ސެޕްޓެމްބަރު 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ބާތިލްކުރަން ކޮންމެ ކޯޓަކަށް ދިޔަ ކަމުގައިވިޔަސް އެކަމާ ދެކޮޅަށް އެއްވެސް ހުކުމެއް ނާންނާނެ ކަމަށާއި ރައްޔިތުންގެ ނިންމުމާ ދެކޮޅަށް ނިންމުމެއް ނިންމައިފިނަމަ ދެން އޮތީ ހުރިހާ ރައްޔިތުން ބަނޑަށް ޖެހުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއެކު މައުމޫން ފައުންޑޭޝަން ހިންގަމުން އަންނަ ފުލިދޫ ގޭގައި މިއަދު ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، އިންތިޚާބުގެ ނަތީޖާ ގަބޫލުނުކޮށް، އޮޅުވާލުންގަނޑެއްގެ ތެރޭގައި ރައްޔިތުން ބައިތިއްބަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިއަދު އޮތް ވެރިކަމާ ދެކޮޅަށް ރައްޔިތުން ބަސް ބުނުމުން އެކަމާ ދެކޮޅު ހަދާނެ މުއައްސަސާއެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލުނުކުރަނީ، އަމިއްލަ އެދުމުން ފޯވެފައި ތިބި މަދު ބައެއް. ރައީސް ޔާމީންގެ ވެރިކަމާ ދެކޮޅަށް ރައްޔިތުން ސާފުކޮށް ބަސް ބުނުމުން އެކަމާ ދެކޮޅު ވެވޭނީ ކޮން މުއައްސަސާއަކަށްތޯ. ރައްޔިތުންގެ ނިންމުމާ ދެކޮޅަށް ނިންމައިފި ނަމަ ދެން އޮތީ ހުރިހާ ރައްޔިތުން ބަނޑަށް ޖެހުން. ބައިނަލްއަގުވާމީ ގައުމުތަކުން ވަގުތުން ދަތިކުރުމުގެ ފިޔަވަޅުއަޅާނެ" ގާސިމް ވިދާޅުވިއެވެ.

އިންތިހާބު އޮޅުވާލާފައިވާ ކަމަށް ބުނެ ޕީޕީއެމްގެ ފަރާތުން އެ އިންތިހާބު ބާތިލުކުރަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަށް ވެސް ގާސިމް މިއަދު ވަނީ ރައްދު ދެއްވައިފައެވެ. އޭނާ ވިދާޅުވީ، ރާއްޖޭގައި ބޭއްވި ރިޔާސީ އިންތހާބު ދިވެހިންގެ ނިންމުން މުޅި ދުނިޔެ ވެސް ބަލައިގެންފައިވާ ކަމަށާއި އިންތިޚާބުގެ ނަތީޖާ ގަބޫލުނުކޮށް، މަދު ބަޔަކާއެކު ކޮންމެ ރެއަކު އެ ޕާޓީން އަޑުއުފުލަމުންދާ ކަމަށެވެ.

"އިންތިހާބުގެ ނަތީޖާ އެމަނިކުފާނު ރަނިންމޭޓު، ޑރ. ޝަހީމް ވެސް ގަބޫލުފުޅު ކުރައްވައިފި. ދެން ކާކުތޯ ނުކުރަން ހުރީ, އަމިއްލަ އެދުމުން ފޯވެފައިވާ މަދު ބަޔަކު ފިޔަވައި އެހެން އެންމެން ނަތީޖާ ގަބޫލުކޮށްފި ހެޔޮ ހިތުން. ދެން ޖެހޭނީ ބަލި ގަބޫލުކުރަން،" ޖަރުމަނުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ރާއްޖޭން ބޭރަށް އަމިއްލައަށް އަރުވާލެވިގެން ހުންނެވުމަށްފަހު މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެވަޑައިގަތް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ވޯޓުލުމާއި ވޯޓު ގުނުމުގެ ކަންކަން ދިޔައީ، މިނިވަންކަމާ އެކުގައިކަން ބައިނަލްއަގުވާމީ އޮބްޒާވަރުންގެ ރިޕޯޓުތަކުން ވެސް ފެންނަން އެބަހުރި ކަމަށެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވަމުންދިޔަ މިންވަރު އެނގި ހާމަވީ އިންތިޚާބުން އެމަނިކުފާނު ބަލިވުމުން ކަމަށް ގާސިމް ވިދާޅުވިއެވެ.

