އިލެކްޝަން ކޮމިޝަން (އީސީ) އާ ގުޅޭގޮތުން ދޮގު ހަބަރު ފަތުރާ ފަރާތްތަކުގެ މައްސަލަތަައް ބްރޯޑް ކާސްޓިންގ ކޮމިޝަނަށް ހުށަހަޅަަން ނިންމައިފިއެވެ.

އެ ކޮމިޝަނުން މިގޮތަށް ނިންމީ މިއަދު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމެއްގެ ތެރެއިންނެވެ. އެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ހުރިހާ މެންބަރުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އިލެކްޝަން ކޮމިޝަނުން ހާމަކުރިގޮތުގައި، އެ މައްސަލަތައް ތަހުގީގުކޮށްދިނުމަށް އެދި ކަމާ ބެހޭ އިދާރާތަކަށާއި ކޯޓުތަކަށް ހުށަހަޅައިދިނުމަށް ބްރޯޑްކޮމްގައި މާދަމާ އިން ފެށިގެން އެދޭނެއެވެ.

އީސީން މިގޮތަށް ނިންމާފައި މި ވަނީ، މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބާއި ގުޅުވައިގެން އެ ކޮމިޝަނާއި އަދި އެ ކޮމިޝަންގެ މެންބަރުންނާއި ގުޅޭގޮތުން ތަފާތު ވާހަކަތައް ދެކެވެމުންދާ ދުވަސްކޮޅެއްގައެވެ.

އެ ކޮމިޝަނުން، ރިޔާސީ އިންތިހާބުގެ ދުވަސްވަރު “މިހާރު” ނޫހާއި ދެކޮޅަށް މައްސަލައެއް ބްރޯޑް ކޮމްއަށް ހުށަހެޅިއެވެ.

އަދި ޕްރެސްއެއްގެ ނަތީއްޖާއަށްފަހު، އަނބުރަށް ހުތުރުވާ ގޮތަށް ވާހަކަދައްކާ ފަރާތްތަކާއި ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅުއްވާނެކަމަށް އިލެކްޝަންގެ ރައީސް އަހުމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޕިންކް

    ހެހެހެހެެހ ކިޔާނަ ވޯޓު ވަގު. އަޅާ ފިޔަވަޅެއް އަޅާ. ތިހެން ބިރު ދެއްކިއަސް ކިޔާނަ.

    • އިދާ

      ތިހެން ކިޔަ ކިޔާ ހުންނަން ޖެހޭނީ، ނުވާނެ އެއްކަމެއްވެސް، ލޮލް، ހަޖަމް ކޮށްލާ ދެން

  2. އަހަންމާ

    ޢަވަހަށްޖުށަހަޅާ އޭރުންތިބައިގަނޑު ކޮށްފަހުރި ވައްކަންފަޅާއަރާނީ

  3. ހަބީބް

    ކޮބާ ހީވޭތައް ކަމެއް ހެން ދެން ލަލަލަލަލާ