ހުޅުމާލޭ ފޭސް 2 އިން 1000 އަކަފޫޓުގައި 400 ގޯތި ދޫކުރަން ހައުސިން މިނިސްޓްރީން އިއުލާންކޮށްފިއެވެ.

ހައުސިން މިނިސްޓްރީން ވިދާޅުވީ ގޯއްޗަށް އެދޭ ފޯމު ދޫކުރުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 23:00 އަށް ކަމަށެވެ. ގޯއްޗަށް އެދޭ ފޯމު ހައުސިން މިނިސްޓްރީންނާއި އެ މިނިސްޓްރީގެ ސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

ފޯމު ބަލައިގަތުން ހައުސިން މިނިސްޓްރީގައި ކުރިއަށްދާނެއިރު، ފޯމު ބަލައިގަންނަ ގަޑިތައް މިއަދު ގެޒެޓްގައި އިއުލާން ކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވިއެވެ. ފޯމު ބަލައިގަންނާނީ މާދަމާ އިން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.

ހައުސިންގ މިނިސްޓްރީގައި ދާދި ދެންމެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ރައީސް ޔާމީންގެ އެންމެ އިސްކަމެއް ދެއްވާ ސިޔާސަތު ކަމަށާއި، މި ދައުރުގެ ތެރޭގައި އެކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ފައްޓަވާފައިވާ ކަމަށެވެ. އަދި މި ފުރުޞަތުގެ ސަބަބުން 400 އާއިލާއަށް ވަރަށް ބޮޑު ލުޔެއް ލިބި މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ހައުސިންގ މިނިސްޓަރ ވިދާޅުވީ މި 400 ގޯތި ވިއްކުމަށް ހަމަޖެހިފައިވަނީ އަތްފޯރާ އަގެއްގައި ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މި ގޯތިތަކުގެ އަގަކީ އަކަފޫޓެއް 400 ރުފިޔާ ކަމަށާއި، އެހެންކަމުން ގޯއްޗެއްގެ އަގަކީ 400000ރ (ހަތަރު ލައްކަ ރުފިޔާ) ކަމަށެވެ. ރައްޔިތުންނަށް ލުއި ފަސޭހަ ކުރުމުގެ ގޮތުން އެއްފަހަރާ ފައިސާ ދައްކަން ދަތި ފަރާތްތަކަށް ޑައުންޕޭމަންޓުގެ ގޮތުގައި 25000ރ (ފަންސަވީސް ހާސް) ދެއްކުމަށްފަހު ބާކީ ބައި 10 އަހަރަށް ބަހާލައިގެންވެސް ދެއްކޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މި ގޯތިތަކަށް އެދި ހުށަހެޅުމުގެ ޝަރުތަކީ 18 އަހަރު ފުރި، ކައިވެނި ކޮށްގެން އުޅޭ ދިވެހި ރައްޔިތަކަށް ވުމާއި، މާލޭގެ ރައްޔިތަކަށް ނުވަތަ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ރައްޔިތަކަށް ވުމާއެކު، 600 އަކަ ފޫޓަށްވުރެ ބޮޑު ގޯއްޗެއް، ނުވަތަ ފްލެޓެއް ރާއްޖޭގެ އެއްވެސް ތަނެއްގައި ނެތުން އަދި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއަކުން އެއްވެސް އިރެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ފަރާތަކަށް ނުވުން ކަމަށެވެ.