"މިހާލަތުގައި، އިންތިޚާބު ބާތިލްކުރަން ކޮންމެ ކޯޓަކަށް ދިޔަ ކަމުގައި ވިޔަސް އެއްވެސް ހުކުމެއް ނާންނާނެ, ނަސޭހަތާއެކު އަޅުގަނޑު ދަންނަވާނީ، މަނިކުފާނުއޭ ތިއީ ވަރަށް ބޮޑު ގޯހެކޭ. ރައްޔިތުންގެ ނިންމުން އަނބުރައި ބޮލާލައި ޖެހޭނެވަރުގެ އެއްވެސް ބާރެއް އިންސާނެއް ލިބިގެން ނުވޭ." ގާސިމް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބު އޮޅުވާލާފައިވާކަމަށް ބުނެ ޕީޕީއެމް އިން މިހާރު ގެންދަނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ. އެތުހުމަތުތަކަށް ބާރު ލިބޭ އޯޑިއޯއެއް މީގެ ދުވަސްތަކެއް ކުރީން މީސް މީޑިއާގައި ލީކު ކޮށްލާފައިވާއިރު އެ އޯޑިއޯއަކީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފާއި އެހެން މީހަކާ ދައްކާފައިވާ ފޯން ކޯލްތަކުގެ ރެކޯޑިންތަކެކެވެ.

ނަމަވެސް އެ ތުހުމަތުތަކާ ގުޅިގެން ޝަރީފު ވަނީ، ދައުރު ކުރަމުންދާ އޯޑިއޯ އަކީ އޭނާގެ ފޯނުން ތަފާތު ފަހަރުމަތިން ދައްކާފައިވާ ވާހަކަތައް އޭނާއަށް ނޭނގި ރެކޯޑްކޮށް، ވާހަކަތަކުގެ ތަރުތީބު އިސްފަސްކޮށް، ވަކި މާނައެއް ނެރުމަށް އަދި ވަކި ވާހަކައެއް ދޭހަކޮށްދިނުމަށް އެޑިޓްކޮށް، ޑަބްކޮށްފައިވާ އޯޑިއޯއެއް ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ޢިބްރާ

    ޤާސިމް ހާދައަވަހަށް ޤައުމު ބަނޑަށް ޖެހޭ ވާހަކަ ދައްކައޭ.

  2. މަ

    ބަނޑަށް ނުޖެހޭނީ ތިޔަ ސޭޓް ދިނީމަ ކައިގެން އުޅޭ މަދު ބައިގަނޑެއް. ވޯޓް އޮތީ އޮޅުވާލާފަ، ތިޔަހެން ދޭ އިންޒާރަކަށް ބެލޭވަރަށްވުރެ ޤައުމު އެދި ގޮވަނީ އިންތިހާބު ނާތިލްކޮށް އަލުން މިނިވަން، އިންސާފްވެރި އިންތިހާބެއް ބާއްވަން.

  3. ކާސިމްސިމް

    ތީކާކުތަ މިގައުމު ބަޑަށްޖައްސަން. ކަލޭގެ ދަރިފަސްކޮޅު ބަޑަށްޖައްސާނަން މަގޭދަރިން ބަޑަށްޖައްސާ ހިޔާލުކަލޭ ކުރިޔަސް. ހަބަރުދާރު ސައިޒުގަހުރޭ ސާއްލާ. މާބޮޑަށް ހިޖުރައޮޅިފަތިހުރީ... ދެންނުބުނާނަން، ހަނދާންކުރާތި..... ކަލޭހާންދާން ދޫނުކުރާނަން، ކަލޭގެ ޑީ.އެން.އޭ ވެސްފޮހެލާނަން މިގައުމުން ދަހިސާދާގަރު މަލްޓިހަރާމީ

  4. ވިސްނާ

    އަބަދު ބަނޑަށް ޖެހޭ ވާހަކަ ދޯ. ބޯހަލާކު. މީނަތަ މީހުންނަށް ކާންދެނީ

  5. ރައްޔިތު މީހާ

    ދިވެހިރައްޔިތުން ހަނދާން އެބަހުރި މީގެ5 އަހަރު ކުރިން ބޮޑު ސޭޓް ވެސް އޭރުބޭއްވި އިންތިޙާބުގެ ނަތީޖާ ޤަބޫލު ނުކޮށް ކޯޓަށް ވަދެ އިންތިހާބު ބާތިލް ކުރިކަން. ހަމަ އެ ހައްޤު ބޮޑު ސޭޓަށް އޮތް ފަދައިން އެހެން ދިވެހިރައްޔިތުންނަށްވެސް ލިބިގެންވޭ! ދެން އޮތް ސުވާލަކީ ދިވެހިން ބަނޑަށް ޖައްސަން އެހާ ބޭނުންވެގެން ތިއުޅެނީ ކީއްވެހޭ!؟ ސުވާލުގެ ޖަވާބުގައި ބެލަން ބޭނުންވަނީ މިގައުމުގެ ވެރިކަމުގެ ދަހިވެތިކަމުގައި އުޅޭ ތިކަހަލަ މަދުބައެކޭ ތި ތެޅުންވެސް ތެޅެނީ! ސަލާމް ބޮޑު ސޭޓް. އަވަހަށް މުސާރަ ކޮޅާ ސަރވިސްޗާޖް ދެވޭތޯ ބަލާ އަހަރުން ބަނޑަށް ނުޖައްސާ!!!

