އިލެކްޝަންސް ކޮމިޝަނުގެ ހަތަރު މެމްބަރުން ރާއްޖެ އިން ބޭރުގައި ތިއްބަވަނިކޮށް، އީސީގެ ބައްދަލުވުމެއް މިއަދު ބާއްވައިފިއެވެ.

އީސީގެ ތަރުޖަމާނު އަހުމަދު އަކްރަމް "ވަގުތު" އަށް މައުލޫމަތު ދެއްވަމުން ވިދާޅުވީ އެ ބައްދަލުވުން ބޭއްވީ ޓެލެކޮންފަރެންސް މެދުވެރިކޮށް ކަމަށާއި މިއީ ރާއްޖެ އިން ބޭރުގައި މެމްބަރުން ތިބޭ ހާލަތްތަކުގައި އާއްމުކޮށް ވެސް އެ ކޮމިޝަނުން އަމަލުކުރާ އުސޫލެއް ކަމަށެވެ.

އަދި މި ބައްދަލުވުމެއްގައި ތިން ކަމެއް މަޝްވަރާކުރުމަށްފަހު ނިންމި ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ފިޔަވައި އަނެއް ހަތަރު މެމްބަރުން މިވަގުތު ތިއްބެވީ ސްރީލަންކާގައި ކަމަށް މައުލޫމާތު ލިބެއެވެ.

އިތުރު ތަފްސީލް އަންނަނީ

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަބްނަމް

    ކޮބާތަ އިންސަފުވެރި އަދާލަތު، ލަދުްންބޯހަލާކު،
    ސިހުރުހަދަމިހުން ސިހުރު ހަދަނީ، ހަމައެއްލަމައެއްނެތް!
    ދެންދޭނީދަރުަސް، ސިހުރުހެދުމުގެ ނުބައިކަން ކިޔަދީފަ، ސިހުރު ހެދުމުގަ ވާގިވެރިވާނީ،
    ސުވާލަކީ އެފަދަމީހުން ފަހަތުގައި ނަމާދު ކަމުދަނެބާއޭ؟؟؟؟؟؟؟
    އެމީހުން ކުރާ ސަރުޢިއްޔަތް ކަމުދަނެބާއޭ؟؟؟؟؟