މި ގޯތިތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ މެދުގައި ޕޮއިންޓް ދޭ އުސޫލު ނުގެންގުޅޭނެ ކަމަށާއި، ގޯތި ލިބޭ ފަރާތްތަށް ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ގުރުއަތުލައިގެން ކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، ބުރާސްފަތި ދުވަހާ ހަމައަށް ފޯމް ބަލައިގަތުމަށްފަހު އަންނަ ހޮނިހިރު ދުވަހު އާންމުކޮށް ފެންނާނެހެން، ލައިވް ޓީވީގައި ގޯތި ލިބޭ ފަރާތްތަށް ކަނޑައެޅުމަށް ގުރުއަތުލުން ބާއްވާނެ ކަމަށެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް ބޮޑު ލުޔެއް ހޯދައިދިނުމުގެ ގޮޔުން، ހުޅުމާލެ ދެވަނަ ފިޔަވަހިން 400 ގޯތި އަތްފޯރާ އަގެއްގައި ދޫކުރަން ހައުސިންގ މިނިސްޓްރީން ނިންމެވިއިރު، މި ސަރުކާރުން ބިން ހިއްކައި، ދެވަނަ ފިޔަވަހީގައި އަޅަން ފަށާފައިވާ 7000 ފްލެޓްތަކުގެ މަސައްކަތްވެސް ވަރަށް ބާރު ދުވެލީގައި ދަނީ ކުރިއަށެވެ. އަދި އެ ފްލެޓްތަކަށް ކުރިމަތިލުމުގެ މުއްދަތު ހަމަވެފައިވާއިރު، ވަރަށް އަވަހަށް ފްލެޓްތައް ލިބޭ ފަރާތްތައްވެސް ކަނޑައަޅާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

 1. ކޮބާކޮބާ

  ހުޅުމާލެ ދެވަނަ ފިޔަވަހިން އެންމެ 400 ގޯތިތޭ އެއަދަދު މަދޭ އަދި ވެސް ވިއްކާލަންވީ 25 ހާސް ގޯތި ގޯއްޗަކަށް މަހަކު ދައްކަން ޖެހޭނީ އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް މަމެންގެ ވެރިކަން އަދި ނުނިމޭ ނުނިމޭ އިރު އެމެންނަށް ނޭގޭނެ އަންގަން ދައުލަތުގެ އެސެޓޭ ކިޔާ ވާހަކަ ދައްކަން މައްސަލަ އެއް އޮވެއްޖެނަމަ އެމެން ދަގަ ކޯޓަށް އެނިމުނީ އެއް ނޫންތޭ. ތަމެން ރަންރީނދޫ ޓްވިޓަރޭ މެން ދެން ދަގަ ދިގު ފަރަށް ބޮލިހިލަން އިނގޭތޭ ޖަޒީރާ ރާއްޖެއޭ..

 2. ބޮޑޫމީހާ

  ތިކަން ހަމަ މިހާރު ވަގުތުން ހުއްޓާލާ. ތިޔައީ ދިވެހިންގެ ބިމެއް. ތިޔަ ބިމުގެ މިލްކުވެރިކަން އޮންނާނީ ދިވެހިންނަށް. ދިވެހިން އިރެއްގަ ޕީޕީއެމްގެ ަސަރުކާރަށް އާއެނކޭ ބުނިޔަސް މިހާރު އެވަނީ ނޫނެކޭ ބުނެފަ. އެހެންވީމާ ޕީޕީއެން ސަރުކާރުން ދިވެހި ޤައުމުގެ އެއްވެސް ކަމެއް އަލުން ކުރުމަކީ ޖަރީމާއެއް . ތިކަން ހުއްޓާލާ. ތިހުރިހާ ކަމެއް ދެން ކުރާނީ ދިވެހިން އާއެކޭ ބުނެފަ އޮތް ކޯލިޝަން ސަރުކާރުން

  • ސެއިޙް ޒުހުރީ

   ނުޖެހޭ ހުއްޓާކަށް، ރައްޔިތުންގެ ބިން ދެނީ ހަމަ ރައްޔިތުންނަށް، މޮޔަނުގޮވާ..!

  • ހަސަންބެ

   ހަމަހޭގަ ހުންނަވާ . މި ގޯތިތައް ދެނީ އިންޑިއާ އަދި ޔޫކޭ މީހުންނަކަށްނޫނ1ް .ދިވެހިންނަށް.

