ރަސްރަނި ބަގީޗާގައި ތަރައްޤީ ކުރާ "ވިންޓާ ތީމް" އަކީ ދައުލަތުގެ ބަޖެޓުން އެއްވެސް ޚަރަދެއް ކުރާ މަޝްރޫޢެއް ނޫން ކަމަށް، ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މުއިއްޒު މިކަން ހާމަކުރެއްވީ މިރޭ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓުގައި މިނިސްޓަރ ވިދާޅުވީ، "ރަސްރަނި ބަގީޗާގައި ހަދާ 'ވިންޓަރ ތީމް' އަކީ ޓޫރިޒަމް ސެކްޓަރގެ ސީއެސްއާރު އިން ޚަރަދު ކުރެވޭ މަޝްރޫޢެއް. ދައުލަތުގެ ބަޖެޓުން އެއްވެސް ޚަރަދެއް މި މަޝްރޫޢަށް ނުކުރޭ،" ކަމަށެވެ.

މިނިސްޓަރ މިގޮތަށް ވިދާޅުވެފައިވާއިރު، އެމަނިކުފާނު ޕީއެސްއެމްއަށް ރޭ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، "ވިންޓާ ކޯނާ" އަންނަ ރަމަޟާން މަހުގެ ކުރިން ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށާއި، އެގޮތުން އެތަނުގައި މިހާރު ކުރަން ހުރި މަސައްކަތް 45 ދުވަސް ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.

ސުނޯގެ ތީމަށް ހަދާ އިމާރާތަކީ ވަރަށް ފުރިހަމަކޮށް އެއްވެސް މައްސަލައެއް ދިމާ ނުވާނެ ގޮތަކަށް ހަދަން ޖެހޭ ތަނަކަށް ވާތީ ފްރާންސާއި ސުވިޒަލޭންޑުގެ ކުންފުންޏެއްގެ ފެކްޓަރީއެއްގައި އެތަނަށް ބޭނުންވާ ސަމާނުތައް ތައްޔާރު ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެ ކުންފުނީގެ ފެކްޓަރީގައި އެ އިމަރާތައް ބޭނުންވާ ސާމާނު ތައްޔާރު ކުރުމަށް ރާއްޖެ އައިސް މިންތައް ނެގުމަށްފަހު ގިނަ މައުލޫމާތު އެއްކޮށްގެން ޓެސްޓުތަކެއް ހަދާފައިވާ ކަމަށާއި ގިނަ ވަގުތަކެއް ހޭދަވެގެން ދިޔާއީ އެ މަސައްކަތަށް ކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އ.ޖ.އ

    މީހަކު ތިވާހަކަ ދައްކާތަ..
    މީހުން ކިޔަނީ ކަލެއަށް ކަން ނުވާ ވާހަކަ..
    އަހަރު ފެށޭ އިރު ހުޅުވަން ބުނި ތަނެއް އަދިވެސް ނުހުޅުވޭ ވިއްޔަ.

  2. ުކ

    ދެދުވަސްތެރޭ މައްސަލަޖެހޭގޮތަށް ނުނީ އެއްވެސް ތަނެއް ނުހެދޭ

  3. ފިލްވ

    ހުސް ދޮގު. ޓޫރިޒަމް އެހީ ނުލިބުމުން ދައުލަތުގެ ބަޖެޓުން ޚަރަދު ކުރަނީ.

  4. ޒަބީ

    ދޮހޮއްބޭގެ ލަވައިގާ އެިކޔާ " ރާޖަރާނީބަގީޗާ "އަދި ކިރިޔާ މިފެނުނީ. ރަސްރަނި އެއީ ރާޖަރާނީ އެހެންނޫންތޯ. އާދެ. ރާޖަރާނީ ބަގީޗާ ދުށީމުހޭ. ތާޖުދާރީ ފެނޭތޯ ނުދާނުހޭ؟. ދެން މިހާރު އެބުނާ ތާޖުދާރީ އަކި ކޮބައިބާ.؟ ލަފާކުރެވެނީ ރަސްކަމުގެ ތަޚުތުކަމަށް.