނުންފުޅުވާ މެންބަރުން" ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ އެހެންވުމުން މިއަދު އިންތިހާބުގެ ނަތީޖާއާ މެދު ރައީސް ޔާމީން ސުވާލު އުފައްދަވަންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި އިންތިހާބު ނިމިގެން މި ދިޔައީ، ރައީސް ޔާމީން ބޭނުންވާ މީހަކު އިންތިހާބީ މަރުކަޒުތަކުގައި ބައިތިއްބައިގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ސިޔާސީ ޕާޓީތަކުން އަބަދުވެސް ބުނަމުން ދިޔައީ ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލަން ބަޔަކު ބޭނުންވި ނަމަވެސް އެކަން ނުކުރެވޭނެ ކަމަށެވެ.

"ރައީސް ޔާމީން އިންތިހާބު ކާމިޔާބު ކުރަން އެމަނިކުފާނު އެންމެ ބޭނުންވާ ފޯމިއުލާއެއްގައި، މިއަދު އެ ފޯމިއުލާ ފެއިލްވީމާ، ޝަރީފު ކުށްވެރިވާން ވީ ސަބަބެއް ނެތޭ. ޝަރީފު ކުރެއްވީ ގާނޫނީ މަސައްކަތެއް، ޝަރީފު އެ ބޭފުޅުން ބޭނުންވި ކޮންމެ ކަމެއް ކޮށްދިން،" ސައުދު ވިދާޅުވުއެވެ.

ސައުދު އިތުރަށް ވިދާޅުވީ އިންތިހާބު ނަތީޖާ ވަނީ މުޅި ދުނިޔެއިން ގަބޫލުކޮށްފައި ކަމަށެވެ. އަދި ރައީސް ޔާމީނަކީ ދިވެހި ރައްޔިތުންނަށް އޮތް އުއްމީދެއް ނޫން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ރިޝްވަތު ކައިބަނޑު ފުރާގެން ރައްޔިތުންނައް ގައްދާރުވި ވޯޓު ވަގެއްތީ

  2. ހުސްވަގުން

    ސޯލިހް ވެރިކަމަށް އައީ ވަޒީފާތަކުގައި ތިބި މީހުން ވަކިކުރާކަން ނޫން، ރައިސް ޔާމިނަށް ހުރިހާ ވައްކަމެއްގެ ފޯރމިއުލަރ ހަދާދިނީ ސައުދު އަދި ވިލިނގިލި ދާއިރާ އޮތީ ސައުދުގެ އަޅުވެތިކަމުަގައިއެއްވެސް ނޫން. ބޮޑުތަނުން ބަލިވެ މިފަހަރު މަޖިލިސް އިންތިޙާބް އިން އޮރިޔާން ވާނެ.

  3. ނެތީމޭ

    ތަމެން ވޯޓް ގައި މަކަރާއި ހީލަތް ހެދި މިންވަރު އެވާހަކަ ތަމެން ނުދައްކާތި އެއިރުން ތަމެން ވޯޓްގައި ހެދި މަކަރާއި ހީލަތް ފަޅާ އަރާފާނެއޭ މަމެން ބުނަން ނެތީމު ދޯ.

  4. ބަލާތި

    އިންތިގާލީ ކޮމިޓީން، ސަރުކާރުގެ ބޮޑެތި ކުންފުނިތަކާ ބައްދަލުކުރުމުން އެމެންނަށް ހައިރާން ކަން ލިބިގެން ދިޔާ މަމެން ޕިންކީންގެ ވެރިކަމުގައި ސަރުކާރުގެ ކުންފުނި ތައް ކުރިއަރާފައިވާ މިންވަރު ފެނިފައި މަމެންނަށް ޔަގީން ކަށަވަރޭ އެމެންނަށް ވެރިކަން ލިބިއްޖެނަމަ އެމެންގެ ވެރިކަމެއްގައި ސަރުކާރުގެ ކުންފުނި ތައް އެމެންގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހު އިންޑިއާ ގެ ކުންފުނި ތަކަށް ވިއްކާލާ ކަޓްކާލާނެއޭ އެމްޑީޕީ އަކު ނުތިބޭނެއޭ މަސައްކަތެއް ކޮށްގެން..

  5. ސަލީމް

    ތިކަމުގަ ކިތަންމެ ކުޑަ ކުށެއް ކޮށްފަ އޮތަސް ޝަރީފް ކުށްވެރިވާގޮތް ﷲ އިރާދަކުރެްއްވިއްޔާ ފެންނާނެ. ﷲއީ މޮޅަށް ބައްލަވާވޮޑިގެންވާ ޙިކްމަތްވަންތަ ރަސްކަލާންގެ. މީ އިސްލާމީ ޤައުމެއް. އެކަން ދަންނާތި.