  • ވާނުނާ

   ދޮންކަލޯ އަދި ވެސް ރާއްޖޭގެ ވެރިޔަކީ ޔާމީން އިނގޭ. އިބޫ އަންނާނީ އަދި މާފަހުން. އެހެންނޫނަސް އެތަން ފަޅެއްގޮތަށް އޮއްވާ ޔާމީން އެތަން ހިއްކީ ދޯ. އެހެންވީމަ އިބޫީ އަކީ ކާކު. އަދި އިބޫ ވެރިކަމަށް އަޔަސް ދޮނަކަލޯ އަކަށް ލިބޭނެ އެއްވެސް އެއްޗެއް ނޯންނާނެ. މީގެ ކުރިންވެސް އިބޫގެ ރިމޯޓް ހިފައިގެން އުޅުނު މީހާ މި ރާއްޖޭގެ ވެރިކަން ކުރި ދޯ. ދޮންކަލޯ އަށް އެއްވެސް އެއްޗެއް ލިބުނު ތޯ؟ ހުރިހާ އެއްޗެއްވެސް ޕްރީޕެއިޑްމެނަށް. އަދިވެސް ހަމަ ރޔ ވަރެއްނެތް. ހަޖަމް

 3. ސަކީނާ

  މަވެސް ބޭނުން

 4. ޞޯގަޅި

  ޔާމީނުގެ ވެރިކަން ރައްޔިތުން ނިންމައިފި ތިއުޅެނީ ޕާޓީ ކުރިންނަށް 400 ގޯތި ދޫކޮށްލަން މިއީ ބޮޑުވެގެންވާ ޖަރީމާއެއް މިކަންހުއްތޫވުމަށް އޭ.ސީ.ސީ އަށް ގޮވާލަން

 5. ތަހުސީ

  އަޅޭ ފަހެ ދިވެހިންނޭ މިގައުމުން ބިން ހޯދަން އުޅެނީ އެމެރިކާ މީހުންނެއްނޫން. ބިން ތައް ބަހާ ހުސްކޮށްލާ ޔާމީން ވަރެއް ހަމަ ނެއް

 6. އެކަނބުލޯ

  ތިޔާ ކުރިޔަކަށް ނުދާނެ ތިޔަ ހުއްޓުވާނެ މިއުޅޭ އިންތިގާލީ ބައިގަނޑު..

 7. ނޭނގެ

  ކަލޯ މާލޭ މީހުންނަށް އެކަނިތަ؟ ކޮބާ ޝަރުތަކީ

 8. މުހައްމާ ކަލޯ

  ދިވެހި ލޮބުވެތި ރައްޔިތުން ތީން ގޯއްޗެކާ ކައިރި ނުވާތި އެއުޅެނީ ތިލާރި ކޮޅުވެސް ކާލަން. ގޯއްޗެއްވެސް ނުލިބޭނެ ލާރިކޮލުވެސް ނުލިބޭނެ. ބަޖެޓައްވީ ކިހިނެތް

 9. ނުރަބޯ

  ހަމައެކަނި މާލޭގެ ރައްވެހިންނަށް ވިއްކަންޖެހެނީ ކީއްވެ؟

 10. ރަށު މީހާ

  މިވެސް މާލޭ މީހުނަށް؟

 11. ޢަލިތަކުރު

  ކަމަކުނުދޭ.. މާލޭގަ 15 ވިހި އަހަރު ދުވަހު މާލޭ މީހުންނަށް ޖިޒީ ދައްކައިގެން އުޅުނު ނިކަމެތިންނަށް ކުރިމަތި ލެވޭނެ އެއްވެސް ގޮތެއް ތިޔަކު ނެތެއްނު. ދަޕްތަރުގަ ޖެހުން ހުއްޓާލާފައި އޮއްވާ އެހައްދުވަހަކު އަދި އެކަން ފެށީވެސް. މިނިސްޓަރ މުއިއްޒު މިކަމާ ވިސްނަވާލަ ދެއްވުން އެދެން.

 12. މީރާ

  މީ އަންނިއެއްނޫނޭ. އެކުވެރިންނަށް ހިލޭ ގޯތި ބަހަން. ޕާޓީ މީހުންނަށް އެކަނި ގޯތި ބަހަން. ބަލާބަލަ ހުޅުމާލެއިން ކުރިން ގޯތި ދިންމީހުނގެ ވަނަވަރު. މުޅިންވެސް ޕާޓީ ކުދިން. އަންނި އުޅޭގޮތަށް ޔާމީން އުޅޭނެ ކަމަށް ހީނުކުރޭ. އެއަށްވުރެ މާރަގަޅު ބޭފުޅެއް މިހާރުގެ ރައީސަކީ. ޝުކުރިއްޔާ ރައީސް

 13. Anonymous

  މި އިދިކޮޅު މީހުންނަށް ނުވާނެ އެއްވެސް ކަމެއް ހަޖަމެއް ސަރުކާރުން ކަމެއް ކުރަންނަކާ. ކޮންމެސް އެއްޗެކޭ ގޮވާނެ.