  6. ޙސެން

    ކަލޯ އެއްކަލަ ގާސިމު....އަބަދުވެސް ބަނޑަށް ޖެހޭ ވާހަކަ މިސޮރު ދަށްކާނީ.....ލޮލް....

  7. ޙާސަރު

    މިކިޔޭ އެއްޗެއް އެގޭތަ
    މައްސަލައެއް ނެތްކަމައް ގަބޫލުކުރަންޏާ ބުނަންވީ ދާށޭ . ޢޭރުން ހުރިހާސުވާލަކައް ވެސް ޖަވާބުލިބޭނެ

    ޚޮންމެވެސް ކަމެއްއުޅޭތީ ތިވަރުން ތިޔަ އުޅެނީ
    މައްސަލަ ނޫޅެންޏާ ކަލޯއާއެއްކޮޅައް ނިމޭނެންނު

  8. ބޮޑު ސޭޓްގެ މުވައްޒަފު

    ބޮޑު ސޭޓާއެވެ. އަހަރުމެން ހުރިހާ މުވައްޒަފުން ބަނޑަށް ނުޖެހެނީސް ކަލޭ އަވަހަށް އަހަރެމެންގެ މުސާރަ ކޮޅާއި ސަރވިސްޗާޖް އަވަހަށް ދޭށެވެ. އަދި ބުނެލަމެވެ. ކުރިން ނުދީ ހުރި މަސް ތަކުގެ މުސާރަ އާއި ސާވިސްޗާޖުގެ މަތީންވެސް މި ފުރުޞަތުގައި ހަނދާންކޮށްލަދެމެވެ.

  9. ހަސަންބެ

    ގާސިމު ރައީސް މައުމޫނުގެ ވެރިކަމުގައި މަކަރާއި ހީލަތުން ތިހުރީ މުއްސަދިވެފައި،އެވަރުން ނުފުދިގެން މުޅިގައުމު ބަނޑުދަށުލާން ތިއުޅެނީ. މި ގާސިމުގެ ނުފޮރުޕާނުން މި ދިވެހި ގައުމު ސަލާމަތްކުރައްވާށި! އާމީން .

  10. ނޫރާ

    އޭނައަށް ލައްކަ މުއައްޒަފުންގެ މުސާރަ ނުދީ ބަނޑަށް ޖެއްސިފަ ހުރި ވަރުން އަބަދު އެހެން ކިޔެނީ.

  11. އަހުމަދު އަލީ

    ކަލޭ މީގެ ދެތިން ހަތަރު މަސް ކުރިން ވެސް ކިޔައިފި ތިޔަ ލަވަ. އެކަމަކު ރާއްޖެ ދިޔައީ ކުރިޔަށް.

  12. ދޮންދުބުރިމާ

    ކަލޯގަޔާ މިހާރު ހާދަ ގަދަފަދައެ މިތިބަ ދެކުދިން މީގެ ދުވަސް ކޮޅެއްގެ ކުރިން ބަތްޕެން ފޮދެއްވެސް ނުޖެހެ ހާލުބޮޑުކަމުން

  13. ގަބޫސް

    މީ ހަމަ ރަނގަޅަށް ހޭޞަލިވެފައި ހުރި މީހެއް. ވެރިކަން ވައްޓާލަން ބޭނުންވީމާ އެއްވެސް މައްސަލައެއް ނޯވޭ. ބަލަ ވެރިކަން ވަންޓާލަން ކަލެއަށް ތާއީދުކުރި އެއްވެސް ގައުމެއްގެ ނަން ކިޔާބަލަ.

  14. ފައި

    މިދެމީހުންނަކީ މިގައުމުގެ ހަލާކު !!އަމިއްލަ އެދުން ފިޔަވައި އިތުރު އެހެން ކަމެއް މި ދެމީހުންގެ ނެތް!!!
    މަންޒަރު ވަރަށް ސާފް ....