 14. އައިކުޑް

  އެންމެ 400 ގޯތިން ނުވާނެ މާލެ އޭރިޔާ އިން ގޯއްޗަށް އެދި ހުށައަޅާފައިވޭ 25 ހާސް މީހުން އެހެން ކަމުން 25 ހާސް މީހުންނަށް 25 ހާސް ގޯތި ދޫކުރެވޭނެ 1000 އަކަފޫޓް ގެ ހުޅުމާލެ 2 އިން ހުޅުމާލެ 2 ފުރިއްޖެނަމަ ހުޅުމާލެ 2 ގެ އިރުން އޮތް ބޮޑު ފަޅު އެމްޓީސީސީ މެދުވެރިކޮށް ހިއްކާލެވޭނެއޭ ދީސް އާރ ދަ ތިންގްސް އައި ކާންޓް އިގްނޯރ އައި ކުޑް ލައިކް އިޓް ޓިލް ދަ ޑޭ ދެޓް އައި ޑައި ޑާއި ޑާއި ޑާއި އޯއް ޔޭއް އައި އޭމް ލުކިންގް ފޯރ ދަ ލަވް އޮފް ޔުއަރ ލައި ލައި ލައިފް..

 15. ގިވްއިން

  ހުޅުމާލޭ 4 ލައްކަ އަށް 400 ގޯތީގެ ބަދަލުގައި ދޫކުރަންވީ 1000 އަކަފޫޓްގެ 40 ހާސް ގޯތި އެއިރުން މަމެންނަށް ޔަގީނޭ މާރކެޓް ފްލަޑް ވާނެ ކަން ގޯތި ތަކުން މިވަރަށް ދޫކުރެވޭނެއޭ ގޯތި ތައް ހުޅުމާލެ 2 އަދި ހުޅުމާލެ 1 އިން އެއިރުން ދެން ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީ އަށް އަންނާނީ ކިކް އަޕް އެކޭ ދިސް އިޒް ދަ ފީލިންގް ކްއެންޗް އަވަރ ޑިޒާއަރ ގިވް އިޓް ވެން އައި ވޯންޓް އިޓް ގިވް އިން ޓު މީ ގިވް އިން ޓު މީ ގިވް އިން ގިވް އިން ގިވް އިން އޯއް އޯއް އޯއް ސްޕިންގް ސްޕިންގް ސްޕިންގް އެން ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް...

 16. ފެނޭދޯ

  ކޮބާ ރަންރީނދޫ ޓްވިޓަރޭ ދަ މުންކަރާތޭ ދަ ކާޅުހެދުން ލައޭ ދަ ބަތާހަރާމީ ދަހަރާމްކޯރޭ ދަބަނޑު ދޮންނައޭ ތަމެންނަށް ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް..

 17. ތިބެބަލަ

  މަމެން ޕިންކީން ނާއި 2013 ވަނަ އަހަރު ވޯޓް ލީ ރައްޔިތުންގެ %85 ވޯޓް ދީފައި ބުނީ އެމެން ކޮންމެ މީހަކަށް ގޯއްޗެއް ހުޅުމާލެ 2 އިން ދޭށޭ އެކަމޭ މަމެން މިކުރަނީ އެއީ ތަމެން އެމްޑީޕީ އާއި ބެހޭ ކަމެއް ނޫން ތަމެން ހުވާ ކުރުމަށް ފަހުގައޭ ތަމެންނަށް ސަރުކާރަށް ބާރުފޯރުވޭނީ ތަމެން ވެރިކަމާއި ހަވާލު ވަންދޭ އޭ ކިޔާ ނުޖެހޭނެ މަމެން ޕިންކީން ވެފައިވާ ވައުދު ނުފުއްދާ ތިބެން އަދި އޭދަފުށިން ވެސް ހިންމަފުށިން ވެސް ތުލުސްދޫ އިން ވެސް ބިން ދޫކުރާނަމޭ ތަމެން ތިބެބަލަ ތަމެންގެ ލެވެލް ގައި ވަގުވޯޓް ލައިގެން ވަގު ވޯޓް ރައީސް ހޮވައިގެން މަހަށް ދޭބަލަ ދެން މަހަށް މަހަށް މަހަށް ދޭބަލަ..

 18. ރަށަށްދޭބަލަ

  ހުޅުމާލެއިން ގޯތި ވިއްކުން ހުއްޓުވާނަން ކަމަށް އޭސީސީން ބުނި ނަމަވެސް ތަމެންގެ މޭންޑޭޓް ތެރޭގައި ހިމެނޭ ކަމެއް ނޫނޭ އެއީ ތަމެން ތިޔާ އުޅެނީ ކުޑާ ކޮށް ސައިޒު އޮޅިގެން ނޭ ތަމެން ތިޔާ މިހާރު ހަރަކާތް ތެރިވަނީ އެއީ އެމްޑީޕީގެ ހަރުގެއެއް ގޮތަށް ކަން މަމެންނަށް ޔަގީންވެ ކަށަވަރޭ ތަމެން އެކަން ދެން ހުއްޓުވަން ޖެހޭނީ ސްޕްރީމް ކޯޓުގެ ހުކުމް އަކުންނޭ އެނޫން އެއްގޮތެއް ވެސް ނޯންނާނެ މަމެން ޕިންކީން އެކަން ހުއްޓާލާނެ ގޮތެއް ނޯންނާނެއޭ މަހަށްދޭބަލަ އޭސީސީ ތަމެންގެ މަގާމެއް ކުޅަދާނަ އެއް ނޫނޭ ދިފާއު ކުރަން އެއީ ވާނެ ކަމެއް ނޫނޭ ލުތުފީ މަހަށް ދޭބަލަ ދެން މަހަށް މަހަށް މަހަށް ދޭބަލަ ތަމެން ރަށެއް ވެސް ނޫން ދޯ މީ މާލެ އަކީ އަދި މާ ބޮޑަށް ފުއްފާފައި ތަމެން ތިޔާ އުޅެނީ.

 19. އަލްޖިބްރާ

  މުއިއްޒުވެސް ޖަލަށް ވަންނަން ތައްޔާރުވޭ ! ނުކުރާށޭ އެންގީމަ ކަލޭވަރު މީހަކުނެތިގެން ތެޅެނިކޮށް ފެންނާނީ ކުޑަގޮޅި !

 20. ލީމަން

  ހައުސިންގެ ސައިޓް ޑައުން ކޮށްފި..

  ދެން ފޯމު ލިބޭނީ ހަމަ އެކަނި ދޭންބޭނުން ވާ މީހުންނަށް

 21. ކޯއްޗެއްތޭ

  އޭސީސީގެ މޭންޑޭޓް ތެރޭގައި ހިމެނެނީ އެއީ ސަރުކާރުގެ ތެރޭން ކޮރަޕްޝަން އަށް މަގުފަހިވާ ގޮތަށް ކަމެއް ކޮށްފައިވާ ނަމަ އެކަން އިންވެސްޓިގޭޓް ކޮށް ހަދާ އެމައްސަލަ ޕީޖީ އޮފީހަށް ހުށައަޅައިގެން އެކަން ބެލުމޭ ސިޔާސީ ޕާރޓީ އެއް ގެ ހަރުގެ އެއް ގޮތަށް އޭސީސީގެ ރައީސް މަގާމް ދިފާއު ކުރަން ވެގެން ތަމެން އަމިއްލަ އަށް ސަރުކާރުން ރައްޔިތުންނަށް ފޯރު ކޮށްދޭ ޚިދްމަތް ހުއްޓުވާނަމޭ ބުނީ ތަމެންގެ މައްސަލަ ކޯޓަށް ހުށައަޅާނަމޭ ދައުލަތުގެ ފަރާތުން ސްޕްރީމްކޯޓަށް..

 22. ބަގަ

  މިބަގަ ބޭލުނުކަން ނަސީބެއްތާ

 23. Anonymous

  މަވެސް ބޭނުން