  15. އަލީީ

    ގައުމެއް ނޫން. އެދުންވެރިކަން ބޮޑުކަން ދޯ؟ ކަލޭ ބަނޑަށް ޖެހޭނީ. އަތުގައި އޮތްހާ ލާރިއެއް ހަރަދުކޮށްފަ. ކަލޭ ގައުމޭ ކިޔައިގެން ވާހަކަ ނުދެއްކިއްޔާ ރަނގަޅު ވާނެ

  16. އަބުޅޯ

    ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯ. މިއަޅާއަށް ރިޒުޤު ދެއްވަނީ ހަމަ ކަށަވަރުން ﷲ އެވެ. މިޤައުމުގެ ރައްޔިތުންގެ މައްޗަށް ފާވެފައިވާ މި ނުބައި ނުލަފާ ޖައްބާރު ގާސިމް ގެ ކިބައިން މި އަޅާގެ ޢާއިލާ އާ މި ޤައުމު ސަލާމްތްކުރައްފާންދޭވެ. އާމީން.

  17. ޚާލިދު ވަޙީދު

    ޤާސިމް އިބްރާހިމް ބާ؟ ޤާސިމް ތިއުޅެނީ އޮޅިގެން ﷲ އިރާދ ކުރެއްވިއް ދުވަހަކުވެސް ދިވެހިން ބަނޑކަށް ނޖެހޭނެ. ﷲ سبحانه و تعالى ރިޒްްޤްދެއްވަނީ.

  18. ސަލީމް

    މިހާރު ހިތް ރަގަޅުވީތޯ؟ ތިޔަފަދަ ދޮގުހަދައިގެން ހިތުގެ މައްސަލައެކޭ ކިޔައިގެން އުޅެނިކޮށް ހިތުގެ ބައްޔެއްޖެހިދާނެތީ ބިރެއް ނުގަނޭބާ؟ ދޮގު ތިހެދެނީ ކާކަށް ބާ؟

  19. އަހްމަދު

    ސޭޓާ މިދިޔައަހަރު ސޭޓުދޯކޯޓައްގޮސް އިންތިހާބާކުޅުނީ ރައްޔިތުން ބަނޑައްޖެހުނަސް ސޭޓައްކީއްވާނީ ސޭޓުޖަރުމަނައް ދުރުވަންވީނު

  20. ސޭޓުބެ

    މިދެން ކާކުތަ ތިއާލާތުންނަށް އެނގޭނީ ދިވެހިން ބަނޑައް ޖައްސަން. ބަނޑުހައިވެފަ ތިބި މިނިކާތް ވަގުން ތަކެއް ދޫކޮއްލީމަ ވާގޮތް ތިވި ހުރިހާ ވަގުން މިހާރު ކޮށިން ދޫކުރަމުންގޮސް މިހާރު ނުދޫކޮއްތިބީ މަދު ވަގުން ކޮޅެއް ބޮޑު ވަގު އޮތީ ހަރުގަ ކަނޑު ދާއްބަ އަންނަން ތައްޔާރުވެފަ

  21. ހަވީ

    ޤާސިމު ނުޖެހޭނެބަޑަކަށް ޤާސިމު ދާނީ އަނެއްކާވެސް ޖަރުމަނަށް

  22. އަލީ

    މި ގާސިމަކީ ރާއްޖޭގެ މީހުން ބަޑައްސަން ހާދަވަރެއްހުންނަ މީހެއްދޯ ކަމެއްވާއިރަށް ރައްޔިތުން ބަޑަށްޖެހޭނެ ވާހަކަދައްކަނީ

  23. މަރީ

    އެހެންވެދޯ އުސްތާޒު ކަލޭދިން ލާރިގަނޑު އެބެހީ، ވޯޓުލާންވީމާ،

  24. ކެރޭ އަބްދުﷲ

    ޤާސިމް ހީކުރަނީ ޤާސިމް ދީގެން ކަމައް ދިވެހި ރަޔިތުން ކާގެން ބޮއިގެން އުޅެނީ. ޤާސިމް ތިކުން ހީއެއް. މި ޤާސިމް މީގެ 4 މަސް ކުރިން ވެސް މިބާވަތުގެ ވާހަކަ ދެކި. މިކަލޭގެ ވަނީ ހިތުގެ ބަޔެއް ހުރި ކަމައް ބުނެ ރާއްޖެއިން ބޭރައް ބޭސް ފަރުވާއަށޭ ކިޔާގެން ގޮސް ފިލަވާފަ. ނަމަވެސް މިހާރު ކޮބާތޯ އެހިތުގެ ބަލި. މިހުސް ބޮޑަތި ވަގުން.